Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެޗް.ޕީ.އޭ

މިދިޔަ އަހަރު ދުންފަތާ ދެކޮޅަށް ކާމިޔާބު މަސައްކަތްތަކެއް ކުރެވި، 300ށް ވުރެ ގިނަ މީހުން ދުންފަތާ ދުރުވެފައިވޭ: އެޗްޕީއޭ

ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނު ތަންފީޒުކޮށް އާންމުން ހޭލުންތެރިކުރުވުމަށް އެޗްޕީއޭއިން ކުރި މަސައްކަތުން، ވޭތުވެދިޔަ އަހަރު 375 މީހަކު ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލާފައިވޭ. ދުންފަތާ ދުރުވާން ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމަށް މުޅި ރާއްޖެއަށް "ސިޒޭޝަން" ޚިދުމަތް ފުޅާކޮށް، ޚާއްސަ ކުއިޓްލައިނެއް މެދުވެރިކޮށް ގިނަ ބަޔަކަށް ވަނީ ފަންނީ އެހީތެރިކަން ފޯރުކޮށްދީފައި. މީގެ އިތުރުން، މި ދާއިރާއިން މީހުން ބިނާކުރުމަށް ހިންގި ތަމްރީނުތަކާއެކު ސިއްހީ ދާއިރާގެ 494 މުވައްޒަފަކު މިހާރު އަންނަނީ މި ޚިދުމަތް ދިނުމުގައި ހަރަކާތްތެރިވަމުން.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 9 އެޕްރީލު 2026 | ބުރާސްފަތި 08:30
ބުރާސްފަތި ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ ޑިރެކްޓަރު އަހުމަދު ނާސިރު ވާހަކަ ދައްކަވަނީ.

ބުރާސްފަތި ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ ޑިރެކްޓަރު އަހުމަދު ނާސިރު ވާހަކަ ދައްކަވަނީ. | ރާއްޖެ އެމްވީ

މިދިޔަ އަހަރު ދުންފަތާ ދެކޮޅަށް ކާމިޔާބު މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި، ނަތީޖާއެއް ގޮތުން 300ށް ވުރެ ގިނަ މީހުން ދުންފަތާ ދުރުވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ބުރާސްފަތި ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތް މިނިސްޓްރީގެ ދަށުން ހިންގަމުންދާ އެޗްޕީއޭއިން ކޮށްފައިވާ ކާމިޔާބު މަސައްކަތްތަކުގެ މައުލޫމާތު ވަނީ ހިއްސާކޮށްފަ އެވެ.

މި މަސައްކަތްތަކާ ގުޅޭގޮތުން އެޗްޕީއޭގެ ޑިރެކްޓަރު އަހުމަދު ނާސިރު ވިދާޅުވީ ދުންފަތާ ދެކޮޅަށް މިދިޔަ އަހަރު ކާމިޔާބު މަސައްކަތްތަކެއް ކުރެވުނު ކަމަށާއި، ރިކޯޑުތައް ދައްކާ ގޮތުން ފާއިތުވި އަހަރު 375 މީހުން ދުންފަތު އިސްތިއުމާލު ކުރުން ހުއްޓާލާފައިވާ ކަމަށެވެ. 

ގައިންގަޔަށް ނާރާ ބަލިތައް ޖެހުމަށް މަގުފަހިވާ ހިރާސްތައް ރިސްކް ފެކްޓަރ އެންމެ ބޮޑަށް ފާހަގަކޮށް ލެވެނީ ދުންފަތު އިސްތިއުމާލު ކުރުން. އެހެންކަމުން ދުންފަތް ކޮންޓްރޯލް ކުރުމަށް އެޗްޕީއޭއިން ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވޭ. ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނު ތަންފީޒު ކުރުމުގެ ގޮތުން ހަދަންޖެހޭ ގަވާއިދުތަކާ ފަންނީ މިންގަނޑުތައް އެކުލަވާލައި އާއްމު ކުރުމާއި، ގަވާއިދުތަކަށް އާއްމުން ހޭލުންތެރި ކުރުވުމުގެ އިތުރަށް ގަވާއިދުތައް ތަންފީޒު ކުރުމަށް ބޭނުންވާ ވަސީލަތްތައް އިންތިޒާމްތައް ކަނޑައެޅުން ހިމެނޭ. އެނގިވަޑައިގަންނަވާނެ ފަދައިން ފާއިތުވި އަހަރަކީ ޓޮބާކޯއިން ފާހަގަކޮށްލެވޭ އަހަރެއް.
އެޗްޕީއޭގެ ޑިރެކްޓަރު އަހުމަދު ނާސިރު 
އެޗްޕީއޭއިން ދުންފަތާ ދެކޮޅަށް ކުރި މަސައްކަތުގެ ނަތީޖާ ފެންނަ ޕްރެޒެންޝަންގެ ސްލައިޑެއް.
އެޗްޕީއޭއިން ދުންފަތާ ދެކޮޅަށް ކުރި މަސައްކަތުގެ ނަތީޖާ ފެންނަ ޕްރެޒެންޝަންގެ ސްލައިޑެއް.

މީގެއިތުރުން، ސިއްހީ ޚިދުމަތް ފޯރުކޮށްދޭ ހުރިހާ ތަނެއްގައި، ސިއްހީ ޚިދުމަތް ދިނުމުގެ ގާނޫނުގެ ދަށުން ޕްރިވެންޓިވް ހެލްތު ކެއަރގެ ޚިދުމަތެއްގެ ގޮތުގައި ސިޒޭޝަންގެ ޚިދުމަތް މުޅި ރާއްޖެއަށް ވަނީ ފުޅާކޮށްފަ އެވެ. އަދި ހުރިހާ އަތޮޅެއްގައި ސްޒޭޝަން ޓްރޭނިންގ ފުރިހަމަ ކޮށްފައިވާއިރު، 494 މީހުން ސިއްހީ ދާއިރާގައި މިހާރު ވެސް މަސައްކަތް ކުރަމުންދާ ކަމަށް އެޗްޕީއޭއިން  ބުންޏެވެ. 

އެޗްޕީއޭއިން ބުނީ، ނޭޝަނަލް ކުއިޓްލައިން 1676 ގާއިމް ކޮށްފައިވާ ކަމަށާއި، 770 ކޯލަށް އެޓެންޑްވި އެހީތެރިކަން ފޯރުކޮށްދިފައިވާ ކަމަށެވެ. 

ދުންފަތް ކޮންޓްރޯލްކުރުންއެޗް.ޕީ.އޭއަހުމަދު ނާސިރު

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ހޫނު ގަދަވުމުގެ ސަބަބުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން އެދެފި

ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ހޫނު ގަދަވުމުގެ ސަބަބުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން އެދެފި

24 މާރިޗު 2026
މެލޭޝިއާގައި ޓީބީ ފެތުރުން އިތުރުވުމާއި ގުޅިގެން ރާއްޖޭގައި ރިސްކް އެސެސްމަންޓް ފަށައިފި

މެލޭޝިއާގައި ޓީބީ ފެތުރުން އިތުރުވުމާއި ގުޅިގެން ރާއްޖޭގައި ރިސްކް އެސެސްމަންޓް ފަށައިފި

28 ފެބުރުއަރީ 2026
މިދިޔަ މަހު ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ރޯގާގެ ގޮތުގައި ފެތުރޭ ބަލިތައް ވަރަށް ބޮޑަށް އިތުރު، މާލެ ސަރަހައްދުން އެކަނި ވެސް 7000ށް ވުރެ ގިނަ މީހުންނަށް ބޭރަށް ހިންގުން ޖެހިފައިވޭ

މިދިޔަ މަހު ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ރޯގާގެ ގޮތުގައި ފެތުރޭ ބަލިތައް ވަރަށް ބޮޑަށް އިތުރު، މާލެ ސަރަހައްދުން އެކަނި ވެސް 7000ށް ވުރެ ގިނަ މީހުންނަށް ބޭރަށް ހިންގުން ޖެހިފައިވޭ

19 ފެބުރުއަރީ 2026
ރާއްޖޭގެ މޫސުން ގޯސް، ކުރިއަށް އޮތް 4 ދުވަހު ދުންފުހުގެ އަސަރު އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ވަރަށް ބޮޑަށް ކުރާނެ، ސަމާލުވޭ

ރާއްޖޭގެ މޫސުން ގޯސް، ކުރިއަށް އޮތް 4 ދުވަހު ދުންފުހުގެ އަސަރު އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ވަރަށް ބޮޑަށް ކުރާނެ، ސަމާލުވޭ

09 ފެބުރުއަރީ 2026
ބޭރަށް ހިންގުމާއި ހޮޑުލާ ރޯގާ ދަނީ އިތުރުވަމުން: އެޗްޕީއޭ

ބޭރަށް ހިންގުމާއި ހޮޑުލާ ރޯގާ ދަނީ އިތުރުވަމުން: އެޗްޕީއޭ

06 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

15 އެޕްރީލު
އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"
20233 އަހަރު ކުރިން
ރިޕޯޓު

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް
20224 އަހަރު ކުރިން
ދުނިޔެ

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!
20215 އަހަރު ކުރިން
ރިޕޯޓު

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ
20197 އަހަރު ކުރިން
ރިޕޯޓު

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު