Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޑައިވިންގ ހާދިސާ

އިޓަލީގެ ޑައިވަރުން ހޯދަން އުޅުނު ސިފައިންގެ މީހަކު ނިޔާވެއްޖެ

ވ. އަތޮޅުގައި ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު ފަސް މީހުންގެ ތެރެއިން އެކެއްގެ ހަށިގަނޑު 60 މީޓަރު އަޑީގައި އޮތް ކޭވްއެއްގެ ތެރެއިން ވަނީ ފެނިފައެވެ. ބާކީ ތިބި ހަތަރު ޑައިވަރުން ވެސް އެ ކޭވްގެ ތެރޭގައި ތިބި ކަމަށް ބެލެވޭތީ، އެމްއެންޑީއެފުން ދަނީ ޚާއްޞަ ސާމާނާއެކު ނުރައްކާތެރި ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނެއް ކުރިއަށްގެންދަމުންނެވެ. މި މަސައްކަތުގައި ކޯސްޓްގާޑުގެ އިތުރުން ފުލުހުންނާއި ބައެއް ރިސޯޓުތަކުގެ އެހީތެރިކަން ވެސް ދަނީ ލިބެމުންނެވެ.

ރާއްޖެ އެމްވީ | 16 މެއި 2026 | ހޮނިހިރު 10:54
އެމްއެންޑީއެފް އިން ގެންދަނީ ގެއްލުނު ޑައިވަރުން ހޯދުމުގެ މަސައްކަތް ކުރަމުން.

އެމްއެންޑީއެފް އިން ގެންދަނީ ގެއްލުނު ޑައިވަރުން ހޯދުމުގެ މަސައްކަތް ކުރަމުން. | އެމްއެންޑީއެފް

ވ. އަތޮޅުގައި ފީނަން ދިޔަ ޑައިވަރުންގެ ތެރެއިން ގެއްލުނު ހަތަރު ޑައިވަރު ހޯދުމަށް، އެމްއެންޑީއެފުން ކުރިއަށްގެންދާ، ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނުގައި ހޮނިހިރު ދުވަހު ޑައިވްކުރި، ސިފައިންގެ ބޭކަލަކު ނިޔާވެއްޖެ އެވެ.

އެމްއެންޑީއެފް އިން ހޮނިހިރު ދުވަހު ރިޕޯޓު ކުރި ގޮތުގައި ހާލު ދެރަވެގެން، އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެނިކޮށް ނިޔާވީ ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީ އެވެ.

Advertisement - newsAdvertisement
ވ.އަތޮޅުގައި ފީނަން ދިޔަ ޑައިވަރުންގެ ތެރެއިން ގެއްލުނު ހަތަރު ޑައިވަރު ހޯދުމަށް، އެމްއެންޑީއެފުން ކުރިއަށްގެންދާ، ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނުގައި މިއަދު ޑައިވްކުރަނިކޮށް ހާލުދެރަވި، އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީ ރައީސް މުއިއްޒު އަރިހުގައި ކަނާތް ފަރާތުގައި ހުއްޓިގެން.

ވ.އަތޮޅަށް ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު ފަސް ޑައިވަރުންގެ ތެރެއިން އެކެއްގެ ހަށިގަނޑު މިހާތަނަށް ވަނީ ހޯދާފައެވެ.

ޑައިވަރުން ގެއްލިގެން އުޅޭކަމުގެ ރިޕޯޓް، އެމްއެންޑީއެފް ކޯސްޓްގާޑު، މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ)އަށް ބުރާސްފަތި ދުވަހު 13:45 ހާއިރު ލިބުމާ އެކު، މި މީހުން ހޯދުމުގެ މަސައްކަތް، ކަނޑާއި ވައިގެ މަގުން އެމްއެންޑީއެފުން ދިޔައީ ކުރަމުންނެވެ. މި މަސައްކަތުގައި ސަފާރީއާއި، ވ.އަތޮޅު ޕޮލިސް ސްޓޭޝަނުގެ އިތުރުން އަލިމަތާ ރިސޯޓުގެ އެހީތެރިކަންދަނީ ލިބިފައިވާކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

އެކެއްގެ ހަށިގަނޑު ފެނިފައިވަނީ، އެމީހުން ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ސަފާރީގެ ޑައިވަރުންނަށް، ބުރާސްފަތި ދުވަހު 18:13 ހާއިރު މޫދު އަޑިންނެވެ. އެމީހާގެ ހަށިގަނޑު ގެންދިޔައީ ވ.ފުލިދޫ ހެލްތު ސެންޓަރަށެވެ.

މި ހަށިގަނޑު ފެނިފައިވަނީ ގާތްގަނޑަކަށް 60 މީޓަރުގެ އަޑިން ކޭވްއެއްގެ ތެރެއިން ކަމަށާއި، ބާކީ ތިބި ހަތަރު ޑައިވަރުން ވީކަމަށް ލަފާކުރެވެނީ، ދިގުމިނުގައި ގާތްގަނޑަކަށް 200 ފޫޓު ހުންނަ މި ކޭވްގެ ތެރޭގައި ކަމަށް އެމްއެންޑީއެފް އިން ބުނެފައިވެއެވެ. މިއީ ވަރަށް ނުރައްކާތެރި ހައި ރިސްކް އޮޕަރޭޝަނަކަށް ވަތީ، އެމްއެންޑީއެފް ކޯސްޓްގާޑުގެ އިތުރު ޑައިވަރުންނާއި ބޭނުންވާ ޚާއްޞަ ސާމާނު މިހާރު ވަނީ އެ ސަރަހައްދަށް ފޮނުވާފައެވެ.

މި އޮޕަރޭޝަން ނިމެންދެން އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޣާޒީ އެ ސަރަޙައްދުގައި ހަރަކާތްތެރިވާނެ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

އެމްއެންޑީއެފްސްކޫބާ ޑައިވިންއިޓަލީ-ދިވެހިރާއްޖެޑައިވިން

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖޭގައި މަރުވި އިޓަލީގެ ޑައިވަރުންގެ މައްސަލައިގައި އިޓަލީގެ ޕްރޮސެކިއުޓަރުން ތަހުގީގު ފަށައިފި

ރާއްޖޭގައި މަރުވި އިޓަލީގެ ޑައިވަރުންގެ މައްސަލައިގައި އިޓަލީގެ ޕްރޮސެކިއުޓަރުން ތަހުގީގު ފަށައިފި

16 މެއި 2026
ވ. އަތޮޅުގެ ޑައިވްގައި މަރުވި އިޓަލީގެ ޕްރެފެސަރުގެ މުޅި ހަޔާތް ހޭދަކުރީ ކަނޑުގެ އަޑީގައިވާ އަޖައިބުތައް ހޯދައި ދިރާސާކުރުމަށް

ވ. އަތޮޅުގެ ޑައިވްގައި މަރުވި އިޓަލީގެ ޕްރެފެސަރުގެ މުޅި ހަޔާތް ހޭދަކުރީ ކަނޑުގެ އަޑީގައިވާ އަޖައިބުތައް ހޯދައި ދިރާސާކުރުމަށް

16 މެއި 2026
ޑައިވިން ހާދިސާގައި މަރުވި މެރިން ބަޔޮލޮޖިސްޓްގެ ފިރިމީހާ: "އަހަރެންގެ އަނބިމީހާ އަކީ ދުނިޔޭގެ އެންމެ މޮޅު ފީނުންތެރިންގެ ތެރޭގައި ހިމެނޭ މީހެއް"

ޑައިވިން ހާދިސާގައި މަރުވި މެރިން ބަޔޮލޮޖިސްޓްގެ ފިރިމީހާ: "އަހަރެންގެ އަނބިމީހާ އަކީ ދުނިޔޭގެ އެންމެ މޮޅު ފީނުންތެރިންގެ ތެރޭގައި ހިމެނޭ މީހެއް"

16 މެއި 2026
ޑައިވަރުން މަރުވި ހާދިސާއާ ގުޅިގެން ސަފާރީގެ ލައިސެންސް ހިފަހައްޓައިފި

ޑައިވަރުން މަރުވި ހާދިސާއާ ގުޅިގެން ސަފާރީގެ ލައިސެންސް ހިފަހައްޓައިފި

16 މެއި 2026
ޑައިވިންއަށް ދިޔަ އިޓަލީ ގްރޫޕް ގައި ހިމެނުނު އެކަކު ސަލާމަތްވީ ފަހު ވަގުތު ޚިޔާލު ބަދަލުވުމުން

ޑައިވިންއަށް ދިޔަ އިޓަލީ ގްރޫޕް ގައި ހިމެނުނު އެކަކު ސަލާމަތްވީ ފަހު ވަގުތު ޚިޔާލު ބަދަލުވުމުން

16 މެއި 2026

އަހަރުތަކުން މިއަދު

5 ޖޫން
ޢީދު ކުޅިވަރުތައް ބައްލަވާލެއްވުމަށް އުއްޗު ކަމަދޫއަށް
20251 އަހަރު ކުރިން
ރާއްޖެ

ޢީދު ކުޅިވަރުތައް ބައްލަވާލެއްވުމަށް އުއްޗު ކަމަދޫއަށް

އުމުރުން ދުވަސްވީ ދިވެހިން ލަންކާގައި ދެމި ތިބެވޭނެ ހުއްދަ ލިބޭތޯ ރާއްޖޭން މަސައްކަތް ކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

އުމުރުން ދުވަސްވީ ދިވެހިން ލަންކާގައި ދެމި ތިބެވޭނެ ހުއްދަ ލިބޭތޯ ރާއްޖޭން މަސައްކަތް ކުރަނީ

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީ ޕީޖީން ފާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީ ޕީޖީން ފާސްކޮށްފި

ކީރިތި ރަސޫލާއަށާއި އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ދިވެހި ސަރުކާރުން އެންމެ ހަރުކަށިއިބާރާތުން ކުށްވެރިކުރާކަމެއް
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ރަސޫލާއަށާއި އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ދިވެހި ސަރުކާރުން އެންމެ ހަރުކަށިއިބާރާތުން ކުށްވެރިކުރާކަމެއް

މައްސަރު ދުވަސްވަރު ބައިތިއްބަނީ ވަކި ޖިފުޓިތަކެއްގައި
20215 އަހަރު ކުރިން
ދުނިޔެ

މައްސަރު ދުވަސްވަރު ބައިތިއްބަނީ ވަކި ޖިފުޓިތަކެއްގައި

އުމުރު ތަފާތު މައްސަލަ އަށް ރައްދުވާ ފާޑުކިޔުންތަކަށް ޕްރިޔަންކާ ޖަވާބު ދީފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

އުމުރު ތަފާތު މައްސަލަ އަށް ރައްދުވާ ފާޑުކިޔުންތަކަށް ޕްރިޔަންކާ ޖަވާބު ދީފި

ޓެރަރިސްޓަކާއި ބައްދަލު ނުކުރާނަން: އެމެރިކާ އެމްބެސެޑަރ
20188 އަހަރު ކުރިން
ރާއްޖެ

ޓެރަރިސްޓަކާއި ބައްދަލު ނުކުރާނަން: އެމެރިކާ އެމްބެސެޑަރ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު