Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބޮސް

"ބޮސް" ގެ ޓިކެޓް ވިއްކަން ފެށިތާ 6 ދުވަސް: 4 ޝޯ ފުލްވެއްޖެ

މި ފިލްމު ސިނަމާތަކަށް އަންނާނީ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހުގައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 2 އޮކްޓޯބަރު 2017 | ހޯމަ 10:27
"ބޮސް" ގެ ޕްރޮޑިއުސަރ އައިޝަތު ރިޝްމީ

"ބޮސް" ގެ ޕްރޮޑިއުސަރ އައިޝަތު ރިޝްމީ

ދިވެހި ފިލްމުތަކުގެ ތެރެއިން މިއަހަރު ގިނަ ބަޔަކު އިންތިޒާރު ކުރާ އެއް ފިލްމު ކަމަށްވާ "ބޮސް" ގެ ޓިކެޓް ވިއްކަން ފެށިތާ 6 ދުވަސް ތެރޭގައި 4 ޝޯ ފުލްވެއްޖެއެވެ.

ފިލްމުގެ ޑައިރެކްޓަރ ނަހުލާ ބުނީ މި ފިލްމުގެ ފުރަތަމަ ޝޯގެ ޓިކެޓު ވިއްކަނީ 200 ރުފިޔާއަށް ކަމަށާއި އެހެން ޝޯތަކަށް ޓިކެޓު ވިއްކަނީ 100 ރުފިޔާ އަށް ކަމަށެވެ.

މި ފިލްމަށް އޮންލައިން ބުކިންވެސް ހެދޭނެއެވެ. އެގޮތުން މި ފިލްމުގެ ވެބްސައިޓް www.bos-themovie.com މެދުވެރިކޮށް ޓިކެޓް އޮންލައިންކޮށް ބުކްކޮށްލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ނަހުލާ ބުންޏެވެ.

"ބޮސް"ގެ ލީޑް ރޯލުން ފެނިގެން ދަނީ އަލަށް ތައާރަފުވާ މުހައްމަދު ޔުނާންއާ އެކު، ރިޝްމީގެ ކޮއްކޮ އަދި މިހާރު އެންމެ ވިދާ ބަތަލާ މަރިޔަމް އައްޒަ އެވެ.

ފިލްމްގެ އިތުރު ކާސްޓުންގެ ތެރޭގައި އިބްރާހީމް ޖިހާދު (ޖިމީ)، ފާތުމަތު އާޒިފާ (އަޒޫ)، އަލީ އާޒިމް (ދޮންއައްޔަ) އަދި އަލީ ޝަމީލް ހިމެނެ އެވެ.

"ބޮސް" ގައި ހިމެނެނީ 7 ލަވައެވެ. މި ލަވަތައް ކިޔާފައިވަނީ މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ) އާއި، އިބްރާހިމް ޒައިދު އަލީ (ކުޑައިއްބެ) އަދި ޝަލަބީ އިބްރާހިމާއި، ހަމޫދުގެ އިތުރުން ރާފިޔަތު ރަމީޒާ، މާއިން ރަޝީދާއި، ފާތިމަތު އަޝްފާއެވެ. މި ފިލްމުގެ ޕްރޮޑިއުސަރަކީ މަޝްހޫރު ބަތަލާ އައިސަތު ރިޝްމީއެވެ.

މި ފިލްމު ސިނަމާތަކަށް އަންނާނީ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހުގައެވެ.

އިތުރަށް ކިޔާލަން

09 އެޕްރީލު 2017

އެންމެ ކުރީގައި ދަ ބޮސްބޭބީ

09 އެޕްރީލު 2017
އެންމެ ކުރީގައި ދަ ބޮސްބޭބީ
30 މާރިޗު 2017

"އިލް ނޮއިސް"، ޕްރިމިއާ ކުރާނެ ތާރީޚެއް ދެތިން ވަރަކަަށް ދުވަސް ތެރޭ ހާމަ ކުރާނެ: ޕްރޮޑަކްޝަން ޓީމް

30 މާރިޗު 2017
  "އިލް ނޮއިސް"، ޕްރިމިއާ ކުރާނެ ތާރީޚެއް ދެތިން ވަރަކަަށް ދުވަސް ތެރޭ ހާމަ ކުރާނެ: ޕްރޮޑަކްޝަން ޓީމް
22 ފެބުރުއަރީ 2017

ކުޑައިއްބެގެ "ލޯބިވާކަން ލަވައަކުން ބުނެލާ" ދެ ދުވަސް ތެރޭ 25،000 އަށް ވުރެ ގިނަ މީހުން ބަލައިފި

22 ފެބުރުއަރީ 2017
ކުޑައިއްބެގެ "ލޯބިވާކަން ލަވައަކުން ބުނެލާ" ދެ ދުވަސް ތެރޭ 25،000 އަށް ވުރެ ގިނަ މީހުން ބަލައިފި
12 ފެބުރުއަރީ 2017

ދެ ދުވަސް ތެރޭގައި ޖޯލީ އެލްއެލްބީ 2 އަށް 30 ކަރޯޑަށް ވުރެ ގިނަ ރުޕީސް ލިބިއްޖެ

12 ފެބުރުއަރީ 2017
ދެ ދުވަސް ތެރޭގައި ޖޯލީ އެލްއެލްބީ 2 އަށް 30 ކަރޯޑަށް ވުރެ ގިނަ ރުޕީސް ލިބިއްޖެ
05 ފެބުރުއަރީ 2017

"މަލިކާ" ގެ ޓިކެޓް ވިއްކަން ފަށައިފި

05 ފެބުރުއަރީ 2017
"މަލިކާ" ގެ ޓިކެޓް ވިއްކަން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު