Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަޟްހާ އީދު 1447

ކަމަދޫގެ ފޯރި ގަދަ އީދު ކުޅިވަރުތައް މިފަހަރު ވެސް ރާއްޖެޓީވީ އިން ވަގުތުން ގެނެސްދޭނެ!

މި އަހަރުގެ އަޟްހާ އީދުގައި ބ. ކަމަދޫގައި ކުރިއަށްގެންދާ ސަގާފީ އަދި ފޯރިގަދަ ހަރަކާތްތައް ރާއްޖެޓީވީން ވަގުތުން ދެއްކުމަށް ކަމަދޫ ކައުންސިލާއެކު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފަ. މިއީ މި ރަށުގެ އީދު ކުޅިވަރުތައް އެ ޗެނަލުން ލައިވްކުރާ ޖެހިޖެހިގެން ތިންވަނަ އަހަރު ކަމަށްވާއިރު، ކުރީ އަހަރުތަކަށްވުރެ މިއަހަރުގެ ހަރަކާތްތައް ފުރިހަމަވާނެ ކަމުގެ ޔަގީންކަން ކައުންސިލުން ދޭ. ކަމަދޫގެ އެކުވެރިކަމާއި އެއްބައިވަންތަކަން ރަމްޒުކޮށްދޭ މި އީދު ހަރަކާތްތަކުގެ ތައްޔާރީތައް މިހާރު ވަނީ ނިމުމަކާ ގާތްވެފަ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 9 މެއި 2026 | ހޮނިހިރު 14:32
 ބ. ކަމަދޫގައި ކުރިއަށްގެންދާ ފޯރިގަދަ އީދު ކުޅިވަރުތައް މި ފަހަރުވެސް ރާއްޖެޓީވީ އިން ލައިވްކުރުމާއި ގުޅޭ އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތު

ބ. ކަމަދޫގައި ކުރިއަށްގެންދާ ފޯރިގަދަ އީދު ކުޅިވަރުތައް މި ފަހަރުވެސް ރާއްޖެޓީވީ އިން ލައިވްކުރުމާއި ގުޅޭ އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތު | ރާއްޖެއެމްވީ

1447 ވަނަ އަހަރުގެ އަޟްހާ އީދުގައި ބ. ކަމަދޫގައި ކުރިއަށްގެންދާ ފޯރިގަދަ އީދު ކުޅިވަރުތައް މި ފަހަރުވެސް ރާއްޖެޓީވީ އިން ލައިވްކުރުމާއި ގުޅޭ އެއްބަސްވުމުގައި ސޮއި ކޮށްފި އެވެ.

ރާއްޖެޓީވީގައި ބޭއްވި ރަސްމިއްޔާތެއްގައި ކަމަދޫގެ އީދު ހަރަކާތްތައް ލައިވް ކުރުމާއި ގުޅޭ ގޮތުން ކަމަދޫ ކައުންސިލް އާއި ރާއްޖެ ޓެލެވިޜަން ޕްރައިވެޓް ލިމިޓެޑާއި ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

Advertisement - newsAdvertisement

މި އެއްބަސްވުމުގައި ރާއްޖެޓީވީގެ ފަރާތުން ސޮއިކުރެއްވީ ރާއްޖެޓީވީގެ ޑެޕިއުޓީ ޗީފް އޮޕަރޭޓިންގ އޮފިސަރ ނާޒްމީ ސައީދު އެވެ. ކަމަދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް ހަސަން ޒަރީރު އެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު ރާއްޖެޓީވީގެ ޑެޕިއުޓީ ސީއޯއޯ ނާޒްމީ ވިދާޅުވީ ކަމަދޫ ފާހަގަ ކުރެވެނީ ތަފާތު ރަށެއްގެ ގޮތުގައި ކަމަށެވެ. ކަމަދޫ އަކީ ސަގާފީ ކުޅިވަރުތައް ވަރާށް ފުރިހަމައަށް ގެނަސްދޭ ރަށެއްގެ ގޮތުގައި ކަމަދޫ ފާހަގަ ވެފައިވާއިރު މި ހުރިހާ ކުޅިވަރުތަކެއް ވެސް ރާއްޖެޓީވީ މެދުވެރިކޮށް ގެނަސްދޭނެ ކަމުގެ ޔަގީންކަން ނާޒްމީ ވަނީ ދެއްވާފަ އެވެ.

ކަމަދޫ މި ފާހަގަކުރެވެނީ ވަރާށް ތަފާތު ރަށެއްގެ ގޮތުގައި. ސަގާފީ ކުޅިވަރުތައް ހަމަ ވަރަށް ފުރިހަމަ ކޮށް ގެނަސްދޭ ރަށެއްގެ ގޮތުގައި. ވޭތުވެ ދިއަ 2 އަހަރު ވެސް އީދު ގެނަސްދިނީ ކަމަދޫ އިން. މިފަހަރު ވެސް ގޭގޭގެ ސިޓިންގް ރޫމްތަކަށް ރާއްޖެޓީވީ މެދުވެރިކޮށް ބެލުންތެރިންނާ ހަމައަށް ކަމަދޫގަ މި ކުރިއަށްދާ ކުޅިވަރުގެ ހުރިހާ ހަރަކާތްތަކެއް ގެނަސްދިނުމަކީ އަޅުގަނޑުމެންގެ އަމާޒު
ރާއްޖެޓީވީގެ ޑެޕިއުޓީ ސީއޯއޯ ނާޒްމީ ސައީދު

މިއީ ކަމަދޫގެ އީދު ހަރަކާތްތައް ރާއްޖެޓީވީ އިން ޖެހިޖެހިގެން ގެނެސްދޭ 3 ވަނަ އަހަރު ކަން ފާހަގަ ކުރައްވާ ކަމަދޫ ކައުންސިލްގެ ރައީސް ޒަރީރު ވިދާޅުވީ މިއީ މުޅި ކަމަދޫ އަށް ލިބިގެންދާ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. އަދި މި އަހަރުގެ އީދު ވެސް ވެގެންދާނީ ރާއްޖޭގެ ރައްޔިތުންނަށް ތަފާތު ކަންކަން ފެނިިގެންދާނެ އީދަކަށް ކަމަށާ ކުރީ އަހަރުތަކަށް ވުރެ މި އީދު މާ ފުރިހަމަ ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހަގީގަތުގައި އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް. އަޅުގަނޑުމެންގެ ރަށް މުޅި ރާއްޖެއަށް ދައްކާލުމަކީ. އަޅުގަނޑުމެން އަބަދު ވެސް އިސް ކުރަނީ ރަށް. ގުޅިގެން ކޮންމެ ފަހަރަކު ވެސް އީދު މި ފާހަގަ ކުރަނީ. އެހެންވެގެން ރާއްޖޭގެ ރައްޔިތުންނަށް މި ފެންނަނީ ކަމަދޫގެ އެކުވެރިކަމާ ކަމަދޫގެ ރީތި ކަމާ ކަމަދޫގެ އީދު ފުރިހަމަކަން. މި އަހަރުގެ އީދު ވެސް ވެގެންދާނީ ރާއްޖޭގެ ރައްޔިތުންނަށް ތަފާތު ކަންކަން ފެނި އަދި މިދިޔަ އަހަރުތަކުގެ އީދަށް ވުރެ އަދި މާ ފުރިހަމަ އީދެއްގެ ގޮތުގައި. އަޅުގަނޑުމެން މިތިބީ ހުރިހާ މަސައްކަތެއް ކުރަން. މަސައްކަތްތަކުގެ ގާތްގަނޑަކަށް 80 އިންސައްތަ ނިމިފަ ވަނީ. ބާކީ މިއޮތް ދުވަސްތަކުގެ ތެރޭގައި ހުރިހާ ކަމެއް، ހައްޖު ދުވަހުގެ ނިޔަލަށް ނިންމާލެވޭނެ. 
ބ. ކަމަދޫ ކައުންސިލްގެ ރައީސް ހަސަން ޒަރީރު

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރާއްޖެޓީވީގެ ޕްރޮގްރާމް ހެޑް، އާމިރު ސަލީމް ވިދާޅުވީ 1447 ވަނަ އަހަރުގެ އީދު ވެސް ހަމަ ކަމަދޫ އިން ގެނެސްދިނުމަށް ނިންމާފައިވާއިރު ބެލުންތެރިންގެ ފަރާތުން ކަމަދޫގެ އީދަށް ވަރަށް ބޮޑު ތަރުހީބެއް ލިބޭ ކަމަށެވެ. އަދި ހުރިހާ އިންތިޒާމުތައް ވެސް ވަރަށް ރަނގަޅު ކަމަށާ ދެން ވަރަށް ދުރާލާ މި ހުށަހެޅުން ކަމަދޫ އިން މިފަހަރު ވެސް އައި ކަމަށެވެ.

އަޅުގަނޑުމެން ވެސް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން ބޭނުންވޭ ކަމަދޫ އަށް މިދިޔަ 2 އަހަރު ވެސް އެންމެ ފަހުވަގުތާ ހަމައަށް ވެސް ރާއްޖޭގެ ވަރަށް ބައިވަރު ޗެނަލްތައް ހުރެމެ ރާއްޖެޓީވީ އިން އީދު ލައިވް ކުރަން ކަމަދޫ އިން ކޮންމެ ފަހަރަކު ވެސް ބޭނުން ވަތީ. އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ރާއްޖޭގައި އީދު އޭގެ ގޮތުގައި އެންމެ ވަރުގަދަ އަށް ފާހަގަކުރެވޭ، އެންމެ ގިނަ ހަރަކާތް ބޭއްވޭ ރަކަށް ހަމަގައިމު ވެސް ކަމަދޫ ވާނެ. 
ރާއްޖެޓީވީގެ ޕްރޮގްރާމް ހެޑް، އާމިރު ސަލީމް

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކަމަދޫ އީދު ކޮމިޓީގެ މެންބަރު މުހައްމަދު ޝަމީމް ވިދާޅުވީ މިފަހަރުގެ އީދަކީ މުޅި ރާއްޖެއަށް ކުޅެދޭ އީދެއް ކަމަށެވެ. މިއީ އިގްތިސާދީ ވަރަށް ބޮޑު ހަރަކާތެއް ކަމަށާ މިއީ ކަމަދޫގެ އެކުވެރިކަމާ އެއްބައިވަންތަކަން ދައްކައިދޭ ވަރުގަދަ ނަމޫނާ އެއް ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.

މި ހުރިހާ ސިފަތަކެއް މީގެ ތެރެއަށް އައިމަ އަސްލު ކަމަދޫގެ އީދަކަށް މި ވަނީ ވެސް. ކަމަދޫގެ ކަންކަން މިހާ ކާމިޔާބުކަމާއެކު މި ގެންދެވޭ ހަގީގީ ސިއްރަކީ ކަމަދޫގެ ރައްޔިތުންގެ އެކުވެރިކަމާ އެއްބައިވަންތަކަން. ވިސްނުން ކަންކަމުގައި ގެންގުޅޭލެއް ސާދާކަން. އަޅުގަނޑުމެންނަށް އެންމެ ބޮޑޫ އެހީތެރިކަމެއް އަބަދުވެސް ލުބޭ އެއް ފަރާތަކީ ދަ ހޯކްސް. އަޅުގަނޑުމެންނަށް ވެސް ލިބޭ ވަރަށް ބޮޑު ފަޚުރެއް، ރާއްޖެޓީވީއާ އެކު މަސައްކަތް ކުރުމަކީ. ޚާއްސަކޮށް އީދާ ގުޅޭ މަސައްކަތް ކުރަން ލިބޭ ލިބުން. ކަމަދޫގެ އެކުވެރިކަމާ އެއްބައިވަންތަކަން، މިކަންކަން ކާމިޔާބުވުމުގައި އެންމެ ބޮޑު އެއް ކަމަކީ. މިފަހަރުވެސް ކަމަދޫގެ އީދަކީ މުޅި ރާއްޖޭގެ ރައްޔިތުންގެ ހިތްތަކަށް ލިބިގެންދާ ފިނިކަމެއް ލޮލަށް ލިބިގެންދާ ފޮނިކަމެއްގެ ގޮތުގައި ކަމަދޫގެ އީދު ވެގެން ދާނެ. އެ ޔަގީންކަން އެބައޮތް އަޅުގަނޑުމެންނަށް. ކަމަދޫގެ އީދު ފެނިގެންދާނީ ތަފާތު އީދެއްގެ ގޮތުގައި.
ކަމަދޫ އީދު ކޮމިޓީގެ މެންބަރު މުހައްމަދު ޝަމީމް 

ފާއިތުވި ދެ އަހަރު ވެސް އަޟްހާ އީދުގައި އެންމެ ވިދާލި އެއް ރަށަކީ ކަމަދޫ އެވެ. ކަމަދޫގެ އީދުން ފާހަގަކޮށްލެވުނު ކަންކަމަށް ބަލާއިރު ބޭއްވި ސްޓޭޖް ޝޯ ތަކާއި ރަށުގެ އިސް ރަށްވެހިންނާއި ރަށަށް ޚިދުމަތް ކުރާ މީހުންނާއި މެދު ބަހައްޓާ ގާތްކަން ހާމަވެގެން ދިޔަ އެވެ.

ބ. ކަމަދޫރާއްޖެ ޓީވީއަޟްހާ އީދު

ކޮމެންޓް

އިތުރަށް ކިޔާލަން

މެލޭޝިޔާގައި ހުންނަ ދިވެހި އެމްބަސީން އަޟްހާ އީދު ފާހަގަކުރުމަށް އެގައުމުގައި ދިރިއުޅޭ ދިވެހީންގެ އެހީތެރިކަމަށް އެދިއްޖެ

މެލޭޝިޔާގައި ހުންނަ ދިވެހި އެމްބަސީން އަޟްހާ އީދު ފާހަގަކުރުމަށް އެގައުމުގައި ދިރިއުޅޭ ދިވެހީންގެ އެހީތެރިކަމަށް އެދިއްޖެ

08 މެއި 2026
ހަރަދު ކުޑަކުރަން ފިޔަވަޅު އަޅާ ކަމަށް ސަރުކާރުން ބުނުމަށް ފަހު، ތިން ރަށެއްގައި ގައުމީ ފެންވަރުގައި އީދު ފާހަގަކުރަނީ

ހަރަދު ކުޑަކުރަން ފިޔަވަޅު އަޅާ ކަމަށް ސަރުކާރުން ބުނުމަށް ފަހު، ތިން ރަށެއްގައި ގައުމީ ފެންވަރުގައި އީދު ފާހަގަކުރަނީ

03 މެއި 2026
ރާއްޖެޓީވީ އާ ބެހޭ ގޮތުން ބާރަށު ދާއިރާގެ މެންބަރު ހެއްދެވީ ބޮޑު އިތުރުފުޅެއް!

ރާއްޖެޓީވީ އާ ބެހޭ ގޮތުން ބާރަށު ދާއިރާގެ މެންބަރު ހެއްދެވީ ބޮޑު އިތުރުފުޅެއް!

27 އެޕްރީލު 2026
ބައެއް ފަރާތްތަކުން ދިވެހިރާއްޖޭގެ ކޯޓުތަކުގައި ޑްރާމާކުޅުން ބޮޑު ޖޯކަކަށް ވެފައިވޭ. ދައުވާ ކުރުން އަވަސްކުރަން ޖެހޭ: ޖިނާހު

ބައެއް ފަރާތްތަކުން ދިވެހިރާއްޖޭގެ ކޯޓުތަކުގައި ޑްރާމާކުޅުން ބޮޑު ޖޯކަކަށް ވެފައިވޭ. ދައުވާ ކުރުން އަވަސްކުރަން ޖެހޭ: ޖިނާހު

26 އެޕްރީލު 2026
5 މޭޔަރުންނަށް އިތުރު ފުރުސަތެއް ރައްޔިތުން ދިނީ އެމްޑީޕީގެ މޭޔަރުކަމުގައި ރަނގަޅު ލީޑަރޝިޕެއް ދައްކާފައިވާތީ: އާޒިމް

5 މޭޔަރުންނަށް އިތުރު ފުރުސަތެއް ރައްޔިތުން ދިނީ އެމްޑީޕީގެ މޭޔަރުކަމުގައި ރަނގަޅު ލީޑަރޝިޕެއް ދައްކާފައިވާތީ: އާޒިމް

05 އެޕްރީލު 2026

އަހަރުތަކުން މިއަދު

8 މެއި
ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި
20251 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!
20233 އަހަރު ކުރިން
މީހުން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!
20215 އަހަރު ކުރިން
ރާއްޖެ

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!
20197 އަހަރު ކުރިން
ރާއްޖެ

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ
20188 އަހަރު ކުރިން
ރާއްޖެ

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު