Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ފިލްމް ހައްދު

އޮލިމްޕަހުގައި ކަރަންޓެއް ނެތް، ހައްދުގެ ޓިކެޓް ނުވިއްކިފައި

 އާ ޝޯތަކުގެ ޓިކެޓް އޮލިމްޕަހުން ވިއްކަން ފަށަން ހަމަޖެހިފައި އޮތީ މިމަހުގެ 5 ވަނަ ދުވަހުން ފެށިގެން

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 8 ޖެނުއަރީ 2018 | ހޯމަ 07:14
ހައްދު ޕްރިމިއާކުރުމަށް ބޭއްވި ރަސްމިއްޔާތު

ހައްދު ޕްރިމިއާކުރުމަށް ބޭއްވި ރަސްމިއްޔާތު

އޮލިމްޕަހުގެ ޓިކެޓް ކައުންޓަރުގައި ކަރަންޓް ނެތުމުގެ ސަބަބުން، މިމަހުގެ 27 ގައި އަޅުވަން ހަމަޖެހިފައިވާ ފިލްމު "ހައްދު"ގެ ޓިކެޓް ވިއްކުމަށް ދަތިވެފައިވާ ކަމަށް ފިލްމުގެ ކެމެރާމަން އިބްރާހީމް ވިޝާން (ކަނޑި) ބުނެފިއެވެ.

ހައްދު ފިލްމުގެ އާ ޝޯތަކުގެ ޓިކެޓް އޮލިމްޕަހުން ވިއްކަން ފަށަން ހަމަޖެހިފައި އޮތީ މިމަހުގެ 5 ވަނަ ދުވަހުން ފެށިގެންނެވެ.

ކަނޑި ބުނީ އޮލިމްޕަހުން ޓިކެޓް ނުވިއްކޭތީ ފޯނުކުރުމުން ޓިކެޓް ގެންގޮސްދޭ ކަމަށެވެ. ކަނޑި ބުނީ އޮލިމްޕަހުން ޓިކެޓް ވިއްކެންދެން 7710088 އަށް ގުޅުމުން ޓިކެޓް ލިބޭނެ ކަމަށެވެ. ޓިކެޓް ބުކްކުރަން ބޭނުންވާ ފަރާތްތަކަށް ޓިކެޓް ބުކްކުރުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށެވެ. އޮލިމްޕަހުގެ ޓިކެޓް ކައުންޓަރަށް ކަރަންޓް އަންނާނެ ދުވަހެއް އަންގާފައި ނުވާ ކަމަށް އޭނާ ބުންޏެވެ.

ނެޝަނަލް ސެންޓަ ފޯ ދި އާޓްސްގެ މީޑިއާ ކޯޑިނޭޓަރ އިބްރާހިމް ސައީދު ވިދާޅުވީ އޮލިމްޕަހުގެ ޓިކެޓް ކައުންޓަރުން ކަރަންޓް ގޮސްފައި ވަނީ ވަރަށް ގަދައަށް ވާރޭވެހި އެތަނުގެ ބޯޑަކަށް ފެންއެޅިގެން މިމަހުގެ 4 ވަނަ ދުވަހު ކަމަށެވެ. އެކަން ހައްލުކުރުމުގެ މަސައްކަތް ސްޓެލްކޯއާ ގުޅިގެން ކުރަމުންދާ ކަމަށާއި ކަރަންޓް ލިބެންދެން އޮލިމްޕަހުގެ ކެންޓީނަށްވާ ސަރަހައްދުގައި ޓިކެޓް ވިއްކުމަށް އެންސީއޭ އިން ބުނެފައިވާނެ ކަމަށެވެ.

"ހައްދު" ރިލީޒްކޮށްފައި ވަނީ ސެޕްޓެމްބަރުމަހުގެ 6 ވަނަ ދުވަހުގައެވެ. މިހާތަނަށް މާލެ އާއި ހުޅުމާލޭގައި މިހާތަނަށް މިފިލްމުގެ 54 ޝޯ ވަނީ ދައްކާފައެވެ. ރާއްޖޭގެ ރަށްރަށުގައި މިފިލްމުގެ 89 ޝޯ ދައްކާފައިވާއިރު ރިސޯޓުތަކުގައި 10 ޝޯ ވަނީ ދައްކާފައެވެ.

ފިލްމުގެ ތަރިންގެ ރޯލުން ފެނިގެން ދަނީ މުހައްމަދު ރަޝީދު (ދަރާ)، މަރިޔަމް ޝަކީލާ، އާރިފާ އިބްރާހީމް، ފައުޒިއްޔާ އަދި މަރިޔަމް ހަލީމް، މަރިޔަމް އައްޒަ، އައިމިނަތު ރިޝްފާ އަދި މި ދާއިރާއަށް އަލަށް ތައާރަފްވާ ޝިބާން އަހުމަދު، އަލީ އާޒިމް (ދޮން އައްޔަ) އާއި އަހުމަދު ނަޖާހެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހަމަލާ ދިން މީހުން ރޭޕް ކޮށްފާނެކަމުގެ ބިރު ގަތް، ސަލާމަތްވާނެ ގޮތެއް ނެތް: ކިމް ކާޑޭޝިއަން

ހަމަލާ ދިން މީހުން ރޭޕް ކޮށްފާނެކަމުގެ ބިރު ގަތް، ސަލާމަތްވާނެ ގޮތެއް ނެތް: ކިމް ކާޑޭޝިއަން

20 މާރިޗު 2017
" ބިކިނީ ބޭބީ" ކިޔަސް މައްސަލައެއް ނެތް: ޓައިގާ ޝްރޮފް

" ބިކިނީ ބޭބީ" ކިޔަސް މައްސަލައެއް ނެތް: ޓައިގާ ޝްރޮފް

10 މާރިޗު 2017
ވިޝްކާގެ މައްސަލަ ފުލުހަށް ހުށަހަޅާފައެއް ނެތް: ޕޮލިސް

ވިޝްކާގެ މައްސަލަ ފުލުހަށް ހުށަހަޅާފައެއް ނެތް: ޕޮލިސް

02 މާރިޗު 2017
"އިއްތިފާގު" ރިމޭކް ހަދާއިރު ލީޑްރޯލް ކުޅެން ޝާހުރުކް ހާން ބޭނުން، އެކަމަކު އެކަން ވާކަށް ނެތް

"އިއްތިފާގު" ރިމޭކް ހަދާއިރު ލީޑްރޯލް ކުޅެން ޝާހުރުކް ހާން ބޭނުން، އެކަމަކު އެކަން ވާކަށް ނެތް

26 ފެބުރުއަރީ 2017
"ރައީސް" އަށް ހުއްދަ ދެވެން ނެތް ކަމަށް ޕާކިސްތާނުން ބުނެފި

"ރައީސް" އަށް ހުއްދަ ދެވެން ނެތް ކަމަށް ޕާކިސްތާނުން ބުނެފި

08 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

31 މާރިޗު
އިސްލާމީ ގައުމަކަށް އެމެރިކާއިން ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ތަން މިނަށް ހުޅުވާފައި، ސަރުކާރުގެ ބަހެއް ނެތް!
20251 އަހަރު ކުރިން
ރާއްޖެ

އިސްލާމީ ގައުމަކަށް އެމެރިކާއިން ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ތަން މިނަށް ހުޅުވާފައި، ސަރުކާރުގެ ބަހެއް ނެތް!

ފަސޭހަ ގޮނޑި މިވީ ބޮޑު ބޮލު ރިހުމަކަށް؟
20242 އަހަރު ކުރިން
ރިޕޯޓު

ފަސޭހަ ގޮނޑި މިވީ ބޮޑު ބޮލު ރިހުމަކަށް؟

"ކޮންމެ ރޯދަ މަހަކަށް ދަރިއަކު ގެއްލޭ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ކޮންމެ ރޯދަ މަހަކަށް ދަރިއަކު ގެއްލޭ"

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް
20224 އަހަރު ކުރިން
ރިޕޯޓު

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް

ކަރަންޓީން އަދި ޕޮޒިޓިވް މީހުންނަށް ވޯޓުލެވޭނީ އެންމެން ވޯޓުލާ ނިމުމުން، އެހީތެރިއަކު ގެންނަންޖެހޭނެ
20215 އަހަރު ކުރިން
ރާއްޖެ

ކަރަންޓީން އަދި ޕޮޒިޓިވް މީހުންނަށް ވޯޓުލެވޭނީ އެންމެން ވޯޓުލާ ނިމުމުން، އެހީތެރިއަކު ގެންނަންޖެހޭނެ

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !
20197 އަހަރު ކުރިން
ރިޕޯޓު

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟
20188 އަހަރު ކުރިން
ރިޕޯޓު

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު