Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޑައިވަރުންގެ ހަށިގަނޑު ނެގުން

ހޮހަޅައިން އިޓަލީގެ ދެ މީހެއްގެ ހަށިގަނޑު ނަގައިފި

ވ. އަތޮޅު "ޝާކް ކޭވް" އަށް ޑައިވްކުރަން ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ފަތުރުވެރިންގެ ތެރެއިން އިތުރު ދެ މީހެއްގެ ހަށިގަނޑު، ފިންލޭންޑުގެ ތަޖުރިބާކާރު ޑައިވަރުންގެ އެހީތެރިކަމާއެކު މިއަދު ވަނީ ނަގައިފައި. މި ހާދިސާގައި ޖުމްލަ ފަސް މީހުން މަރުވެފައިވާއިރު، ހޮހަޅައިގެ ތެރޭގައި ތިބި އަނެއް ދެ މީހުންގެ ހަށިގަނޑު ނެގުމުގެ މަސައްކަތް ބުދަ ދުވަހު ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައި. ސައިންޓިފިކް ދިރާސާއެއް ކުރުމަށް ރާއްޖެ އައި މި ޓީމުގެ މެންބަރުން މަރުވީ ހުއްދަ ދެވިފައިވާ ފުންމިނަށްވުރެ ފުން ސަރަޙައްދަކަށް ޑައިވްކުރުމުގެ ތެރޭގައި ކަމަށް ޔުނިވަރސިޓީ އޮފް ޖެނޯއާއިން ވަނީ ބުނެފައި.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 19 މެއި 2026 | އަންގާރަ 14:26
މަރުވި ޑައިވަރުން ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ފިންލޭންޑުގެ ޑައިވަރުންގެ ޓީމުގެ މެންބަރެއް އެ ސަރަހައްދުގައި.

މަރުވި ޑައިވަރުން ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ފިންލޭންޑުގެ ޑައިވަރުންގެ ޓީމުގެ މެންބަރެއް އެ ސަރަހައްދުގައި. | ޑީއޭއެން ޔޫރަޕް (ޑައިވަރސް އެލަރޓް ނެޓްވޯކް ޔޫރަޕް)

ސްކޫބާ ޑައިވިންއަށް ގޮސް އުޅުމުގެ ތެރޭގައި ވ. އަތޮޅުގެ "ޝާކް ކޭވް" ނުވަތަ މިޔަރު ހޮހަޅައިގެ ތެރޭގައި މަރުވި އިޓަލީގެ ދެ މީހެއްގެ ހަށިގަނޑު ނަގައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ދެ ގަޑިއިރުގެ އޮޕަރޭޝަނަކަށް ފަހު ފިންލޭންޑުގެ ޚާއްޞަ ޑައިވަރުން އެ ދެ މީހުންގެ ހަށިގަނޑު ނެރެފައި ވަނީ ކަނޑުއަޑީގެ ހޮހަޅައިގެ ތިން ވަނަ ބައިން (ޗޭމްބަރުން) ނެވެ. އެއީ ކޮންބައެއްކަން ދެނެގަތުމަށްޓަކައި އެ ދެ ހަށިގަނޑު މިހާރު ވަނީ މާލެއަށް ގެނެސްފަ އެވެ. 

Advertisement - newsAdvertisement

މި ހާދިސާގައި ޖުމްލަ ފަސް މީހުން މަރުވެފައިވާއިރު، އަދިވެސް ދެ މީހެއްގެ ހަށިގަނޑު އޮތީ ހޮހަޅައިގެ ތެރޭގަ އެވެ. އެމްއެންޑީއެފުން ހޯމަ ދުވަހު ހާމަކުރި ގޮތުގައި، މި ފަތުރުވެރިން ހޯދުމަށް ހިންގި ޚާއްޞަ އޮޕަރޭޝަނުގައި އެ މީހުންގެ ހަށިގަނޑުތައް ލޮކޭޓް ކުރެވިފައިވަނީ އެ މީހުން ޑައިވްކުރަން ފޭބި ހޮހޮޅައިގެ ތެރެއިންނެވެ. އެއީ ވ. އަލިމަތާ ކޭވް އެވެ.

ވ. އަތޮޅު ކައިރީގައި މިދިޔަ ބުރާސްފަތި ދުވަހު ހިނގި މި ހާދިސާއަށް ފަހު، އެ ގްރޫޕުގައި ހިމެނޭ އިޓަލީގެ ޑައިވަރެއްގެ ހަށިގަނޑު ވަނީ މާ ގިނަ އިރުތަކެއް ނުވަނީސް ފެނިފަ އެވެ. އިޓަލީގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެއީ ބޯޓު އޮޕަރޭޝަންސް މެނޭޖަރެއްގެ އިތުރުން ޑައިވިން އިންސްޓްރަކްޓަރެއްގެ ގޮތުގައި މަސައްކަތްކުރާ ޖިއަންލޫކާ ބެނެޑެޓީ އެވެ.

އޭގެ ފަހުން، ހޮނިހިރު ދުވަހު ހަށިގަނޑުތައް ހޯދުމުގެ މަސައްކަތުގައި އުޅުނު އެމްއެންޑީއެފްގެ ޑައިވަރަކު ވަނީ ނިޔާވެފަ އެވެ.

ނުފެނި ތިބި ހަތަރު ޑައިވަރުން ފިންލޭންޑުގެ ޑައިވަރުންނަށް ފެނިފައިވަނީ ހޯމަ ދުވަހު، ހޮހަޅައިގެ ވަންނަ ދޮރާ އެންމެ ދުރުގައިވާ ބައިގެ ތެރެއިންނެވެ. އާންމުކޮށް "ޝާކް ކޭވް" ނުވަތަ މިޔަރު ހޮހަޅައިގެ ނަމުން ނަންދެވިފައިވާ މި ހޮހަޅައަކީ 60 މީޓަރު (197 ފޫޓު) ފުން ހޮހަޅައެކެވެ.

ބާކީ ތިބި ދެ މީހުންގެ ހަށިގަނޑު ނެގުމުގެ މަސައްކަތް ބުދަ ދުވަހު އަލުން ފަށާނެ ކަމަށާއި، ހަމަ އެ ދުވަހު އެ ހަށިގަނޑުތައް ނެގޭނެ ކަމަށް އުންމީދު ކުރާ ކަމަށް މި އޮޕަރޭޝަންގައި އިސްކޮށް ހަރަކާތްތެރިވާ، އިޓަލީގެ ސަރުކާރުން ހަމަޖެއްސި ބޭރުގެ ތަޖުރިބާކާރު ޑައިވަރުން ވަނީ ބުނެފަ އެވެ. 

މަރުވި މީހުންގެ ހަށިގަނޑުތައް ފެނުމުން، މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް މަގުފަހިވާނެ ކަމަށް ބެލެވެ އެވެ. ހޮހަޅައިގެ ފުންމިނާއި، އެތެރޭގެ ޖާގަ ކުޑަވުމުގެ އިތުރުން ފެންގަނޑު ނުސާފުވުމުގެ ސަބަބުން، ހަށިގަނޑުތައް ނެގުމުގެ މަސައްކަތަކީ ވަރަށް އުނދަގޫ އަދި ނުރައްކާތެރި މަސައްކަތެއްގެ ގޮތުގައި ވަނީ ސިފަކޮށްފަ އެވެ. ހޮހަޅައަށް ވަންނަ ދޮރު 47 މީޓަރު އަޑީގައި ހުރި ނަމަވެސް، އޭގެ އެކި ބައިތައް ހުރީ ތަފާތު ފުންމިންތަކުގަ އެވެ.

ފިންލޭންޑުގެ ޑައިވަރުން މަސައްކަތް ކުރަމުންދަނީ ދިވެހި ފުލުހުންނާއި ކޯސްޓްގާޑާ ގުޅިގެންނެވެ. ބޭރުގެ މީޑިއާތަކުގައި ވާގޮތުން ފިނެލޭންޑުގެ  ޚާއްޞަ ޓީމުން ދެ ހަށިގަނޑު 30 މީޓަރުގެ ފުންމިނަކަށް ގެނައުމުން، އެ ހިސާބުން ފެށިގެން އެ ހަށިގަނޑުތައް މައްޗަށް ނެގުމުގެ މަސައްކަތާ ހަވާލުވީ ދިވެހި ކޯސްޓްގާޑުގެ ޑައިވަރުންނެވެ.

މި ހާދިސާގައި ހިމެނޭ ހަތަރު ޑައިވަރުންނަކީ ޔުނިވަރސިޓީ އޮފް ޖެނޯއާގެ ޓީމެއްގެ މެންބަރުންނެވެ. އެ ޔުނިވަރސިޓީން ބުނެފައި ވަނީ، އެ މީހުން ކުރަމުންދިޔަ ސައިންޓިފިކް ދިރާސާގެ ބައެއްގެ ގޮތުގައި ކަނޑުގެ އެހާ ފުން ސަރަޙައްދަކަށް ޑައިވް ކުރުމުގެ ހުއްދަ ދީފައި ނުވާނެ ކަމަށެވެ. 

 އިޓަލީވިލާތަށް ނިސްބަތްވާ 5 ޑައިވަރުން ގެއްލުނުކަމުގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑު، މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ، (އެމްއާރުސީސީ)އަށް ލިބުނީ މިމަހުގެ 14 ވަނަ ދުވަހުގެ މެންދުރު 13:45 ހާއިރެވެ. އެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފްއިން ވަނީ، އެ މީހުން ހޯދުމުގެ މަސައްކަތް ކަނޑާއި ވައިގެ މަގުން ފަށާފަ އެވެ.

ވ. އަތޮޅުއިޓަލީފިންލޭންޑްސްކޫބާ ޑައިވިން

ކޮމެންޓް

އިތުރަށް ކިޔާލަން

ފަސް ފަތުރުވެރިއަކު މަރުވި ހާދިސާ ހިނގި ކަނޑުއަޑީގެ ހޮހޮޅައިގެ ބިރުވެރި މަންޒަރުތައް ފެންނަ ވީޑިއޯއެއް ހާމަވެއްޖެ!

ފަސް ފަތުރުވެރިއަކު މަރުވި ހާދިސާ ހިނގި ކަނޑުއަޑީގެ ހޮހޮޅައިގެ ބިރުވެރި މަންޒަރުތައް ފެންނަ ވީޑިއޯއެއް ހާމަވެއްޖެ!

18 މެއި 2026
ފިންލޭންޑުގެ ކުޅަދާނަ ޑައިވަރުންގެ ޓީމަކުން ފުން ކަނޑުގެ ހޮހޮޅައިގެ ތެރެއިން އިޓަލީގެ ޑައިވަރުންގެ ހަށިތައް ހޯދުމުގައި ތިން ގަޑިއިރު ހޭދަ ކުރި

ފިންލޭންޑުގެ ކުޅަދާނަ ޑައިވަރުންގެ ޓީމަކުން ފުން ކަނޑުގެ ހޮހޮޅައިގެ ތެރެއިން އިޓަލީގެ ޑައިވަރުންގެ ހަށިތައް ހޯދުމުގައި ތިން ގަޑިއިރު ހޭދަ ކުރި

18 މެއި 2026
 ވ. އަތޮޅުގައި ޑައިވް ކުރަނިކޮށް ގެއްލުނު 4 ފަތުރުވެރިންގެ ހަށިގަނޑު ފެނިއްޖެ

ވ. އަތޮޅުގައި ޑައިވް ކުރަނިކޮށް ގެއްލުނު 4 ފަތުރުވެރިންގެ ހަށިގަނޑު ފެނިއްޖެ

18 މެއި 2026
ގެއްލުނު އިޓަލީގެ ފަތުރުވެރިން ހޯދުމަށް ފިންލޭންޑުގެ ތަޖުރިބާކާރު ތިން ޑައިވަރުން ރާއްޖެ އަށް އަތުވެއްޖެ

ގެއްލުނު އިޓަލީގެ ފަތުރުވެރިން ހޯދުމަށް ފިންލޭންޑުގެ ތަޖުރިބާކާރު ތިން ޑައިވަރުން ރާއްޖެ އަށް އަތުވެއްޖެ

17 މެއި 2026
ޑައިވިން ހާދިސާގައި މަރުވި އިޓަލީ ޕްރޮފެސަރުގެ އެންމެ ފަހު ބަސް ހާމަވެއްޖެ

ޑައިވިން ހާދިސާގައި މަރުވި އިޓަލީ ޕްރޮފެސަރުގެ އެންމެ ފަހު ބަސް ހާމަވެއްޖެ

16 މެއި 2026

އަހަރުތަކުން މިއަދު

20 މެއި
ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މުވައްޒަފުން މަސައްކަތް ހުއްޓާލާ ގެއަށް ގޮސްފި
20251 އަހަރު ކުރިން
ރާއްޖެ

ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މުވައްޒަފުން މަސައްކަތް ހުއްޓާލާ ގެއަށް ގޮސްފި

އެސްއެސްސީ ޕޭޕަރު މާކު ކުރަން އައި ޓީޗަރުންނަށް ބޮޑު ތުރާލެއް!
20242 އަހަރު ކުރިން
ރިޕޯޓު

އެސްއެސްސީ ޕޭޕަރު މާކު ކުރަން އައި ޓީޗަރުންނަށް ބޮޑު ތުރާލެއް!

ބިދޭސީންނަށް އުޅަނދުތަކުގެ ކެޕްޓަނުންގެ ގޮތުގައި ނުތިބެވޭނެ، މިއީ ކުޑަކަމެއް ނޫން - އަދުނާން
20233 އަހަރު ކުރިން
ރާއްޖެ

ބިދޭސީންނަށް އުޅަނދުތަކުގެ ކެޕްޓަނުންގެ ގޮތުގައި ނުތިބެވޭނެ، މިއީ ކުޑަކަމެއް ނޫން - އަދުނާން

ރ. އަތޮޅު ރިސޯޓެއްގެ އިމާރާތަކުން ވެއްޓި، މީހަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ރ. އަތޮޅު ރިސޯޓެއްގެ އިމާރާތަކުން ވެއްޓި، މީހަކު މަރުވެއްޖެ

ޑޮކްޓަރުންނަށް އޮޅިގެން ސަލާމަތުން އޮތް ފައި ބުރިކޮށްލެވިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ޑޮކްޓަރުންނަށް އޮޅިގެން ސަލާމަތުން އޮތް ފައި ބުރިކޮށްލެވިއްޖެ

ބައި ލައްކައަށް ވުރެ ގިނަ މެމްބަރުންނާ އެކު އެންމެ މެމްބަރުން ގިނަ ޕާޓީއަކަށް އެމްޑީޕީ
20197 އަހަރު ކުރިން
ރާއްޖެ

ބައި ލައްކައަށް ވުރެ ގިނަ މެމްބަރުންނާ އެކު އެންމެ މެމްބަރުން ގިނަ ޕާޓީއަކަށް އެމްޑީޕީ

ބ. ހިތާދޫގައި ވިޔަފާރި ކުރަނީ ވަރަށް ތަފާތުކޮށް، ސޭޓަކާ ނުލާ!
20188 އަހަރު ކުރިން
ރިޕޯޓު

ބ. ހިތާދޫގައި ވިޔަފާރި ކުރަނީ ވަރަށް ތަފާތުކޮށް، ސޭޓަކާ ނުލާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު