Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގެގް އޯޑަރ

ނޫސްވެރިންގެ ޖަމިއްޔާއަކީ ގެގް އަމުރު ނިސްބަތްވާ މައްސަލައިގައި ހިމެނޭ ބައެއް ނޫންކަމަށް ބުނެ އަމުރުގެ އިސްތިއުނާފު ބޭރުކޮށްލައިފި

އަދަދު ނޫހުގެ ޑޮކިއުމަންޓްރީއާ ގުޅިގެން ނެރުނު ގެގް އޯޑަރު ބާތިލުކުރަން މޯލްޑިވްސް ޖަރނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ހުށަހެޅި އިސްތިއުނާފު މައްސަލަ ހައިކޯޓުން ވަނީ ބޭރުކޮށްލާފައި. ހައިކޯޓުގެ ރަޖިސްޓްރާ ނިންމެވީ އެމްޖޭއޭއަކީ އެ މައްސަލައިގައި ހިމެނޭ ޚަޞްމަކަށް ނުވާތީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން އެ ޖަމިއްޔާއަށް އިސްތިއުނާފު ކުރުމުގެ ޙައްޤު ލިބިގެން ނުވާ ކަމަށް.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 17 މެއި 2026 | އާދީއްތަ 08:36
އަދަދު ނޫހުގެ ނޫސްވެރިން ކޯޓަށް ހާޒިރުކުރުން.

އަދަދު ނޫހުގެ ނޫސްވެރިން ކޯޓަށް ހާޒިރުކުރުން. | މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)

އަދަދު ނޫހުން ނެރުނު ޑޮކިއުމަންޓްރީއާ ގުޅިގެން ކޯޓުން ނެރެފައިވާ ގެގް އޯޑަރ އަމުރުގެ އިސްތިއުނާފު ހައިކޯޓުން ބޭރު ކޮށްލައިފި އެވެ.

މި އަމުރު ހައިކޯޓުގައި އިސްތިއުނާފު ކުރީ ނޫސްވެރިންގެ ޖަމިއްޔާ (މޯލްޑިވްސް ޖަރނަލިސްޓް އެސޯސިއޭޝަން) އިންނެވެ. ނަމަވެސް އާދިއްތަ ދުވަހު ހައިކޯޓުން ވަނީ މި މައްސަލަ ބޭރުކޮށްލާފަ އެވެ.

Advertisement - newsAdvertisement

ހައިކޯޓުގެ ރަޖިސްޓްރާ މަރްޔަމް ހޫރުޝިދާ ސޮއި ކުރައްވައި ފޮނުވި ނިންމުމުގައި ބުނެފައިވަނީ، ނޫސްވެރިންގެ ޖަމިއްޔާއަކީ ގެގް އަމުރު ނިސްބަތްވާ މައްސަލައިގައި ހިމެނޭ ބައެއް ނޫންކަމަށްވާތީ މައްސަލަ ބަލައިގަނެވެން ނެތް ކަމަށެވެ. އެގޮތުން މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ  އަދަދު އޮންލައިން ނޫހުގެ އެޑިޓަރ އިން ޗީފް އަދި ސީއީއޯ ހުސައިން ފިޔާޒް މޫސާއާއި އެޑިޓަރ ހަސަން މުހައްމަދުގެ މައްޗަށްކަން ފާހަގަކޮށް ނިންމުމުގައި ބުނެފައިވަނީ، އިސްތިއުނާފުގެ ޙައްޤު ލިބިގެންވަނީ މައްސަލައިގައި ހިމެނޭ ފަރާތްތަކަށްކަމަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ކަމަށެވެ.

ހައިކޯޓުން މި މައްސަލަ ބޭރުކޮށްލާފައި މިވަނީ އަދަދު ނޫހުގެ ނޫސްވެރިން ކޯޓުގެ ޙުރުމަތް ކެނޑިކަމަށް ބުނެ ކޮށްފައިވާ ޙުކުމުގެ އިސްތިއުނާފު މައްސަލައާއި، އެ ނޫހުން ނެރުނު ޑޮކިއުމަންޓްރީއާ ގުޅިގެން ކޯޓުން ނެރެފައިވާ ގެގް އޯޑަރ އަމުރުގެ އިސްތިއުނާފުގެ މައްސަލަތައް ރަޖިސްޓްރީ ކޮށްދެއްވައި، ވީ އެންމެ އަވަސް ފުރުޞަތެއްގެ ތެރޭގައި މައްސަލަތަކުގެ ޝަރީޢަތުގެ އަޑުއެހުންތައް ތާވަލުކޮށްދިނުމަށް އެދިފައިވާ ދަނޑިވަޅެއްގަ އެވެ.

އަދަދު އޮންލައިންހައި ކޯޓުއެމްޖޭއޭހުސައިން ފިޔާޒް މޫސާހައްސާން މުހައްމަދުމަރްޔަމް ހޫރުޝިދާ

އިތުރަށް ކިޔާލަން

17 މެއި 2026

ފިޔާޒާއި ހަސަނުގެ މައްޗަށް ކުރާ ޤަޛުފުގެ ދައުވާގެ ޝަރީއަތް އޮބްޒަރވް ކުރުމުގެ ފުރުސަތުދޭން ނޫސްވެރިންގެ ޖަމިއްޔާއިން އެދިއްޖެ

17 މެއި 2026
ފިޔާޒާއި ހަސަނުގެ މައްޗަށް ކުރާ ޤަޛުފުގެ ދައުވާގެ ޝަރީއަތް އޮބްޒަރވް ކުރުމުގެ ފުރުސަތުދޭން ނޫސްވެރިންގެ ޖަމިއްޔާއިން އެދިއްޖެ
17 މެއި 2026

މީދޫ ކައުންސިލް ރައީސްގެ އިންތިޚާބުގެ ވޯޓުލުން ޖޫން 13ގައި

17 މެއި 2026
މީދޫ ކައުންސިލް ރައީސްގެ އިންތިޚާބުގެ ވޯޓުލުން ޖޫން 13ގައި
16 މެއި 2026

އަދަދުގެ ނޫސްވެރިން ޖަލަށްލުމަށް ކުރި ޙުކުމާއި، ގެގް އޯޑަރ އަމުރުގެ އިސްތިއުނާފު ރަޖިސްޓްރީކޮށްދީ، އަޑުއެހުންތައް އަވަހަށް ބާއްވައިދޭން އެދިއްޖެ

16 މެއި 2026
އަދަދުގެ ނޫސްވެރިން ޖަލަށްލުމަށް ކުރި ޙުކުމާއި، ގެގް އޯޑަރ އަމުރުގެ އިސްތިއުނާފު ރަޖިސްޓްރީކޮށްދީ، އަޑުއެހުންތައް އަވަހަށް ބާއްވައިދޭން އެދިއްޖެ
16 މެއި 2026

"އަދަދު" ނޫހުގެ ނޫސްވެރިން ޖަލަށްލި މައްސަލަ އދ. ގެ ހިއުމަން ރައިޓްސް ކަމިޝަނަރގެ އޮފީހަށް ހުށަހަޅައިފި

16 މެއި 2026
 "އަދަދު" ނޫހުގެ ނޫސްވެރިން ޖަލަށްލި މައްސަލަ އދ. ގެ ހިއުމަން ރައިޓްސް ކަމިޝަނަރގެ އޮފީހަށް ހުށަހަޅައިފި
14 މެއި 2026

އަނގަ ބަންދުކުރާ އަމުރު މޯލްޑިވްސް ޖަރނަލިސްޓް އެސޯސިއޭޝަނުން އިސްތިއުނާފުކޮށްފި

14 މެއި 2026
އަނގަ ބަންދުކުރާ އަމުރު މޯލްޑިވްސް ޖަރނަލިސްޓް އެސޯސިއޭޝަނުން އިސްތިއުނާފުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު