Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުނޭދެން ވަކިވާކަށްް

"ނޭދެން ވަކިވާކަށް" އޮލިމްޕަހުގައި ދައްކަން ފަށައިފި

މިއީ މިއަހަރު ނެރޭނެ ދިވެހި 7 ވަނަ ފިލްމް

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 28 ސެޕްޓެމްބަރު 2017 | ބުރާސްފަތި 06:00
ނޭދެން ވަކިވާކަށްގެ ޕޯސްޓަރ

ނޭދެން ވަކިވާކަށްގެ ޕޯސްޓަރ

މުހައްމަދު އަބޫބަކުރު )މާއެނބޫ( ޑައިރެކްޓް ކޮށްފައިވާ "ނޭދެން ވަކިވާކަށް" ރޭ އޮލިމްޕަހުގައި އަޅުވައިފިއެވެ.

އޭނާ ބުނީ "ނޭދެން ވަކިވާކަށް" ގެ ޓިކެޓް ވިއްކާނީ އޮލިމްޕަހުން ކަމަށެވެ. ހުރިހާ ޝޯއެއްގެ ޓިކެޓް ވެސް ވިއްކާނީ 100ރ. އަށް ކަމަށް މާއެނބޫ ބުންޏެވެ.

މި ފިލްމުގެ ސްކްރީންޕްލޭ ލިޔެފައިވަނީ މަހުދީ އަހުމަދެވެ. މިފިލްމަކީ ލޯބީގެ އަސަރުގަދަ ވާހަކައެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ. މާއެނބޫ ބުނީ ފިލްމު ޕްރިމިއާ ކުރުމަށް ޝްވެކް ސިނަމާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ނޭދެން ވަކިވާކަށް" ގައި އެކްޓް ކޮށްފައިވާ ތަރިންގެ ތެރޭގައި އަލަށް ފެނިގެންދާ ފެޝަން ޑިޒައިނަރު/ނެށުންތެރިޔާ ޖާދުﷲ އިސްމާއީލް (ޖާދު) އާއި ފާތުމަތު އާޒިފާ (އަޒޫ) ގެ އިތުރުން ޔޫސުފް ޝަފީއު (ޔޫއްޕެ) އެވެ. މި ފިލްމުގެ މަންޒަރުތައް ނަގާފައިވަނީ އއ.ތޮއްޑޫއާއި މާލޭގައެވެ.

"ނޭދެން ވަކިވާކަށް" އަކީ މިއަހަރު ނެރޭނެ ދިވެހި ފިލްމުގެ ތެރެއިން 7 ވަނަ ފިލްމެވެ.

މާއެނބޫ ބުނީ އޮލިމްޕަހުގައި މި ފިލްމުގެ 10 ޝޯ މެދުނުކެނޑި ދައްކާނެ ކަމަށާއި މާލެ އާއި ހުޅުމާލޭ ޝްވެކް ސިނަމާގައި މެދުނުކެނޑި 3 ޝޯ ދައްކާނެ ކަމަށެވެ. އަދި މެދުކެނޑުމަށްފަހުގައިވެސް ތަރުހީބު ލިބޭ ވަރަކުން ޝޯ ތައް ދައްކާނެކަމަށާއި ރާއްޖޭގެ އެކި ރަށްރަށުގައިވެސް މި ފިލްމު ތަރުހީބު ލިބޭވަރަކުން އަޅުވާނެކަމަށް މާއެނބޫ ބުންޏެވެ.

އިތުރަށް ކިޔާލަން

31 މެއި 2017

ދެފައި ހާމައަށް ފެންނަ ހެދުމެއް ލައިގެން މޯދީއާ ބައްދަލުކުރުމުން ޕްރިޔަންކާއަށް ފާޑުކިޔަން ފަށައިފި

31 މެއި 2017
ދެފައި ހާމައަށް ފެންނަ ހެދުމެއް ލައިގެން މޯދީއާ ބައްދަލުކުރުމުން ޕްރިޔަންކާއަށް ފާޑުކިޔަން ފަށައިފި
09 މެއި 2017

"އެމެރިކަން އައިޑޮލް" އަލުން ގެނައުމުގެ މަސައްކަތް ފަށައިފި

09 މެއި 2017
"އެމެރިކަން އައިޑޮލް" އަލުން ގެނައުމުގެ މަސައްކަތް ފަށައިފި
02 މެއި 2017

"ބޭވޮޗް"ގެ ޕްރޮމޯޝަން ނިއުޔޯކްގައި ޕްރިޔަންކާ ފަށައިފި

02 މެއި 2017
"ބޭވޮޗް"ގެ ޕްރޮމޯޝަން ނިއުޔޯކްގައި ޕްރިޔަންކާ ފަށައިފި
19 އެޕްރީލު 2017

ސޯނޫ ނިގަމްއަށް ކީ ފާޑު ކިޔުންތަކާއެކު އޭނާގެ ގޭގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

19 އެޕްރީލު 2017
ސޯނޫ ނިގަމްއަށް ކީ ފާޑު ކިޔުންތަކާއެކު އޭނާގެ ގޭގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
02 އެޕްރީލު 2017

ރާއްޖެ ޓީވީގެ "ދަންބައި"ގެ ޝޫޓިން ފަށައިފި

02 އެޕްރީލު 2017
 ރާއްޖެ ޓީވީގެ "ދަންބައި"ގެ ޝޫޓިން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު