Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ސިއްހަތު
ސްރީލަންކާ

ސްރީލަންކާ ގައި ކެންސަރު ބަލިޖެހޭ މީހުންގެ އަދަދު އިންތިހާ އަށް އިތުރުވެ، ކޮންމެ ދުވަހަކު އަލަށް 100 މީހުންނަށް ބަލި ޖެހޭ ކަމަށް ހާމަ ކޮށްފި

ދުންފަތާއި މަސްތުވާތަކެތީގެ އިތުރުން ޑީސަލް ދުމާއި ޕްލާސްޓިކް އެންދުމުން އުފެދޭ ގޭސްތަކާއި އެއްގަމު މަސް ކެއުމަކީ މި ބަލި ޖެހުމުގެ މައިގަނޑު ސަބަބުތައް ކަމަށް ސިއްހީ މާހިރުން ބުނޭ. ފިރިހެނުންނަށް އަނގައިގެ ކެންސަރު އެންމެ ގިނައިން ޖެހޭ އިރު އަންހެނުންނަށް ގިނައިން ޖެހެނީ އުރަމަތީގެ ކެންސަރު ކަމަށް ވެސް ވަނީ ހާމަ ކޮށްފައި.

ރާއްޖެ އެމްވީ | 29 ޖެނުއަރީ 2026 | ބުރާސްފަތި 18:32
2025 މާރިޗު 12 ވީ ބުދަ ދުވަހު، ކޮލަމްބޯގައި ހުންނަ ސަރުކާރުގެ ހޮސްޕިޓަލެއްގައި ބަލިމީހުން ފަރުވާ ހޯދުމަށް މަޑުކޮށްލައިގެން ތިބި މަންޒަރެއް.

2025 މާރިޗު 12 ވީ ބުދަ ދުވަހު، ކޮލަމްބޯގައި ހުންނަ ސަރުކާރުގެ ހޮސްޕިޓަލެއްގައި ބަލިމީހުން ފަރުވާ ހޯދުމަށް މަޑުކޮށްލައިގެން ތިބި މަންޒަރެއް. | ގެޓީ އިމޭޖަސް

ސްރީލަންކާ ގައި ކެންސަރު ބަލި ފެތުރެމުންދަނީ ނުރައްކާތެރި އަދި ބިރުވެރި މިންވަރަކަށް ކަމަށާއި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެ ގައުމުގައި ކޮންމެ ދުވަހަކު އަލަށް 100 މީހުންނަށް ކެންސަރު ބަލި ޖެހޭކަމަށް ހާމަ ކޮށްފި އެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި ބަލީގައި ދުވާލަކު ގާތްގަނޑަކަށް 40 މީހުން މަރުވަމުންދާއިރު، ސިއްހީ މާހިރުން އިންޒާރު ދެއްވާ ގޮތުގައި މިއީ ދިރިއުޅުމުގެ ނުރަނގަޅު އާދަކާދަތަކާއި ތިމާވެށްޓަށް ދިމާވެފައިވާ ނުރައްކާތަކުގެ ސަބަބުން ކުރިމަތިވަމުންދާ ކަމެކެވެ.

ނޭޝަނަލް ކެންސަރ ކޮންޓްރޯލް ޕްރޮގްރާމްގެ އިސްވެރިޔާ ޑރ. ހަސަރޭލީ ފެނާންޑޯ ބުދަ ދުވަހު ހާމަކުރެއްވި ގޮތުގައި، ކެންސަރު ބަލި އިތުރުވުމަށް މެދުވެރިވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލު ކުރުމާއި، މަސްތުވާތަކެތި ބޭނުންކުރުމާއި، ޑީސަލް އިންޖީނުން ބޭރުވާ ދުމާއި، ޕްލާސްޓިކް އެންދުމުން އުފެދޭ ވިހަ ގޭސްތަކުގެ އިތުރުން އެއްގަމު މަސް ކެއުން އިތުރުވުން ހިމެނެ އެވެ. މީގެ ތެރެއިން ފިރިހެނުންގެ މެދުގައި އެންމެ އާންމުކޮށް ފެންނަނީ އަނގައިގެ ކެންސަރު ކަމަށް ވެސް ރިޕޯޓުކޮށްފައިވެ އެވެ.

ފެބްރުއަރީ 4 ވަނަ ދުވަހު ފާހަގަކުރާ ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހާ ގުޅިގެން މީޑިއާ އަށް މައުލޫމާތު ދެއްވަމުން ޑރ. ފެނާންޑޯ ވިދާޅުވީ، ކެންސަރު ޖެހުމަށް މެދުވެރިވާ އެންމެ ބޮޑު ސަބަބަކީ އަދިވެސް ދުންފަތް ކަމަށެވެ. އޭގެ ފަހުން ބަނގުރާ ބުއިމާއި، ޑީސަލް ދުމާއި، ޕްލާސްޓިކް އަދި ޕޮލިތީން އެންދުމާއި، ރޭޑަން ފަދަ ސިނާއީ ގޭސްތަކަށް ހުށަހެޅުން ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން، އޫރުމަސް ހިމެނޭހެން އެއްގަމު މަސް ކެއުމަކީ އިންސާނުންގެ ހަށިގަނޑުގައި ކެންސަރު އުފެދުމަށް މަގުފަހިކޮށްދޭ ކަމެއް ކަމުގައި މިހާރު ވަނީ ކަނޑައެޅިފަ އެވެ.

ސްރީ ލަންކާ ގެ ގައުމީ ކެންސަރު ރެޖިސްޓްރީގެ ތަފާސްހިސާބުތަކަށް ހަވާލާދީ އެ ގައުމުގެ ދުވަހު ނޫސް ޑެއިލީ މިރަރ އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، 2022 ވަނަ އަހަރު އަލަށް 35,855 މީހުންނަށް ކެންސަރު ޖެހިގެން ރިޕޯޓްކޮށްފައިވެ އެވެ. މީގެ ތެރޭގައި ހިމެނެނީ 19,500 އަންހެނުންނާއި 16,400 ފިރިހެނުންނެވެ. ފިރިހެނުންނަށް އެންމެ ގިނައިން ޖެހެނީ އަނގައިގެ ކެންސަރު ކަމަށްވާއިރު، އަންހެނުންގެ މެދުގައި އެންމެ އާންމީ އުރަމަތީގެ ކެންސަރެވެ. މީގެ އިތުރުން ތައިރޮއިޑް ކެންސަރާއި ގޮހޮރުގެ ކެންސަރު ޖެހޭ މީހުންގެ އަދަދުވެސް ވަނީ އިތުރުވެފަ އެވެ.

މަހަރަގަމާގައި ހުންނަ އަޕޭކްޝާ ހޮސްޕިޓަލަށް ކޮންމެ ދުވަހަކު 3,000 އާއި 4,000 އާ ދެމެދުގެ އަދަދަކަށް ކެންސަރު ބަލިމީހުން ދައްކާއިރު، މީގެ ތެރެއިން ސީދާ ފަރުވާ ހޯދަމުންދަނީ އެންމެ 20 އިންސައްތަ މީހުންނެވެ. ބާކީ ތިބި މީހުންނަކީ ބަލި އިތުރަށް ބޮޑުވިޔަ ނުދިނުމަށް ގަވާއިދުން ޗެކަޕް ހަދަމުންދާ މީހުން ކަމަށް ރިޕޯޓު ކޮށްފައިވެ އެވެ.

ޑރ. ފެނާންޑޯ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އުމުރުން ދުވަސްވުމާއި، ވިރާސީ ގޮތުން ވާރުތަވާ ސަބަބުތަކަކީ އިންސާނުންނަށް ބަދަލުނުކުރެވޭނެ ކަންކަމެވެ. ސްރީލަންކާގެ އާބާދީގައި އުމުރުން ދުވަސްވީ މީހުން އިތުރުވަމުންދިއުމަކީ، ހަށިގަނޑުގެ ދިފާއީ ނިޒާމު ބަލިކަށިވެ ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑުވާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ހާމަކުރާ ގޮތުގައި 30 އިންސައްތައާއި 50 އިންސައްތައާ ދެމެދުގެ ކެންސަރު ބައްޔަކީ ދުރާލާ ރައްކާތެރިވެވިދާނެ ބަލިތަކެވެ. އެހެންކަމުން، ދުންފަތާއި މަސްތުވާތަކެއްޗާ ދުރުހެލިވެ، ތިމާވެށި ތަޣައްޔަރުވާ ކަންކަމުން ރައްކާތެރިވެ، އަދި ސިއްހަތަށް ފައިދާހުރި ކާނާ ބޭނުންކުރުމުގެ އާދަ އަށަގަންނެވުމުގެ ތެރެއިން، މި ނުރައްކާތެރި ބަލީގައި މަރުވާ މީހުންގެ އަދަދު މަދުކުރުމަށް މާހިރުން އިލްތިމާސް ކުރައްވަ އެވެ.

ސްރީލަންކާކެންސަރުދުނިޔޭގެ ސިއްހަތު ޖަމިއްޔާ

ކޮމެންޓް

އިތުރަށް ކިޔާލަން

 ސްރީ ލަންކާގެ ކުރީގެ ރައީސް ރަނިލް ވިކްރަމަސިންހަ ކޯޓަށް ހާޒިރު ކޮށްފި

ސްރީ ލަންކާގެ ކުރީގެ ރައީސް ރަނިލް ވިކްރަމަސިންހަ ކޯޓަށް ހާޒިރު ކޮށްފި

28 ޖެނުއަރީ 2026
ބުރާސްފަތި ދުވަހު އެމެރިކާ އިން ރަސްމީކޮށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އިން ވަކިވާނެ

ބުރާސްފަތި ދުވަހު އެމެރިކާ އިން ރަސްމީކޮށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އިން ވަކިވާނެ

22 ޖެނުއަރީ 2026
ދުނިޔޭގެ އެންމެ ބޮޑު ދަނބުކުލައިގެ ތަރިޖެހި ނީލަމް ކޮޅުނބުގައި ދައްކާލައިފި

ދުނިޔޭގެ އެންމެ ބޮޑު ދަނބުކުލައިގެ ތަރިޖެހި ނީލަމް ކޮޅުނބުގައި ދައްކާލައިފި

18 ޖެނުއަރީ 2026
މަސްއޫދު އިމާދު ލަންކާ އަށް އިންޒާރު ދެއްވުމާ ގުޅިގެން މުއިއްޒުގެ ފޮރިން މިނިސްޓަރު ޚަލީލް މަޖިލީހަށް ހާޒިރުކުރަނީ!

މަސްއޫދު އިމާދު ލަންކާ އަށް އިންޒާރު ދެއްވުމާ ގުޅިގެން މުއިއްޒުގެ ފޮރިން މިނިސްޓަރު ޚަލީލް މަޖިލީހަށް ހާޒިރުކުރަނީ!

13 ޖެނުއަރީ 2026
ބަނގުރާ މައްސަލައެއްގައި ފުލުހުން ސަފާރީ އަކަށް އެރުން: ދިވެހި ކައްޕިއާ އެއްވެސް ސުވާލެއް ނުކުރޭ، ހައްޔަރުކުރި ލަންކާގެ ދެ މުވައްޒަފުން ކޯޓުން ދޫކޮށްލައިފި

ބަނގުރާ މައްސަލައެއްގައި ފުލުހުން ސަފާރީ އަކަށް އެރުން: ދިވެހި ކައްޕިއާ އެއްވެސް ސުވާލެއް ނުކުރޭ، ހައްޔަރުކުރި ލަންކާގެ ދެ މުވައްޒަފުން ކޯޓުން ދޫކޮށްލައިފި

10 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

31 ޖެނުއަރީ
އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ
20224 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް
20188 އަހަރު ކުރިން
ރާއްޖެ

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު