Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުނޭދެން ވަކިވާކަށް

މާއެނބޫގެ "ނޭދެން ވަކިވާކަށް" ގެ ޓިކެޓް މިމަހުގެ 15 ގައި ވިއްކަން ފަށަނީ

މިފިލްމު ސިނަމާތަކަށް އަންނާނީ މިމަހުގެ 27 ގައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 12 ސެޕްޓެމްބަރު 2017 | އަންގާރަ 09:37
ނޭދެން ވަކިވާކަށް

ނޭދެން ވަކިވާކަށް

މާއެނބޫގެ "ނޭދެން ވަކިވާކަށް" ގެ ޓިކެޓް މިމަހުގެ 15 ގައި ވިއްކަން ފަށާނެކަމަށް ފިލްމުގެ ޑައިރެކްޓަރ މުހައްމަދު އަބޫބަކުރު (މާއެނބޫ) ބުނެފިއެވެ.

އޭނާ ބުނީ "ނޭދެން ވަކިވާކަށް" ގެ ޓިކެޓް ވިއްކާނީ އޮލިމްޕަހުންކަމަށެވެ. ހުރިހާ ޝޯއެއްގެ ޓިކެޓްވެސް ވިއްކާނީ 100ރ. އަށް ކަމަށް މާއެނބޫ ބުންޏެވެ.

މި ފިލްމުގެ ސްކްރީންޕްލޭ ލިޔެފައިވަނީ މަހުދީ އަހުމަދެވެ. މިފިލްމަކީ ލޯބީގެ އަސަރުގަދަ ވާހަކައެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ. މާއެނބޫ ބުނީ ފިލްމު ޕްރިމިއާ ކުރުމަށް ޝްވެކް ސިނަމާ ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. މި ފިލްމު ސިނަމާތަކަށް އަންނާނީ މިމަހުގެ 27 ވަނަ ދުވަހުގައެވެ.

"ނޭދެން ވަކިވާކަށް" ދައްކާނީ މާލޭގެ އޮލިމްޕަހުގެ އިތުރުން މާލޭ އަދި ހުޅުމާލޭ ޝްވެކްސިނަމާގައެވެ. އަދި މީގެ އިތުރުން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާރަށެއްގައިވެސް "ނޭދެން ވަކިވާކަށް" އެޅުވުމަށް މަސައްކަތް ކުރަމުން ދާކަމަށް މާއެނބޫ ބުންޏެވެ.

"ނޭދެން ވަކިވާކަށް" ގައި އެކްޓްކޮށްފައިވާ ތަރިންގެ ތެރޭގައި އަލަށް ފެނިގެންދާ ފެޝަން ޑިޒައިނަރު/ނެށުންތެރިޔާ ޖާދުﷲ އިސްމާއީލް (ޖާދު) އާއި ފާތުމަތު އާޒިފާ (އަޒޫ) ގެ އިތުރުން ޔޫސުފް ޝަފީއު (ޔޫއްޕެ) އެވެ. މި ފިލްމުގެ މަންޒަރުތައް ނަގާފައިވަނީ އއ.ތޮއްޑޫއާއި މާލޭގައެވެ.

މި އަހަރުތެރޭގައި ދިވެހި ގިނަ ފިލްމުތައް އެހެން އަހަރުތަކަށް ވުރެ އިތުރެވެ. "ނޭދެން ވަކިވާކަށް" އަކީ މިއަހަރު ނެރޭނެ ދިވަހި ފިލްމު 7 ވަނަ ފިލްމެވެ.

އިތުރަށް ކިޔާލަން

25 ސެޕްޓެމްބަރު 2017

"ބޮސް" ގެ ޓިކެޓް މާދަމާ ވިއްކަން ފަށަނީ!

25 ސެޕްޓެމްބަރު 2017
"ބޮސް" ގެ ޓިކެޓް މާދަމާ ވިއްކަން ފަށަނީ!
25 ސެޕްޓެމްބަރު 2017

"ނޭދެން ވަކިވާކަށް" ގެ ޓިކެޓް ބާރަށް ވިކެމުން ދަނީ

25 ސެޕްޓެމްބަރު 2017
"ނޭދެން ވަކިވާކަށް" ގެ ޓިކެޓް ބާރަށް ވިކެމުން ދަނީ
12 ސެޕްޓެމްބަރު 2017

"ބޮސް" އަޅުވާ ތާރީހު މިމަހުގެ 31 އަށް ފަސްކޮށްފި

12 ސެޕްޓެމްބަރު 2017
"ބޮސް" އަޅުވާ ތާރީހު މިމަހުގެ 31 އަށް ފަސްކޮށްފި
03 އޯގަސްޓު 2017

އޮގަސްޓް 8ގައި "ހައްދު" ގެ ޓިކެޓް ވިއްކަން ފަށަނީ

03 އޯގަސްޓު 2017
އޮގަސްޓް 8ގައި "ހައްދު" ގެ ޓިކެޓް ވިއްކަން ފަށަނީ
09 ޖުލައި 2017

ނޯޓީ 40 - ޓިކެޓް ވިއްކުން ހޯމަ ދުވަހު ފަށަނީ

09 ޖުލައި 2017
ނޯޓީ 40 - ޓިކެޓް ވިއްކުން ހޯމަ ދުވަހު ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު