Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުފިމްލު "ހައްދު"

އޮގަސްޓް 8ގައި "ހައްދު" ގެ ޓިކެޓް ވިއްކަން ފަށަނީ

ޓިކެޓްގެ އަގަކީ 100 ރުފިޔާ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 3 އޯގަސްޓު 2017 | ބުރާސްފަތި 07:43
ަހައްދުގެ މަންޒަރެއްގައި ރިޝްފާ

ަހައްދުގެ މަންޒަރެއްގައި ރިޝްފާ

ޑައިރެކްޓަރ ފައްތާހުގެ އެންމެ ފަހުގެ ފިލްމު "ހައްދު" ގެ ޓިކެޓް ވިއްކަން ތައްޔާރު ވެއްޖެއެވެ.

ފައްތާހު ބުނީ އޮގަސްޓް 8 ވަނަ ދުވަހު ޓިކެޓް ވިއްކަން ފަށާއިރު ސެޕްޓެމްބަރު 6 ގައި ސިނަމާތަކަށް ނިކުންނަ މި ފިލްމުގެ ހުރިހާ ޝޯއެއްގެ ޓިކެޓް ވެސް ވިއްކާނީ 100ރ. އަށް ކަމަށެވެ.

އެގޮތުން މީޑިޔާތަކަށް ފިލްމު ޕްރިމިއާ ކުރަން އޮތީ ވަކިން ރެޑް ކާޕެޓް އިވެންޓެއް ކަމަށާއި އާންމުންނަށް ފިލްމު ޕްރިމިއަރ ކުރާއިރުވެސް ހާއްސަ ކަންތައްތަކެއް ފެނިގެންދާނެ ކަމަށް ފައްތާހު ބުންޏެވެ.

7 ސެޕްޓެމްބަރ ގައި އައްޑޫ ސިޓީގައި އަދި ކުޅުދުއްފުށީގައި 14 ސެޕްޓެމްބަރގައި ފިލްމު ރިލީޒް ކުރުމަށް ނިންމާފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

މި ފިލްމުގެ އޮފިޝަލް ޓްރެއިލާވަނީ ރާއްޖެޓީވީ މެދުވެރިކޮށް ނެރެފައެވެ. މިފިލްމުގެ އޮފިޝަލް މީޑިއާ ޕާޓްނާއަކީ ރާއްޖެޓީވީއެވެ. މި ޓްރެއިލާ ނެރުމަށް ފަހު ޑައިރެކްޓަރ ފައްތާހު ބުނީ "ހައްދު" ޝޫޓިން ކާމިޔާބުކަމާ އެކު ކުރިއަށް ގެންދިއުމަށް އެފިލްމުގެ މުޅި ކްރޫގެ ހީވާގިކަން ފާހަގަކުރާ ކަމަށެވެ.

ފައްތާހު ބުނީ މި ފިލްމުގައި ދިވެހިންގެ ހިތްތަކަށް ބޭނުންވާނެ ތަފާތު ރަހަތައް ފެންނާނެ ކަމަށެވެ.

"މި ފިލްމުގެ ޕްރެޒެންޓޭޝަން ތަފާތު ވާނެ.. ހުށައަޅައިދިނުން... ބަލާލަން ހިއްގައިމު ވާނެ...މިހާތަނަށް ދިވެހި ފިލްމަކުން ނުފެންނަ މަންޒަރުތައް ފެންނާނެ،" ފައްތާހު ބުންޏެވެ.

މަހުދީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާ މި ފިލްމު ބަލާލުމުން "ހައްދު ފަހަނަ އެޅުމުން" ވާނެ ގޮތް އެނގިގެން ދާނެ ކަމަށް ވެސް ބުންޏެވެ. މި ފިލްގެ މަންޒަރުތައް ނަގާފައި ވަނީ ހއ. ކެލާ، ރ. ވާދޫ، މާލެ އަދި މާލެ ކައިރި ރިސޯޓްތަކުގައެވެ.

ތަރިންގެ ރޯލުން ފެނިގެން ދަނީ މަރިޔަމް އައްޒަ، އައިމިނަތު ރިޝްފާ އަދި މި ދާއިރާއަށް އަލަށް ތައާރަފްވާ ޝިބާން އަހުމަދު އެވެ.

އިތުރަށް ކިޔާލަން

06 އޯގަސްޓު 2017

"ހައްދު": ފުރަތަމަ ވީޑިއޯ ލަވަ ހަމަ ހަބޭސް

06 އޯގަސްޓު 2017
"ހައްދު": ފުރަތަމަ ވީޑިއޯ ލަވަ ހަމަ ހަބޭސް
06 އޯގަސްޓު 2017

"ހައްދު" ގެ މިއުޒިކް މިރޭ ރިލީޒްކުރާނެ

06 އޯގަސްޓު 2017
"ހައްދު" ގެ މިއުޒިކް މިރޭ ރިލީޒްކުރާނެ
22 ޖުލައި 2017

"ހައްދު" ގެ އޮފިޝަލް ޓްރެއިލާ ނެރެފި

22 ޖުލައި 2017
"ހައްދު" ގެ އޮފިޝަލް ޓްރެއިލާ ނެރެފި
16 ޖުލައި 2017

"ހައްދު" ގެ ޓްރެއިލާ ނެރެފި

16 ޖުލައި 2017
"ހައްދު" ގެ ޓްރެއިލާ ނެރެފި
09 ޖުލައި 2017

ނޯޓީ 40 - ޓިކެޓް ވިއްކުން ހޯމަ ދުވަހު ފަށަނީ

09 ޖުލައި 2017
ނޯޓީ 40 - ޓިކެޓް ވިއްކުން ހޯމަ ދުވަހު ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު