Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޢީދު ބަންދު

މެއި މަހުގެ 24 އާއި 25 ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ހަމަޖައްސައިފި

އަޟްޙާ ޢީދުގެ ބަންދާ ގުޅިގެން މި މަހުގެ 24 އާއި 25 ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ. މި ނިންމެވުމާއެކު، މުވައްޒަފުންނަށް އާއިލާއާއެކު ވަގުތު ހޭދަކުރުމަށް މި މަހުގެ 22 އިން 30 އަށް މެދުނުކެނޑި ނުވަ ދުވަހުގެ ޗުއްޓީއެއް ލިބޭނެ. ޢީދު ބަންދަށްފަހު ސަރުކާރުގެ އޮފީސްތައް އަލުން ހުޅުވޭނީ މި މަހުގެ 31 ވާ އާދީއްތަ ދުވަހު.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 13 މެއި 2026 | ބުދަ 11:34
އީދާ ގުޅިގެން މާލޭގެ މަޖީދީ މަގު އީދުގެ ލައިޓްތަކުން ދިއްލާލާފައި

އީދާ ގުޅިގެން މާލޭގެ މަޖީދީ މަގު އީދުގެ ލައިޓްތަކުން ދިއްލާލާފައި | ނިޝާން އަލީ / މިހާރު

 

މި ހިނގާ މެއި މަހުގެ 24 ވާ އާދީއްތަ ދުވަހާއި، މެއި 25 ވާ ހޯމަ ދުވަހަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބުދަ ދުވަހު ހަމަޖައްސަވައިފި އެވެ.

މި ނިންމެވުމާއެކު، ސަރުކާރުގެ މުވައްޒަފުންނަށް ޢީދު ބަންދުގެ ގޮތުގައި ދިގު ޗުއްޓީއެއް ލިބިގެންދާނެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، މި ދެ ދުވަސް ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ހަމަޖެއްސެވީ އަޟްޙާ ޢީދުގެ ބަންދާ ގުޅިގެން ކަމަށެވެ. މިގޮތަށް ހަމަޖެއްސެވުމުގެ މައިގަނޑު މަޤްޞަދަކީ، ޢީދު ބަންދުގައި މުވައްޒަފުންނަށް އެމީހުންގެ ޢާއިލާތަކާ އެކު ވީހާވެސް ގިނަ ވަގުތު ހޭދަކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމާއި، މެދުނުކެނޑި ބަންދު ދުވަސްތަކެއް މުވައްޒަފުންނަށް ލިބޭނެ ގޮތް ހަމަޖައްސަވައި ދެއްވުމެވެ.

މި ނިންމެވުމާ ގުޅިގެން، މި މަހުގެ 22 ވާ ހުކުރު ދުވަހުން ފެށިގެން މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދުވާނެ އެވެ. ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ އަޟްޙާ ޢީދު ދުވަހަކީ މި މަހުގެ 27 ވާ ބުދަ ދުވަހެވެ.

ރައީސް އޮފީހުގެ އިޢުލާނުގައިވާ ގޮތުން، ޢީދު ބަންދަށްފަހު ސަރުކާރުގެ އޮފީސްތައް ދެން އަލުން ހުޅުވޭނީ މެއި 31 ވާ އާދީއްތަ ދުވަހު އެވެ. 

އަޟްހާ އީދުރައީސުލްޖުމްހޫރިއްޔާގެ އޮފީސް

އިތުރަށް ކިޔާލަން

13 މެއި 2026

އަދަދު ނޫހުގެ "އައިޝާ ޑޮކިއުމެންޓްރީ" އަށްފަހު ފެންނާން ފެށި އަނެއް ފަރާތް

13 މެއި 2026
އަދަދު ނޫހުގެ "އައިޝާ ޑޮކިއުމެންޓްރީ" އަށްފަހު ފެންނާން ފެށި އަނެއް ފަރާތް
11 މެއި 2026

ރައީސް މުއިއްޒުގެ ނޫސްވެރިންގެ ބައްދަލުވުމަށް ދިޔަ ނޫސްވެރިންގެ ފޯނު ޗެކްކުރަން އުޅެފި

11 މެއި 2026
ރައީސް މުއިއްޒުގެ ނޫސްވެރިންގެ ބައްދަލުވުމަށް ދިޔަ ނޫސްވެރިންގެ ފޯނު ޗެކްކުރަން އުޅެފި
09 މެއި 2026

ކަމަދޫގެ ފޯރި ގަދަ އީދު ކުޅިވަރުތައް މިފަހަރު ވެސް ރާއްޖެޓީވީ އިން ވަގުތުން ގެނެސްދޭނެ!

09 މެއި 2026
ކަމަދޫގެ ފޯރި ގަދަ އީދު ކުޅިވަރުތައް މިފަހަރު ވެސް ރާއްޖެޓީވީ އިން ވަގުތުން ގެނެސްދޭނެ!
08 މެއި 2026

މެލޭޝިޔާގައި ހުންނަ ދިވެހި އެމްބަސީން އަޟްހާ އީދު ފާހަގަކުރުމަށް އެގައުމުގައި ދިރިއުޅޭ ދިވެހީންގެ އެހީތެރިކަމަށް އެދިއްޖެ

08 މެއި 2026
މެލޭޝިޔާގައި ހުންނަ ދިވެހި އެމްބަސީން އަޟްހާ އީދު ފާހަގަކުރުމަށް އެގައުމުގައި ދިރިއުޅޭ ދިވެހީންގެ އެހީތެރިކަމަށް އެދިއްޖެ
08 މެއި 2026

އާހިދުގެ ރައްދު މުންދު އަށް: ސަރުކާރުގެ 76 އިންސައްތަ މައްސަލަތަކަށް ޖަވާބެއް ނުދޭ

08 މެއި 2026
އާހިދުގެ ރައްދު މުންދު އަށް: ސަރުކާރުގެ 76 އިންސައްތަ މައްސަލަތަކަށް ޖަވާބެއް ނުދޭ
07 މެއި 2026

އައިޝާ ޑޮކިއުމެންޓްރީއާ ގުޅިގެން ރައީސް މުއިއްޒުގެ ބަޔާނެއް ނެގިތޯ ކުރި ސުވާލަށް ޖަވާބު ދެއްވުމަށް މުންދު ދެކޮޅު ހައްދަވައިފި

07 މެއި 2026
އައިޝާ ޑޮކިއުމެންޓްރީއާ ގުޅިގެން ރައީސް މުއިއްޒުގެ ބަޔާނެއް ނެގިތޯ ކުރި ސުވާލަށް ޖަވާބު ދެއްވުމަށް މުންދު ދެކޮޅު ހައްދަވައިފި
07 މެއި 2026

ހަނޑޫ ހުސްވި ކަމަށް ބުނެ ރިޕޯޓް ކުރިކަމަށް ވިދާޅުވެ މިނިސްޓަރު ސައީދު ބޮޑު ދޮގެއް ހައްދަވައިފި

07 މެއި 2026
ހަނޑޫ ހުސްވި ކަމަށް ބުނެ ރިޕޯޓް ކުރިކަމަށް ވިދާޅުވެ މިނިސްޓަރު ސައީދު ބޮޑު ދޮގެއް ހައްދަވައިފި
06 މެއި 2026

އާރުޓީއައި ގާނޫނު ނަހަމަގޮތުގައި ބޭނުންކުރާކަމުގެ ހެއްކެއް ނެތް: އިންފޮމޭޝަން ކޮމިޝަނަރު

06 މެއި 2026
އާރުޓީއައި ގާނޫނު ނަހަމަގޮތުގައި ބޭނުންކުރާކަމުގެ ހެއްކެއް ނެތް: އިންފޮމޭޝަން ކޮމިޝަނަރު
03 މެއި 2026

ހަރަދު ކުޑަކުރަން ފިޔަވަޅު އަޅާ ކަމަށް ސަރުކާރުން ބުނުމަށް ފަހު، ތިން ރަށެއްގައި ގައުމީ ފެންވަރުގައި އީދު ފާހަގަކުރަނީ

03 މެއި 2026
ހަރަދު ކުޑަކުރަން ފިޔަވަޅު އަޅާ ކަމަށް ސަރުކާރުން ބުނުމަށް ފަހު، ތިން ރަށެއްގައި ގައުމީ ފެންވަރުގައި އީދު ފާހަގަކުރަނީ
28 އެޕްރީލު 2026

ރައްޔިތުންގެ މޫނު މަތީގައި ޖަހާލީ ހެޔޮވަރުގެ ތަފާއްޔެއް!

28 އެޕްރީލު 2026
ރައްޔިތުންގެ މޫނު މަތީގައި ޖަހާލީ ހެޔޮވަރުގެ ތަފާއްޔެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު