Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެުއުމްރާވެރިން ތާށިވުން

ހަނގުރާމައާ ގުޅިގެން ފްލައިޓްތައް ކެންސަލްވެ، ރާއްޖެ ނާދެވިފައި ތިބި 50 އުމްރާވެރިން ގެނައުމުގެ މަސައްކަތް ކުރަނީ

13 މާރިޗު 2026 | ހުކުރު 08:29

މެދުއިރުމަތީގެ މަސްރަހަށް އައި ބަދަލުތަކާ ގުޅިގެން ފްލައިޓްތައް ކެންސަލްވުމުގެ ސަބަބުން ރާއްޖެ ނާދެވިފައި ތިބި 50 އުމްރާވެރިން ރާއްޖެ ގެނައުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުން. އަދި އިސްލާމިކް މިނިސްޓަރު ޝަހީމް ވިދާޅުވީ، މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން މިއަހަރުގެ ހައްޖު ދަތުރުތަކަށް ވެސް އެއްވެސް ބުރޫއެއް އަރާނެ ކަމުގެ އިޝާރާތެއް ނެތް ކަމަށް. އަދި ރާއްޖެއަށް ލިބުނު 1،000 ހައްޖު ކޯޓާގެ ދަށުން ފުރާ މީހުންގެ ވިސާގެ ކަންކަން މިހާރު ނިމިފައިވާކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި.

އަމްނާ އިމާދު
އަމްނާ އިމާދު | 13 މާރިޗު 2026 | ހުކުރު 08:29
ކޮންމެ އަހަރެއްގެ ރަމަޟާން މަހު ރާއްޖެ އިން ގިނަ އަދަދެއްގެ ބަޔަކު އުމްރާ ގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާ އަށް ދަތުރުކުރޭ.

ކޮންމެ އަހަރެއްގެ ރަމަޟާން މަހު ރާއްޖެ އިން ގިނަ އަދަދެއްގެ ބަޔަކު އުމްރާ ގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާ އަށް ދަތުރުކުރޭ. | ސޯޝަލް މީޑިއާ

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ފްލައިޓްތައް ކެންސަލްވުމުގެ ސަބަބުން ރާއްޖެ ނާދެވިފައި ތިބި 50 އުމްރާވެރިން ގެނައުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ.ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ. 

ހަނގުރާމައިގެ ކަންކަން ވިލަރެސް ކުރުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު އެކުލަވާލެއްވި ކޮމެޓީން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މިނިސްޓަރު ޝަހީމް ވިދާޅުވީ، ރަމަޟާން މަހުގެ ތެރޭގައި މިހާތަނަށް ރާއްޖެއިން 2000 ށް ވުރެ ގިނަ މީހުން އުމްރާ އަށް ގޮސްފައިވާ ކަމަށާއި، ހުރިހާ އުމްރާވެރިންގެ ހާލު ރަނގަޅު ކަމަށެވެ. 

Advertisement - newsAdvertisement
މި ދިމާވެގެން އުޅޭ ހާދިސާއާ ގުޅިގެން، މެދުވެރިކަމުގެ ޙާލަތާ ގުޅިގެން ބައެއް ފްލައިޓްތައް، ބައެއް ގައުމުތަކުން ކެންސަލްވުމާ ގުޅިގެން ޓްރާންސިޓްކޮށް ދަތުރުކުރަން ހަމަޖެހިފައިވާ ބައެއް އުމްރާވެރިންނަށް ނުދެވިގެން ދިމާވި މައްސަލަތަކަށް އަޅުގަނޑުމެން ވާނީ ހައްލު ހޯދައިދީފަ އަދި ރާއްޖޭގެ ވެސް ބައެއް ކުންފުނިތަކުން މި ހާލަތާ ގުޅިގެން ދަތުރުތައް ކެންސަލްކުރި. އެއާ ވިދިގެން ވެސް ބައެއް އުމްރާ ވެރިންނަށް ވަރަށް ދަތިތައް މެދުވެރި ބައެއް ރަށުން މީހުން އުމްރާއަށް ދާންވެގެން ފުރަން މާލެ އައިސް އެތިއްބާ މިކަންތައްތައް މިހެން ދިމާވީމަ ދެން ސަރުކާރުގެ ފަރާތުން މަސައްކަތްކޮށްގެން އާ ފްލައިޓެއް ޗާޓަރު ކުރެވިގެން މިހާރު ހުރިހާ އެންމެންވެސް ވަނީ މައްކާއަށް ފުރާފަ.
އިސްލާމިކް މިނިސްޓަރު ޑރ.ޝަހީމް އަލީ ސައީދު

ފްލައިޓެއް ކެންސަލް ވުމުގެ ސަބަބުން ރާއްޖެއަށް އެނބުރި އަންނަން ދަތިވެފައި ތިބި 50 އުމްރާވެރިން ގެނައުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވައި މިނިސްޓަރު ޝަހީމް ވިދާޅުވީ މިމަސައްކަތް ކުރަމުން ދަނީ ހައްޖު ކޯޕްރޭޝަންއާ ގުޅިގެން ކަމަށާއި، ވަރަށް އަވަހަށް އާދެވޭނެ ގޮތް ހަމަ ޖެހޭނެ ކަމަށެވެ.

އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ރާއްޖޭގެ އެއާލައިން މި ދޭތެރޭގައި މިހާރު އެބަ ދަތުރުކުރެވޭ އުމްރާ ވެރިން ގޮވައިގެން. އޭގެ އެ ބޭފުޅުންނަށް ރާއްޖެ އާދެވޭނެ ކަމަށް. އެއްވެސް ކަހަލަ ދަތިކަމެއް މެދުވެރިނުވެ، އިރާދަކުރެއްވިއްޔާ އެކަންކަން ވަރަށް ރަނގަޅަށް އިންތިޒާމުކުރެވިގެންދާނެ.
އިސްލާމިކް މިނިސްޓަރު ޑރ.ޝަހީމް އަލީ ސައީދު

މީގެ އިތުރުން މިނިސްޓަރު ޝަހީމް ވަނީ ހައްޖާ ގުޅޭގޮތުން ވެސް ވާހަކަ ދައްކާވާފަ އެވެ. 

މިނިސްޓަރު ޝަހީމް ވިދާޅުވީ، މިހާރު ހިންގަމުންދާ ހަނގުރާމައާ ގުޅިގެން ހައްޖުގެ ދަތުރުތަކެއް އެއްވެސް ކަހަލަ ލޮޅުމެއް އަންނާނެ ކަމުގެ އެއްވެސް އިޝާރާތެއް ނެތް ކަަމަށެވެ. ހައްޖާ ގުޅޭ ހުރިހާ ކަމެއްވެސް ވަރަށް ރަނގަޅަށް އިންތިޒާމު ކުރެވިފައިވާ ކަމަށާއި، މި އިންތިޒާމު ތަކުގައި އެންމެ އަވަހަށް ނިންމި ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށެވެ. އަދި ވިދާޅުވީ ރާއްޖެ ލިބިފައި އޮންނަ އެއް ހާސް ކޯޓާގައި ދަތުރުކުރާ މީހުންގެ ވިސާވެސް އިޝޫ ކުރެވިފައިވާ ކަމަށެވެ.

ޢުމްރާހައްޖު ކޯޕަރޭޝަންއިސްލާމިކް މިނިސްޓަރު ޑރ.ޝަހީމް އަލީ ސައީދު

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

05 މާރިޗު 2026

110 މީހުންގެ އުމްރާ ދަތުރު ކެންސަލްކުރި މައްސަލައިގައި އަލް އަބްރާރު ކުންފުނީގެ ހުއްދަ ވަގުތީ ގޮތުން ހިފަހައްޓައިފި

05 މާރިޗު 2026
110 މީހުންގެ އުމްރާ ދަތުރު ކެންސަލްކުރި މައްސަލައިގައި އަލް އަބްރާރު ކުންފުނީގެ ހުއްދަ ވަގުތީ ގޮތުން ހިފަހައްޓައިފި
04 މާރިޗު 2026

އަލް އަބްރާރް ގްރޫޕުގެ ހަވާލުގައި އުމްރާއަށް ދިއުމަށް ފައިސާ ދެއްކި 110 މީހުންގެ ދަތުރު ފަހުވަގުތު ކެންސަލް ކުރި މައްސަލަ ފުލުހުންނާއި، އިސްލާމިކް މިނިސްޓްރީން ތަހުގީގު ކުރަނީ

04 މާރިޗު 2026
އަލް އަބްރާރް ގްރޫޕުގެ ހަވާލުގައި އުމްރާއަށް ދިއުމަށް ފައިސާ ދެއްކި 110 މީހުންގެ ދަތުރު ފަހުވަގުތު ކެންސަލް ކުރި މައްސަލަ ފުލުހުންނާއި، އިސްލާމިކް މިނިސްޓްރީން ތަހުގީގު ކުރަނީ
01 މާރިޗު 2026

ރާއްޖެއިން އުމްރާއަށްދާ ފަރާތްތަކުން ދަތުރުފަތުރުގެ އެންމެހާ ކަންކަމުގައި އިތުރަށް ސަމާލުވުމަށް އިލްތިމާސްކޮށްފި

01 މާރިޗު 2026
ރާއްޖެއިން އުމްރާއަށްދާ ފަރާތްތަކުން ދަތުރުފަތުރުގެ އެންމެހާ ކަންކަމުގައި އިތުރަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
04 ފެބުރުއަރީ 2026

ރަމަޟާން އުމްރާވެރިންނަށް ފަސޭހައިން ބީއެމްއެލްއިން ޑޮލަރު ގަނެވޭނެ އިންތިޒާމު ހަމަޖައްސައިފި

04 ފެބުރުއަރީ 2026
ރަމަޟާން އުމްރާވެރިންނަށް ފަސޭހައިން ބީއެމްއެލްއިން ޑޮލަރު ގަނެވޭނެ އިންތިޒާމު ހަމަޖައްސައިފި
03 ފެބުރުއަރީ 2026

އުމްރާ އަށް ގެންދާނެ ކަމަށް ބުނެ އަސްކޮއި ގްރޫޕުން ލަނޑުދީފައިވާ އާއިލާއަކަށް 185،250ރ. ދޭން ހުކުމްކޮށްފި

03 ފެބުރުއަރީ 2026
އުމްރާ އަށް ގެންދާނެ ކަމަށް ބުނެ އަސްކޮއި ގްރޫޕުން ލަނޑުދީފައިވާ އާއިލާއަކަށް 185،250ރ. ދޭން ހުކުމްކޮށްފި
29 ޖެނުއަރީ 2026

އެސްޖޭ މިސްކިތް ނުނިމި އޮތީ މިނިސްޓްރީގެ ޣައިރު ޒިންމާދާރުކަމުން: "އީއޯޓީ އެޕްރޫވް ނުކުރޭ، އެއްބަސްވުން އާ ނުކޮށް ޕްރޮޖެކްޓްގެ މުއްދަތު ހަމަވެފައި"

29 ޖެނުއަރީ 2026
އެސްޖޭ މިސްކިތް ނުނިމި އޮތީ މިނިސްޓްރީގެ ޣައިރު ޒިންމާދާރުކަމުން: "އީއޯޓީ އެޕްރޫވް ނުކުރޭ، އެއްބަސްވުން އާ ނުކޮށް ޕްރޮޖެކްޓްގެ މުއްދަތު ހަމަވެފައި"
29 ޖެނުއަރީ 2026

ދަމަނަވެށިން ވެކްސިން ހުސްވެ، އުމްރާ ވެރިންނަށް ބައެއްކަހަލަ ވެކްސިން ދިނުން މެދުކަނޑާލައިފި

29 ޖެނުއަރީ 2026
ދަމަނަވެށިން ވެކްސިން ހުސްވެ، އުމްރާ ވެރިންނަށް ބައެއްކަހަލަ ވެކްސިން ދިނުން މެދުކަނޑާލައިފި
24 ޖެނުއަރީ 2026

ތިން ރަށުގެ އިސްލާމިކް ސެންޓަރާއި، މިސްކިތް އަދި ގުރުއާން ސެންޓަރު މަޝްރޫއުގެ އެއްބަސްވުމުގެ އަގު ހާމަ ކުރުމަށް އިސްލާމިކް މިނިސްޓްރީން ދެކޮޅު ހަދައިފި

24 ޖެނުއަރީ 2026
ތިން ރަށުގެ އިސްލާމިކް ސެންޓަރާއި، މިސްކިތް އަދި ގުރުއާން ސެންޓަރު މަޝްރޫއުގެ އެއްބަސްވުމުގެ އަގު ހާމަ ކުރުމަށް އިސްލާމިކް މިނިސްޓްރީން ދެކޮޅު ހަދައިފި
07 ޖެނުއަރީ 2026

އުމްރާގެ އަޅުކަމަށް ގޮސް އުޅުނު ދެ ދިވެހީން ނިޔާވުން: އޮޑިޓުގެ ޚިދުމަތްތެރިޔާ ވައިކަރަދޫ ރަޝީދު ހިމެނޭ

07 ޖެނުއަރީ 2026
އުމްރާގެ އަޅުކަމަށް ގޮސް އުޅުނު ދެ ދިވެހީން ނިޔާވުން: އޮޑިޓުގެ ޚިދުމަތްތެރިޔާ ވައިކަރަދޫ ރަޝީދު ހިމެނޭ
01 ޖެނުއަރީ 2026

އުމްރާގެ އަޅުކަމަށް ގޮސް އުޅުނު ދިވެއްސެއް ނިޔާވެއްޖެ

01 ޖެނުއަރީ 2026
އުމްރާގެ އަޅުކަމަށް ގޮސް އުޅުނު ދިވެއްސެއް ނިޔާވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް