Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުދިވެހި ފިލްމް

"މަލިކާ" ގެ ޓިކެޓް ވިއްކަން ފަށައިފި

"މަލިކާ"ގެ ޓިކެޓް އާދިއްތަ ދުވަހު  ވިއްކަން ފަށައިފި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 5 ފެބުރުއަރީ 2017 | އާދީއްތަ 14:57
"މަލިކާ" ގެ ޕްރޮމޯޝަން ޕޯސްޓަރު

"މަލިކާ" ގެ ޕްރޮމޯޝަން ޕޯސްޓަރު

އަންނަ މާޗް މަހުގެ ދެވަނަ ދުވަހު އޮލިމްޕަހުގައި އެޅުވުމަށް ހަމަޖެހިފައިވާ "މަލިކާ"ގެ ޓިކެޓް އާދިއްތަ ދުވަހު ވިއްކަން ފަށައިފި އެވެ.

މި ފިލްމްގެ މާކެޓިން ހެޑް ހުސައިން ނޫރައްދީން ރާއްޖެއެމްވީއަށް މައުލޫމަތު ދެމުން ބުނީ އަންނަ މާޗް މަހުގެ 2 ގައި ފިލްމް ޕްރިމިއާ ކުރުމުގެ ކުރިން މާޗް 1 ގައި މީޑިއާ ތަކާއި ދައުވަތު ދެވޭ ފަރާތަކަށް ފިލްމްގެ ޚާއްސަ ސްކްރީނިންއެއް ބާއްވަން ނިންމާފައިވާ ކަމަށެވެ.

ފިލްމުގެ ޓިކެޓް ފުރަތަމަ ދޫކުރުމަށް ހަމަޖެހިފައިވަނީ އޮންލައިން ބުކިން ހަދާފައި ތިބި ފަރާތްތަކަށް ކަމަށް އޭނާ ބުންޏެވެ.

މާރޗް 2 އިން 20 އަށް އޮލިމްޕަހުގައި އެޅުވުމަށް ހަމަޖެހިފައިވާ މި ފިލްމްގެ ޕްރިމިއާ ޝޯގެ ޓިކެޓްގެ އަގަކީ 200 ރުފިޔާ ކަމަށާއި އިތުރު ޝޯތަކުގެ ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވަނީ 100 ރުފިޔާ އަށެވެ.

އަހުމަދު ނާސިރު ( މައްލާ) އާއި އިބްރާހިމް ރަޝީދު (އިއްބެ) ޕްރޮޑިއުސް ކޮށްފައިވާ މި ފިލްމަކީ ބިންމާ އިބްރާހިމް ވަހީދު ލިޔެފައިވާ އާއިލީ ލޯބީގެ ހަދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކަ އެއްގެ މައްޗަށް ތައްޔަރު ކުރާ ފިލްމެކެވެ.

މި ފިލުމްގައި ހިމެނޭ ތަރިންގެ ތެރޭގައި ފިލްމީ ދާއިރާއަށް އަލަށް ތައާރފްވާ ނުޒުހަތު ޝުއައިބް (ނުޒޫ) އާއި މަރިޔަމް ޝަކީލާ، އިސްމާއިލް ޒާހިރު، އަލީ ފާރޫގް، އަހުމަދު އަސިމް، ފާތިމަތު އާޒިފާ، ޖުމައްޔިލް ނިމާލް، އަލީ އާޒމް، ސުޖީތާ އަބްދުﷲ އަދި އަހުމަދު ޝާކިރު ހިމެނެއެވެ.

އިތުރަށް ކިޔާލަން

31 މެއި 2017

ދެފައި ހާމައަށް ފެންނަ ހެދުމެއް ލައިގެން މޯދީއާ ބައްދަލުކުރުމުން ޕްރިޔަންކާއަށް ފާޑުކިޔަން ފަށައިފި

31 މެއި 2017
ދެފައި ހާމައަށް ފެންނަ ހެދުމެއް ލައިގެން މޯދީއާ ބައްދަލުކުރުމުން ޕްރިޔަންކާއަށް ފާޑުކިޔަން ފަށައިފި
09 މެއި 2017

"އެމެރިކަން އައިޑޮލް" އަލުން ގެނައުމުގެ މަސައްކަތް ފަށައިފި

09 މެއި 2017
"އެމެރިކަން އައިޑޮލް" އަލުން ގެނައުމުގެ މަސައްކަތް ފަށައިފި
02 މެއި 2017

"ބޭވޮޗް"ގެ ޕްރޮމޯޝަން ނިއުޔޯކްގައި ޕްރިޔަންކާ ފަށައިފި

02 މެއި 2017
"ބޭވޮޗް"ގެ ޕްރޮމޯޝަން ނިއުޔޯކްގައި ޕްރިޔަންކާ ފަށައިފި
19 އެޕްރީލު 2017

ސޯނޫ ނިގަމްއަށް ކީ ފާޑު ކިޔުންތަކާއެކު އޭނާގެ ގޭގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

19 އެޕްރީލު 2017
ސޯނޫ ނިގަމްއަށް ކީ ފާޑު ކިޔުންތަކާއެކު އޭނާގެ ގޭގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
02 އެޕްރީލު 2017

ރާއްޖެ ޓީވީގެ "ދަންބައި"ގެ ޝޫޓިން ފަށައިފި

02 އެޕްރީލު 2017
 ރާއްޖެ ޓީވީގެ "ދަންބައި"ގެ ޝޫޓިން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު