Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޕީއެލް ޚަރަދު ކުޑަކުރުން

ހަރަދުކުޑަކުރުމުގެ ގޮތުން އެމްޕީއެލް އިން މުވައްޒަފުންގެ މަސައްކަތު ގަޑި ކުރުކޮށްފި

އިގުތިސާދީ ހާލަތާ ގުޅިގެން ސަރުކާރުން އަޅަމުންދާ ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން، އެމްޕީއެލްގެ އިދާރީ މުވައްޒަފުންގެ މަސައްކަތު ގަޑިތަކަށް ބަދަލު ގެނެސް ރާއްޖޭން ބޭރަށް ކުރާ ރަސްމީ ދަތުރުތައް މަދުކުރުމަށް އެ ކުންފުނިން ނިންމައިފި. އަންނަ އަންގާރަ ދުވަހުން ފެށިގެން އިދާރީ ގަޑިތަކަށް ބަދަލު އައި ނަމަވެސް، ބަނދަރުން މުދާ ކްލިއާ ކުރުމުގެ އޮޕަރޭޝަންތަކަށް އެއްވެސް ބުރޫއެއް ނާރާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ދޭ. މީގެ އިތުރުން، ޚަރަދު ކުޑަކުރުމުގެ ގޮތުން ބޭރުގެ ފަރާތްތަކާ ބައްދަލުކުރުމުގައި އޮންލައިން ވަސީލަތްތައް ބޭނުންކުރުމަށް ވެސް ވަނީ ހަމަޖެހިފަ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް, ރާއްޖެ އެމްވީ | 9 އެޕްރީލު 2026 | ބުރާސްފަތި 14:16
ރާއްޖޭގެ ބަނދަރުތަކުން މުދާ ކްލިއަރ ކުރުމުގެ މަސައްކަތްތައް

ރާއްޖޭގެ ބަނދަރުތަކުން މުދާ ކްލިއަރ ކުރުމުގެ މަސައްކަތްތައް | އެމްޕީއެލް

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ޚަރަދު ކުޑަކުރުމުގެ ފިޔަވަޅެއްގެ ގޮތުން އެ ކުންފުނީގެ އިދާރީ މުވައްޒަފުންގެ މަސައްކަތު ގަޑި ކުރުކުރުމަށް ނިންމައިފި އެވެ.

އެމްޕީއެލް އިން ބުރާސްފަތި ދުވަހު ބުނީ، މި ބަދަލު ގެނައި ނަމަވެސް ބަނދަރުން މުދާ ކްލިއާ ކުރުމުގެ މަސައްކަތްތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ.

Advertisement - newsAdvertisement

އެމްޕީއެލް އިން ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް އަޅަން މި ނިންމީ، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ރާއްޖޭގެ އިގުތިސާދަށް ކުރިމަތިވެދާނެ ނުރައްކާތައް ކުޑަކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް އެއްބާރުލުން ދިނުމުގެ ގޮތުންނެވެ. މިކަމާ ގުޅިގެން ސަރުކާރުގެ ކުންފުނިތަކުން ޚަރަދު ކުޑަކުރުމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރޮޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވެސް ވަނީ މީގެ ކުރިން އަންގައިފަ އެވެ.

އެ ކުންފުނިން ނެރުނު ބަޔާނެއްގައިވާ ގޮތުން، އަންނަ އަންގާރަ ދުވަހުން ފެށިގެން ޝިފްޓް އުސޫލުން މަސައްކަތް ނުކުރާ އިދާރީ މުވައްޒަފުންގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 7:30 އިން މެންދުރުފަހު 14:00 އަށް ކަމަށް ވަނީ ކަނޑައަޅައިފަ އެވެ. މީގެ ކުރިން އެ މުވައްޒަފުން މަސައްކަތް ކުރަމުން އައީ ހެނދުނު 7:30 އިން ހަވީރު 15:30 އަށެވެ. މީގެ އިތުރުން، އޮޕަރޭޝަނަލް ޝިފްޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތު ގަޑި ދުވާލަކު އަށް ގަޑިއިރަށްވުރެ އިތުރުނުކުރުމަށް ވެސް ވަނީ ނިންމައިފަ އެވެ.

ޚަރަދު ކުޑަކުރުމުގެ އިތުރު ފިޔަވަޅުތަކަށް ބަލާއިރު، ރާއްޖޭން ބޭރަށް ކުރަންޖެހޭ ކޮންމެހެން މުހިންމު ރަސްމީ ދަތުރުތައް ފިޔަވައި އެހެން ހުރިހާ ދަތުރުތަކެއް އެމްޕީއެލް އިން ވަނީ ހުއްޓާލައިފަ އެވެ. އަދި ރާއްޖޭން ބޭރަށް ކުރަންޖެހޭ ދަތުރުތަކުގައި ވެސް ބޭރުގެ ފަރާތްތަކުން ޚަރަދު ހަމަޖައްސާ ގޮތަށް ދަތުރުކުރުމަށާއި، ބޭރުގެ ކަސްޓަމަރުންނާއި ސަޕްލަޔަރުންނާ ބައްދަލުކުރުމުގައި އޮންލައިން ވަސީލަތްތައް ބޭނުންކުރުމަށް އެ ކުންފުނިން ވަނީ ނިންމައިފަ އެވެ.

އެމްޕީއެލް އިން ބުނި ގޮތުގައި މުވައްޒަފުންގެ ގަޑިތަކަށް ބަދަލު ގެނައި ނަމަވެސް، މާލޭ ވިޔަފާރި ބަނދަރުން މުދާ ބޭލުމާއި މުދާ ކްލިއާ ކުރުމުގެ ޚިދުމަތްތައް މެދުކެނޑުމެއް ނެތި ކުރިއަށްދާނެ އެވެ. އަދި މި ބަދަލުގެ ސަބަބުން ކަސްޓަމަރުންނަށް ލިބޭ ޚިދުމަތްތަކަށް އެއްވެސް ބުރޫއެއް ނާރާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ވަނީ ދީފައެވެ.

އެމްޕީއެލް އިން ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އިއުލާންކޮށްފައި މިވަނީ، މާލޭ ބަނދަރުން މުދާ ހުސްކުރުމުގައި ލަސްތަކެއް އުޅޭ ކަމަށާއި އޭގެ ސަބަބުން ރާއްޖެ އަށް ގެންނަންޖެހޭ ގިނަ އަދަދެއްގެ ކޮންޓެއިނަރުތައް ބޭރުގެ ބަނދަރުތަކުގައި ތާށިވެފައި ހުރި ކަމަށް ބުނެ ވިޔަފާރިވެރިން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގަ އެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑްޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުމާލޭ ވިޔަފާރި ބަނދަރުމެދުއިރުމަތީގެ ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

އިންތިހާބާ ދިމާކޮށް އިމެއްނެތި ވަޒިފާތަކާ ޕްރޮމޯޝަން ދިނުމަށް ފަހު، ސަރުކާރު ކުންފުނިތަކަށް މީހުން ނެގުމާ ޕްރޮމޯޝަން ދިނުން ހުއްޓާލަން އަންގައިފި

އިންތިހާބާ ދިމާކޮށް އިމެއްނެތި ވަޒިފާތަކާ ޕްރޮމޯޝަން ދިނުމަށް ފަހު، ސަރުކާރު ކުންފުނިތަކަށް މީހުން ނެގުމާ ޕްރޮމޯޝަން ދިނުން ހުއްޓާލަން އަންގައިފި

09 އެޕްރީލު 2026
އެމްޕީއެލްގެ ޓަގު ބޯޓަކާއި ލޯންޗެއް ޖެހި، ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

އެމްޕީއެލްގެ ޓަގު ބޯޓަކާއި ލޯންޗެއް ޖެހި، ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

21 މާރިޗު 2026
އެންސިސް އިން މަސްވެރިންނަށް ހިލޭ އައިސް ދޫކުރުން ހުއްޓާލައިފި

އެންސިސް އިން މަސްވެރިންނަށް ހިލޭ އައިސް ދޫކުރުން ހުއްޓާލައިފި

18 މާރިޗު 2026
އެމްޕީއެލްގެ ތިން ވަނަ ޑެޕިއުޓީ ސީއީއޯ އަކަށް ޒިޔަތު އައްޔަންކޮށްފި

އެމްޕީއެލްގެ ތިން ވަނަ ޑެޕިއުޓީ ސީއީއޯ އަކަށް ޒިޔަތު އައްޔަންކޮށްފި

17 މާރިޗު 2026
ތެލުގެ އަގު އިންތިހާއަށް އުފުލިފައިވާތީ މޭޔަރު ޢާޠިފް ކަންބޮޑުވުން ފާޅުކުރައްވައިފި

ތެލުގެ އަގު އިންތިހާއަށް އުފުލިފައިވާތީ މޭޔަރު ޢާޠިފް ކަންބޮޑުވުން ފާޅުކުރައްވައިފި

16 މާރިޗު 2026

އަހަރުތަކުން މިއަދު

22 މެއި
ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި
20251 އަހަރު ކުރިން
ދުނިޔެ

ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ
20224 އަހަރު ކުރިން
ރިޕޯޓު

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް
20197 އަހަރު ކުރިން
ރާއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު