Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޑައިވަރުން މަރުވުން

ޑައިވަރުން މަރުވި ހާދިސާއާ ގުޅިގެން ސަފާރީގެ ލައިސެންސް ހިފަހައްޓައިފި

ވ. އަތޮޅުގައި ޑައިވިންއަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ހަތަރު ފަތުރުވެރިން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ހުއްޓުމެއްނެތި ކުރަމުންދާއިރު، މި ހާދިސާގައި މަރުވި އިންސްޓްރަކްޓަރުގެ ހަށިގަނޑު ފެނިފައިވަނީ 60 މީޓަރު އަޑީގައިވާ ނުރައްކާތެރި ހޮހަޅައެއްގެ ތެރެއިން. ގެއްލިފައިވާ މީހުން ހޯދުމުގެ އޮޕަރޭޝަނަށް އެހީތެރިވުމަށް އިޓަލީ ސަރުކާރުގެ ފަންނީ މާހިރުން ރާއްޖެ އައުމަށް ހަމަޖެހިފައިވާއިރު، މި ހާދިސާއާ ގުޅިގެން ފަތުރުވެރިކަމުގެ މިންގަނޑުތައް ދެމެހެއްޓުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ދަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުން.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް, ރާއްޖެ އެމްވީ | 16 މެއި 2026 | ހޮނިހިރު 07:46
ހާދިސާގައި ލައިސެންސް ސަސްޕެންޑުކުރި ޑޫކް އޮފް ޔޯކް ސަފާރީ

ހާދިސާގައި ލައިސެންސް ސަސްޕެންޑުކުރި ޑޫކް އޮފް ޔޯކް ސަފާރީ | ސޯޝަލް މީޑިއާ

 ވ. އަތޮޅުގައި ޑައިވިން  އަށް ގޮސް އުޅެނިކޮށް ހަތަރު ޑައިވަރުން ގެއްލި، އެކަކު މަރުވި ހާދިސާއާ ގުޅިގެން އެ މީހުން ޑައިވިން އަށް ގެންދިޔަ "އެމްވީ ޑޫކް އޮފް ޔޯކް" ނަމަކަށް ކިޔާ ލަގްޒަރީ ސަފާރީގެ އޮޕަރޭޓިން ލައިސަންސް މުއްދަތެއް ނެތް ގޮތަށް ޓޫރިޒަމް މިނިސްޓްރީން ސަސްޕެންޑު ކޮށްފި އެވެ.

މި ފިޔަވަޅު އެޅީ ހާދިސާގެ ސީރިއަސް ކަމަށް ބަލައި، އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށްޓަކައި ކަމަށް ޓޫރިޒަމް މިނިސްޓްރީން ހޮނިހިރު ދުވަހު ވަނީ ބުނެފަ އެވެ. މިނިސްޓްރީން އިތުރަށް ބުނީ ފަތުރުވެރިކަމުގެ މިންގަނޑުތައް ދެމެހެއްޓުމަށް އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅަމުންދާނެ ކަމަށެވެ.

Advertisement - newsAdvertisement

މިދިޔަ ބުރާސްފަތި ދުވަހު ހިނގި މި ހާދިސާގައި އިޓަލީ އަށް ނިސްބަތްވާ ފަސް ޑައިވަރުން ގެއްލިފައިވާއިރު، މިހާތަނަށް ކަނޑުގެ އަޑިން ފެނިފައިވަނީ ޑައިވިން އިންސްޓްރަކްޓަރުގެ ހަށިގަނޑު އެކަންޏެވެ. ބާކީ ތިބި ހަތަރު ޑައިވަރުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް އިން އަންނަނީ ކުރަމުންނެވެ. އިންސްޓްރަކްޓަރުގެ ހަށިގަނޑު ފެނިފައިވަނީ ގާތްގަނޑަކަށް 60 މީޓަރު އަޑީގައި ހުރި ހޮހަޅައެއްގެ ތެރެއިން ކަމަަށް އެމްއެންޑީއެފް އިން ވަނީ ހާމަ ކޮށްފަ އެވެ.

އެމްއެންޑީއެފް އިން މައުލޫމާތު ދޭ ގޮތުގައި، ހަށިގަނޑު ފެނުނު ހޮހަޅައަކީ ގާތްގަނޑަކަށް 200 ފޫޓުގެ ދިގުމިން ހުރި ތަނެކެވެ. ލަފާކުރެވޭ ގޮތުގަ ބާކީ ތިބި ހަތަރު ޑައިވަރުން ވެސް ވީ އެ ހޮހަޅައިގެ ތެރޭގައި ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފަ އެވެ. މިއީ ވަރަށް ނުރައްކާތެރި ހައި ރިސްކް އޮޕަރޭޝަނަކަށް ވާތީ، އެމްއެންޑީއެފް ކޯސްޓްގާޑުގެ އިތުރު ޑައިވަރުންނާއި ބޭނުންވާ ޚާއްޞަ ސާމާނު މިހާރު ވަނީ އެ ސަރަހައްދަށް ފޮނުވާފަ އެވެ.

މި ހާދިސާއާ ގުޅިގެން ހަތަރު ޑައިވަރުން ހޯދުމަށް މިހާރު ދިވެހި ސިފައިންގެ ޑައިވަރުން ހިންގަމުންދާ އޮޕަރޭޝަންގައި އެހީތެރިވުމަށް އިޓަލީގެ ސަރުކާރުން ފަންނީ މާހިރުން ފޮނުވަން ނިންމައިވާކަމަށް ދިވެހި ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ.

ވ. އަތޮޅުޓޫރިޒަމް މިނިސްޓްރީއިޓަލީއެމްއެންޑީއެފްސަފާރީ އުޅަނދުޑައިވިންއެމްވީ ޑޫކް އޮފް ޔޯކް

ކޮމެންޓް

އިތުރަށް ކިޔާލަން

ޑައިވިންއަށް ދިޔަ އިޓަލީ ގްރޫޕް ގައި ހިމެނުނު އެކަކު ސަލާމަތްވީ ފަހު ވަގުތު ޚިޔާލު ބަދަލުވުމުން

ޑައިވިންއަށް ދިޔަ އިޓަލީ ގްރޫޕް ގައި ހިމެނުނު އެކަކު ސަލާމަތްވީ ފަހު ވަގުތު ޚިޔާލު ބަދަލުވުމުން

16 މެއި 2026
މަރުވި މިހާގެ ހަށިގަނޑު ފެނުނީ 60 މީޓަރު އަޑީގައި ހުރި ހޮހަޅަ އެއްގެ ތެރެއިން، ބަކީ 4 ޑައިވަރުން ވެސް ވީކަމަށް ބެލެވެނީ އެ ހޮހަޅައިގަ: އެމްއެމްޑީއެފް

މަރުވި މިހާގެ ހަށިގަނޑު ފެނުނީ 60 މީޓަރު އަޑީގައި ހުރި ހޮހަޅަ އެއްގެ ތެރެއިން، ބަކީ 4 ޑައިވަރުން ވެސް ވީކަމަށް ބެލެވެނީ އެ ހޮހަޅައިގަ: އެމްއެމްޑީއެފް

14 މެއި 2026
5 މީހުން މަރުވެއްޖެއޭ ބުނެވުނީ އޮޅުމަކުން، ފެނުނީ އެކަކު މަރުވެފައި ވަނިކޮށް: ފުލުހުން

5 މީހުން މަރުވެއްޖެއޭ ބުނެވުނީ އޮޅުމަކުން، ފެނުނީ އެކަކު މަރުވެފައި ވަނިކޮށް: ފުލުހުން

14 މެއި 2026
ގަވާއިދާ ޚިލާފަށް ރާއްޖެ ސަރަހައްދަށް އުޅަނދު ވަނުން އެއީ އެއީ ބްރީޗެއް ކަމަށް ވިދާޅުވި ނަމަވެސް އެފަދަ ބޮޑު މައްސަލައެއް ދިމާވި ސަބަބު ތަރުޖަމާނަކަށް ވިދާޅެއް ނުވެވުނު

ގަވާއިދާ ޚިލާފަށް ރާއްޖެ ސަރަހައްދަށް އުޅަނދު ވަނުން އެއީ އެއީ ބްރީޗެއް ކަމަށް ވިދާޅުވި ނަމަވެސް އެފަދަ ބޮޑު މައްސަލައެއް ދިމާވި ސަބަބު ތަރުޖަމާނަކަށް ވިދާޅެއް ނުވެވުނު

08 މެއި 2026
އައްޑޫ ސިޓީ ފޭދޫ ސްކޫލުގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

އައްޑޫ ސިޓީ ފޭދޫ ސްކޫލުގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

29 އެޕްރީލު 2026

އަހަރުތަކުން މިއަދު

5 ޖޫން
ޢީދު ކުޅިވަރުތައް ބައްލަވާލެއްވުމަށް އުއްޗު ކަމަދޫއަށް
20251 އަހަރު ކުރިން
ރާއްޖެ

ޢީދު ކުޅިވަރުތައް ބައްލަވާލެއްވުމަށް އުއްޗު ކަމަދޫއަށް

އުމުރުން ދުވަސްވީ ދިވެހިން ލަންކާގައި ދެމި ތިބެވޭނެ ހުއްދަ ލިބޭތޯ ރާއްޖޭން މަސައްކަތް ކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

އުމުރުން ދުވަސްވީ ދިވެހިން ލަންކާގައި ދެމި ތިބެވޭނެ ހުއްދަ ލިބޭތޯ ރާއްޖޭން މަސައްކަތް ކުރަނީ

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީ ޕީޖީން ފާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީ ޕީޖީން ފާސްކޮށްފި

ކީރިތި ރަސޫލާއަށާއި އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ދިވެހި ސަރުކާރުން އެންމެ ހަރުކަށިއިބާރާތުން ކުށްވެރިކުރާކަމެއް
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ރަސޫލާއަށާއި އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ދިވެހި ސަރުކާރުން އެންމެ ހަރުކަށިއިބާރާތުން ކުށްވެރިކުރާކަމެއް

މައްސަރު ދުވަސްވަރު ބައިތިއްބަނީ ވަކި ޖިފުޓިތަކެއްގައި
20215 އަހަރު ކުރިން
ދުނިޔެ

މައްސަރު ދުވަސްވަރު ބައިތިއްބަނީ ވަކި ޖިފުޓިތަކެއްގައި

އުމުރު ތަފާތު މައްސަލަ އަށް ރައްދުވާ ފާޑުކިޔުންތަކަށް ޕްރިޔަންކާ ޖަވާބު ދީފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

އުމުރު ތަފާތު މައްސަލަ އަށް ރައްދުވާ ފާޑުކިޔުންތަކަށް ޕްރިޔަންކާ ޖަވާބު ދީފި

ޓެރަރިސްޓަކާއި ބައްދަލު ނުކުރާނަން: އެމެރިކާ އެމްބެސެޑަރ
20188 އަހަރު ކުރިން
ރާއްޖެ

ޓެރަރިސްޓަކާއި ބައްދަލު ނުކުރާނަން: އެމެރިކާ އެމްބެސެޑަރ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު