Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުނޭދެން ވަކިވާކަށް

"ނޭދެން ވަކިވާކަށް" ގެ ޓިކެޓް ބާރަށް ވިކެމުން ދަނީ

ހުރިހާ ޝޯއެއްގެ ޓިކެޓްވެސް ވިއްކަނީ 100ރ. އަށް

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 25 ސެޕްޓެމްބަރު 2017 | ހޯމަ 05:20
ނޭދެން ވަކިވާކަށް ގެ ޕޯސްޓަރެއް

ނޭދެން ވަކިވާކަށް ގެ ޕޯސްޓަރެއް

މިއަންނަ ބުދަ ދުވަހު ނެރޭ ދިވެހި ފިލްމު "ނޭދެން ވަކިވާކަށް" ގެ ޓިކެޓް ބާރަށް ވިކެމުންދާކަމަށް ފިލްމުގެ ޑައިރެކްޓަރ މުހައްމަދު އަބޫބަކުރު (މާއެނބޫ) ބުނެފިއެވެ.

މި ފިލްމުގެ ޓިކެޓް ވިއްކަން ފަށާފައިވަނީ މިމަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ.

މާއެނބޫ ބުނީ ޓިކެޓް ވިއްކަން ފެށުމުން ފިލްމަށް ލިބޭ ތަރުހީބު ހާމަވާކަމަށެވެ.

ފިލްމު ދައްކަން ފަށާނީ ބުދަދުވަހުގެރޭ އޮލިމްޕަހުގައި ބާއްވާ ޕްރިމިއާއަށް ފަހުގައެވެ.

އޭނާ ބުނީ "ނޭދެން ވަކިވާކަށް" ގެ ޓިކެޓް ވިއްކާނީ އޮލިމްޕަހުން ކަމަށެވެ. ހުރިހާ ޝޯއެއްގެ ޓިކެޓްވެސް ވިއްކާނީ 100ރ. އަށް ކަމަށް މާއެނބޫ ބުންޏެވެ.

މި ފިލްމުގެ ސްކްރީންޕްލޭ ލިޔެފައިވަނީ މަހުދީ އަހުމަދެވެ. މިފިލްމަކީ ލޯބީގެ އަސަރުގަދަ ވާހަކައެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ. މާއެނބޫ ބުނީ ފިލްމު ޕްރިމިއާ ކުރުމަށް ޝްވެކް ސިނަމާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ނޭދެން ވަކިވާކަށް" ގައި އެކްޓް ކޮށްފައިވާ ތަރިންގެ ތެރޭގައި އަލަށް ފެނިގެންދާ ފެޝަން ޑިޒައިނަރު/ނެށުންތެރިޔާ ޖާދުﷲ އިސްމާއީލް (ޖާދު) އާއި ފާތުމަތު އާޒިފާ (އަޒޫ) ގެ އިތުރުން ޔޫސުފް ޝަފީއު (ޔޫއްޕެ) އެވެ. މި ފިލްމުގެ މަންޒަރުތައް ނަގާފައިވަނީ އއ.ތޮއްޑޫއާއި މާލޭގައެވެ.

މި އަހަރުތެރޭގައި ދިވެހި ގިނަ ފިލްމުތައް އެހެން އަހަރުތަކަށް ވުރެ އިތުރެވެ. "ނޭދެން ވަކިވާކަށް" އަކީ މިއަހަރު ނެރޭނެ ދިވެހި ފިލްމުގެ ތެރެއިން 7 ވަނަ ފިލްމެވެ.

މާއެނބޫ ބުނީ އޮލިމްޕަހުގައި މި ފިލްމުގެ 10 ޝޯ މެދުނުކެނޑި ދައްކާނެ ކަމަށާއި މާލެއާއި ހުޅުމާލޭ ޝްވެކް ސިނަމާގައި މެދުނުކެނޑި 3 ޝޯ ދައްކާނެ ކަމަށެވެ. އަދި މެދުކެނޑުމަށްފަހުގައިވެސް ތަރުހީބު ލިބޭ ވަރަކުން ޝޯ ތައް ދައްކާނެކަމަށާއި ރާއްޖޭގެ އެކި ރަށްރަށުގައިވެސް މި ފިލްމު ތަރުހީބު ލިބޭވަރަކުން އަޅުވާނެކަމަށް މާއެނބޫ ބުންޏެވެ.

ހުރިހާ ޝޯއެއްގެ ޓިކެޓްވެސް ވިއްކަނީ 100ރ. އަށެވެ.

އިތުރަށް ކިޔާލަން

08 ޖެނުއަރީ 2018

އޮލިމްޕަހުގައި ކަރަންޓެއް ނެތް، ހައްދުގެ ޓިކެޓް ނުވިއްކިފައި

08 ޖެނުއަރީ 2018
އޮލިމްޕަހުގައި ކަރަންޓެއް ނެތް، ހައްދުގެ ޓިކެޓް ނުވިއްކިފައި
11 އޮކްޓޯބަރު 2017

"ބޮސް" ގެ ކެންސަލްވި ޓިކެޓްތައް މިއަދު ވިއްކަން ފަށައިފި

11 އޮކްޓޯބަރު 2017
"ބޮސް" ގެ ކެންސަލްވި ޓިކެޓްތައް މިއަދު ވިއްކަން ފަށައިފި
02 އޮކްޓޯބަރު 2017

"ބޮސް" ގެ ޓިކެޓް ވިއްކަން ފެށިތާ 6 ދުވަސް: 4 ޝޯ ފުލްވެއްޖެ

02 އޮކްޓޯބަރު 2017
"ބޮސް" ގެ ޓިކެޓް ވިއްކަން ފެށިތާ 6 ދުވަސް: 4 ޝޯ ފުލްވެއްޖެ
28 ސެޕްޓެމްބަރު 2017

"ނޭދެން ވަކިވާކަށް" އޮލިމްޕަހުގައި ދައްކަން ފަށައިފި

28 ސެޕްޓެމްބަރު 2017
"ނޭދެން ވަކިވާކަށް" އޮލިމްޕަހުގައި ދައްކަން ފަށައިފި
25 ސެޕްޓެމްބަރު 2017

"ބޮސް" ގެ ޓިކެޓް މާދަމާ ވިއްކަން ފަށަނީ!

25 ސެޕްޓެމްބަރު 2017
"ބޮސް" ގެ ޓިކެޓް މާދަމާ ވިއްކަން ފަށަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު