Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރައްޔިތުންގެ މަޖިލިސް

މިވަގުތު ވެސް އުވާލި އަތޮޅު ކައުންސިލްތަކުގެ 600 އެއްހާ މުވައްޒަފުން ތިބީ ވާނުވާގައި: ޒިޔާދު

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ މުވައްޒަފުން ސިވިލް ސަރވިސްގެ ދަށަށް ބަދަލުކުރުމަށް ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހާ މެދު މުވައްޒަފުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުރިކަން ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ހާމަކުރައްވައިފި. މި ބަދަލަކީ ލާމަރުކަޒީ ނިޒާމު ފަހަތަށް ސޮއްސާލައި، ކުރީގެ އަތޮޅުވެރިކަމުގެ ނިޒާމަށް ރުޖޫއަވުން ކަމަށް ސިފަކުރައްވައި، މުވައްޒަފުންގެ ޝަކުވާތަކަށް ސަރުކާރުން އިޖާބަދީފައި ނުވާކަމަށް އޭނާ ވިދާޅުވި. މި ބިލު މިހާރު ވަނީ މަޖިލީހަށް ބަލައިގަނެ، ދިރާސާކުރުމަށް ލާމަރުކަޒީ ކޮމިޓީއަށް ފޮނުވާފަ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 12 މެއި 2026 | އަންގާރަ 11:16
 ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު

ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު | ރައްޔިތުންގެ މަޖިލިސް

މި ސަރުކާރުން ގާނޫނަށް އިސްލާހު ހުށަހަޅައިގެން އަތޮޅު ކައުންސިލްތައް އުވާލާފައިވާއިރު އެ ކައުންސިލްތަކަށް ނިސްބަތްވާ 600 އެއްހާ މުވައްޒަފުން މިވަގުތު ވެސް ތިބީ ވާނުވާގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެ އެވެ. 

އަންގާރަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ މުވައްޒަފުން ސިވިލް ސަރވިސްގެ ދަށަށް ބަދަލު ކުރުމަށްޓަކައި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުގެ ބިލުގެ ބަހުސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. 

Advertisement - newsAdvertisement

އެ ބިލަށް ބަހުސް ކުރައްވަމުން ޒިޔާދު ވިދާޅުވީ އެލްޖީއޭގެ މުވައްޒަފުން ސިވިލް ސަރވިސްގެ ދަށަށް ބަދަލު ކުރުމަކީ ފަހަތަށް އެޅޭ ފިޔަވަޅެއް ކަމަށެވެ.

ކުރީގަ އޮތް، އަތޮޅުވެރިކަމުގެ ނިޒާމުގެ ތެރެއަށް އަޅުގަނޑުމެންނަށް އަނބުރާ މި ދެވެނީ. މިވަގުތު ވެސް އަތޮޅު ކައުންސިލްތަކުގައި 600 އެއްހާ މުވައްޒަފުން އެބަތިބި ވާނުވާގަ. 600 އެއްހާ މުވައްޒަފުން އެބަތިބި. އެލްޖީއޭގެ 100 އެއްހާ މުވައްޒަފުން، މި ގެންނަ، އެލްޖީއޭގަ ތިބި މުވައްޒަފުން ސިވިލް ސަރވިސް ގެ ދަށަށް މި ބަދަލު ކުރާ ކުރުމާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ އާ މަޝްވަރާ ކުރެވޭނެ ޖާގައެއް ނެތިގެން 100 އެއްހާ މުވައްޒަފުން ސޮއިކޮށްފަ ލާފަ އޮތް ޕެޓިޝަނެއް މިވަގުތު ވެސް އެބައޮތް. 
 ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު

ޒިޔާދު ވިދާޅުވީ މުވައްޒަފުންގެ ކަންބޮޑުވުންތައް އަޑުހައި، މުވައްޒަފުން ބޭނުންވި ގޮތަށް މަޝްވަރާ ކުރެވުނު ނަމަ އެ މައްސަލަތަކަށް ހައްލު ލިބުނީސް ކަމަށެވެ.

ލާމަރުކަޒީ ގާނޫނަށް ގެންނަ ބަދަލާއެކު ސިވިލް ސަރވިސް މުވައްޒަފުންނަށް ސިވިލް ސަރވިސް މުވައްޒަފުން މޮނިޓަރ ކުރެވޭ ގޮތަށް ބަދަލުވެގެންދާ ކަމަށާ މިހާރަށް ބަލާއިރު އެލްޖީއޭ އަކީ ކައުންސިލްތައް މޮނިޓަރ ކުރާ، މިނިވަން، ވަކި ބޮޑީ އެއް ކަމަށެވެ. ހުށަހަޅާފައިވާ އިސްލާހާއެކު އެލްޖީއޭގެ މުވައްޒަފުން ކުރަން ޖެހޭ މަސައްކަތަކަށް ވެގެން ދާނީ ހަމަ ސިވިލް ސަރވިސް މުވައްޒަފުންގެ ކަންކަން ބަލައި ބެލެހެއްޓުން ކަމަށް ޒިޔާދު ވިދާޅުވި އެވެ.

މިވަގުތު އެލްޖީއޭ ގައި މަސައްކަތް ކުރާ މުވައްޒަފުން ގެ ވެސް އެންމެ ބޮޑު ކަންބޮޑުވުމަކީ އެއީ ކަމަށާ ޕެޓިޝަން ހުށަހަޅާފައި ވަނީ ވެސް އެހެންވެ ކަމަށް ޒިޔާދު ވިދާޅުވި އެވެ. އަދި ސަރުކާރުން އިސްލާހު ހުށަހަޅާފައި ވަނީ މުވައްޒަފުންގެ ކަންބޮޑުވުންތަކަށް ރިއާޔަތް ކުރުމެއް ނެތި ކަމަށް ވެސް މެންބަރު ވިދާޅުވި އެވެ.

މި ބިލު ވެގެން މި ދަނީ މީގެ ކުރިން ގާނޫނު އަސާސީގައި އޮތް ގޮތަށް އަތޮޅުވެރިއަކު އައްޔަނު ކޮށްގެން އަތޮޅު އޮފީހެއް ހިންގައިގެން އަތޮޅު ކޮންޓްރޯލް ސަރުކާރަކަށް އޮންނަ ގޮތަކަށް އެ އަތޮޅެއްގެ ރައްޔިތުންގެ އެއްވެސް މަޝްވަރާއެއް ލަފާއެއް މި ކަމުގައި މިހާރު މި އޮތްގޮތުން ވެއްޖެޔާ ނުހިމެނޭ. ސިވިލް ސަރވިސް މުވައްޒަފުން ލައިގެން ސަރުކާރުން އައްޔަނު ކުރާ އަތޮޅުވެރިޔަކު ލައިގެން އަތޮޅު ހިންގަން ރައްޔިތުން ގަބޫލު ކަމަށް ބުނަނީ ކަމަށް ވެއްޖެޔާ އަދި އެއްފަހަރު ރައްޔިތުން ކުރެން މި ސުވާލު ކޮށްލުން ބުއްދިވެރި. 
 ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު

އަންގާރަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މި ބިލު ބަލައިގަނެ، ދިރާސާ ކުރުމަށް ވަނީ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީ އަށް ފޮނުވާފަ އެވެ. ބިލު ބަލައިގަނެފައި ވަނީ 44 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ބިލު ބަލައިގަތުމަށް ނުފެންނަ ކަމަށް ވޯޓު ދެއްވީ 5 މެންބަރުންނެވެ. 

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 61 ވަނަ މާއްދާގެ (ޅ) ގައިވާ ގޮތުން، އެލްޖީއޭ ގެ މަސްއޫލިއްޔަތު އަދާކުރުމަށް އެހީތެރިވެދިނުމަށާއި އެ އޮތޯރިޓީގެ އިދާރީ ކަންކަން ބެލެހެއްޓުމަށާއި އޮތޯރިޓީއަށް ބޭނުންވާ މުވައްޒަފުން އައްޔަން ކުރުމާއި ވަކިކުރުމުގެ ބާރު ލިބިގެންވަނީ އެލްޖީއޭގެ ބޯޑަށެވެ.

ސަރުކާރުން ހުށަހެޅި އިސްލާހުގައި ވަނީ އެ އަކުރު އުނިކުރުމަށެވެ. އެ އިސްލާހުގައި ވަނީ އެލްޖީއޭގެ ބޯޑަށް އެ ބާރު ގެއްލުވާލައި އެލްޖީއޭގެ މުވައްޒަފުންނަކީ ސިވިލް ސަރވިސްގެ މުވައްޒަފުންގެ ގޮތުގައި ކަނޑައެޅުމަށެވެ.

ލޯކަލް ގަވަމަންޓް އޮތޯރިޓީސިވިލް ސަރވިސްލާމަރުކަޒީ ގާނޫނުރައްޔިތުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

އެލްޖީއޭގެ ބޯޑުގެ ބާރު ކަނޑުވާލާ ބިލު ދިރާސާ ކުރަން ލާމަރުކަޒީ ކޮމިޓީ އަށް

އެލްޖީއޭގެ ބޯޑުގެ ބާރު ކަނޑުވާލާ ބިލު ދިރާސާ ކުރަން ލާމަރުކަޒީ ކޮމިޓީ އަށް

12 މެއި 2026
އަތޮޅުތައް ހިންގުން އެލްޖީއޭ އާ ހަވާލު ކުރަން ނިންމުމަށް ފަހު އެލްޖީއޭގެ މުވައްޒަފުން ސިވިލް ސަރވިސްގެ ދަށަށް ބަދަލު ކުރަން ސަރުކާރުގެ ފަރާތުން އިސްލާހެއް

އަތޮޅުތައް ހިންގުން އެލްޖީއޭ އާ ހަވާލު ކުރަން ނިންމުމަށް ފަހު އެލްޖީއޭގެ މުވައްޒަފުން ސިވިލް ސަރވިސްގެ ދަށަށް ބަދަލު ކުރަން ސަރުކާރުގެ ފަރާތުން އިސްލާހެއް

12 މެއި 2026
ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކޮށް، އަދުލުއިންސާފުގެ ބާރުގެ ތެރެއަށް ރައީސްގެ ނުފޫޒު ނުވަންނާނެ ގޮތަށް ނިޒާމު އިސްލާހުކުރަން ޖެހޭ: ފައިސަލް

ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކޮށް، އަދުލުއިންސާފުގެ ބާރުގެ ތެރެއަށް ރައީސްގެ ނުފޫޒު ނުވަންނާނެ ގޮތަށް ނިޒާމު އިސްލާހުކުރަން ޖެހޭ: ފައިސަލް

11 މެއި 2026
މީކާއިލްގެ ހޫނު ރައްދުތަކެއް ސަރުކާރަށް: ސޯފާއެއްގެ މައްސަލައެއްގައި ހުށަހެޅިފައިވާ ގަރާރަކަށް ސޯފާގެ ވާހަކަ ނުދައްކާ ކުރިއަކަށް ނުދާނެ

މީކާއިލްގެ ހޫނު ރައްދުތަކެއް ސަރުކާރަށް: ސޯފާއެއްގެ މައްސަލައެއްގައި ހުށަހެޅިފައިވާ ގަރާރަކަށް ސޯފާގެ ވާހަކަ ނުދައްކާ ކުރިއަކަށް ނުދާނެ

11 މެއި 2026
އިދިކޮޅު ޕާޓީތަކުން ގާނޫނާ ޚިލާފު ހަރަކާތް ހިންގާ ކަމަށާއި، އެ ފަރާތްތަކަށް ފިޔަވަޅު އަޅަން ގޮވާލާ ސަރުކާރުން ހުށަހެޅި ގަރާރު ކޮމިޓީއަށް

އިދިކޮޅު ޕާޓީތަކުން ގާނޫނާ ޚިލާފު ހަރަކާތް ހިންގާ ކަމަށާއި، އެ ފަރާތްތަކަށް ފިޔަވަޅު އަޅަން ގޮވާލާ ސަރުކާރުން ހުށަހެޅި ގަރާރު ކޮމިޓީއަށް

11 މެއި 2026

އަހަރުތަކުން މިއަދު

2 ޖޫން
4000 ފުލެޓުގެ ވައުދު ފުއްދޭނެ "ސިމްޕަލް" ގޮތެއް ނަސީބަކުން 18 މަސް ފަހުން ރައީސް މުއިއްޒު އަށް ވިސްނި ވަޑައިގެންފި
20251 އަހަރު ކުރިން
ރިޕޯޓު

4000 ފުލެޓުގެ ވައުދު ފުއްދޭނެ "ސިމްޕަލް" ގޮތެއް ނަސީބަކުން 18 މަސް ފަހުން ރައީސް މުއިއްޒު އަށް ވިސްނި ވަޑައިގެންފި

ކަރަންޓް ބިލް ބޮޑުކުރީ "ސީދާ ރައީސް ޑރ މުއިއްޒު ވިދާޅުވެގެން"
20242 އަހަރު ކުރިން
ރިޕޯޓު

ކަރަންޓް ބިލް ބޮޑުކުރީ "ސީދާ ރައީސް ޑރ މުއިއްޒު ވިދާޅުވެގެން"

މަޖިީދީ މަގުގައި މާރާމާރީއެއް ހިންގައިފި
20233 އަހަރު ކުރިން
ރާއްޖެ

މަޖިީދީ މަގުގައި މާރާމާރީއެއް ހިންގައިފި

ރާއްޖޭގައި "ޒެނޮފޯބިއާ": ކަންބޮޑުވާން ޖެހިފައިވާ ކަމެއް
20224 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި "ޒެނޮފޯބިއާ": ކަންބޮޑުވާން ޖެހިފައިވާ ކަމެއް

އެމްބިއުލާންސް އަށް ވިހޭ މާބަނޑުމީހާ، ގުޅިތާ ހަތް މިނެޓު ތެރޭގައި ބަލައި ފޮނުވިން- އައިޖީއެމްއެޗް
20215 އަހަރު ކުރިން
ރާއްޖެ

އެމްބިއުލާންސް އަށް ވިހޭ މާބަނޑުމީހާ، ގުޅިތާ ހަތް މިނެޓު ތެރޭގައި ބަލައި ފޮނުވިން- އައިޖީއެމްއެޗް

ދީނާއި ހިލާފު ގިނަ ކަންތައްތަކެއް ކުރަމުންދިޔަ ގެއެއް ރޫޅާލައިފި
20197 އަހަރު ކުރިން
ރާއްޖެ

ދީނާއި ހިލާފު ގިނަ ކަންތައްތަކެއް ކުރަމުންދިޔަ ގެއެއް ރޫޅާލައިފި

ދަރިފުޅު މަރުވީ އިހުމާލުގެ ވާހަކަ ދަރިފުޅު އަމިއްލައަށް ބުނި ދުވަހު!
20188 އަހަރު ކުރިން
ރިޕޯޓު

ދަރިފުޅު މަރުވީ އިހުމާލުގެ ވާހަކަ ދަރިފުޅު އަމިއްލައަށް ބުނި ދުވަހު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު