Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ގެގް އޯޑަރ

އަނގަ ބަންދުކުރާ އަމުރު މޯލްޑިވްސް ޖަރނަލިސްޓް އެސޯސިއޭޝަނުން އިސްތިއުނާފުކޮށްފި

މި މައްސަލައިގައި އެމްޖޭއޭ ތަމްސީލުކުރުމަށް ލީގަލް ޓީމެއް އެކުލަވާލާފައިވާއިރު، މި އަމުރުގެ ސަބަބުން އަސަރުކުރާ އެންމެހާ ފަރާތްތަކުން މައްސަލައަށް ތަދައްހުލްވުމަށް އެ ޖަމިއްޔާއިން ވަނީ އެދިފައި. ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭގޮތަށް ސަރުކާރާއި ޝަރުއީ ދާއިރާއިން ކުރާ މަސައްކަތްތައް ކުށްވެރިކޮށް، ހައްޔަރުކޮށްފައިވާ ނޫސްވެރިން ވަގުތުން ދޫކޮށްލުމަށް ވެސް އެމްޖޭއޭއިން ވަނީ ގޮވާލާފައި.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 14 މެއި 2026 | ބުރާސްފަތި 14:09
ހައިކޯޓު ބޭރުން ނަގާފައިވާ ފޮޓޯ އެއް

ހައިކޯޓު ބޭރުން ނަގާފައިވާ ފޮޓޯ އެއް | ހައި ކޯޓް

އަދަދު ނޫހުގެ ޑޮކިއުމެންޓްރީއާއި ގުޅިގެން އެ ޑޮކިއުމެންޓްރީގެ ވާހަކަ ނުދެއްކުމަށް އަމުރުކޮށް ހުރިހާ ރައްޔިތުންގެ މައްޗަށް، އަނގަ ބަންދުކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު މޯލްޑިވްސް ޖަރނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ހައިކޯޓުގައި އިސްތިއުނާފުކޮށްފި އެވެ. 

އެމްޖޭއޭއިން ބުނީ ގާނޫނުއަސާސީގެ 27، 28 އަދި 29 ވަނަ މާއްދާގައިވާ ހައްގުތައް އިންތިހާއަށް ހަނިވާގޮތަށް، ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރު އިސްތިއުނާފުކުރަން އެމްޖޭއޭގެ ފަރާތުން ބުރާސްފަތި ދުވަހު ހުށަހަޅާފައިވާ ކަމަށެވެ. 

Advertisement - newsAdvertisement

އަދި މި މައްސަލައިގައި ހައިކޯޓުގައި އެމްޖޭއޭ ތަމްސީލުކުރުމަށް ލީޑް ކައުންސެލްގެ ގޮތުގައި ހަމަޖައްސާފައިވަނީ ގާނޫނީ ވަކީލު ހަސަން ފަލާހު އެވެ. އަދި މައްސަލަ ރެޖިސްޓްރީވުމާއެކު ލީގަލް ޓީމްގައި ހިމެނޭ ގިނަ ވަކީލުންތަކެއް މި މައްސަލައިގައި އެމްޖޭއޭ ތަމްސީލުކުރުމަށް ގުޅިވަޑައިގަންނަވާނެ ކަމަށް އެމްޖޭއޭއިން ބުނެ އެވެ. 

އަދި މި އަމުރުގެ ސަބަބުން އަސަރުކޮށްފައިވާ، މައްސަލައަށް ތަދައްހުލްވާން ބޭނުންވާ އެންމެހާ ފަރާތްތަކުން މައްސަލައަށް ތަދައްހުލްވުމަށް އެމްޖޭއޭއިން ވަނީ އެދިފަ އެވެ. 

އެމްޖޭއޭއިން ބުދަ ދުވަހު ނެރުނު ނޫސް ބަޔާނެއްގައި ބުނީ މިނިވަން ނޫސްވެރިކަމުގެ އަޑުކަނޑުވާލުމަށްޓަކައި، ވެރިކަންކުރާ ބާރާއި، ޝަރުޢީ ދާއިރާއިން ކުރަމުންދާ މަސައްކަތްތައް އެމްޖޭއޭ އިން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި ލީވާން އާއި ޝަހުޒާން އެއްވެސް ޝަރުތަކާ ނުލައި ވަގުތުން ދޫކޮށްލުމަށް ހުރިހާ އިދާރާތަކަށް އެމްޖޭއޭ އިން ވަނީ ގޮވާލާފަ އެވެ.

އެމްޖޭއޭއިން އިތުރަށް ބުނެފައިވަނީ، ވެރިކަމުގެ އެހެން ބާރުތަކުގެ މައްޗަށް އަތްގަދަކޮށްފައިވާ ސަރުކާރަކާއި، އިންތިހާއަށް ސިޔާސީކޮށްފައިވާ ޝަރުއީ ނިޒާމު ގުޅިލާމެހިފައިވާ މިންވަރުގެ ސަބަބުން ސީރިއަސް ސުވާލުތަކެއް އުފެދިފައިވާ ކަމަށެވެ. އަދި ސިޔާސީވެފައިވާ ޝަރުއީ ނިޒާމުގެ ތެރެއިން ގާނޫނީ ހަމަތަކުގެ މަތިން ކަންކަން ކުރިއަށްދިއުމުގެ ހައްގާއި (ޑިއު ޕްރޮސެސް)، އަދުލުވެރި، އިންސާފުވެރި ޝަރީއަތެއް ލިބުމުގެ ހައްގު ކަށަވަރުނުވާނެ ކަމުގެ ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރިކަންވެސް ފާހަގަކޮށްފައިވެ އެވެ.

އެހެންކަމުން މިތުހުމަތުތަކާ ގުޅޭގޮތުން މިނިވަން، އިންސާފުވެރި، ވަކިއަތަކަށް ނުޖެހޭ އަދި އިތުބާރުހުރި ތަހުގީގެއް ލަސްކުރުމަކާ ނުލައި ކުރިއަށް ގެންދިއުމަށް ހުރިހާ އިދާރާތަކަށް އެމްޖޭއޭއިން ވަނީ ގޮވާލާފަ އެވެ.

އަދަދު ނޫސްކްރިމިނަލް ކޯޓްމޯލްޑިވްސް ޖަރނަލިސްޓް އެސޯސިއޭޝަންހައި ކޯޓުއަނގަ ބަންދުކުރުމަށް ނެރޭ އަމުރު

ކޮމެންޓް

އިތުރަށް ކިޔާލަން

ބޭރުގެ ނޫސް ޗެނަލްތަކުން ގެގް އޯޑަރާ ޚިލާފު ކޮންޓެންޓު ދެއްކިޔަސް، އެ ކޮންޓެންޓު މަނާކުރުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް، ފިޔަވަޅު އަޅަނީ ރާއްޖޭގެ ނޫސްވެރިންނަށް!

ބޭރުގެ ނޫސް ޗެނަލްތަކުން ގެގް އޯޑަރާ ޚިލާފު ކޮންޓެންޓު ދެއްކިޔަސް، އެ ކޮންޓެންޓު މަނާކުރުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް، ފިޔަވަޅު އަޅަނީ ރާއްޖޭގެ ނޫސްވެރިންނަށް!

14 މެއި 2026
 މީދޫ އިންތިޚާބުގެ މައްސަލަ: ހައިކޯޓުގެ ނިންމުމާއެކު އެމްޑީއޭއާއި ޕީއެންސީ ކެންޑިޑޭޓާ ވޯޓު އެއްވަރުވެއްޖެ!

މީދޫ އިންތިޚާބުގެ މައްސަލަ: ހައިކޯޓުގެ ނިންމުމާއެކު އެމްޑީއޭއާއި ޕީއެންސީ ކެންޑިޑޭޓާ ވޯޓު އެއްވަރުވެއްޖެ!

14 މެއި 2026
ނޫސްވެރިންނަށް ނުފޫޒު ފޯރުވައި، ޒިންމާތަކަށް ހުރަސްއަޅާކަމަށް ބުނެ ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަތް!

ނޫސްވެރިންނަށް ނުފޫޒު ފޯރުވައި، ޒިންމާތަކަށް ހުރަސްއަޅާކަމަށް ބުނެ ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަތް!

14 މެއި 2026
ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށް ސާބިތުވެ، ދެމީހަކު ޖަލަށްލުމަށް ހުކުމްކޮށްފި

ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށް ސާބިތުވެ، ދެމީހަކު ޖަލަށްލުމަށް ހުކުމްކޮށްފި

13 މެއި 2026
ދެ ނޫސްވެރިއަކު ޖަލަށްލުމަކީ ޑިމޮކްރެޓިކް ވެރިކަމެއްގެ އަސާސްތަކަށް ދެވޭ ވަރަށް ބޮޑު ހަމަލާ އެއް: ޓްރާންސްޕޭރެންސީ

ދެ ނޫސްވެރިއަކު ޖަލަށްލުމަކީ ޑިމޮކްރެޓިކް ވެރިކަމެއްގެ އަސާސްތަކަށް ދެވޭ ވަރަށް ބޮޑު ހަމަލާ އެއް: ޓްރާންސްޕޭރެންސީ

13 މެއި 2026

އަހަރުތަކުން މިއަދު

4 ޖޫން
ދީނުގެ ތެރެއަށް ގެންނަ އައު ކަންކަން ބަލައިނުގަތުމަށް އަރަފާތު ޚުތުބާ ގައި ގޮވާލައިފި
20251 އަހަރު ކުރިން
އިސްލާމް

ދީނުގެ ތެރެއަށް ގެންނަ އައު ކަންކަން ބަލައިނުގަތުމަށް އަރަފާތު ޚުތުބާ ގައި ގޮވާލައިފި

އިންޑިއާގެ ބޮޑުވަޒީރު މޯދީ މަގާމުން އިސްތިއުފާ ދެއްވައިފި
20242 އަހަރު ކުރިން
ދުނިޔެ

އިންޑިއާގެ ބޮޑުވަޒީރު މޯދީ މަގާމުން އިސްތިއުފާ ދެއްވައިފި

ރޮނާލްޑޯގެ ޓީމު ރެލިގޭޓްވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

ރޮނާލްޑޯގެ ޓީމު ރެލިގޭޓްވެއްޖެ

މީގެ 70 އަހަރުކުރިން އިނގިރޭސީންގެ ރަސްކަމުގެ ތަޚުތަށް ރާނީ، އިސްވެވަޑައިގަތުމުގެ މުނާސަބަތު ދިވެހިރާއްޖޭގައި ކުލަގަދަ ގޮތެއްގައި ފާހަގަކުރުން!
20224 އަހަރު ކުރިން
ކޮލަމް

މީގެ 70 އަހަރުކުރިން އިނގިރޭސީންގެ ރަސްކަމުގެ ތަޚުތަށް ރާނީ، އިސްވެވަޑައިގަތުމުގެ މުނާސަބަތު ދިވެހިރާއްޖޭގައި ކުލަގަދަ ގޮތެއްގައި ފާހަގަކުރުން!

ސަލާމަތްވާން ލިއުޝާ ވަރަށް މަސައްކަތްކުރި، އެންޑީއޭގެ ޒިންމާކޮބާ؟
20215 އަހަރު ކުރިން
ރިޕޯޓު

ސަލާމަތްވާން ލިއުޝާ ވަރަށް މަސައްކަތްކުރި، އެންޑީއޭގެ ޒިންމާކޮބާ؟

ފިރިމީހާ، ލިއަމްއާ އެކު ހިނގާފައި ދަނިކޮށް މައިލީ ސައިރަސް ގަޔަށް އަތްލާ ފުރައްސާރަކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ފިރިމީހާ، ލިއަމްއާ އެކު ހިނގާފައި ދަނިކޮށް މައިލީ ސައިރަސް ގަޔަށް އަތްލާ ފުރައްސާރަކޮށްފި

ނިހާން އިންޑިއާއަށް ވަޑައިގަތުމުން އެޤައުމަށް ނާރުވާ ބޭރުކޮށްލައިފި!
20188 އަހަރު ކުރިން
ރާއްޖެ

ނިހާން އިންޑިއާއަށް ވަޑައިގަތުމުން އެޤައުމަށް ނާރުވާ ބޭރުކޮށްލައިފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު