Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

އަޅުގަނޑު ހީކުރީ މިސްކިތާ ގުޅުވައިގެން ދޮގު ނުހައްދަވާނެ ކަމަށް، އެކަމަކު އައި ވޯޒް ރޯންގް

11 މާރިޗު 2026 | ބުދަ 12:11

މި ރަމަޟާން މަހަށް 15 މިސްކިތް ހުޅުވާފައިވާ ކަމަށް ސަރުކާރުން ބުނި ނަމަވެސް، އޭގެ ތެރެއިން ގިނަ މިސްކިތްތަކަކީ އަމިއްލަ ފަރާތްތަކުގެ އެހީގައި ބިނާކޮށްފައިވާ ތަންތަން ކަމަށް ބުނެ ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ. ސަރުކާރުގެ ހިއްސާއެއް ނެތް މަޝްރޫއުތަކާއި ކުރީ ސަރުކާރުން ނިންމާފައިވާ މަސައްކަތްތަކުގެ ކްރެޑިޓް މި ސަރުކާރުން ނަގަމުންދާތީ، މިއީ ރައްޔިތުންނަށް ހަގީގަތް އޮޅުވާލުން ކަމަށް ގިނަ ބަޔަކު ދެކޭ. މިފަދަ މުގައްދަސް ކަންކަމުގައި ސިޔާސީ މަންފާ ހޯދުމަށް ދޮގު މައުލޫމާތު ފެތުރުމަކީ ދީނީ ސަރުކާރެއްގެ ނަމުގައި އައި ބަޔަކު ކޮށްގެންވާނެ ކަމެއް ނޫން.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 11 މާރިޗު 2026 | ބުދަ 12:11
ރައީސް މުއިއްޒު އިއުލާނު ކުރެއްވި ގޮތަށް މި ރަމަޟާން މަހު 15 މިސްކިތް ހުޅުވި ކަމަށް ވިދާޅުވި ނަމަވެސް ހުޅުވި 15 މިސްކިތުގެ ތެރެއިން 10 މިސްކިތަކީ ހެޔޮ އެދޭ ފަރާތްތަކުގެ ދީލަތި އެހީގައި އިމާރާތްކޮށް ހުޅުވި މިސްކިތްތަކެއް ކަން ވަނީ ހާމަވެފަ

ރައީސް މުއިއްޒު އިއުލާނު ކުރެއްވި ގޮތަށް މި ރަމަޟާން މަހު 15 މިސްކިތް ހުޅުވި ކަމަށް ވިދާޅުވި ނަމަވެސް ހުޅުވި 15 މިސްކިތުގެ ތެރެއިން 10 މިސްކިތަކީ ހެޔޮ އެދޭ ފަރާތްތަކުގެ ދީލަތި އެހީގައި އިމާރާތްކޮށް ހުޅުވި މިސްކިތްތަކެއް ކަން ވަނީ ހާމަވެފަ | ރާއްޖެއެމްވީ ގްރެފިކްސް

މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރަކީ ދީނީ ސަރުކާރެކެވެ. ރާއްޖެއިން އިސްލާމް ދީން ގެއްލި، ފުހެވިގެންދާނެ ކަމުގެ "ބިރު" އޮވެގެން ދީނަށް ލޯބިކުރާ ބަޔަކު މިގައުމުގެ ވެރިކަމުގައި ތިބުމަށް އައި ސަރުކާރެކެވެ. ތެދުވެރިކަމާ އިޚްލާސްތެރިކަން މި ގައުމުގައި ނެތި ދާނެ ކަމުގެ "ބިރު" އޮވެގެން، އަންނަން އޮތް ޖީލުތަކަށް އެއީ ކޮން އެއްޗެއް ކަން ކިޔައިދީ، އިޚުލާސްތެރި، ދީނަށް ލޯބި ކުރާ، ތެދުވެރި ވެރިއަކު ވެރިކަން ކުރާނެ ގޮތް ދައްކައިދިނުމަށް އައި ސަރުކާރެކެވެ. މިއީ އޭރު ދީނީ އިލްމުވެރިންގެ ޓެގު އަޅުވައިގެން ތިބި ސިޔާސީ ބަޔަކު ރައްޔިތުންނަށް އެގޮތަށް ވިސްނައިދީގެން އައި ސަރުކާރެކެވެ. 

ނަމަވެސް ސަރުކާރު ހިންގުމާ ހަވާލުވިތާ މާ ގިނަ ދުވަހެއް ނުވެ، މިވެރީންގެ ހަގީގީ ކުލަވަރު ފެނިއްޖެ އެވެ. އެއްކަލަ ރައްޔިތުންގެ ޚިދުމަތުގައި އައި ދީނަށް ލޯބި ކުރާ ސަރުކާރުގެ އިސްވެރިން މިހާރު ރައްޔިތުންނަށް ދޮގު ހަދައި އޮޅުވާލަނީ މޫނަށް ރުލެއްވެސް އަރުވާ ނުލަ އެވެ. މި ސަރުކާރަކީ ދޮގު ހަދާ، ރައްޔިތުންނަށް އޮޅުވާލާ، މަކަރު ހަދާ ހީލަތްތެރި ސަރުކާރެއް ކަމަށް ރައްޔިތުން ތަކުރާރު ކޮށް ބުނަމުން އެ ދަނީ އެހެންވެ އެވެ. 

ދޮގު ހަދަމުން ހަދަމުން ގޮސް ދޮގު ނުހަދާނީ ވެސް ވަކި ކޮންކަމަކާ ތޯ އެވެ. މިއޮއްފަދަ ބަރަކާތްތެރި ރަމަޟާން މަހަށް ހަނދު ބެލީ ވެސް ހެދި ބޮޑު ދޮގަކުންނެވެ. އެވެސް މުގައްދަސް މިސްކިތްތަކާ ގުޅުވާ އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވި ގޮތަށް 15 މިސްކިތް ރޯދައަށް ހުޅުވާފައިވާ ކަމަށް މުއިއްޒުގެ އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު އިއުލާނު ކުރެއްވީ އެކަމުގެ ހަގީގަތް ރައްޔިތުންނަށް ކިހާ ދުވަހަކަށް ފޮރުވޭނެ ކަމުގެ އުއްމީދުގައިތޯ ހަމަ ރަނގަޅަށް ވެސް ސުވާލު އުފެދެ އެވެ. 

މި ރަމަޟާން މަހު ހުޅުވި 15 މިސްކިތުގެ ތެރެއިން 10 މިސްކިތަކީ ހެޔޮ އެދޭ ފަރާތްތަކުގެ ދީލަތި އެހީގައި އިމާރާތްކޮށް ހުޅުވި މިސްކިތްތަކެއް ކަން މިހާރު މިވަނީ ހާމަވެފަ އެވެ. މިއިން އެއްވެސް މިސްކިތެއް އިމާރާތް ކުރުމުގައި ސަރުކާރުގެ އެއްވެސް ހިއްސާއެއް ނެތެވެ. ސަރުކާރުން މިކަމަށް ލޯ ލާރިއެއް ވެސް ޚަރަދު ކޮށްފައެއް ނުވެ އެވެ. 

މިނިސްޓަރު ޝަހީމް އެ ވިދާޅުވާ ހެން  ރައީސް މުއިއްޒު އިއުލާން ކުރެއްވި ގޮތަށް މިސްކިތް ހުޅުވަން މި ސަރުކާރުން ޚަރަދު ކޮށްގެން ހުޅުވީ އެންމެ 5 މިސްކިތެވެ.  އެ 5 މިސްކިތަކީ ވެސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އިމާރާތް ކުުރުމަށް ހުރިހާ ކަމެއް ނިންމައި ހަވާލު ކޮށްފައި ހުރި މަޝްރޫއު ތަކެކެވެ. މިފަދަ ކަމެއްގައި މިއޮތްފަދަ ބަރަކާތްތެރި ރަމަޟާން މަހު ދޮގު ހަދާ ރައްޔިތުންނަށް އޮޅުވާލަން މި، ދީނީ ސަރުކާރަށް ހަމަ އެހާވެސް ފަސޭހަ އެވެ. 

މި އަހަރުގެ ރިޔާސީ ބަޔާނުގައި ވެސް ރައީސް މުއިއްޒު ވަނީ ހަމަ މިފަދަ "މޮޅު" ވާހަކަތަކެއް ވިދާޅުވެ ކުރީ ސަރުކާރުގެ މަޝްރޫއުތަކުގެ ކްރެޑިޓް ނަންގަވަން މަސައްކަތް ކުރައްވާފަ އެވެ. ރިޔާސީ ބަޔާނުގައި ރައީސް މުއިއްޒު ވަނީ ކުރީ ސަރުކާރުގައި ކުރިއަށް ގެންދިޔަ މިސްކިތްތައް އިމާރާތް ކުރުމުގެ މަޝްރޫއުތައް މިސަރުކާރުގެ މަޝްރޫއުތަކެއްގެ ގޮތުގައި ފާހަގަކުރައްވާފަ އެވެ. ހަގީގަތަކީ މިއީ ކުރީ ސަރުކާރުގެ "ފޮޓޯ ފްރޭމް" ތަކެއްގައި މި ސަރުކާރުން އާ ކުލައެއް ޖައްސައިގެން ދައްކާ ވާހަކަތަކަކަށް ވުމެވެ. 

އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަކީ ދީނީ އިލްމުވެރިއަކަށް ވެ ހުރެ، އަމިއްލަ ފަރާތްތަކުން ކުރި ހެޔޮ އަމަލުތަކެއް އަމިއްލަ ނަމަށް ބަދަލު ކޮށް އެއީ ތިމާކުރި ކަމެއް ކަމަށް ދައްކަވަން އުޅުނީމާ ދެން އެއީ ބޮޑުވަރެވެ. "ދީނަކީ އެންމެ އިސްކަންދޭ ކަންތައް" ކަމަށް ވިދާޅުވެ ވެރިކަމަށް ވަޑައިގެންނެވި ރައީސް މުއިއްޒު، މިސްކިތް ފަދަ މުގައްދަސް ބިނާތަކުގެ ބޭނުން ހިފައިގެން ސިޔާސީ މަންފާ ހޯއްދަވަން އުޅުއްވީމާ ދެން އެކަމަށް ބުނާނެ އެއްޗެއް ހަގީގަތުގައި ނެތެވެ. 

ޑރ. ޝަހީމް އަލީ ސައީދުއިބްރާހިމް މުހައްމަދު ސޯލިހުހަމަދާންއިސްލާމިކް މިނިސްޓްރީ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

10 މާރިޗު 2026

މެޖޯރިޓީ ނެތުމުން ކަންކަން ނުކުރެވޭ، މި އިންތިހާބުގައި މާލޭ ކައުންސިލް މެޖޯރިޓީ ހޯދައި ތަރައްގީ ނެރެދޭނެ: ރައީސް ސޯލިހު

10 މާރިޗު 2026
މެޖޯރިޓީ ނެތުމުން ކަންކަން ނުކުރެވޭ، މި އިންތިހާބުގައި މާލޭ ކައުންސިލް މެޖޯރިޓީ ހޯދައި ތަރައްގީ ނެރެދޭނެ: ރައީސް ސޯލިހު
09 މާރިޗު 2026

ހައުސިން މިނިސްޓަރު މުއިއްޒު މާލެ ސިޓީ ކައުންސިލްގެ މަސައްކަތް ކުޑަ އިމާރާތަކަށް ބަދަލުކުރެއްވުމުން، މޭޔަރު މުއިއްޒު ވަނީ ޖާގަ ކުޑަކަމުގެ ޝަކުވާ ކުރައްވާފަ: ރައީސް ސޯލިހް

09 މާރިޗު 2026
ހައުސިން މިނިސްޓަރު މުއިއްޒު މާލެ ސިޓީ ކައުންސިލްގެ މަސައްކަތް ކުޑަ އިމާރާތަކަށް ބަދަލުކުރެއްވުމުން، މޭޔަރު މުއިއްޒު ވަނީ ޖާގަ ކުޑަކަމުގެ ޝަކުވާ ކުރައްވާފަ: ރައީސް ސޯލިހް
09 މާރިޗު 2026

ހަނގުރާމަ އާ ގުޅޭ ތެދު މައުލޫމާތު ދޭން ޖެހޭ، އޮޅުވާލައި، ދޮގު ހެދީމުން ކުރިމަތިވެދާނެ ދަތި އުނދަގޫ މާ ބޮޑުވާނެ: ރައީސް ސޯލިހު

09 މާރިޗު 2026
ހަނގުރާމަ އާ ގުޅޭ ތެދު މައުލޫމާތު ދޭން ޖެހޭ، އޮޅުވާލައި، ދޮގު ހެދީމުން ކުރިމަތިވެދާނެ ދަތި އުނދަގޫ މާ ބޮޑުވާނެ: ރައީސް ސޯލިހު
08 މާރިޗު 2026

ބާރުތައް ޖަމާކުރާ ވެރިއަކަށް މާލެ ސިޓީ ހިންގޭނެ ގޮތެއް ނޯންނާނެ: ރައީސް ސޯލިހު

08 މާރިޗު 2026
ބާރުތައް ޖަމާކުރާ ވެރިއަކަށް މާލެ ސިޓީ ހިންގޭނެ ގޮތެއް ނޯންނާނެ: ރައީސް ސޯލިހު
08 މާރިޗު 2026

މާލެ ސަރަހައްދުގެ 35 މިސްކިތެއްގައި ދަމުނަމާދު ކުރާނެ: އިސްލާމިކް މިނިސްޓްރީ

08 މާރިޗު 2026
މާލެ ސަރަހައްދުގެ 35 މިސްކިތެއްގައި ދަމުނަމާދު ކުރާނެ: އިސްލާމިކް މިނިސްޓްރީ
08 މާރިޗު 2026

ރަމަޟާން މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ފިތުރު ޒަކާތުގެ ގޮތުގައި 5 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ

08 މާރިޗު 2026
ރަމަޟާން މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ފިތުރު ޒަކާތުގެ ގޮތުގައި 5 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ
08 މާރިޗު 2026

ރައީސް ސޯލިހު ރައީސް މުއިއްޒަށް: އެވަގުތަށް ތިމާއަށް ފައިދާވާ ގޮތަށް ކަމެއް ކޮށްގެން ލަނޑެއް ލިބިދާނެ، އިންތިޚާބުތައް އެއްކޮށްގެން 2028 ގައި ލަނޑެއް ލިބިވަޑައިގެންފާނެ

08 މާރިޗު 2026
ރައީސް ސޯލިހު ރައީސް މުއިއްޒަށް: އެވަގުތަށް ތިމާއަށް ފައިދާވާ ގޮތަށް ކަމެއް ކޮށްގެން ލަނޑެއް ލިބިދާނެ، އިންތިޚާބުތައް އެއްކޮށްގެން 2028 ގައި ލަނޑެއް ލިބިވަޑައިގެންފާނެ
07 މާރިޗު 2026

މާލޭ ރައްޔިތުންނަށް ކަންތައްތައް މިހާރު ކޮށްދެނީ މެޖޯރިޓީ ނެތި، ދަތި އުނދަގުލުގައި، ބޭނުންވަނީ އިންތިޚާބު ކާމިޔާބު ކޮށް، ފަސޭހަކަމާއެކު ކަންކަން ކޮށްދޭން: ރައީސް ސޯލިހު

07 މާރިޗު 2026
މާލޭ ރައްޔިތުންނަށް ކަންތައްތައް މިހާރު ކޮށްދެނީ މެޖޯރިޓީ ނެތި، ދަތި އުނދަގުލުގައި، ބޭނުންވަނީ އިންތިޚާބު ކާމިޔާބު ކޮށް، ފަސޭހަކަމާއެކު ކަންކަން ކޮށްދޭން: ރައީސް ސޯލިހު
07 މާރިޗު 2026

ކުރިއަށްއޮތް ލޯކަލް ކައުންސިލް ތަކުގެ އިންތިޚާބުގެ ކެންޕެއިނަށް ރައީސް ސޯލިހު މާފުށްޓަށް ވަޑައިގަތުމުން ހޫނު މަރުޙަބާ އެއް ކިޔައިފި

07 މާރިޗު 2026
ކުރިއަށްއޮތް ލޯކަލް ކައުންސިލް ތަކުގެ އިންތިޚާބުގެ ކެންޕެއިނަށް ރައީސް ސޯލިހު މާފުށްޓަށް ވަޑައިގަތުމުން ހޫނު މަރުޙަބާ އެއް ކިޔައިފި
05 މާރިޗު 2026

110 މީހުންގެ އުމްރާ ދަތުރު ކެންސަލްކުރި މައްސަލައިގައި އަލް އަބްރާރު ކުންފުނީގެ ހުއްދަ ވަގުތީ ގޮތުން ހިފަހައްޓައިފި

05 މާރިޗު 2026
110 މީހުންގެ އުމްރާ ދަތުރު ކެންސަލްކުރި މައްސަލައިގައި އަލް އަބްރާރު ކުންފުނީގެ ހުއްދަ ވަގުތީ ގޮތުން ހިފަހައްޓައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް