Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއއ. އުކުޅަސް

އުކުޅަހުގެ މިސްކިތްތަކުގައި މަސައްކަތް ކުރާ މަސައްކަތްތެރިންނަށް ރަމަޟާން މަހުގެ އިތުރުގަޑީގެ ފައިސާ ނުލިބޭނެ ކަމަށް އަންގައިފި

އައު ޕޭ ފްރޭމްވޯކަށް އައި ބަދަލާއެކު، ރަމަޟާން މަހުގެ އިތުރުގަޑީގެ ފައިސާ އާއި ބަންދު ދުވަސްތަކުގެ އެލަވަންސް ނުލިބޭތީ އުކުޅަހު މިސްކިތްތަކުގެ މަސައްކަތު މުއައްޒަފުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. މި އެލަވަންސްތައް މިހާރު ހިމެނިފައި ވަނީ އަސާސީ މުސާރައިގެ ތެރޭގައި ކަމަށް ކައުންސިލުން ބުނި ނަމަވެސް، މިއީ މުސާރަ ބޮޑުކުރި ނަމުގައި އޮޅުވާލުމެއް ކަމަށް މަސައްކަތްތެރިން ބުނޭ.

އަމްނާ އިމާދު
އަމްނާ އިމާދު | 1 އެޕްރީލު 2026 | ބުދަ 10:42
އއ.އުކުޅަސް. މިސްކިތްތަކުގައި މަސައްކަތް ކުރާ މަސައްކަތްތެރިންނަށް ވަނީ މުސާރައަށް އައި ބަދަލާ ގުޅިގެން ކަންބޮޑުވުން ފާޅު ކޮށްފައި.

އއ.އުކުޅަސް. މިސްކިތްތަކުގައި މަސައްކަތް ކުރާ މަސައްކަތްތެރިންނަށް ވަނީ މުސާރައަށް އައި ބަދަލާ ގުޅިގެން ކަންބޮޑުވުން ފާޅު ކޮށްފައި. | ގޫގުލް

އއ. އުކުޅަހުގެ މިސްކިތްތަކުގައި މަސައްކަތް ކުރާ މަސައްކަތު މުއައްޒަފުންނަށް، ރަމަޟާން މަހުގެ އިތުރުގަޑީގެ ފައިސާ ނުދޭ ކަމަށާއި، އެ ފައިސާ ނުލިބޭނެ ކަމަށް އަންގާފައިވާ ކަމަށް އެމީހުން ބުނެފި އެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދިން އެރަށުގެ މިސްކިތެއްގައި މަސައްކަތް ކުރާ މުއައްޒަފަކު ބުނީ، މިއަހަރު ރަމަޟާން މަހުގެ އިތުރު ގަޑީގެ ފައިސާ ނުދޭ ކަމަށާއި، ބަންދު ދުވަސްތަކުގެ އެލަވަންސް ނުދޭ ކަމަށެވެ. 

މީގެ ކުރިން ރަމާޟާން މަހު، ރޯދަ ވީއްލުމަށްޓަކައި ކޮންމެ ދުވަހު ވެސް 60 ރުފިޔާގެ އެލަވަންސެއް ދޭކަން ފާހަގަކޮށް އެ މުއައްޒަފު ބުނީ، ތަރާވީހު ނަމާދުގެ ވަގުތަށް ވެސް އިތުރަށް ފައިސާ ދޭ ކަމަށެވެ. ނަމަވެސް މިހުރިހާ އެލަވަންސެއް ކަނޑާލާފައިވާ ކަމަށާއި، މިއީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން އޭނާ ބުނީ، މި ކަންބޮޑުވުން ފާޅު ކުރަން ފެށުމުން ބުދަ ދުވަހު ކައުންސިލް އިދާރާއަށް އެ މުއައްޒަފުން ގެންދިޔަ ކަމަށާއި، މައްސަލައާ ގުޅޭގޮތުން މައުލޫމާތު ދިން ކަމަށެވެ. އެއީ މުސާރަ ބޮޑު ކުރުމަށް ދައުލަތުގެ ޕޭ ފްރޭމްވޯކަށް ގެނައި ބަދަލާއެކު އައި ބަދަލެއް ކަމަށް އަންގާފައިވާ ކަމަށާއި، މިހާރު ނުލިބޭ އެލަވަންސްތައް ބޮޑު ކުރި މުސާރައިގެ ތެރޭގައި ހިމަނާފައިވާ ކަމަށެވެ. އަދި މިހާރު އިތުރު ގަޑީގެ ފައިސާ އެގޮތަށް ދޫނުކުރާނެ ކަމަށް އަންގާފައިވާ ކަމަށެވެ.

އެމީހާ ބުނީ، ޕޭ ފްރޭމްވޯކަށް ގެނައި ބަދަލާއެކު އެލަވަންސްތައް ކަނޑާ ކަމަށްވާނަމަ އެކަން އަންގަން ޖެހޭ ކަމަށާއި، ނަމަވެސް އެކަން އަންގާފައިނުވާ ކަމަށެވެ. އަދި ބަންދު ދުވަސްތަކާއި، އިތުރު ގަޑީގައި މަސައްކަތް ކުރުވާ ނަމަ އިތުރުގަޑީގެ ފައިސާ ވެސް ދޭން ޖެހޭ ކަމަށް އޭނާ ބުންޏެވެ. މިއީ މުސާރަ ބޮޑު ކުރި ނަމުގައި ރައްޔިތުންނަށް އޮޅުވާލުން ކަމަށް އޭނާ ބުންޏެވެ. 

އެ މުއައްޒަފުންގެ މުސާރައިގެ ސްލިޕް ވެސް މުސާރަ ޖަމާވުމުގެ ކުރިން ނުލިބޭކަން ފާހަގަކޮށް އެކަންބޮޑުވުން ވެސް ފާޅު ކޮށްފައިވެ އެވެ. 

މި މައްސަލައާ ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ. 

އއ. އުކުޅަސްޕޭ ފްރޭމްވޯރކްއިސްލާމިކް މިނިސްޓްރީމިސްކިތް

އިތުރަށް ކިޔާލަން

01 އެޕްރީލު 2026

އިންތިހާބުތަކަށް ތިން ދުވަހަށް ވެފައި ވަނިކޮށް ގިނަ އަދަދެއްގެ ފުލުހުންގެ މުސާރަ ބޮޑުވީ އިއްތިފާގަކުން: ފުލުހުން

01 އެޕްރީލު 2026
 އިންތިހާބުތަކަށް ތިން ދުވަހަށް ވެފައި ވަނިކޮށް ގިނަ އަދަދެއްގެ ފުލުހުންގެ މުސާރަ ބޮޑުވީ އިއްތިފާގަކުން: ފުލުހުން
30 މާރިޗު 2026

މިސަރުކާރުގައި އިމާރާތް ކުރުމަށް ހަވާލުކުރި 15 މިސްކިތުގެ އަމަލީ މަސައްކަތްތައް ކުރިއަށް ނުދާތާ އަހަރަކަށްވުރެ ގިނަ ދުވަސް!

30 މާރިޗު 2026
މިސަރުކާރުގައި އިމާރާތް ކުރުމަށް ހަވާލުކުރި 15 މިސްކިތުގެ އަމަލީ މަސައްކަތްތައް ކުރިއަށް ނުދާތާ އަހަރަކަށްވުރެ ގިނަ ދުވަސް!
26 މާރިޗު 2026

ފިރުގާތަކުގެ އަގީދާތަކާ ގުޅޭ ކަންކަމުގައި އެކަމުގެ އިލްމު ލިބިގެންވާ އިލްމުވެރިން ނޫނީ އެ ވާހަކަތައް ދައްކައިގެން ނުވާނެ: މިނިސްޓަރު ޝަހީމް

26 މާރިޗު 2026
ފިރުގާތަކުގެ އަގީދާތަކާ ގުޅޭ ކަންކަމުގައި އެކަމުގެ އިލްމު ލިބިގެންވާ އިލްމުވެރިން ނޫނީ އެ ވާހަކަތައް ދައްކައިގެން ނުވާނެ: މިނިސްޓަރު ޝަހީމް
19 މާރިޗު 2026

ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައިވާ ފަރާތްތަކަށް، ބޮލަކަށް 6,000 ދިވެހި ރުފިޔާގެ މަގުން ފިތުރު ޒަކާތް ބަހައިފި

19 މާރިޗު 2026
ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައިވާ ފަރާތްތަކަށް، ބޮލަކަށް 6,000 ދިވެހި ރުފިޔާގެ މަގުން ފިތުރު ޒަކާތް ބަހައިފި
18 މާރިޗު 2026

ކަމުން ކަމުން ގޮސް ކަދުރުކޮޅު ވެސް ކާލައިފި

18 މާރިޗު 2026
ކަމުން ކަމުން ގޮސް ކަދުރުކޮޅު ވެސް ކާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު