Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މޫސުން

ރާއްޖޭގެ މޫސުން ގޯސް، ކުރިއަށް އޮތް 4 ދުވަހު ދުންފުހުގެ އަސަރު އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ވަރަށް ބޮޑަށް ކުރާނެ، ސަމާލުވޭ

ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެ ކަމަށާއި، ގުގުރުން އެކަށީގެން ވާ ކަމަށް. މެދުރާއްޖެތެރެ އާއި ދެކުނުގެ ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހުން އެކަށީގެންވޭ. ނަމަވެސް އުތުރުގެ މޫސުން ރަނގަޅު ވާނެ. އަދި ރާއްޖޭގެ ސަރައްހަދުތަކަށް ޚާއްސަކޮށް އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ދުންފުހުގެ އަސަރު ވަރަށް ބޮޑަށް ކުރާއިރު، ބައެއް ސަރަހައްދުތަކުގައި ވައިގެ ނުސާފުކަން ހުރީ ސިއްހީ ގޮތުން ނުރައްކާވާ މިންވަރުގައި.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 9 ފެބުރުއަރީ 2026 | ހޯމަ 10:45
މާލެ ސަރަހައްދު ވައި ނުސާފުވެފައި

މާލެ ސަރަހައްދު ވައި ނުސާފުވެފައި | ރާއްޖެއެމްވީ

ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށާއި، ކުރިއަށް އޮތް 4 ދުވަހު ދުންފުހުގެ އަސަރު ވަރަށް ބޮޑަށް އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ކުރާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ. 

މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ، ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެ ކަމަށާއި، ގުގުރުން އެކަށީގެން ވާ ކަމަށެވެ. މެދުރާއްޖެތެރެއާއި ދެކުނުގެ ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށާއި، ނަމަވެސް އުތުރުގެ މޫސުން ރަނގަޅު ވާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުންޏެވެ. 

Advertisement - newsAdvertisement

މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ، އިރުއުތުރާއި އިރުން ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 35 މޭލު ބާރުމިނަށް ވައި ގަދަވާނެ ކަމަށެވެ. އަދި ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި، ރާޅުގެ އުސްމިނުގައި 2 ނުވަތަ 4 ފޫޓު ހުންނާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

މީގެ އިތުރުން ހޯމަ ދުވަހުގެ މެންދުރު 12:30ން އިރުއޮއްސި 6:30ށް ކ.އަތޮޅުން ފެށިގެން އައްޑޫ ސިޓީ އަށް ވަނީ ވައިޓް އެލާޓް ނެރިފަ އެވެ. 

ރާއްޖޭގެ ސަރައްހަދުތަކަށް ޚާއްސަކޮށް އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ދުންފުހުގެ އަސަރު ކުރަމުންދާކަން ފާހަގަކޮށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ، ދުރު ފެންނަ މިންވަރު 3 ކިލޯމީޓަރަށް ވުރެ ދަށުން ރިޕޯޓު ކުރަމުންދާ ކަމަށެވެ. އަދި ކުރިއަށް އޮތް 4 ދުވަހުވެސް ދުންފުހުގެ އަސަރު ރާއްޖޭގެ ސަރަހައްދުގައި ހުންނާނެ ކަމަށް ބެލެވޭ ކަމަށް އެ އިދާރާއިން ބުންޏެވެ. 

ވައިގެ ކޮލެޓީ ދައްކުވައިދޭ އައިކިއު އެއާއިން ދައްކާ ގޮތުގައި މާލޭގައި ވައިގެ ކޮލެޓީ ހުރީ 118 ގަ އެެވެ. މިއީ ނުރައްކަލުގެ އޮރެންޖު ސަމާލެވެ. ވިލިމާލޭގައި ވައިގެ ކޮލެޓީ 158 ގައި ހުރިއިރު މިއީ ނުރައްކަލުގެ ރަތް ސަމާލެވެ. މީގެ އިތުރުން ކުޅުދުއްފުށި ސިޓީ ވެސް ނުރައްކަލުގެ އޮރެންޖު ސަމާލުގައި އޮތްއިރު އެ ސިޓީގައި ވައިގެ ކޮލެޓީ އުޅެނީ 115ގަ އެވެ. އަދި ށ. ފުނަދޫގައި ވައިގެ ކޮލެޓީ އުޅެނީ 63 ގައެވެ. މިއީ ރީނދޫ ސަމާލެކެވެ.

އެހެންކަމުން ބޭރުގައި އެކި ހަރަކާތްތަކުގައި އުޅޭ މީހުން ސަމާލުވުމަށް މޫސުމާބެހޭ ގައުމީ އިދާރާގެ އިތުރުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

މޫސުމާބެހޭ ގައުމީ އިދާރާއެޗް.ޕީ.އޭމޫސުން

ކޮމެންޓް

އިތުރަށް ކިޔާލަން

ބޭރަށް ހިންގުމާއި ހޮޑުލާ ރޯގާ ދަނީ އިތުރުވަމުން: އެޗްޕީއޭ

ބޭރަށް ހިންގުމާއި ހޮޑުލާ ރޯގާ ދަނީ އިތުރުވަމުން: އެޗްޕީއޭ

06 ފެބުރުއަރީ 2026
ރާއްޖޭގައި އިންފްލުއެންޒާ ފެތުރުން އިތުރުވެފައިވާ ދުވަސް ވަރެއްގައި، އެސްޓީއޯ ފާމަސީ ތަކުން އިންފްލުއެންޒާ ވެކްސިން ހުސްވެއްޖެ

ރާއްޖޭގައި އިންފްލުއެންޒާ ފެތުރުން އިތުރުވެފައިވާ ދުވަސް ވަރެއްގައި، އެސްޓީއޯ ފާމަސީ ތަކުން އިންފްލުއެންޒާ ވެކްސިން ހުސްވެއްޖެ

28 ޖެނުއަރީ 2026
ނިޕާ ވައިރަހުގެ ނުރައްކާ ރާއްޖެއަށް ކުޑަ, އަވަށްޓެރި ގައުމުތަކަށް ދަތުރުކުރާ ނަމަ ދިވެހީން ސަމާލުވާން ޖެހޭ: އެޗްޕީއޭ

ނިޕާ ވައިރަހުގެ ނުރައްކާ ރާއްޖެއަށް ކުޑަ, އަވަށްޓެރި ގައުމުތަކަށް ދަތުރުކުރާ ނަމަ ދިވެހީން ސަމާލުވާން ޖެހޭ: އެޗްޕީއޭ

27 ޖެނުއަރީ 2026
ދުންފަތުގެ ބާވަތްތަކުގައި ސިއްހަތުގެ އިންޒާރު ޖަހަން ދިން މުއްދަތު އެޗްޕީއޭ އިން އިތުރު ކޮށްދީފި

ދުންފަތުގެ ބާވަތްތަކުގައި ސިއްހަތުގެ އިންޒާރު ޖަހަން ދިން މުއްދަތު އެޗްޕީއޭ އިން އިތުރު ކޮށްދީފި

08 ޖެނުއަރީ 2026
ދުންފުހުގެ އަސަރު ބޮޑުވެ ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުމަށް އެޗްޕީއޭ އިން އިރުޝާދު ދީފި

ދުންފުހުގެ އަސަރު ބޮޑުވެ ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުމަށް އެޗްޕީއޭ އިން އިރުޝާދު ދީފި

07 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

22 އެޕްރީލު
އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!
20251 އަހަރު ކުރިން
ރާއްޖެ

އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.
20242 އަހަރު ކުރިން
އިސްލާމް

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް
20233 އަހަރު ކުރިން
ރާއްޖެ

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟
20224 އަހަރު ކުރިން
ރިޕޯޓު

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!
20215 އަހަރު ކުރިން
ރިޕޯޓު

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު