Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ތިން ރައީސުންގެ ބައްދަލުވުން

ތިން ރައީސުންވެސް ވިދާޅުވީ، އިނަފް އިސް އިނަފްކަމަށް!

ނޫސްވެރިކަމުގެ މިނިވަންކަމާއި ޑިމޮކްރަސީގެ ހަމަތައް ނެތިދާތީ، ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކުރީގެ ތިން ރައީސުން ކަމަށްވާ ނަޝީދު، ޔާމީން އަދި ސާލިޙު ގުޅިގެން މަސައްކަތް ކުރަން ވަނީ ނިންމަވާފައި، މި ބައްދަލުވުމުގައި، ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވުމާއި އިގްތިސާދީ ހީނަރުކަމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވައި، އަސާސީ ހައްގުތައް ކަށަވަރު ކުރުމަށް ދޫނުދީ މަސައްކަތް ކުރައްވާނެ ކަމަށް އެ ބޭފުޅުން ވިދާޅުވި. އެހެންކަމުން، ގައުމުގެ ހާލަތު އިސްލާހު ކުރުމަށްޓަކައި ސަރުކާރުން ކުރަމުންދާ ގޯސް ކަންކަން ވަގުތުން ހުއްޓާލުމަށް ތިން ރައީސުން ވަނީ ގޮވާލައްވާފައި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 15 މެއި 2026 | ހުކުރު 17:19
ރައީސް ނަޝީދާއި ރައީސް ޞޯލިޙް އަދި ރައީސް ޔާމީންގެ ބައްދަލުވުން

ރައީސް ނަޝީދާއި ރައީސް ޞޯލިޙް އަދި ރައީސް ޔާމީންގެ ބައްދަލުވުން | ރާއްޖެ އެމްވީ

ސަރުކާރުން ހަދަމުންދާ ގޯސްތައް މިހާރުން މިހާރަށް ހުއްޓާލުމަށް ކުރީގެ 3 ރައީސުންކަމަށްވާ ރައީސް މުޙައްމަދު ނަޝީދު، ރައީސް އަބްދުﷲ ޔާމީނު އަދި ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ގޮވާލައްވައިފިއެވެ.

ތިން ރައީސުންގެ ތާރީޚީ ބައްދަލުވުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ،  މިހާރު އަމަލުކުރަމުންދާ ފެހި ގާނޫނުއަސާސީއަށް ވިހި އަހަރު ފުރެންދާއިރު، އަލުން އަނބުރާ ނޫސްވެރިކަމުގެ ދިފާއުގައި މަގުމައްޗަށް ނުކުންނަން ޖެހުމަކީ ހިތާމަވެރި ކަމެއް ކަމަށާއި، ނޫސްވެރިކަމުގެ މިނިވަންކަން މިއަދު އޮތީ ނުރައްކާތެރި ފައްތަރެއްގައި ކަމަށެވެ. 

Advertisement - newsAdvertisement

އެހެންކަމުން އެ ކަންކަމާ ދެކޮޅަށް ގުޅިގެން މަސައްކަތް ކުރަންޖެހޭކަން ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ. 

މި ބައްދަލުވުމުގައި ރައީސް ޔާމީނު ވިދާޅުވީ، ރާއްޖޭގެ ރައްޔިތުން ތިބީ ވަރަށް ހާލުގައި ކަމަށާއި، މީޑިއާއަށްވެސް ޝަރުއީ ނިޒާމުގެ ތެރެއިން ބޮޑެތި ޙަމަލާތައް ދެމުންގެންދާ ކަމަށެވެ. އަދި ވިދާޅުވީ، ސަރުކާރު ޖަވާބުދާރީ ކުރަން ޖެހޭ ކަމަށާއި، މިއަދު ފެންނަމުންދަނީ ހުދުމުޚުތާރު ރައްޔިތުންގެ ސިފަ ކަމަށެވެ.

ކުރީގެ ރައީސް ޔާމީނު ވިދާޅުވީ، މިހާރު ފުދިއްޖެ ކަމަށާއި، މި ވެރިކަމާ ދެކޮޅަށް އަދި ނޫސްވެރިންގެ ޙައްޤުގައި ނުކުންނަންވެއްޖެ ކަމަށެވެ. އެހެންކަމުން ވަކި ސިޔާސަތުތަކާއެކު، ދޫ ދިނުމެއް ނެތި މަސައްކަތް ކުރުމަށް ތިން ރައީސުންވެސް އެއްބަސްވެފައިވާކަމަށް ރައީސް ޔާމީނު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ރައީސް ސާލިޙު ވިދާޅުވީ، ރައީސް މުއިއްޒު މި ގައުމަށް ކުރިމަތި ކުރާ ދަތިތަކާ އުނދަގޫތަކުން ސަލާމަތް ކުރުމަށްޓަކައި ކުރެވެން ހުރި ހުރިހާ ކަމެއް ކުރަންދެން މިކަމުގައި ދެމިތިއްބަވާނެ ކަމަށެވެ. އަދި ވިދާޅުވީ ރައީސް ޑރ މުޙައްމަދު މުއިއްޒުގެ ސަރުކާރުން ޤާނޫނުއަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދޭ އަސާސީ ޙައްޤުތަކަށް ފާޅުގައި އަރައިގެންފައިވާ ކަމަށާއި، ޝަރުއީ ކޯޓުތަކަށްވެސް ނުފޫޒު ފޯރުވަމުންދާ ކަމަށެވެ. 

ތިން ރައީސުންގެ ތާރީޚީ ބައްދަލުވުމަށްފަހު ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނެފައިވަނީ،  މިނިވަން ނޫސްވެރިކަމަށް ހުރަސް އެޅުމާއި، ނޫސްވެރިން ޖަލަށްވެސް ލަމުންދާ ކަމަށެވެ.

މީގެ އިތުރުން، ރައްޔިތުންގެ އާންމު ޙާލަތު ދަށްވެ، އިޤްތިސާދު ހީނަރުވެ، ތަކެތީގެ އަގު އެތައް ގުނައަކަށް އުފުލިފައިވާކަން ވެސް ވަނީ ފާހަގަކޮށްފައެވެ. އަދި މި ޙާލަތުގައި ވެސް ސަރުކާރުގެ އިސްރާފު އިންތިހާއަށް ބޮޑުކަމަށް ބަޔާނުގައިވެއެވެ.

ހަމައެއާއެކު، ސަރުކާރުގެ ތެރޭގައި ނުރަނގަޅު އެތައް ކަމެއް މިއަދު އަށަގެންފައިވާކަން ފާހަގަކޮށް ބަޔާނުގައި އިތުރަށް ބުނެފައިވަނީ، އެކަންކަން އިސްލާޙު ކުރުމަށް ވެސް ސަރުކާރު ނުކުޅެދިފައިވާ ކަމަށެވެ. އަދި ރައްޔިތުންގެ ފައިސާއާއި މުދާ އަމާންކަމާއި ރައްކާތެރިކަމާއެކު ބެލެހެއްޓޭކަމުގެ އިތުބާރު ގެއްލި، ރައްޔިތުންގެ ބާރު ކެނޑި، އެތައް ޒަމާނެއްވަންދެން ދިވެހިން މަސައްކަތް ކޮށްގެން ހޯދި ޑިމޮކްރަސީގެ ހަމަތައް ރާއްޖެއިން ފުހެވިގެންދާތަން ފެންނަމުންދާކަމަށް ވެސް ވަނީ ފާހަގަކޮށްފައެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުއަބްދުﷲ ޔާމީންއިބްރާހީމް މުޙައްމަދު ސޯލިޙުޑރ. މުޙައްމަދު މުޢިއްޒުޕްރެސް ފްރީޑަމްޑިމޮކްރަސީ

ކޮމެންޓް

އިތުރަށް ކިޔާލަން

ޤައުމު ހަމަ މަގަށް އެޅުވުމަށް 3 ރައީސުން ވެސް ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެއްޖެ!

ޤައުމު ހަމަ މަގަށް އެޅުވުމަށް 3 ރައީސުން ވެސް ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެއްޖެ!

15 މެއި 2026
ތިން ރައީސުންގެ ތާރީޚީ މަޝްވަރާތައް ފެށިއްޖެ

ތިން ރައީސުންގެ ތާރީޚީ މަޝްވަރާތައް ފެށިއްޖެ

15 މެއި 2026
ޖަލަށް ލާފައިވާ ނޫސްވެރިން މިނިވަން ކުރުމަށް ގޮވާލާ، ގިނަ އަދަދެއްގެ ނޫސްވެރިން މާލޭގައި އިހްތިޖާޖު ކޮށްފި

ޖަލަށް ލާފައިވާ ނޫސްވެރިން މިނިވަން ކުރުމަށް ގޮވާލާ، ގިނަ އަދަދެއްގެ ނޫސްވެރިން މާލޭގައި އިހްތިޖާޖު ކޮށްފި

15 މެއި 2026
ޕީއެންސީގެ ޕީޖީ ލީޑަރު ފަލާހު މެންބަރު އައްބާސްގެ އަބުރަށް އަރައިގަތް ކަމަށް ބުނެ ދައުވާ ކުރަނީ

ޕީއެންސީގެ ޕީޖީ ލީޑަރު ފަލާހު މެންބަރު އައްބާސްގެ އަބުރަށް އަރައިގަތް ކަމަށް ބުނެ ދައުވާ ކުރަނީ

15 މެއި 2026
ރައީސް މުއިއްޒުގެ ކައިވެނި ރޫޅާލެވޭތޯ ވެސް އިދިކޮޅު ސިޔާސީ ފަރާތްތަކުން އުޅޭ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ

ރައީސް މުއިއްޒުގެ ކައިވެނި ރޫޅާލެވޭތޯ ވެސް އިދިކޮޅު ސިޔާސީ ފަރާތްތަކުން އުޅޭ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ

15 މެއި 2026

އަހަރުތަކުން މިއަދު

15 މެއި
ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު
20251 އަހަރު ކުރިން
ރާއްޖެ

ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު
20233 އަހަރު ކުރިން
މީހުން

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް
20224 އަހަރު ކުރިން
ރާއްޖެ

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ

ވަޅޯމަސް ފްރައިޑް ރައިސް
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ވަޅޯމަސް ފްރައިޑް ރައިސް

ތަރާވީޙް ނަމާދު
20188 އަހަރު ކުރިން
އިސްލާމް

ތަރާވީޙް ނަމާދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު