Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މިސްކިތަށް ގެއްލުން ދިނުން

މިސްކިތަށް ވަދެ މުދަލަށް ގެއްލުން ދިން މީހާ ބަންދު ކުރުން: އެނާ ބުނީ މި އަމަލު މީގެ ކުރިން ވެސް ކުރި ކަމަށާއި، އެކަމާއި ދެރަ ނުވާ ކަމަށް

ފުރުޤާނު މިސްކިތުގައި ހުރި ހަތިމުތަކަށް ގެއްލުންދީ، ކަރަންޓު ބޯޑުތައް ހަލާކުކޮށްލި މައްސަލައިގައި ހައްޔަރުކުރި މީހަކު، އޭނާ ކުރި އަމަލަށް ދެރަނުވާކަމަށް ކޯޓުގައި ބުނެފި. އޭނާ 15 ދުވަހަށް ބަންދުކޮށްފައިވޭ. މީގެ ކުރިން ވެސް މިސްކިތްތަކާއި ސްކޫލްތަކުގައި ބަދުއަޚުލާގީ އަމަލުތައް ހިންގައިގެން ހައްޔަރުކޮށްފައިވާ މި މީހާ ވަނީ، މިސްކިތަށް ގެއްލުންދިން ކަމަށް ޝަރީއަތުގައި އިއުތިރާފުވެފައި. މުޖުތަމައުގެ ސަލާމަތަށް ނުރައްކާވާތީ އޭނާ ބަންދުގައި ބަހައްޓަން ކޯޓުން ނިންމީ، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ އެކަށީގެންވާ ހެކި ފުލުހުން ހުށަހަޅާފައިވާތީ.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 17 އެޕްރީލު 2026 | ހުކުރު 09:34
މިސްކިތަށް ވަދެ ގެއްލުންދިން ކަމުގައި ތުހުމަތުގައި ހައްޔަރު ކުރި ނައުޝާދު.

މިސްކިތަށް ވަދެ ގެއްލުންދިން ކަމުގައި ތުހުމަތުގައި ހައްޔަރު ކުރި ނައުޝާދު. | ޕޮލިސް

ހަތިމުތައް އުކާލައި، ފުރުޤާނު މިސްކިތަށް ގެއްލުންދިންކަމުގެ ތުހުމަތުގައި ހައްޔަރު ކުރުމަށް ފަހު ދޫކޮށްލާފައި ހުރި މީހާ އަނެއްކާ ވެސް އެފަދަ މައްސަލައިގައި ހައްޔަރު ކުރުމުން އޭނާ އެކަމާ ދެރަ ނުވާ ކަމަށް ކޯޓުގައި ބުނެފި އެވެ. 

މިސްކިތަށް ވަދެ ގެއްލުންދިން މައްސަލައިގައި ހައްޔަރު ކުރީ ގ. މާލެހިޔާ 2 13-02 / ކ.މާލެ ނައުޝާދު މޫސާ އެވެ. ފުރުޤާން މިސްކިތުގައި ހުރި ހަތިމުތައް އުކާލައި، އެ މިސްކިތަށް ގެއްލުންދިން މައްސަލައާ ގުޅިގެން 2024، ނޮވެމްބަރު 26 ގައި ވެސް އޭނާ ހައްޔަރު ކުރި އެވެ. ނަމަވެސް ފަހުން އޭނާ ބަންދުން ދޫކޮށްލި އެވެ. 

އެފަހަރު ފުރުޤާން މިސްކިތުގައި ހުރި ހަތިމުތައް އުކާލައި، އެ މިސްކިތަށް ގެއްލުން ދީ އިމާމު ހުންނަ ދިމާ ގައި ހުރި ކަރަންޓު ބޯޑުތަކާއި އެއަށް ޖަހާފައި ހުރި އެޑެޕްޓަރުތައް ވެސް ހަލާކުކޮށްލާފައިވެ އެވެ. ނަމަވެސް ފަހުން އޭނާ ވަނީ ބަންދުން ދޫކޮށްލާފަ އެވެ. 

ބުރާސްފަތު ދުވަހު މިފަދަ މައްސަލައެއްގައި އޭނާ ބަންދުކޮށްފައިވާ އިރު، ބަންދު އަމުރުގައި ބުނެފައި ވަނީ މީނާގެ މައްޗަށް ތުހުމަތުކުރެވޭ ކޮންމެ ވެސް މިންވަރެއްގެ ހެކި ހުށަހަޅާފައިވެ އެވެ. އެގޮތުން ޙާދިސާ ހިނގިތަނަށް ދިޔަ ފުލުހުންގެ ހާދިސާ ރިޕޯޓާއި މިނާގެ ހައްޔަރާއި ބަންދުގެ ރެކޯޑް ހުށަހަޅާފައިވެ އެވެ. ބަންދު ކުރީ 15 ދުވަހަށެވެ. އަދި ބަންދު ކުރީ މުޖްތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އޭނާ ބަންދުގައި ބަހައްޓަން ޖެހޭ ކަމަށް ދެކޭތީ ކަމަށް ބަންދުގެ އަމުރުގައިވެ އެވެ. 

ޝަރީއަތުގައި އޭނާ ބުނެފައިވަނީ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކުށް އޭނާ ކޮށްފައިވާ ކަމަށެވެ. އަދި މިސްކިތަށް އަރައި މި އަމަލު މީގެ ކުރިން ވެސް ކޮށްފައި ވާނެ ކަމަށާއި، އޭނާ އެކަމާ ދެރަ ވެސް ނުވާކަމަށް ޝަރީއަތުގައި ބުނެފައިވެ އެވެ. 

މީގެ އިތުރުން މިސްކިތެއްގައި ތިބި އަންހެނުންތަކަކަށް ޖިންސީ ގުނަވަން ދައްކައިގެން ވެސް 2024 ވަނަ އަހަރު އޭނާ ހައްޔަރު ކުރި އެވެ. ނައުޝާދު ޖިންސީ ގުނަވަން ދެއްކީ އައިޖީއެމްއެޗުގެ އެތެރޭގައި ހުންނަ މިސްކިތުގައި ތިބި އަންހެނުންތަކަކަށް ކަމަށް ބަންދުގެ މަޖިލީހުގައި ފުލުހުން އެއިރު ބުނެފައިވެ އެވެ. އަދި، އޭނާއަކީ މީގެ ކުރިން ސްކޫލަކަށް ވަދެ ވެސް ޖިންސީ ގުނަވަން ދައްކާފައިވާ މީހެއް ކަމަށް ފުލުހުން ބުނެފައިވެ އެވެ.

މީގެ އިތުރުން މި އަހަރުގެ ރޯދަ މަހު ދުވާލު އާންމުތަނެއްގައި ކައިގެން ވެސް އޭނާ ހައްޔަރުކޮށްފައިވެ އެވެ. 

ނައުޝާދު މޫސާފުރުގާން މިސްކިތްމާލެހިޔާއައިޖީއެމްއެޗް

ކޮމެންޓް

އިތުރަށް ކިޔާލަން

ކަސްޓޯޑިއަލްގައި ހުއްޓާ މަރުވި ނަވްޝާދުގެ މަރުގެ ހަބަރު އާއިލާއަށް ލިބުނީ ނޫސްތަކުން، އަދިވެސް އާއިލާއަށް ވާނުވާ ނާންގާ

ކަސްޓޯޑިއަލްގައި ހުއްޓާ މަރުވި ނަވްޝާދުގެ މަރުގެ ހަބަރު އާއިލާއަށް ލިބުނީ ނޫސްތަކުން، އަދިވެސް އާއިލާއަށް ވާނުވާ ނާންގާ

15 އެޕްރީލު 2026
ޑެންގީ ހުން ޖެހިގެން ވެންޓިލޭޓަރުގައި ފަރުވާ ދެމުންދިޔަ 23 އަހަރުގެ ޒުވާނާ ނިޔާވެއްޖެ

ޑެންގީ ހުން ޖެހިގެން ވެންޓިލޭޓަރުގައި ފަރުވާ ދެމުންދިޔަ 23 އަހަރުގެ ޒުވާނާ ނިޔާވެއްޖެ

13 އެޕްރީލު 2026
ފީއަލީ ތެޔޮ ބޯޓުގައި ރޯވި އަލިފާނުގެ ހާދިސާގައި ފިހުނު މީހާ އަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި!

ފީއަލީ ތެޔޮ ބޯޓުގައި ރޯވި އަލިފާނުގެ ހާދިސާގައި ފިހުނު މީހާ އަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި!

12 އެޕްރީލު 2026
ދައުލަތުގެ އިހުމާލުން ކުޑަކުއްޖަކު ނިޔާވުމުން: ޖަވާބުދާރީ ވުމުގެ ބަދަލުގަ ސަރުކާރުން ކަމުން ރެކެނީ

ދައުލަތުގެ އިހުމާލުން ކުޑަކުއްޖަކު ނިޔާވުމުން: ޖަވާބުދާރީ ވުމުގެ ބަދަލުގަ ސަރުކާރުން ކަމުން ރެކެނީ

10 އެޕްރީލު 2026
އިމާރާތެއްގެ 10 ވަނަ ފަންގިފިލާ އިން ވެއްޓުނު މީހާގެ ހާލު ސީރިއަސް، ފަރުވާ ދެނީ ވެންޓިލޭޓަރުގައި

އިމާރާތެއްގެ 10 ވަނަ ފަންގިފިލާ އިން ވެއްޓުނު މީހާގެ ހާލު ސީރިއަސް، ފަރުވާ ދެނީ ވެންޓިލޭޓަރުގައި

10 އެޕްރީލު 2026

އަހަރުތަކުން މިއަދު

18 އެޕްރީލު
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ބޭއްވުން އުވާލަން ތާއިދު ނުކުރަން: މެންބަރު އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ބޭއްވުން އުވާލަން ތާއިދު ނުކުރަން: މެންބަރު އައްބާސް

ޔާމީންގެ ރައްދު މުއިއްޒަށް: ރައީސެއްގެ ހައިސިއްޔަތުން ޝަރީއަތް އަވަސްކުރުމަށް އެދުމަކީ ޤާނޫނީ ކުށެއްނޫން، އެކަންވެސް ކޮށްނުލެއްވި
20242 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ ރައްދު މުއިއްޒަށް: ރައީސެއްގެ ހައިސިއްޔަތުން ޝަރީއަތް އަވަސްކުރުމަށް އެދުމަކީ ޤާނޫނީ ކުށެއްނޫން، އެކަންވެސް ކޮށްނުލެއްވި

"ބައެއް ފަހަރު ހަމަ ގަބުވެފަ އިނދެވެނީ، މީ ރޯދަމަސްކަންވެސް ހަނދާން ނެތޭ"
20233 އަހަރު ކުރިން
ދުނިޔެ

"ބައެއް ފަހަރު ހަމަ ގަބުވެފަ އިނދެވެނީ، މީ ރޯދަމަސްކަންވެސް ހަނދާން ނެތޭ"

'ބެޓްލް އޮފް ޑޮންބަސް' ރަޝިއާއިން ފަށައިފިކަމަށް ޔޫކްރެއިން ބުނެފި
20224 އަހަރު ކުރިން
ދުނިޔެ

'ބެޓްލް އޮފް ޑޮންބަސް' ރަޝިއާއިން ފަށައިފިކަމަށް ޔޫކްރެއިން ބުނެފި

އުމުރުން 14 އަހަރުން ފެށިގެން މަސްތުގެ ބަލިމަޑުކަމުގައިވާ އަންހެނެއް!
20215 އަހަރު ކުރިން
ރިޕޯޓު

އުމުރުން 14 އަހަރުން ފެށިގެން މަސްތުގެ ބަލިމަޑުކަމުގައިވާ އަންހެނެއް!

ޢަޞްރު ސޫރަތުން ލިބޭ މަތިވެރި އިބްރަތްތަކުގެ ވާހަކަ މިއަދުގެ ހުކުރު ޚުތުބާގައި
20197 އަހަރު ކުރިން
އިސްލާމް

ޢަޞްރު ސޫރަތުން ލިބޭ މަތިވެރި އިބްރަތްތަކުގެ ވާހަކަ މިއަދުގެ ހުކުރު ޚުތުބާގައި

ބާޒާރު މަތީ ގޮޅިއަށް ވެސް ދިޔާނާ ހެޔޮވަރު!
20188 އަހަރު ކުރިން
ރިޕޯޓު

ބާޒާރު މަތީ ގޮޅިއަށް ވެސް ދިޔާނާ ހެޔޮވަރު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު