Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަލް އަބްރާރް ހައްޖު އަދި އުމްރާ ގްރޫޕް

އަލް އަބްރާރް ގްރޫޕުގެ ހަވާލުގައި އުމްރާއަށް ދިއުމަށް ފައިސާ ދެއްކި 110 މީހުންގެ ދަތުރު ފަހުވަގުތު ކެންސަލް ކުރި މައްސަލަ ފުލުހުންނާއި، އިސްލާމިކް މިނިސްޓްރީން ތަހުގީގު ކުރަނީ

4 މާރިޗު 2026 | ބުދަ 08:58

އަލް އަބްރާރް ގްރޫޕުގެ ހަވާލުގައި އުމްރާއަށް ދިއުމަށް ފައިސާ ދެއްކި 110 މީހުންގެ ދަތުރު ފަހުވަގުތު ކެންސަލްވުމާ ގުޅިގެން، އެ މީހުން ވަނީ އެ ގްރޫޕުގެ އޮފީސް ދޮށަށް އެއްވެ ފައިސާ އަނބުރާ ދިނުމަށް ގޮވާލާފައި. ދަތުރު ކެންސަލް ކުރި ސަބަބެއް ކަމަށް ދެއްކީ މިހާރު މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމަ ކަމަށާއި، ވާނުވާ ނޭނގޭ ކަމަށް އެގުރޫޕުން ބުނެފައިވާ ކަމަށް އުމްރާއަށް ދިއުމަށް ފައިސާ ދެއްކި މީހުން ބުނެފައިވޭ. އަދި ދަތުރުގެ ހުރިހާ ކަމެއް ހަމަޖައްސާފައި އޮތްނަމަ އަންގާރަ ދުވަހުގެ ރޭ ފުރުވާލެވޭނެ ކަމަށާއި، ހަނގުރާމައިގެ ސަބަބުން އުމްރާގެ އަޅުކަމަށް އެއްވެސް ނުރައްކަލެއް ނެތް ކަަމަށް މިނިސްޓަރު ޝަހީމް ވިދާޅުވި ކަމަށް އެމީހުން ބުނެފައިވޭ.

އަމްނާ އިމާދު
އަމްނާ އިމާދު | 4 މާރިޗު 2026 | ބުދަ 08:58
އަލް އަބްރާރް ގްރޫޕުގެ ހަވާލުގައި އުމްރާއަށް ދިޔަ އުމްރާވެރިންތަކެއް.

އަލް އަބްރާރް ގްރޫޕުގެ ހަވާލުގައި އުމްރާއަށް ދިޔަ އުމްރާވެރިންތަކެއް. | ސޯޝަލް މީޑިއާ

އަލް އަބްރާރް ހައްޖު އަދި އުމްރާ ގްރޫޕުގެ ހަވާލުގައި އުމްރާއަށް ދިއުމަށް ފައިސާ ދެއްކި 110 މީހުންގެ ދަތުރު ފަހުވަގުތު ކެންސަލް ކުރި މައްސަލަ ބޮޑުވެ، އެމައްސަލަ  ފުލުހުންނާއި އިސްލާމިކް މިނިސްޓްރީން ތަހުގީގު ކުރަން ފަށައިފި އެވެ.

ބުދަ ދުވަހު ފުލުހުން ބުނީ، ރަމަޟާން މަހު އުމްރާއަށް މީހުން ގެންދިއުމަށްޓަކައި ގުރޫޕަކުން ފައިސާ ނެގުމަށްފަހު ދަތުރު ކެންސަލް ކޮށްފައިވާ ޝަކުވާއެއް 4 މަރޗް 2026 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. 

Advertisement - newsAdvertisement

މިކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުނެ އެވެ. 

މީގެ އިތުރުން އިސްލާމިކް މިނިސްޓްރީން ބުނީ، މި މައްސަލަ ސަމާލު ކަމަށް އައިސްފައިވާ ކަމަށާއި، އެކަން ހިނގި ގޮތް މިނިސްޓްރީން ބަލަމުންދާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އަންގާރަ ދުވަހުގެ ރޭ އަލް އަބްރާރް ހައްޖު އަދި އުމްރާ ގްރޫޕުގެ އޮފީސް ހުންނަ ސަރަހައްދަށް އެއްވެ އަޑު އުފުލާފައިވެ އެވެ.

އަޑު އުފުލި މީހުން ބުނީ، ދަތުރު ކެންސަލް ކުރިކަން ކުއްލި އަކަށް އެންގިއިރު، އަންގާރަ ދުވަހުގެ ހެނދުނު 10:00 އާއި 11:00އާ ދެމެދު އެއަރޕޯޓަށް ފޮށިތައް ގެންދިޔަ ކަމަށެވެ. އަދި ފަހުން އެއރޕޯޓުން ދަބަސްތައް ގެންދިއުމަށް އަންގައި ބައްދަލުވުމެއް ބޭއްވި ކަމަށެވެ. އެ ބައްދަލުވުމުގައި ދަތުރު ކެންސަލް ކުރަން ޖެހުނު ސަބަބެއް ކަމަށް ދެއްކީ މިހާރު މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމަ ކަމަށާއި، ވާނުވާ ނޭނގޭ ކަމަށެވެ.

ނަމަވެސް އެއީ ކަނޑައެޅިގެން ދޮގު ކަމަށާއި، ދަތުރުގެ ހުރިހާ ކަމެއް ހަމަޖައްސާފައި އޮތްނަމަ އަންގާރަ ދުވަހުގެ ރޭ ފުރުވާލެވޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ.ޝަހީމް އަލީ ސައީދު ވެސް އަންގަވާފައިވާ ކަމަށެވެ. އަދި ހަނގުރާމައިގެ ސަބަބުން އުމްރާގެ އަޅުކަމަށް އެއްވެސް ނުރައްކަލެއް ނެތް ކަަމަށް މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.

އެ ގުރޫޕްގެ ހަވާލުގައި އުމްރާއަށް ދިއުމަށްޓަކައި ކޮންމެ މީހަކު ވެސް 45،000 ރުފިޔާ ދައްކާފައިވެ އެވެ. އެ އޮފީސް ދޮށަށް އެއްވެ، މީހުން ވަނީ އެ މީހުންގެ ރިފަންޑު ދިނުމަށް ގޮވާލާފަ އެވެ. 

މައުލޫމާތު ލިބޭ ގޮތުގައި، މިހާރު ޓިކެޓަށްވާ ފައިސާ ކެނޑުމަށްފަހު، އެއްބައި މިހާރު ވަނީ ބައެއް މީހުންނަށް އަނބުރާ ދީފަ އެވެ. 

ބައެއް މީޑިއާތަކަށް އެ ގުރޫޕުން ބުނީ، މި މައްސަލަ ދިމާވީ އެ ގުރޫޕުގެ ފަރާތުން އިސްލާމިކް މިނިސްޓްރީއަށް ފޮނުވި ބައެއް ލިޔެކިއުންތައް ލިބިފައިނުވާތީ ކަމަށާއި، މިހާރު ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ. އަދި މިހާރު ރީފަންޑު ދިނުމުގެ މަސައްކަތް ކުރަނީ ދީލަތި ބައެއް ފަރާތްތަކުގެ އެހީގައި ކަމަށާއި، އުމްރާއަށް ދިއުމަށް މީހުން ދެއްކި ފައިސާ އެ މީހުން އުމްރާ އަށް ގެންދިއުމުގެ ކަންކަމަށް ހަރަދު ކޮށްފައިވާ ކަމަށެވެ.

އަލް އަބްރާރް ގްރޫޕަކީ އުމްރާ އަށް މީހުން ގެންދިއުމުގެ ހުއްދަ އޮތް ގުރޫޕަކަށްވާއިރު، މީގެ ކުރިން ގިނަ ބަޔަކު އެ ގުރޫޕްގެ ހަވާލުގައި އުމްރާއަށް ގޮސްފައިވެ އެވެ. 

އިސްލާމިކް މިނިސްޓްރީޑރ. ޝަހީމް އަލީ ސައީދުޢުމްރާއަލް އަބްރާރް ހައްޖު އަދި އުމްރާ ގްރޫޕު

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

01 މާރިޗު 2026

ރާއްޖެއިން އުމްރާއަށްދާ ފަރާތްތަކުން ދަތުރުފަތުރުގެ އެންމެހާ ކަންކަމުގައި އިތުރަށް ސަމާލުވުމަށް އިލްތިމާސްކޮށްފި

01 މާރިޗު 2026
ރާއްޖެއިން އުމްރާއަށްދާ ފަރާތްތަކުން ދަތުރުފަތުރުގެ އެންމެހާ ކަންކަމުގައި އިތުރަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
26 ފެބުރުއަރީ 2026

މޭރީގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ އޭނާގެ ފިރިމީހާ މާވިން ޖަލުގައި އިސްލާމް ވެއްޖެ

26 ފެބުރުއަރީ 2026
މޭރީގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ އޭނާގެ ފިރިމީހާ މާވިން ޖަލުގައި އިސްލާމް ވެއްޖެ
22 ފެބުރުއަރީ 2026

އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރި ނޫން ފަރާތްތަކަށް ޚާއްސަކޮށް، ނަގުދު ފައިސާއާއި ކޭޝް ކާޑުން ޒަކާތް ބަލައިގަންނަން ފަށައިފި

22 ފެބުރުއަރީ 2026
އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރި ނޫން ފަރާތްތަކަށް ޚާއްސަކޮށް، ނަގުދު ފައިސާއާއި ކޭޝް ކާޑުން ޒަކާތް ބަލައިގަންނަން ފަށައިފި
19 ފެބުރުއަރީ 2026

ސައުދީން ރަމަޟާން މަހާ ދިމާކޮށް ރާއްޖެއަށް ހަދިޔާ ކުރާ ކަދުރު މިއަހަރު އަދި ނުލިބޭ: އިސްލާމިކް މިނިސްޓްރީ

19 ފެބުރުއަރީ 2026
ސައުދީން ރަމަޟާން މަހާ ދިމާކޮށް ރާއްޖެއަށް ހަދިޔާ ކުރާ ކަދުރު މިއަހަރު އަދި ނުލިބޭ: އިސްލާމިކް މިނިސްޓްރީ
17 ފެބުރުއަރީ 2026

18 ފެބްރުއަރީ 2026 ވާ ބުދަ ދުވަހަކީ 1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް

17 ފެބުރުއަރީ 2026
18 ފެބްރުއަރީ 2026 ވާ ބުދަ ދުވަހަކީ 1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް
10 ފެބުރުއަރީ 2026

މި އަހަރު އިހްޔާ ފޯރަމް އޮންނާނީ ބޮޑު ތިލަދުއްމަތިން އިހަވަންދޫ ގައި އެކަނި

10 ފެބުރުއަރީ 2026
މި އަހަރު އިހްޔާ ފޯރަމް އޮންނާނީ ބޮޑު ތިލަދުއްމަތިން އިހަވަންދޫ ގައި އެކަނި
09 ފެބުރުއަރީ 2026

އިސްލާމިކް މިނިސްޓްރީ އިން އެދިގެން ދެފަހަރަށް ފަސްކުރި އައިކޮމް ގެ އަޑުއެހުމަށް ހާޒިރު ނުވުމުން މިނިސްޓްރީ ޖޫރިމަނާ ކޮށްފި

09 ފެބުރުއަރީ 2026
އިސްލާމިކް މިނިސްޓްރީ އިން އެދިގެން ދެފަހަރަށް ފަސްކުރި އައިކޮމް ގެ އަޑުއެހުމަށް ހާޒިރު ނުވުމުން މިނިސްޓްރީ ޖޫރިމަނާ ކޮށްފި
04 ފެބުރުއަރީ 2026

ރަމަޟާން އުމްރާވެރިންނަށް ފަސޭހައިން ބީއެމްއެލްއިން ޑޮލަރު ގަނެވޭނެ އިންތިޒާމު ހަމަޖައްސައިފި

04 ފެބުރުއަރީ 2026
ރަމަޟާން އުމްރާވެރިންނަށް ފަސޭހައިން ބީއެމްއެލްއިން ޑޮލަރު ގަނެވޭނެ އިންތިޒާމު ހަމަޖައްސައިފި
03 ފެބުރުއަރީ 2026

އުމްރާ އަށް ގެންދާނެ ކަމަށް ބުނެ އަސްކޮއި ގްރޫޕުން ލަނޑުދީފައިވާ އާއިލާއަކަށް 185،250ރ. ދޭން ހުކުމްކޮށްފި

03 ފެބުރުއަރީ 2026
އުމްރާ އަށް ގެންދާނެ ކަމަށް ބުނެ އަސްކޮއި ގްރޫޕުން ލަނޑުދީފައިވާ އާއިލާއަކަށް 185،250ރ. ދޭން ހުކުމްކޮށްފި
29 ޖެނުއަރީ 2026

އެސްޖޭ މިސްކިތް ނުނިމި އޮތީ މިނިސްޓްރީގެ ޣައިރު ޒިންމާދާރުކަމުން: "އީއޯޓީ އެޕްރޫވް ނުކުރޭ، އެއްބަސްވުން އާ ނުކޮށް ޕްރޮޖެކްޓްގެ މުއްދަތު ހަމަވެފައި"

29 ޖެނުއަރީ 2026
އެސްޖޭ މިސްކިތް ނުނިމި އޮތީ މިނިސްޓްރީގެ ޣައިރު ޒިންމާދާރުކަމުން: "އީއޯޓީ އެޕްރޫވް ނުކުރޭ، އެއްބަސްވުން އާ ނުކޮށް ޕްރޮޖެކްޓްގެ މުއްދަތު ހަމަވެފައި"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް