Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓީބީ ރިސްކް އެސެސްމަންޓް

މެލޭޝިއާގައި ޓީބީ ފެތުރުން އިތުރުވުމާއި ގުޅިގެން ރާއްޖޭގައި ރިސްކް އެސެސްމަންޓް ފަށައިފި

28 ފެބުރުއަރީ 2026 | ހޮނިހިރު 08:16

މެލޭޝިއާގައި ހަލުއިކަމާއެކު ޓީބީ ފެތުރެމުންދާ ސަރަހައްދުތަކުގެ ތެރޭގައި ދިވެހީން އެންމެ ގިނައިން ދިރިއުޅޭ ކުއާލަލަމްޕޫރުގެ އިތުރުން ޕުޓްރަޖާޔާ ހިމެނޭތީ، މިއީ ރާއްޖެއަށް އޮތް ކަންބޮޑުވުމެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފަ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 28 ފެބުރުއަރީ 2026 | ހޮނިހިރު 08:16
މެލޭޝިއާގައި ޓީބީ ފެތުރެމުންދާތީ، އެތަނުގައި ދިރިއުޅޭ އަދި ދަތުރުކުރާ ދިވެހީންނަށް ކުރިމަތިވެދާނެ ސިއްހީ ނުރައްކަލަށް ރިޔާއަތްކޮށް، އެޗްޕީއޭ އިން އަންނަނީ ރިސްކް އެސެސްމަންޓެއް ހަދަމުން.

މެލޭޝިއާގައި ޓީބީ ފެތުރެމުންދާތީ، އެތަނުގައި ދިރިއުޅޭ އަދި ދަތުރުކުރާ ދިވެހީންނަށް ކުރިމަތިވެދާނެ ސިއްހީ ނުރައްކަލަށް ރިޔާއަތްކޮށް، އެޗްޕީއޭ އިން އަންނަނީ ރިސްކް އެސެސްމަންޓެއް ހަދަމުން. | ރާއްޖެއެމްވީ

ގިނަ އަދަދެއްގެ ދިވެހީން ދިރިއުޅެމުންދާ އަދި އާންމުކޮށް ދިވެހީން ދަތުރުކުރާ މެލޭޝިއާގައި ކެއްސުން ބަލި ނުވަތަ ޓީބީ ހަލުއިކަމާއެކު ފެތުރެމުންދާތީ، އެކަމާ ގުޅިގެން ރާއްޖެ އަށް އޮތް ނުރައްކާ ދެނެގަތުމަށްޓަކައި ރިސްކް އެސެސްމަންޓެއް ހަދަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ފަށައިފި އެވެ.

އެޗްޕީއޭ ގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މެލޭޝިއާ ގައި ޓީބީ ފެތުރުން އިތުރުވަމުންދާ މައްސަލައަށް އެ އެޖެންސީން ވަރަށް ބޮޑަށް ސަމާލުކަން ދެމުންދާ ކަމަށެވެ. މިގޮތުން މިހާރު ކުރިއަށްދާ ރިސްކް އެސެސްމަންޓްގެ މަސައްކަތްތައް ނިމުމުން، އެކަމާ ގުޅޭ އިތުރު ތަފްސީލާއި އަޅަންޖެހޭ ފިޔަވަޅުތަކުގެ މައުލޫމާތު އާންމުންނާ ހިއްސާކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement - newsAdvertisement

މެލޭޝިއާ ގެ ހެލްތު މިނިސްޓްރީ އިން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ހަފުތާގެ ތެރޭގައި އެކަނި ވެސް އެ ގައުމުން ޓީބީ ގެ 596 ކޭސް ވަނީ ރިޕޯޓްކޮށްފަ އެވެ. މިއާއެކު އެ ގައުމުގައި މި ބަލި ޖެހިފައިވާ މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 3،000 އަށްވުރެ މައްޗަށް އަރާފަ އެވެ. ބަލި ފެތުރެމުންދާ ސަރަހައްދުތަކުގެ ތެރޭގައި ދިވެހީން އެންމެ ގިނައިން ދިރިއުޅޭ ކުއާލަލަމްޕޫރުގެ އިތުރުން ޕުޓްރަޖާޔާ ހިމެނޭތީ، މިއީ ރާއްޖެއަށް އޮތް ކަންބޮޑުވުމެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފަ އެވެ.

ރިޕޯޓުތައް ބުނާގޮތުން މެލޭޝިއާ ގައި 2023 ވަނަ އަހަރު ޓީބީ ޖެހުނު މީހުންގެ އަދަދު އޭގެ ކުރީ އަހަރާ އަޅާބަލާއިރު 5.5 އިންސައްތަ އިތުރުވެ، 26,781 އަށް ވަނީ އަރާފަ އެވެ. އަދި 2026 ވަނަ އަހަރުގެ މިހާތަނަށް މި އަދަދު 10 އިންސައްތައަށް އިތުރުވެފައިވުމަކީ، މި ބަލި އެ ގައުމުގައި އަލުން ބާރަށް ފެތުރެމުންދާކަމުގެ ހެއްކެއް ކަމަށް ސިއްހީ މާހިރުން ވިދާޅުވެ އެވެ.

ޓީބީ އަކީ ބަލި ޖެހިފައިވާ މީހަކާ ގާތްކޮށް ގިނަ ވަގުތު އުޅުމުގެ ތެރެއިން ނޭވާލާ ނިޒާމުގެ ޒަރީއާ އިން ފެތުރޭ ބައްޔެކެވެ. މި ބަލި އިތުރުވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ހަށިގަނޑުގެ ދިފާއީ ނިޒާމު ބަލިކަށިވުމާއި، ބަލި ހުރިކަން ދެނެގަތުން ލަސްވުން ހިމެނެ އެވެ. މީގެ އިތުރުން، ބަލި ޖެހުމުން ދޭ ފަރުވާ ފުރިހަމަނުކުރުމުގެ ސަބަބުން، ބޭހަށް ނުގުޑާ ބައްޔަކަށް ޓީބީ ބަދަލުވުމަކީ ވެސް މި ބަލި ކޮންޓްރޯލް ކުރުމަށް އޮތް ބޮޑު ގޮންޖެހުމެކެވެ.

ޓީބީ އަށް ފަރުވާ ކުރުމަށް އާންމުކޮށް މަދުވެގެން ހަ މަސް ދުވަސް ހޭދަވެ އެވެ. ޑޮކްޓަރުންގެ އިރުޝާދާ އެއްގޮތަށް ފަރުވާގެ މުއްދަތު ފުރިހަމަކޮށްފިނަމަ މިއީ މުޅިން ފަސޭހަކުރެވޭ ބައްޔެކެވެ. ނަމަވެސް ފަރުވާ މެދުކަނޑާލައިފިނަމަ ބަލީގެ ނުރައްކާ ބޮޑުވެ، ފުރާނައަށް ނުރައްކާވާ ހާލަތަށް ދިއުމުގެ ފުރުސަތު އޮވެ އެވެ.

ރާއްޖެއަކީ 2030 ވަނަ އަހަރާ ހަމައަށް ޓީބީ ނައްތާލެވިފައިވާ ގައުމަކަށް ހެދުމަށް އަމާޒު ހިފާފައިވާ ގައުމެކެވެ. މި މަސައްކަތުގެ ދަށުން ރާއްޖޭގެ 100 ރަށަކުން ޓީބީ ނައްތާލެވިފައިވާ ކަމަށް ކަނޑައެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޗްޕީއޭ އިން މީގެ ކުރިން ވަނީ ހާމަކޮށްފަ އެވެ.

މެލޭޝިއާޓީބީ ބަލިއެޗް.ޕީ.އޭކުއަލަލަމްޕޫރުޕުތްރަޖާޔާދިވެހިރާއްޖެ - މެލޭޝިއާ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2026

މިދިޔަ މަހު ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ރޯގާގެ ގޮތުގައި ފެތުރޭ ބަލިތައް ވަރަށް ބޮޑަށް އިތުރު، މާލެ ސަރަހައްދުން އެކަނި ވެސް 7000ށް ވުރެ ގިނަ މީހުންނަށް ބޭރަށް ހިންގުން ޖެހިފައިވޭ

19 ފެބުރުއަރީ 2026
މިދިޔަ މަހު ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ރޯގާގެ ގޮތުގައި ފެތުރޭ ބަލިތައް ވަރަށް ބޮޑަށް އިތުރު، މާލެ ސަރަހައްދުން އެކަނި ވެސް 7000ށް ވުރެ ގިނަ މީހުންނަށް ބޭރަށް ހިންގުން ޖެހިފައިވޭ
09 ފެބުރުއަރީ 2026

ރާއްޖޭގެ މޫސުން ގޯސް، ކުރިއަށް އޮތް 4 ދުވަހު ދުންފުހުގެ އަސަރު އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ވަރަށް ބޮޑަށް ކުރާނެ، ސަމާލުވޭ

09 ފެބުރުއަރީ 2026
ރާއްޖޭގެ މޫސުން ގޯސް، ކުރިއަށް އޮތް 4 ދުވަހު ދުންފުހުގެ އަސަރު އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ވަރަށް ބޮޑަށް ކުރާނެ، ސަމާލުވޭ
06 ފެބުރުއަރީ 2026

ބޭރަށް ހިންގުމާއި ހޮޑުލާ ރޯގާ ދަނީ އިތުރުވަމުން: އެޗްޕީއޭ

06 ފެބުރުއަރީ 2026
ބޭރަށް ހިންގުމާއި ހޮޑުލާ ރޯގާ ދަނީ އިތުރުވަމުން: އެޗްޕީއޭ
28 ޖެނުއަރީ 2026

ރާއްޖޭގައި އިންފްލުއެންޒާ ފެތުރުން އިތުރުވެފައިވާ ދުވަސް ވަރެއްގައި، އެސްޓީއޯ ފާމަސީ ތަކުން އިންފްލުއެންޒާ ވެކްސިން ހުސްވެއްޖެ

28 ޖެނުއަރީ 2026
ރާއްޖޭގައި އިންފްލުއެންޒާ ފެތުރުން އިތުރުވެފައިވާ ދުވަސް ވަރެއްގައި، އެސްޓީއޯ ފާމަސީ ތަކުން އިންފްލުއެންޒާ ވެކްސިން ހުސްވެއްޖެ
27 ޖެނުއަރީ 2026

ނިޕާ ވައިރަހުގެ ނުރައްކާ ރާއްޖެއަށް ކުޑަ, އަވަށްޓެރި ގައުމުތަކަށް ދަތުރުކުރާ ނަމަ ދިވެހީން ސަމާލުވާން ޖެހޭ: އެޗްޕީއޭ

27 ޖެނުއަރީ 2026
ނިޕާ ވައިރަހުގެ ނުރައްކާ ރާއްޖެއަށް ކުޑަ, އަވަށްޓެރި ގައުމުތަކަށް ދަތުރުކުރާ ނަމަ ދިވެހީން ސަމާލުވާން ޖެހޭ: އެޗްޕީއޭ
08 ޖެނުއަރީ 2026

ދުންފަތުގެ ބާވަތްތަކުގައި ސިއްހަތުގެ އިންޒާރު ޖަހަން ދިން މުއްދަތު އެޗްޕީއޭ އިން އިތުރު ކޮށްދީފި

08 ޖެނުއަރީ 2026
ދުންފަތުގެ ބާވަތްތަކުގައި ސިއްހަތުގެ އިންޒާރު ޖަހަން ދިން މުއްދަތު އެޗްޕީއޭ އިން އިތުރު ކޮށްދީފި
07 ޖެނުއަރީ 2026

ދުންފުހުގެ އަސަރު ބޮޑުވެ ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުމަށް އެޗްޕީއޭ އިން އިރުޝާދު ދީފި

07 ޖެނުއަރީ 2026
ދުންފުހުގެ އަސަރު ބޮޑުވެ ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުމަށް އެޗްޕީއޭ އިން އިރުޝާދު ދީފި
31 ޑިސެމްބަރު 2025

ގެއްލިފައިވާ މެލޭޝިއާ އެއާލައިންސްގެ ފްލައިޓް އެމްއެޗް 370 ހޯދުމަށް ކަނޑުގެ އަޑީގައި ކުރިއަށްގެންދާ އެންމެ ފަހުގެ މިޝަންގެ ހަރަކާތްތައް އިންޑިއާ ކަނޑުގައި ފަށައިފި

31 ޑިސެމްބަރު 2025
ގެއްލިފައިވާ މެލޭޝިއާ އެއާލައިންސްގެ ފްލައިޓް އެމްއެޗް 370 ހޯދުމަށް ކަނޑުގެ އަޑީގައި ކުރިއަށްގެންދާ އެންމެ ފަހުގެ މިޝަންގެ ހަރަކާތްތައް އިންޑިއާ ކަނޑުގައި ފަށައިފި
26 ޑިސެމްބަރު 2025

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބް ރައްޒާގް ގެ މައްޗަށް ހިންގި ޚިޔާނާތުގެ ދެވަނަ ޝަރީޢަތުގައި ވެސް އޭނާ ކުށްވެރިވާ ކަމަށް ހުކުމް ކޮށްފި

26 ޑިސެމްބަރު 2025
މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބް ރައްޒާގް ގެ މައްޗަށް ހިންގި ޚިޔާނާތުގެ ދެވަނަ ޝަރީޢަތުގައި ވެސް އޭނާ ކުށްވެރިވާ ކަމަށް ހުކުމް ކޮށްފި
22 ޑިސެމްބަރު 2025

މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރު ނަޖީބް ގެ ޖަލު ހުމުގެ ބާކީ ބައި ގޭ ބަންދަށް ބަދަލު ކުރުމަށް ކޯޓުން ހުއްދަ އެއް ނުދިން

22 ޑިސެމްބަރު 2025
މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރު ނަޖީބް ގެ ޖަލު ހުމުގެ ބާކީ ބައި ގޭ ބަންދަށް ބަދަލު ކުރުމަށް ކޯޓުން ހުއްދަ އެއް ނުދިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް