Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރޯގާ ފެތުރުން

މިދިޔަ މަހު ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ރޯގާގެ ގޮތުގައި ފެތުރޭ ބަލިތައް ވަރަށް ބޮޑަށް އިތުރު، މާލެ ސަރަހައްދުން އެކަނި ވެސް 7000ށް ވުރެ ގިނަ މީހުންނަށް ބޭރަށް ހިންގުން ޖެހިފައިވޭ

19 ފެބުރުއަރީ 2026 | ބުރާސްފަތި 07:32

މިދިޔަ ޑިސެންބަރު މަހާ އަޅާބަލާއިރު ޖަނަވަރީ މަހު ޑެންގީ ހުން، އަރިދަފުސް ރޯގާ އަދި ބޭރަށް ހިންގުން ޖެހިގެން ރިޕޯޓުކުރި މިންވަރު މުޅި ރާއްޖޭގައި ވަނީ ވަރަށް ބޮޑަށް އިތުރުވެފައި. މީގެ އިތުރުން އިންފްލުއެންޒާގެ ކޭސްތައް ވެސް ފެންނަމުންދާތީ، ބަލިތަކުން ރައްކާތެރިވުމަށް ސާފުތާހިރުކަމަށް ސަމާލުކަންދީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި.

އަމްނާ އިމާދު
އަމްނާ އިމާދު | 19 ފެބުރުއަރީ 2026 | ބުރާސްފަތި 07:32
ސްކޫލް ދަރިވަރުން ސްކްރީން ކުރުމުގެ ޕްރޮގްރާމުގެ ތެރެއިން ކަލާފާނު ސްކޫލް ދަަރިވަރުން ސްކްރީން ކުރަނީ. ފައިލް ފޮޓޯ

ސްކޫލް ދަރިވަރުން ސްކްރީން ކުރުމުގެ ޕްރޮގްރާމުގެ ތެރެއިން ކަލާފާނު ސްކޫލް ދަަރިވަރުން ސްކްރީން ކުރަނީ. ފައިލް ފޮޓޯ | igmh

މިދިޔަ މަހު ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ރޯގާގެ ގޮތުގައި ފެތުރޭ ބަލިތައް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފި އެވެ.

ރޯގާގެ ގޮތުގައި ފެތުރެމުންދާ ބަލިތަކުގެ ހާލަތާ ގުޅޭގޮތުން ބުރާސްފަތި ދުވަހު އެޗްޕީއޭއިން ބުނީ، މިދިޔަ އަހަރުގެ ޑިސެންބަރު މަހާ އަޅާބަލާއިރު މިއަހަރު ޖަނަވަރީ މަހު ޑެންގީހުން ޖެހިގެން ރިޕޯޓު ކުރެވުނު އަދަދު ވަނީ އިތުރުވެފައިވާ ކަމަށާއި، ޑިސެންބަރު 2025 ގައި 424 ކޭސް، ޖެނުއަރީ މަހު 647 ކޭސް ރިޕޯޓު ކޮށްފައިވާ ކަމަށެވެ. 

Advertisement - newsAdvertisement

އެޗްޕީއޭއިން ބުނީ އަރިދަފުސް ރޯގާ ޖެހިގެން ޑިސެންބަރު 2025 ގައި 29461 ކޭސް، ޖަނަވަރީ 2026 ގައި 34840 ކޭސް، ބޭރަށް ހިންގުން ޖެހިގެން ޑިސެންބަރު މަހު 3405 ކޭސް، ޖަނަވަރީ މަހު 7792 ކޭސް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

މާލެސިޓީގެ އިތުރުން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ބޭރަށް ހިންގުން ޖެހިގެން ރިޕޯޓު ކުރި މީހުންގެ ނިސްބަތް އިތުރުކަން ފާހަގަކޮށް އެޗްޕީއޭއިން ބުނީ ޑެންގީ ހުން، ވައިރަލް ހުން އަދި އަރިދަފުސް ރޯގާ ރާއްޖޭގެ ގިނަ އަތޮޅުތަކުގައި އިތުރުވެފައިވާ ކަމަށެވެ. 

މީގެ އިތުރުން އެޗްޕީއޭއިން ބުނީ އިންފްލުއެންޒާ އަށް މި އަހަރުގެ މިހާތަނަށް ޓެސްޓު ކުރެވުނު 791 ސާމްޕަލްގެ ތެރެއިން 96 ސާމްޕަލެއް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

މުޅި ރާއްޖޭގައި ރޯގާތައް އިތުރުވަމުންދާތީ، ބަލިން ރައްކާތެރިވުމުގެ ފިޔަވަޅު އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ. 

އެގޮތުން ބަލި ޖެހިއްޖެނަމަ، މީހުންގެ ތެރެއަށް ނުދިއުމާއި، މާސްކް އެޅުމަށާއި، ގިނަގިނައިން އަތް ދޮވުމަށް އެދިފައިވެ އެވެ. އަދި ބަލިވުމުން ޑޮކްްޓަރަށް ދައްކައި، ފަރުވާ ހޯދުމަށް ވެސް އެދިފައިވެ އެވެ. 

އެޗް.ޕީ.އޭޑެންގޫ އަރިދަފުސްއިންފުލުއެންޒާ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2026

ރާއްޖޭގެ މޫސުން ގޯސް، ކުރިއަށް އޮތް 4 ދުވަހު ދުންފުހުގެ އަސަރު އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ވަރަށް ބޮޑަށް ކުރާނެ، ސަމާލުވޭ

09 ފެބުރުއަރީ 2026
ރާއްޖޭގެ މޫސުން ގޯސް، ކުރިއަށް އޮތް 4 ދުވަހު ދުންފުހުގެ އަސަރު އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ވަރަށް ބޮޑަށް ކުރާނެ، ސަމާލުވޭ
06 ފެބުރުއަރީ 2026

ބޭރަށް ހިންގުމާއި ހޮޑުލާ ރޯގާ ދަނީ އިތުރުވަމުން: އެޗްޕީއޭ

06 ފެބުރުއަރީ 2026
ބޭރަށް ހިންގުމާއި ހޮޑުލާ ރޯގާ ދަނީ އިތުރުވަމުން: އެޗްޕީއޭ
28 ޖެނުއަރީ 2026

ރާއްޖޭގައި އިންފްލުއެންޒާ ފެތުރުން އިތުރުވެފައިވާ ދުވަސް ވަރެއްގައި، އެސްޓީއޯ ފާމަސީ ތަކުން އިންފްލުއެންޒާ ވެކްސިން ހުސްވެއްޖެ

28 ޖެނުއަރީ 2026
ރާއްޖޭގައި އިންފްލުއެންޒާ ފެތުރުން އިތުރުވެފައިވާ ދުވަސް ވަރެއްގައި، އެސްޓީއޯ ފާމަސީ ތަކުން އިންފްލުއެންޒާ ވެކްސިން ހުސްވެއްޖެ
27 ޖެނުއަރީ 2026

ނިޕާ ވައިރަހުގެ ނުރައްކާ ރާއްޖެއަށް ކުޑަ, އަވަށްޓެރި ގައުމުތަކަށް ދަތުރުކުރާ ނަމަ ދިވެހީން ސަމާލުވާން ޖެހޭ: އެޗްޕީއޭ

27 ޖެނުއަރީ 2026
ނިޕާ ވައިރަހުގެ ނުރައްކާ ރާއްޖެއަށް ކުޑަ, އަވަށްޓެރި ގައުމުތަކަށް ދަތުރުކުރާ ނަމަ ދިވެހީން ސަމާލުވާން ޖެހޭ: އެޗްޕީއޭ
08 ޖެނުއަރީ 2026

ދުންފަތުގެ ބާވަތްތަކުގައި ސިއްހަތުގެ އިންޒާރު ޖަހަން ދިން މުއްދަތު އެޗްޕީއޭ އިން އިތުރު ކޮށްދީފި

08 ޖެނުއަރީ 2026
ދުންފަތުގެ ބާވަތްތަކުގައި ސިއްހަތުގެ އިންޒާރު ޖަހަން ދިން މުއްދަތު އެޗްޕީއޭ އިން އިތުރު ކޮށްދީފި
07 ޖެނުއަރީ 2026

ދުންފުހުގެ އަސަރު ބޮޑުވެ ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުމަށް އެޗްޕީއޭ އިން އިރުޝާދު ދީފި

07 ޖެނުއަރީ 2026
ދުންފުހުގެ އަސަރު ބޮޑުވެ ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުމަށް އެޗްޕީއޭ އިން އިރުޝާދު ދީފި
09 ޖުލައި 2025

މި ދުވަސްވަރު ބޭރަށް ހިންގުމާއި ހޮޑުލުން އެންމެ ގިނައިން ރިޕޯރޓްކޮށްފައިވަނީ މާލެ ސަރަހައްދުން

09 ޖުލައި 2025
މި ދުވަސްވަރު ބޭރަށް ހިންގުމާއި ހޮޑުލުން އެންމެ ގިނައިން ރިޕޯރޓްކޮށްފައިވަނީ މާލެ ސަރަހައްދުން
05 ޖޫން 2025

އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި

05 ޖޫން 2025
އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި
15 ޖެނުއަރީ 2024

ރާއްޖޭގައި އިންފުލުއެންޒާ ފެތުރެނީ، ތިން މީހަކަށް ވެންޓިލޭޓަރުގައި ދަނީ ފަރުވާދެމުން

15 ޖެނުއަރީ 2024
ރާއްޖޭގައި އިންފުލުއެންޒާ ފެތުރެނީ، ތިން މީހަކަށް ވެންޓިލޭޓަރުގައި ދަނީ ފަރުވާދެމުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް