Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހޫނުގަދަ މޫސުން

ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ހޫނު ގަދަވުމުގެ ސަބަބުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން އެދެފި

ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް އިހުސާސްކުރެވޭ ހޫނުމިން އެވްރެޖުކޮށް 35 ޑިގްރީ ސެލްސިއަސްއަށް ވުރެ މައްޗަށް ގޮސްފައިވާތީ، ގިނައިން ދިޔާ ތަކެތި ބޭނުންކުރުމަށާއި އަވިގަދަ ގަޑިތަކުގައި ބޭރަށް ނުނިކުތުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ. މާލެ ސަރަހައްދުގެ ހޫނުމިން 36.8 ޑިގްރީގައި ހުރިއިރު، ހޫނުގެ ސަބަބުން ބޯއަނބުރާ ވަރުދެރަވާނަމަ ލަސްނުކޮށް ސިއްހީ އެހީތެރިކަން ހޯދުމަށް ކަމާބެހޭ އިދާރާތަކުން އިރުޝާދު ދޭ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް, ރާއްޖެ އެމްވީ | 24 މާރިޗު 2026 | އަންގާރަ 14:28
ޕިކަޕެއްގައި މުދާ ހިފައިގެން ދަތުރު ކުރާ ބަޔަކު ހޫނު ގަދަކަމުން ކުޑަ ނަގައިގެން: އިހުސާސްކުރެވޭ ހޫނުމިން 35 ޑިގްރީ ސެލްސިއަސް އަށް ވުރެ މައްޗަށް ގޮސްފައިވާތީ ރައްްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްްޕީއޭ) އިން ވަނީ އިލްތިމާސްކޮށްފަ

ޕިކަޕެއްގައި މުދާ ހިފައިގެން ދަތުރު ކުރާ ބަޔަކު ހޫނު ގަދަކަމުން ކުޑަ ނަގައިގެން: އިހުސާސްކުރެވޭ ހޫނުމިން 35 ޑިގްރީ ސެލްސިއަސް އަށް ވުރެ މައްޗަށް ގޮސްފައިވާތީ ރައްްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްްޕީއޭ) އިން ވަނީ އިލްތިމާސްކޮށްފަ | ފަޔާޒު މޫސާ / މިހާރު

ރާއްޖޭގެ އެކި ހިސާބުތަކަށް އިހުސާސްކުރެވޭ ހޫނުމިން 35 ޑިގްރީ ސެލްސިއަސް އަށް ވުރެ މައްޗަށް ގޮސްފައިވާތީ، އާންމު ސިއްހަތު ރައްކާތެރިކުރުމަށްޓަކައި ހާއްސަ ސަމާލުކަމެއް ދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.

މި ދުވަސްވަރަކީ ރާއްޖެއަށް އާދަޔާ ހިލާފަށް ހޫނުގަދަ ދުވަސްވަރަކަށް ވާތީ، ހޫނުގެ ސަބަބުން ކުރިމަތިވެދާނެ ސިއްހީ މައްސަލަތަކުން ރައްކާތެރިވުމަށް އެ އެޖެންސީން ވަނީ އިރުޝާދު ދީފަ އެވެ.

Advertisement - newsAdvertisement

ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް އޮފީސް) އިން އަންގާރަ ދުވަހު އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް އިހުސާސްކުރެވޭ ހޫނުމިން ހުރީ އެވްރެޖުކޮށް 35.5 ޑިގްރީ ސެލްސިއަސް އަށް ވުރެ މަތީގަ އެވެ. އަދި އާންމު ހޫނުމިން އެވްރެޖުކޮށް 31.2 ޑިގްރީ ސެލްސިއަސް އަށް ވުރެ މަތީގައި ހުރި އިރު، އެންމެ ހޫނުގަދަކޮށް ރެކޯޑު ކުރެވިފައިވަނީ މާލެ ސަރަހައްދަށެވެ. މާލެ ސަރަހައްދުގައި އިހުސާސްކުރެވޭ ހޫނުމިން 36.8 ޑިގްރީ ސެލްސިއަސް ގައި ހުރި އިރު، ލ. ކައްދޫގައި މި މިންގަނޑު ހުރީ 36.5 ޑިގްރީ ސެލްސިއަސްގަ އެވެ.

ހޫނުގަދަވުމާ ގުޅިގެން އެޗްޕީއޭ އިން ވަނީ ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ މުހިންމު ފިޔަވަޅުތަކެއް ހަނދާންކޮށްދީފަ އެވެ. އެގޮތުން ދުވާލުގެ ވަގުތުތަކުގައި، ހާއްސަކޮށް އެންމެ އަވިގަދަވާ ގަޑިތަކުގައި ބޭރަށް ނުނިކުތުމަށާއި، ހަށިގަނޑުން ފެން މަދުވިޔަ ނުދިނުމަށްޓަކައި ގިނަގިނައިން ދިޔާ ތަކެތި ބޭނުންކުރުމަށް ވަނީ އިރުޝާދު ދީފަ އެވެ. މީގެ އިތުރުން، ބޭރަށް ނިކުންނަން ޖެހޭ ހާލަތްތަކުގައި ކުލަ މަޑު، ގަޔަށް ފަސޭހަ ހެދުން ބޭނުންކުރުމަށް ވެސް އެޗްޕީއޭ އިން ބުނެފައިވެ އެވެ.

ހޫނުގެ ސަބަބުން ސިއްހީ ނުރައްކަލެއް ކުރިމަތިވަމުންދާކަމުގެ އަލާމާތްތަކަށް ސަމާލުވުމަށް ވެސް ކަމާބެހޭ އިދާރާތަކުން ވަނީ އެދިފައެވެ. އެގޮތުން ބޯ އަނބުރާ ގޮތްވުން، މާ ގަދައަށް ބޮލުގައި ރިއްސުން ނުވަތަ ހަށިގަނޑު ވަރުދެރަވާހެން ހީވާ ނަމަ، ލަސްނުކޮށް ސިއްހީ މާހިރެއްގެ ލަފާ ހޯދުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

ރާއްޖޭގެ މޫސުމަށް ބަލާއިރު، އިރުވައި މޫސުމުގެ އެންމެ އަވިގަދަ ދުވަސްވަރާ ދިމާކޮށް ހޫނުމިން މައްޗަށް ދާން ފަށާފައިވަނީ މިދިޔަ މާޗު މަހުގެ ފަހުކޮޅުން ފެށިގެންނެވެ. އާންމު ގޮތެއްގައި ޖެނުއަރީ މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ރާއްޖެއަށް ހޫނުގަދަވާ އިރު، މީގެ ތެރެއިން ވެސް އެންމެ ހޫނުގަދަ މަހަކީ އެޕްރީލް މަހެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި މިހާތަނަށް އެންމެ މަތީ ހޫނުމިނެއް އިހުސާސް ކުރެވިފައިވަނީ 2024 ވަނަ އަހަރުގެ އެޕްރީލް މަހުގެ 1 ވަނަ ދުވަހު މާލެ އަށެވެ. އެ ދުވަހު މާލޭގައި ހޫނުމިން އިހުސާސް ކުރެވޭ މިންވަރު ވަނީ 48 ޑިގްރީ ސެލްސިއަސް އަށް އަރާފަ އެވެ. 

އެޗް.ޕީ.އޭމެޓް އޮފީސްމާލެހޫނުގެ ރާޅު

ކޮމެންޓް

އިތުރަށް ކިޔާލަން

 ގަސްކާނާ އާއި ކެމިކަލް ގުދަނުގައި ރޯވި އަލިފާންގަނޑު ނިއްވާލާފަ ވާއިރު، ހާދިސާގައި ހާލުގައި ޖެހިގެން 32 މީހަކު ސޯޝަލް ސެންޓަރަށް

ގަސްކާނާ އާއި ކެމިކަލް ގުދަނުގައި ރޯވި އަލިފާންގަނޑު ނިއްވާލާފަ ވާއިރު، ހާދިސާގައި ހާލުގައި ޖެހިގެން 32 މީހަކު ސޯޝަލް ސެންޓަރަށް

18 މާރިޗު 2026
ފިޔާ އަދި ކާށީގެ ޝިޕްމަންޓްތައް ކްލިއަރ ކުރުމަށްފަހު އުފަންވެލި ފިހާރަތަކުން ޚާއްސަ ޕްރޮމޯޝަނެއް ފަށައިފި

ފިޔާ އަދި ކާށީގެ ޝިޕްމަންޓްތައް ކްލިއަރ ކުރުމަށްފަހު އުފަންވެލި ފިހާރަތަކުން ޚާއްސަ ޕްރޮމޯޝަނެއް ފަށައިފި

15 މާރިޗު 2026
ދޮރުން ދޮރަށް ހަރަކާތުން އެނގުނީ އެމްޑީޕީގެ މޭޔަރުކަމެއްގައި، ވިލިމާލެ އަށް އަޅާލާނެކަން ވިލިމާލެ އިން ގަބޫލުކުރާކަން: އާޒިމް

ދޮރުން ދޮރަށް ހަރަކާތުން އެނގުނީ އެމްޑީޕީގެ މޭޔަރުކަމެއްގައި، ވިލިމާލެ އަށް އަޅާލާނެކަން ވިލިމާލެ އިން ގަބޫލުކުރާކަން: އާޒިމް

15 މާރިޗު 2026
މާފަންނު ގެއަކުން 54 އަހަރުގެ މީހަކު މަރުވެފަ އޮއްވާ ފެނިއްޖެ

މާފަންނު ގެއަކުން 54 އަހަރުގެ މީހަކު މަރުވެފަ އޮއްވާ ފެނިއްޖެ

13 މާރިޗު 2026
ދެ އިންތިހާބު އެއްކޮށްލާ ވޯޓުގެ މައުލޫމާތު ދިނުމަށް އެމްޑީޕީ އިން އެތައް ހާސް ލީފްލެޓެއް މާލޭގައި ބަހައިފި

ދެ އިންތިހާބު އެއްކޮށްލާ ވޯޓުގެ މައުލޫމާތު ދިނުމަށް އެމްޑީޕީ އިން އެތައް ހާސް ލީފްލެޓެއް މާލޭގައި ބަހައިފި

10 މާރިޗު 2026

އަހަރުތަކުން މިއަދު

30 މެއި
މިނިސްޓަރު މުއްތަލިބުއެވެ. ތިޔަހާ އިމޯޝަނަލްވެ، ގިސްލާފަ ރޮމުން ވެސް ރައްޔިތުންނަށް ތިޔަ ދެއްވަނީ ދޯކާ ނޫންތޯއެވެ.!؟
20251 އަހަރު ކުރިން
ރިޕޯޓު

މިނިސްޓަރު މުއްތަލިބުއެވެ. ތިޔަހާ އިމޯޝަނަލްވެ، ގިސްލާފަ ރޮމުން ވެސް ރައްޔިތުންނަށް ތިޔަ ދެއްވަނީ ދޯކާ ނޫންތޯއެވެ.!؟

އިސްރާއީލު ޕާސްޕޯޓް މަނާ ނުކުރަނީ ލިބޭ ޑޮލަރުކޮޅު ގެއްލިދާނެތީ ބިރުން - އުމަރު ނަސީރު
20242 އަހަރު ކުރިން
ރާއްޖެ

އިސްރާއީލު ޕާސްޕޯޓް މަނާ ނުކުރަނީ ލިބޭ ޑޮލަރުކޮޅު ގެއްލިދާނެތީ ބިރުން - އުމަރު ނަސީރު

ސައުތް ލަންޑަންގެ އެންމެ މޮޅު ކޯޗަކަށް އަލީ ވަހީދު
20233 އަހަރު ކުރިން
ކުޅިވަރު

ސައުތް ލަންޑަންގެ އެންމެ މޮޅު ކޯޗަކަށް އަލީ ވަހީދު

މުއިއްޒުވެސް "މުއިއްޒުވީ" ތަ؟
20224 އަހަރު ކުރިން
ރިޕޯޓު

މުއިއްޒުވެސް "މުއިއްޒުވީ" ތަ؟

"ރައީސް ނަޝީދު ގޮއްވާލީ ހަވާލުވެ ތިބި މީހުންގެ އިހުމާލުން, އުމުރަށް މިވާހަކަ ދައްކާނަން"
20215 އަހަރު ކުރިން
ރާއްޖެ

"ރައީސް ނަޝީދު ގޮއްވާލީ ހަވާލުވެ ތިބި މީހުންގެ އިހުމާލުން, އުމުރަށް މިވާހަކަ ދައްކާނަން"

މުސްލިމުން ނުކުމެ ލަންކާގެ މިސްކިތެއް ތަޅާލައިފި
20197 އަހަރު ކުރިން
ދުނިޔެ

މުސްލިމުން ނުކުމެ ލަންކާގެ މިސްކިތެއް ތަޅާލައިފި

\"ސަލާހް އަށް އަނިޔާވީ ކޯފާ އަކުން\"
20188 އަހަރު ކުރިން
ދުނިޔެ

\"ސަލާހް އަށް އަނިޔާވީ ކޯފާ އަކުން\"

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު