Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ފުރުގާން މިސްކިތް

ނަމާދު ކުރާ އަޑު ތާޅަފިލިން ކަނޑާލަން އެންގި ކަމަށް ބުނާ ވާހަކަ މިނިސްޓަރު ޝަހީމް ދޮގު ކުރައްވައިފި

މާލޭގެ ބައެއް މިސްކިތްތަކުގެ ނަމާދުކުރާ އަޑު ބޭރަށް ނީވޭގޮތަށް ތާޅަފިލިތައް ކަނޑާލަން އިސްލާމިކް މިނިސްޓްރީން އެންގި އެންގުމާ ގުޅިގެން ދީނީ އިލްމުވެރިޔާ ޝެއިޚް ނިޝާން ވަނީ ކަންބޮޑުވުންފާޅު ކުރައްވާފައި. ނަމާދުގެ އަޑު ބޭރަށް އިވުމަކީ މީސްތަކުންނަށް ދެވޭ މަތިވެރި ހަނދާންކޮށްދިނުމެއްކަން ފާހަގަކުރައްވައި، މި ނިންމުން ބަދަލުކުރުމަށް އޭނާ ވަނީ ސަރުކާރަށް ގޮވާލައްވާފައިވޭ. ނަމަވެސް ޝެއިޚް ނިޝާންގެ މިވާހަކަތައް އިސްލާމިކް މިނިސްޓަރު ޝަހީމް ވަނީ ދޮގު ކުރައްވާފައި.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 24 މެއި 2026 | އާދީއްތަ 07:02
އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވާހަކަ ދައްކަވަނީ.

އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވާހަކަ ދައްކަވަނީ. | އިސްލާމިކް މިނިސްޓްރީ

މާލެސިޓީގެ ބައެއް މިސްކިތްތަކުގެ ނަމާދު ކުރާ އަޑު ތާޅަފިލިން ކަނޑާލަން އިސްލާމިކް މިނިސްޓްރީން އަންގާފައިވާ ކަމަށް ބުނެ، ކަންބޮޑުވުންފާޅުކޮށް އެ ނިންމުން ބަދަލު ކުރުމަށް މަޝްހޫރު ޝެއިޚް އާދަމް ނިޝާން ބިން އަލީ އާދަމް އަލްމާލްދީފީ ގޮވާލެއްވިއިރު، އެއީ ކަނޑައެޅިގެން ދޮގެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ. 

ރާއްޖެއެމްވީ އަށް މިނިސްޓަރު ޝަހީމް ވިދާޅުވީ، މިސްކިތްތަކުގެ ނަމާދު ކުރާ އަޑު ތާޅަފިލިން ކަނޑާލަން އަންގާފައިނުވާ ކަަމަށާއި، އިސްލާމިކް މިނިސްޓްރީ އަށް އިމާމުން ނުގެންދާ ކަމަށެވެ. އަދި ހޮނިހިރު ދުވަހުގެ ރޭގެ މަގްރިބް ނަމާދާއި، އިޝާ ނަމާދުގެ އަޑު ކަނޑާލާފައވާ ކަމަށް ޝެއިޚް ނިޝާން ވިދާޅުވެފައިވާއިރު، އެއީ ވެސް ދޮގެއް ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ. 

Advertisement - newsAdvertisement

މިނިސްޓަރު ޝަހީމް މިކަން ދޮގު ކުރެއްވިއިރު، ހޮނިހިރު ދުވަހުގެ ރޭ ޝެއިޚް ނިޝާންގެ ރަސްމީ ފޭސްބުކް ޕޭޖުގައި ހިއްސާކޮށްފައިވާ ވީޑީއޯއެއްގައި ވިދާޅުވީ މިސްކިތްތަތަކީ މާތްﷲގެ ގެކޮޅުތައް ކަމަށާއި، މި ބިންމަތީގައި އެންމެ މަތިވެރި އަޅުކަން އަދާކުރަމުންދާ ގެކޮޅުތައް ކަމަށެވެ.  

މިމަތިވެރި ގެކޮޅުތަކުގެ އަޑު ކަނޑުވާލުމަކީ ވަރަށް ހިތާމަ ހުރި ކަމެއްކަން ފާހަގަކުރައްވައި ޝެއިޚް ނިޝާން ވިދާޅުވީ މިސްކިތްތަކުގެ އިމާމުން އިސްލާމިކް މިނިސްޓްރީއަށް ގެންގޮސް، މިސްކިތްތަކުގެ ނަމާދު ކުރާ އަޑު އިވޭގޮތަށް ބޭރަށް ހުންނަ ތާޅަފިލި ނުވަތަ ސްޕީކަރުތަކުގެ އަޑު ކަނޑުވާލުމަށް އަންގާފައިވާ ކަމަށެވެ.

ފުރުގާން މިސްކިތަށް އިޝާރާތް ކުރައްވައި ޝެއިޚް ނިޝާން ވިދާޅުވީ މިއީ މާލޭގައި ހުންނަ ބޮޑު މިސްކިތެއް ކަމަށާއި، އެތައް ބަޔަކު ނަމާދު ކުރުމަށް އަންނަ މިސްކިތެއް ކަމަށެވެ. އެ މިސްކިތަކީ އޭސީކޮށްފައި ހުންނަ މިސްކިތަކަށްވާތީ ހުރިހާ ދޮރެއް ހުންނަނީ ލައްޕާފައި ކަމަށާއި، ސްޕީކަރުގެ އަޑު ކަނޑާލުމުން އެއްވެސް ވަރަކަށް ބޭރަށް ބަންގީގެ އަޑާއި، ނަމާދު ކުރާ އަޑު ނީވޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ހޮނިހިރު ދުވަހުގެ ރޭގެ މަގްރިބް ނަމާދާއި، އިޝާ ނަމާދުގެ އަޑު މިސްކިތުގެ ބޭރު ފާރު ކައިރީގައި ހުންނައިރު ވެސް އެއްވެސް ވަރަކަށް ނީވޭ ކަމަށެވެ.

ޝެއިޚް ނިޝާން ވިދާޅުވީ ބަންގީގެ އަޑާއި، ނަމާދު ކުރާ އަޑު ނީވޭ ކަމުގެ ޝަކުވާ ގިނަ ބަޔަކު ކުރަމުންދާ ކަމަށާއި، މިމައްސަލަ އަވަހަށް ހައްލު ކުރަން ޖެހޭ ކަމަށެވެ.

އަޅުގަނޑުމެންގެ މުޖުތަމައުގައި ނަމާދު ކުރެވެމުންދާއިރު، މީސްކިތަކުން ގެ ތެރެއިން ގާފިލު ކަންމަތީގައި ތިބި އެތައް ބައެއް ހޮޓާ ރެސްޓައުރެންޓުތަކާއި، ކުޅިވަރު ކުޅޭ ތަންތަނުގައި އެމީހުންނަށް ވެސް އެއީ ދެވޭ މެސެޖެއް. ހަނދުމަކޮށްދިނުމެއް ނަމާދުގެ އަޑު އިވުމަކީ. އާދެ އަޅުގަނޑުމެންގެ މި މަތިވެރި ޝިއާރަށް ދޭ އަހައްމިއްލަޔުކަން ކުޑަ ވެގެންދާނެ ކަމެއް އަޅުގަނޑުމެން ނަމާދަށް އަންނައިރު ވެސް ނަމާދު ކުރެވޭނެކަން އަދި ނަމާދު ލިބޭނެކަން އެ އަޑު އިވުމުން އެބަ އެނގޭ. އެހެންނަމަވެސް ނާމަދުގެ އެ އަޑު އެކީ އެކައްޗަކަށް ކަނޑާލުމުން ނަމާދު ކުރާކަމުގެ އިހުސާސްއެއް ވެސް މިތާ ކައިރިން ދާއިރު ވެސް އަޅުގަނޑުމެންނަށް މިރޭ ހަމަ އެ ތަޖުރިބާ ކުރިން. އަޅުގަނޑަށް ނަމާދަށް އާދެވުނީ ގަމަތް ދީދީ ހުއްޓާ. އެކަމަކު މިސްކިތަށް ނާދެވޭއިރު، ގަމަތްދީ ނިމިގެން ނަމާދު ފެށިކަމެއް ނޭނގޭ. މިސްކިތުގެ މި ބޭރު ފާރާ ހިސާބަށް އައިރުގަ ވެސް ނަމާދު ފެށި ކަމެއް ނޭނގޭ. އަޅުގަނޑު ހީކުރީ މައްސަލައެއް ޖެހުނީ ކަމަށް. އެކަމަކު މިސްކިތަށް ވަދެ ދޮރު ހޮޅުވާލި ހިސާބުން މިއަޑު އިވުނީ. އޭރުގައި އަލްހަމްދު ނިމިގެން އަނެއް ސޫރަށް ފަށައިގެން ކިޔަމުން ދިޔައީ. 
މަޝްހޫރު ޝެއިޚް އާދަމް ނިޝާން ބިން އަލީ އާދަމް އަލްމާލްދީފީ 

ޝެއިޚް ނިޝާން ވިދާޅުވީ ޒަމާނުއްސުރެ ރާއްޖޭގެ މިސްކިތްތަކުން ބަންގީގެ އަޑާއި، ނަމާދު ކުރާ އަޑު ބޭރަށް އިވޭ ކަމަށާއި، އެކަމުގައި މައްސަލައެއް ދިމާ ނުވާ ކަމަށެވެ. އަދި ގޮތަކަށް މިކަން ހުއްޓުވުމުގެ މަގުސަދާ މެދު ޝެއިޚް ނިޝާން ވަނީ ސުވާލު އުފައްދަވާފަ އެވެ. 

ހުދު ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ޒަމާނުގައި ވެސް މިސްކިތުގެ ބޭރަށް ނަމާދު ކުރާ އަޑާއި، އަދި ކިޔެއް މިސްކިތުގައި އެކަލޭގެފާނުގެ ވައުދު ނަސޭހަތްޕުޅާއި، ޚުތުބާތަކުގެ އަޑު ހުންނެވި ކަމަށް އެތައް ސައްހަ ދަލީލުތަކުން އެބަހުރި. އެކަން ފެނި އެނގި ބަޔާންވާން. އެގޮތުން ހުކުރު ނަމާދުގެ ޚުތުބާގައި އެކަލޭގެފާނު ޚުތުބާގައި ކާފު ސޫރަތުގެ އާޔަތްތައް ވިދާޅުވާލެއް ގިނަކަމުން އެހިސާބު ކައިރި އަންހެން ކަނބަލުން އެބަހުރި ނަގުލު ކުރައްވާފައި ތިމަންކަނބަލުންނަށް އެ ސޫރަތް އެކީ ހިތު ދަސްވިއޭ އެކަލޭގެފާނު ޚުތުބާގައި ކާފު ސޫރަތުގެ އާޔަތްތައް ބަޔާން ކުރައްވާލެއް ގިނަކަމުން. އަދި ހަމައެހެންމެ އެހެން ސަހާބީން އެބަހުންނެވި ވިދާޅުވެފައި މަދީނާގެ މަގުތަކުގެ މިވެނި ހިސާބަކަށް މިސްކިތުގައި ނަމާދުކުރާ އަޑު ތިމަން ވަޑައިގެންނެވިއިރު އިވިވަޑައިގެންނެވި. ބައެއް ބޭކަލުން އެކަލޭގެފާނު މިސްކިތުގައި ނަމާދަށްފަހު ދުރުސް ދެއްވާ ވާހަކަ ވިދާޅުވިއިރު އެ ވިދާޅުވި ބަސްފުޅުތަކަށް އަމަލު ކުރައްވައި އިށީނަވަން އަމުރު ކުރެއްވީމަ މިސްކިތުގެ ބޭރުގައި ހުންނަވައި އިށީންނަވާފައި އެބަހުރި. މިފަދަ އެތައް ސައްހަ ދަލީލުތައް އެބަހުރި. އަދި އިސްލާމީ އުންމަތުގެ އެތައް ގައުމުތަކެއްގައި މިގޮތަށް އަމަލު ކުރަމުން އައީ. 
މަޝްހޫރު ޝެއިޚް އާދަމް ނިޝާން ބިން އަލީ އާދަމް އަލްމާލްދީފީ 

ޝެއިޚް ނިޝާން ވިދާޅުވީ މިޒަމާނުގައި މިސްކިތްތަކުގެ ބަންގީގެ އަޑާއި، ނަމާދު ކުރާ އަޑު އިވުމުން އުދަނގޫވާ ވާހަކަ އަކީ ދައްކާ ބަހަނާއެއް ކަމަށާއި، އެއީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. މިއީ އިސްލާމް ދީނަށް ކުރެވޭ ކުޑާމީސް އަމަލެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އިސްލާމިކް މިނިސްޓްރީންނާއި، ސަރުކާރުން މި މައްސަލައަށް އަވަސް ހައްލެއް ހޯދައިދީ، މިގޮތަށް މިކަން ނުކުރުމަށް ވަނީ ނަސޭހަތްތެރިވެފަ އެވެ.

އާދަމް ނިޝާންއިސްލާމިކް މިނިސްޓްރީފުރުގާން މިސްކިތްމުޙައްމަދު ޝަހީމް އަލީ ސަޢީދު

ކޮމެންޓް

އިތުރަށް ކިޔާލަން

މިއަހަރު ވެސް މާލެސިޓީގެ 4 ސަރަހައްދެއްގައި ބޮޑު ޖަމާއަތުގައި އަޟްހާ އީދު ނަމާދު ކުރާނެ: އިސްލާމިކް މިނިސްޓްރީ

މިއަހަރު ވެސް މާލެސިޓީގެ 4 ސަރަހައްދެއްގައި ބޮޑު ޖަމާއަތުގައި އަޟްހާ އީދު ނަމާދު ކުރާނެ: އިސްލާމިކް މިނިސްޓްރީ

21 މެއި 2026
އާސާރީ ތަރިކައިގެ މިސްކިތްތަކުގެ ލިސްޓަށް '' ބަންޑާރަ މިސްކިތް '' ހިމެނިފައިވޭތޯ ކުރި ސުވާލަށް މިނިސްޓަރު ހީނާއަށް ޖަވާބެއް ނުދެއްވުނު!

އާސާރީ ތަރިކައިގެ މިސްކިތްތަކުގެ ލިސްޓަށް '' ބަންޑާރަ މިސްކިތް '' ހިމެނިފައިވޭތޯ ކުރި ސުވާލަށް މިނިސްޓަރު ހީނާއަށް ޖަވާބެއް ނުދެއްވުނު!

03 މެއި 2026
ސައުދީން ރާއްޖެއަށް ހަދިޔާކުރި 50 ޓަނުގެ ކަދުރު ބަހަން ފަށައިފި

ސައުދީން ރާއްޖެއަށް ހަދިޔާކުރި 50 ޓަނުގެ ކަދުރު ބަހަން ފަށައިފި

26 އެޕްރީލު 2026
މިސްކިތަށް ވަދެ މުދަލަށް ގެއްލުން ދިން މީހާ ބަންދު ކުރުން: އެނާ ބުނީ މި އަމަލު މީގެ ކުރިން ވެސް ކުރި ކަމަށާއި، އެކަމާއި ދެރަ ނުވާ ކަމަށް

މިސްކިތަށް ވަދެ މުދަލަށް ގެއްލުން ދިން މީހާ ބަންދު ކުރުން: އެނާ ބުނީ މި އަމަލު މީގެ ކުރިން ވެސް ކުރި ކަމަށާއި، އެކަމާއި ދެރަ ނުވާ ކަމަށް

17 އެޕްރީލު 2026
ސައުދީން ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާ ކޮށްފި

ސައުދީން ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާ ކޮށްފި

16 އެޕްރީލު 2026

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު