Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޑައިވިން ހާދިސާ

ސްޓާފް ސާޖެންޓް މަހުދީގެ ކަށު ނަމާދު މިރޭ 22:00 ގައި އިސްލާމީ މަރުކަޒުގައި

ވ. އަތޮޅުން ގެއްލުނު ޑައިވަރުން ހޯދުމުގެ އޮޕަރޭޝަނުގައި އުޅެނިކޮށް ހާލު ދެރަވެގެން ނިޔާވި އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީއަކީ މީގެ ކުރިންވެސް ގިނަ މިޝަންތަކެއްގައި ބައިވެރިވެފައިވާ ތަޖުރިބާކާރު ޑައިވަރެއް. އުމުރުން 43 އަހަރުގެ މަހުދީ ނިޔާވީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ކަމަށްވާއިރު، އޭނާގެ މޫނު ދުށުމަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ އިސްލާމީ މަރުކަޒަށް ޒިޔާރަތްކޮށްފައި. މަހުދީގެ ކަށުނަމާދު ހޮނިހިރު ދުވަހުގެ ރޭ 10:00 ގައި އިސްލާމީ މަރުކަޒުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައި.

ރާއްޖެ އެމްވީ | 16 މެއި 2026 | ހޮނިހިރު 15:01
ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީ ގެ މޫނު ދެއްކުން އިސްލާމީ މަރުކަޒުގައި ކުރިއަށް ދަނީ.

ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީ ގެ މޫނު ދެއްކުން އިސްލާމީ މަރުކަޒުގައި ކުރިއަށް ދަނީ. | ހުސެއިން ހަސަން

ވ. އަތޮޅުގައި ފީނަން ދިޔަ ޑައިވަރުންގެ ތެރެއިން ގެއްލުނު ހަތަރު ޑައިވަރުން ހޯދުމަށް، އެމްއެންޑީއެފުން ކުރިއަށްގެންދާ، ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނުގައި ހަރަކާތްތެރިވަމުން ދަނިކޮށް ނިޔާވި  ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީގެ ކަށު ނަމާދު ހޮނިހިރުު ދުވަހުގެ ރޭ 10:00 ގައި އޮންނާނެ އެވެ.

މަހުދީ ނިޔާވީ، ހޮނިހިރު ދުވަހުގެ ޑައިވް އަށް ފަހު ހާލު ދެރަވެގެން، އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެނިކޮށް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

Advertisement - newsAdvertisement
ސްޓާފް ސާޖެންޓް މަހުދީގެ ހަށިގަނޑު ވަޅުލުމުގެ އިންތިޒާމުތަކުގައި ސަހަރާގައި ސިފައިން ހަރަކާތްތެރިވަނީ.
ސްޓާފް ސާޖެންޓް މަހުދީގެ ހަށިގަނޑު ވަޅުލުމުގެ އިންތިޒާމުތަކުގައި ސަހަރާގައި ސިފައިން ހަރަކާތްތެރިވަނީ.

އިތުބާރު ހުރި ގޮތެއްގައި މައުލޫމާތު ލިބިފައިވާ ގޮތުގައި ކުޅަދާނަ ޑައިވަރު ވަނީ އޭގެ ކުރީ ދުވަހުވެސް އެ ސަރަހައްދަށް ޑައިވް ކޮށްފަ އެވެ.

އުމުރުން 43 އަހަރުގެ މ. ޖަންބުގަސްދޮށުގޭ ސްޓާފް ސާޖަންޓް މުހައްމަދު މަހުދީ އަކީ މީގެ ކުރިންވެސް ރެސްކިއު މިޝަންތަކުގައި އެތައް ޑައިވް އެއް ކޮށްފައިވާ ކުޅަދާނަ، ހުނަރުވެރި ފަރާތެއް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ސްޓާފް ސާޖަންޓް މަހުދީގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ އިސްލާމީ މަރުކަޒުގަ އެވެ. މައްޔިތާ އަށް ޒިޔާރަތް ކުރުން ރޭގަނޑު 7:00 ގައި އިސްލާމީ މަރުކަޒުގައި ފެށިފައިވާއިރު ގިނަ އަދަދެއްގެ މީހުން ގެންދަނީ މަހުދީގެ މޫނު ދުށުމަށް ޒިޔާރަތް ކުރަމުންނެވެ.

މުޙައްމަދު މަހުދީއެމްއެންޑީއެފްޑައިވިންސްކޫބާ ޑައިވިން

އިތުރަށް ކިޔާލަން

16 މެއި 2026

އިޓަލީގެ ޑައިވަރުން ހޯދަން އުޅުނު ސިފައިންގެ މީހަކު ނިޔާވެއްޖެ

16 މެއި 2026
އިޓަލީގެ ޑައިވަރުން ހޯދަން އުޅުނު ސިފައިންގެ މީހަކު ނިޔާވެއްޖެ
16 މެއި 2026

ރާއްޖޭގައި މަރުވި އިޓަލީގެ ޑައިވަރުންގެ މައްސަލައިގައި އިޓަލީގެ ޕްރޮސެކިއުޓަރުން ތަހުގީގު ފަށައިފި

16 މެއި 2026
ރާއްޖޭގައި މަރުވި އިޓަލީގެ ޑައިވަރުންގެ މައްސަލައިގައި އިޓަލީގެ ޕްރޮސެކިއުޓަރުން ތަހުގީގު ފަށައިފި
16 މެއި 2026

ވ. އަތޮޅުގެ ޑައިވްގައި މަރުވި އިޓަލީގެ ޕްރެފެސަރުގެ މުޅި ހަޔާތް ހޭދަކުރީ ކަނޑުގެ އަޑީގައިވާ އަޖައިބުތައް ހޯދައި ދިރާސާކުރުމަށް

16 މެއި 2026
ވ. އަތޮޅުގެ ޑައިވްގައި މަރުވި އިޓަލީގެ ޕްރެފެސަރުގެ މުޅި ހަޔާތް ހޭދަކުރީ ކަނޑުގެ އަޑީގައިވާ އަޖައިބުތައް ހޯދައި ދިރާސާކުރުމަށް
16 މެއި 2026

ޑައިވިން ހާދިސާގައި މަރުވި މެރިން ބަޔޮލޮޖިސްޓްގެ ފިރިމީހާ: "އަހަރެންގެ އަނބިމީހާ އަކީ ދުނިޔޭގެ އެންމެ މޮޅު ފީނުންތެރިންގެ ތެރޭގައި ހިމެނޭ މީހެއް"

16 މެއި 2026
ޑައިވިން ހާދިސާގައި މަރުވި މެރިން ބަޔޮލޮޖިސްޓްގެ ފިރިމީހާ: "އަހަރެންގެ އަނބިމީހާ އަކީ ދުނިޔޭގެ އެންމެ މޮޅު ފީނުންތެރިންގެ ތެރޭގައި ހިމެނޭ މީހެއް"
16 މެއި 2026

ޑައިވަރުން މަރުވި ހާދިސާއާ ގުޅިގެން ސަފާރީގެ ލައިސެންސް ހިފަހައްޓައިފި

16 މެއި 2026
ޑައިވަރުން މަރުވި ހާދިސާއާ ގުޅިގެން ސަފާރީގެ ލައިސެންސް ހިފަހައްޓައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު