Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވ. އަތޮޅު

ގެއްލުނު އިޓަލީގެ ފަތުރުވެރިން ހޯދުމަށް ފިންލޭންޑުގެ ތަޖުރިބާކާރު ތިން ޑައިވަރުން ރާއްޖެ އަށް އަތުވެއްޖެ

ވ. އަތޮޅުގައި ގެއްލުނު ފަތުރުވެރިން ހޯދުމުގެ އޮޕަރޭޝަންގައި އެމްއެންޑީއެފްގެ ޑައިވަރަކު ނިޔާވުމާ ގުޅިގެން މެދުކަނޑާލާފައިވާ މަސައްކަތް އަލުން ފެށުމަށް ފިންލޭންޑުގެ ތަޖުރިބާކާރު ޑައިވަރުންގެ ޓީމެއް ވަނީ ރާއްޖެއަށް އައިސްފައި. މި ހާދިސާގައި އިޓަލީގެ ޕްރޮސެކިއުޓަރުން އަމިއްލަ ތަހުގީގެއް ފަށާފައިވާއިރު، ރާއްޖޭގެ ކަމާބެހޭ އިދާރާތަކުން ދަނީ ޑައިވިންގެ ގަވާއިދުތަކަށް އިހުމާލުވެފައިވޭތޯ ބަލަމުން. މީގެ އިތުރުން، ނިޔާވި ސާޖަންޓް މަހުދީގެ މަރުގައި އިހުމާލެއް އޮތްތޯ ބެލުމަށް އާންމު ރައްޔިތުން ދަނީ ގޮވާލަމުން.

އަމްނާ އިމާދު
އަމްނާ އިމާދު | 17 މެއި 2026 | އާދީއްތަ 08:34
އެމްއެންޑީއެފް އިން ގެންދަނީ ގެއްލުނު ޑައިވަރުން ހޯދުމުގެ މަސައްކަތުގައި ކަނޑުމަތީގައި. ނަމަވެސް އެމްއެންޑީއެފް ބޭފުޅެއް ނިޔާވުމާ ގުޅިގެން މިވަގުތަށް އޮތީ އޮޕަރޭޝަން ހުއްޓާލާފައި.

އެމްއެންޑީއެފް އިން ގެންދަނީ ގެއްލުނު ޑައިވަރުން ހޯދުމުގެ މަސައްކަތުގައި ކަނޑުމަތީގައި. ނަމަވެސް އެމްއެންޑީއެފް ބޭފުޅެއް ނިޔާވުމާ ގުޅިގެން މިވަގުތަށް އޮތީ އޮޕަރޭޝަން ހުއްޓާލާފައި. | އެމްއެންޑީއެފް

ވ. އަތޮޅުގައި ސްކޫބާ ޑައިވިން އަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީވިލާތަށް ނިސްބަތްވާ ހަތަރު ފަތުރުވެރިން ހޯދުމުގެ މަސައްކަތް ކުރުމަށް، ފިންލޭންޑުގެ ތިން ތަޖުރިބާކާރު ޑައިވަރުން ރާއްޖެ އަތުވެއްޖެ އެވެ.

ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވަނީ ބައެއް މީޑިއާތަކަށް މިކަން ކަށަވަރު ކޮށްދެއްވާފަ އެވެ. 

Advertisement - newsAdvertisement

ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ފިންލޭންޑުގެ ތަޖުރިބާކާރު މި ތިން ޑައިވަރުން އާދިއްތަ ދުވަހުގެ ހެނދުނު އެމްއެންޑީއެފްގެ ބޭފުޅުންނާ ވަނީ ބައްދަލު ކޮށްފަ އެވެ. 

މި ޓީމަކީ އިނގިރޭސިވިލާތުގެ ސަރުކާރާއި އޮސްޓްރޭލިއާ ސަރުކާރާ އިޓަލީވިލާތުގެ ސަރުކާރުން މަޝްވަރާކޮށް އެކުލަވައިލި ޓީމެއް ކަމަށް މައުލޫމާތު ލިބެ އެވެ.

ފިންލޭންޑުގެ ތިން ތަޖުރިބާކާރު ޑައިވަރުން ރާއްޖެއަށް އައިސްފައިވާއިރު، މިހާދިސާއާ ގުޅިގެން އިޓަލީގެ ޕްރޮސެކިއުޓަރުން މިމަހުގެ 15 ވީ ހުކުރު ދުވަހު އަމިއްލަ ތަހުގީގެއް ވެސް ވަނީ ފަށާފަ އެވެ. 

ވ. އަލިމަތާ ކައިރީގައި މިމަހުގެ 14 ވީ ބުރާސްފަތި ދުވަހު ހިނގި މި ހާދިސާގެ ކުރިން، މޫސުމީ އިންޒާރުތަކާއި ޑައިވިންއާ ގުޅޭ ގަވާއިދުތަކަށް އިހުމާލުވެފައިވޭތޯ ރާއްޖޭގެ ކަމާބެހޭ އިދާރާތަކުން ދަނީ ތަހުގީގު ކުރަމުންނެވެ. ގެއްލުނު ފަސް މީހުންގެ ތެރެއިން ހަތަރު މީހަކު އަދިވެސް ނުފެންނައިރު، ފީނާ މީހުން ވަނީ ކަނޑުގެ އަޑިން 200 ފޫޓު ފުނުގައިވާ ހޮހަޅައެއްގެ ދެ ސަރަހައްދެއް ބަލާފަ އެވެ. މިއީ ރާއްޖޭގައި މުނިފޫހިފިލުވުމަށް ފީނުމަށް ހުއްދަދޭ 100 ފޫޓުގެ ފުންމިނަށް ވުރެ ދެގުނަ އިތުރު ފުންމިނެކެވެ.

އެމްއެންޑީއެފުން އެމީހުން ހޯދުމުގެ މަސައްކަތް ފުޅާކޮށް، ކުރިއަށް ގެންދިޔަ އޮޕަރޭޝަންގެ ތެރެއިން މި މަހުގެ 16 ވީ ހޮނިހިރު ދުވަހު، އެމްއެންޑީއެފްގެ ތަޖުރިބާކާރު ޑައިވަރަކު ވަނީ ނިޔާވެފަ އެވެ. އަދި ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީ ނިޔާވުމާ ގުޅިގެން މި އޮޕަރޭޝަން އޮތީ މެދުކަނޑާލާފަ އެވެ.

މި ހާދިސާއާ ގުޅިގެން މަހުދީގެ މަރުގައި އިހުމާލުތަކެއް ހުރިތޯ ބަލަން، ތަހުގީގު ކުރުމަށް ސޯޝަލް މީޑީއާގައި ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ. 

ވ. އަތޮޅުއިޓަލީފިންލޭންޑްމުހައްމަދު މަހުދީ

އިތުރަށް ކިޔާލަން

16 މެއި 2026

ޑައިވިން ހާދިސާގައި މަރުވި އިޓަލީ ޕްރޮފެސަރުގެ އެންމެ ފަހު ބަސް ހާމަވެއްޖެ

16 މެއި 2026
ޑައިވިން ހާދިސާގައި މަރުވި އިޓަލީ ޕްރޮފެސަރުގެ އެންމެ ފަހު ބަސް ހާމަވެއްޖެ
16 މެއި 2026

ރާއްޖޭގައި މަރުވި އިޓަލީގެ ޑައިވަރުންގެ މައްސަލައިގައި އިޓަލީގެ ޕްރޮސެކިއުޓަރުން ތަހުގީގު ފަށައިފި

16 މެއި 2026
ރާއްޖޭގައި މަރުވި އިޓަލީގެ ޑައިވަރުންގެ މައްސަލައިގައި އިޓަލީގެ ޕްރޮސެކިއުޓަރުން ތަހުގީގު ފަށައިފި
16 މެއި 2026

ޑައިވަރުން މަރުވި ހާދިސާއާ ގުޅިގެން ސަފާރީގެ ލައިސެންސް ހިފަހައްޓައިފި

16 މެއި 2026
ޑައިވަރުން މަރުވި ހާދިސާއާ ގުޅިގެން ސަފާރީގެ ލައިސެންސް ހިފަހައްޓައިފި
14 މެއި 2026

މަރުވި މިހާގެ ހަށިގަނޑު ފެނުނީ 60 މީޓަރު އަޑީގައި ހުރި ހޮހަޅަ އެއްގެ ތެރެއިން، ބަކީ 4 ޑައިވަރުން ވެސް ވީކަމަށް ބެލެވެނީ އެ ހޮހަޅައިގަ: އެމްއެމްޑީއެފް

14 މެއި 2026
މަރުވި މިހާގެ ހަށިގަނޑު ފެނުނީ 60 މީޓަރު އަޑީގައި ހުރި ހޮހަޅަ އެއްގެ ތެރެއިން، ބަކީ 4 ޑައިވަރުން ވެސް ވީކަމަށް ބެލެވެނީ އެ ހޮހަޅައިގަ: އެމްއެމްޑީއެފް
14 މެއި 2026

5 މީހުން މަރުވެއްޖެއޭ ބުނެވުނީ އޮޅުމަކުން، ފެނުނީ އެކަކު މަރުވެފައި ވަނިކޮށް: ފުލުހުން

14 މެއި 2026
5 މީހުން މަރުވެއްޖެއޭ ބުނެވުނީ އޮޅުމަކުން، ފެނުނީ އެކަކު މަރުވެފައި ވަނިކޮށް: ފުލުހުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު