Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

ރައީސް މުއިއްޒުގެ ސަރުކާރުގައި އެމްޕީއެލަށް އައްޔަންކުރި ތިންވަނަ ސީއީއޯގެ މަގާމަށް ހުސައިން ޝަފީގް!

އެމްޕީއެލްގެ ސީއީއޯގެ މަގާމުގައި ހުންނެވި މުހައްމަދު ރިޝްވާން އިސްތިއުފާ ދެއްވުމާ ގުޅިގެން، އެ މަގާމަށް ހުސައިން ޝަފީގް ބުދަ ދުވަހު ވަނީ އައްޔަން ކޮށްފައި. މިއީ މި ސަރުކާރުގައި އެމްޕީއެލްގެ އިސްވެރިޔާގެ މަގާމަށް ބޭފުޅަކު އައްޔަންކުރި ތިންވަނަ ފަހަރު ކަމަށްވާއިރު، އަލަށް އައްޔަންކުރެއްވި ހުސައިން ޝަފީގަކީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއުގެ ބޭބެ. މި ބަދަލު ގެނެސްފައިވަނީ ފަހަކަށް އައިސް ސަރުކާރުގެ ކުންފުނިތަކުގެ އިސް މަގާމުތަކަށް ބަދަލުތަކެއް އަންނަމުންދާ ދަނޑިވަޅެއްގައި.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 22 އެޕްރީލު 2026 | ބުދަ 08:31
ރައީސް މުއިއްޒުގެ ސަރުކާރުގައި އެމްޕީއެލަށް އައްޔަންކުރި ތިންވަނަ ސީއީއޯ ހުސައިން ޝަފީގް، އޭނާ މި މަގާމަށް އައްޔަން ކުރީ ބުދަ ދުވަހު.

ރައީސް މުއިއްޒުގެ ސަރުކާރުގައި އެމްޕީއެލަށް އައްޔަންކުރި ތިންވަނަ ސީއީއޯ ހުސައިން ޝަފީގް، އޭނާ މި މަގާމަށް އައްޔަން ކުރީ ބުދަ ދުވަހު. | ޕީސީބީ

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޗީފް އެގްޒެކްޓިވް އޮފިސަރު (ސީއީއޯ) އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ހުސައިން ޝަފީގް އައްޔަން ކޮށްފި އެވެ. 

ބުދަ ދުވަހު ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން (ޕީސީބީ) އިން ބުނީ، އެމްޕީއެލްގެ ބޯޑު މެންބަރުކަމުގެ މަގާމަށާއި، ޗީފް އެގްޒެކްޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރު މަގާމަށް، ދަފްތަރު ނަންބަރ ރސ 2861، ހުސެއިން ޝަފީގް އައްޔަން ކޮށްފައިވާ ކަމަށެވެ. 

Advertisement - newsAdvertisement

ރައީސް ޑރ.މުހައްމަދު މުއިއްޒު ސަރުކާރުގައި އެމްޕީއެލްގެ ސީއީއޯގެ މަގާމަށް 28 ނޮވެންބަރު 2023 ގައި ފުރަތަމަ އައްޔަން ކުރީ ވަޖީހު އިބްރާހިމް އެވެ.  އޭނާ މަގާމުން ވަކި ކުރީ 02 ފެބްރުއަރީ 2025 ގަ އެވެ. 

އޭގެފަހުން އެމްޕީއެލްގެ ސީއީއޯގެ މަގާމަށް 5 ފެބްރުއަރީ 2025 ގައި މުހައްމަދު ރިޝްވާން އައްޔަން ކުރި އެވެ.

ނަމަވެސް އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގެ އިތުރުން ރިފެރެންޑަމް އިންތިޚާބުގައި ސަރުކާރަށް ވަރަށް ބޮޑު ނާކާމިޔާބެއް ލިބިފައިވަނިކޮށް ސަރުކާރުގެ ކުންފުނިތަކުން އެކި ބޭފުޅުން ވަކިކޮށް، ބައެއް ބޭފުޅުން އިސްތިއުފާ ދެއްވަނިކޮށް ރިޝްވާން އަށް ސަރުކާރުން އިސްތިއުފާ ދެއްވުމަށް އެންގެވުމުން 6 އޭޕްރީލް 2026 ގައި ވަނީ އިސްތިއުފާ ދެއްވާފަ އެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި ތިން ވަނައަށް އައްޔަން ކުރި އެމްޕީއެލްގެ ސީއީއޯއަކީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއުގެ އެއްބަނޑުއެއްބަފާ ބޭބެ އެވެ. 

މޯލްޑިވްސް ޕޯޓްސް ލިމިޓެޑްހުސައިން ޝަފީގްޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު

ކޮމެންޓް

އިތުރަށް ކިޔާލަން

ހަރަދުކުޑަކުރުމުގެ ގޮތުން އެމްޕީއެލް އިން މުވައްޒަފުންގެ މަސައްކަތު ގަޑި ކުރުކޮށްފި

ހަރަދުކުޑަކުރުމުގެ ގޮތުން އެމްޕީއެލް އިން މުވައްޒަފުންގެ މަސައްކަތު ގަޑި ކުރުކޮށްފި

09 އެޕްރީލު 2026
އިންތިހާބާ ދިމާކޮށް އިމެއްނެތި ވަޒިފާތަކާ ޕްރޮމޯޝަން ދިނުމަށް ފަހު، ސަރުކާރު ކުންފުނިތަކަށް މީހުން ނެގުމާ ޕްރޮމޯޝަން ދިނުން ހުއްޓާލަން އަންގައިފި

އިންތިހާބާ ދިމާކޮށް އިމެއްނެތި ވަޒިފާތަކާ ޕްރޮމޯޝަން ދިނުމަށް ފަހު، ސަރުކާރު ކުންފުނިތަކަށް މީހުން ނެގުމާ ޕްރޮމޯޝަން ދިނުން ހުއްޓާލަން އަންގައިފި

09 އެޕްރީލު 2026
އެމްޕީއެލްގެ ޓަގު ބޯޓަކާއި ލޯންޗެއް ޖެހި، ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

އެމްޕީއެލްގެ ޓަގު ބޯޓަކާއި ލޯންޗެއް ޖެހި، ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

21 މާރިޗު 2026
އެމްޕީއެލްގެ ތިން ވަނަ ޑެޕިއުޓީ ސީއީއޯ އަކަށް ޒިޔަތު އައްޔަންކޮށްފި

އެމްޕީއެލްގެ ތިން ވަނަ ޑެޕިއުޓީ ސީއީއޯ އަކަށް ޒިޔަތު އައްޔަންކޮށްފި

17 މާރިޗު 2026
އެފްޑީސީގެ ޗެއާޕާސަން ނަޝްވާ، މަގާމުން ވަކިކޮށްފި

އެފްޑީސީގެ ޗެއާޕާސަން ނަޝްވާ، މަގާމުން ވަކިކޮށްފި

26 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

18 މެއި
ބަންކަރިން އާ ބެހޭ ގޮތުން މުއިއްޒުގެ ސަރުކާރުން ދޮގު ހަދާ އޮޅުވާލަނީ...
20251 އަހަރު ކުރިން
ރިޕޯޓު

ބަންކަރިން އާ ބެހޭ ގޮތުން މުއިއްޒުގެ ސަރުކާރުން ދޮގު ހަދާ އޮޅުވާލަނީ...

އާމެނިއަން ޔޫތު އޯޕަން ޑަބަލްސް ފައިނަލްގައި ރާއްޖޭގެ ލައިބާގެ ޕެއާ!
20242 އަހަރު ކުރިން
ކުޅިވަރު

އާމެނިއަން ޔޫތު އޯޕަން ޑަބަލްސް ފައިނަލްގައި ރާއްޖޭގެ ލައިބާގެ ޕެއާ!

"މަ ނޫން މީހަކަށް ލިބިގެން ނުވާނެ"
20233 އަހަރު ކުރިން
ރިޕޯޓު

"މަ ނޫން މީހަކަށް ލިބިގެން ނުވާނެ"

ޕެޓްރޯލް ލިބެންދެން ކައިރި ހޮޓަލެއްގައި ހުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭން ބައެއް އެމްޕީން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޕެޓްރޯލް ލިބެންދެން ކައިރި ހޮޓަލެއްގައި ހުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭން ބައެއް އެމްޕީން އެދިއްޖެ

ފަހާފައިވާ ތަންތަނުގެ ރޮދި ކޮށައި އިތުރު ފަރުވާއަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

ފަހާފައިވާ ތަންތަނުގެ ރޮދި ކޮށައި އިތުރު ފަރުވާއަށް ތައްޔާރުވަނީ

އުރީދޫ އިން ބިދޭސީންނަށް ހާއްސަކޮށް ރޯދަ ވީއްލުމެއް ބާއްވައިފި
20197 އަހަރު ކުރިން
ރާއްޖެ

އުރީދޫ އިން ބިދޭސީންނަށް ހާއްސަކޮށް ރޯދަ ވީއްލުމެއް ބާއްވައިފި

ޗައިނާ ސަރުކާރުން މުސްލިމުންގެ ކަރުބުޑަށް ރާއަޅަނީ..
20188 އަހަރު ކުރިން
ދުނިޔެ

ޗައިނާ ސަރުކާރުން މުސްލިމުންގެ ކަރުބުޑަށް ރާއަޅަނީ..

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު