Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ސިއްހަތުއެމްޕޮކްސް

މަންކީޕޮކްސް އަކީ މިހާރު ބައިނަލްއަޤްވާމީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް ކަމުގައި ނުބެލެވޭ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ބުނެފި

ގާތްގުޅުމުން ފެތުރޭ މި ބަލި މިހާރު ގިނަ ގައުމުތަކުގައި މަދުވަމުން އައިސް، ކޮންޓްރޯލް ކުރެވިފައިވާ މިންވަރަށް ގޮސްފައިވާ ކަމަށް ޑަބްލިޔުއެޗްއޯ އިން ބުނެއެވެ.

ރާއްޖެ އެމްވީ | 5 ސެޕްޓެމްބަރު 2025 | ހުކުރު 15:39
އެމްޕޮކްސް ވެކްސިން

އެމްޕޮކްސް ވެކްސިން

މަންކީ ޕޮކްސް ނުވަތަ އެމްޕޮކްސް އަކީ މިހާރު ބައިނަލްއަޤްވާމީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އޮތް ބައްޔެއް ނޫން ކަމަށް ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ) ގެ އިސްވެރިޔާ ހުކުރު ދުވަހު ވިދާޅުވެއްޖެއެވެ.

ވައިރަސް އެއްގެ ޒަރީއާ އިން ގައިން ގަޔަށް އަރާ މި ބައްޔަކީ ގާތް ގުޅުމުން ފެތުރޭ، އާންމުކޮށް ރޯގާގެ އަލާމާތްތަކާއި ހަންގަނޑު ގައި ފޮޅު ނަގާ ދޮސްއެރުން ފަދަ އަލާމާތްތައް ފެންނަ ބައްޔެކެވެ.

"މި ނިންމުން ބިނާވެފައި ވަނީ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ އަދި ބުރުންޑީ، ސިއެރާ ލިއޯން އަދި ޔުގެންޑާ ފަދަ އެހެން ގައުމުތަކުގައި ވެސް ކޭސްތައް މަދުވަމުން އައުމުގެ މައްޗަށް" ކަމަށް ޑަބްލިޔުއެޗްއޯ ގެ ވެރިޔާ ޓެޑްރޮސް އަދަނޮމް ގެބްރެއިސަސް ވިދާޅުވިއެވެ.

ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް އިތުރަށް ވިދާޅުވީ މި ނިންމުން ބިނާވެފައި ވަނީ ކޮންމެ ތިން މަހަކުން އެއްފަހަރު ބަލި ފެތުރުން ވަޒަން ކުރުމަށް ބައްދަލުވާ ޑަބްލިއުއެޗްއޯގެ އިމަޖެންސީ ކޮމިޓީގެ ލަފާގެ މައްޗަށް ކަމަށެވެ.

ޑަބްލިއުއެޗްއޯ އިން މި ބަލީގެ ފުރަތަމަ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނު ކުރީ ވޭތުވެދިޔަ އަހަރުގެ އޯގަސްޓް މަހު، އެމްޕޮކްސްގެ އައު ބާވަތެއް ބޮޑަށް ފެތުރިފައިވާ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ އިން އަވައްޓެރި ގައުމުތަކަށް ފެތުރެން ފެށުމުންނެވެ.

ބައިނަލްއަޤްވާމީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތަކީ ޑަބްލިއުއެޗްއޯ އިން ބައްޔެއްގެ ނުރައްކާތެރިކަމާ ބެހޭ ގޮތުން ދޭ އެންމެ މަތީ ދަރަޖައިގެ އިންޒާރެވެ.

އެމްޕޮކްސް ޑަބްލިޔުއެޗްއޯޓެޑްރޮސް އަދަނޮމްހެލްތު އިމަރޖެންސީ

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

މަކުނުވިދުރީ ގެ އައު ބާވަތެއް އިނގިރޭސިވިލާތުން ފެނިއްޖެ

09 ޑިސެމްބަރު 2025
މަކުނުވިދުރީ ގެ އައު ބާވަތެއް އިނގިރޭސިވިލާތުން ފެނިއްޖެ
15 އޮކްޓޯބަރު 2025

އިންޑިޔާ ގައި އުފައްދާފައިވާ ތިން ވައްތަރެއްގެ ކޯފް ސިރަޕް ތަޣައްޔަރުވެފައިވާ ކަމަށް ބުނެ ޑަބްލިޔުއެޗްއޯ އިން އިންޒާރެއް ނެރެފި

15 އޮކްޓޯބަރު 2025
އިންޑިޔާ ގައި އުފައްދާފައިވާ ތިން ވައްތަރެއްގެ ކޯފް ސިރަޕް ތަޣައްޔަރުވެފައިވާ ކަމަށް ބުނެ ޑަބްލިޔުއެޗްއޯ އިން އިންޒާރެއް ނެރެފި
18 ސެޕްޓެމްބަރު 2025

ޣައްޒާގެ ހޮސްޕިޓަލްތައް ފުނޑު ފުނޑުވުމުގެ ނުރައްކަލުގައި

18 ސެޕްޓެމްބަރު 2025
ޣައްޒާގެ ހޮސްޕިޓަލްތައް ފުނޑު ފުނޑުވުމުގެ ނުރައްކަލުގައި
11 ސެޕްޓެމްބަރު 2025

އިސްރާއީލް އިން ހަނގުރާމަ ފުޅާ ކުރި ނަމަވެސް، ޣައްޒާގައި ދެމި ތިބޭނެ ކަމަށް ޑަބްލިއުއެޗްއޯ އިން ބުނެފި

11 ސެޕްޓެމްބަރު 2025
އިސްރާއީލް އިން ހަނގުރާމަ ފުޅާ ކުރި ނަމަވެސް، ޣައްޒާގައި ދެމި ތިބޭނެ ކަމަށް ޑަބްލިއުއެޗްއޯ އިން ބުނެފި
08 ޖުލައި 2025

ޣައްޒާ އަށް ބޭހާއި މެޑިކަލް ސަޕްލައިގެ ސާމާނު އެތެރެ ކުރަނީ

08 ޖުލައި 2025
ޣައްޒާ އަށް ބޭހާއި މެޑިކަލް ސަޕްލައިގެ ސާމާނު އެތެރެ ކުރަނީ
07 ޖޫން 2025

ކާބޯތަކެތީގެ ރައްކާތެރި ކަމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވާ ކަމަށް ރައީސް ވިދާޅުވެއްޖެ

07 ޖޫން 2025
ކާބޯތަކެތީގެ ރައްކާތެރި ކަމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވާ ކަމަށް ރައީސް ވިދާޅުވެއްޖެ
21 އޮކްޓޯބަރު 2024

މިސްރުން މެލޭރިއާ ނައްތާލެވިއްޖެ ކަމަށް އިއުލާންކޮށްފި

21 އޮކްޓޯބަރު 2024
މިސްރުން މެލޭރިއާ ނައްތާލެވިއްޖެ ކަމަށް އިއުލާންކޮށްފި
05 އޮކްޓޯބަރު 2024

އެމްޕޮކްސް އަވަހަށް ދެނެގަނެވޭ ޓެސްޓް އަކަށް ޑަބްލިޔުއެޗްއޯ އިން ހުއްދަދީފި

05 އޮކްޓޯބަރު 2024
އެމްޕޮކްސް އަވަހަށް ދެނެގަނެވޭ ޓެސްޓް އަކަށް ޑަބްލިޔުއެޗްއޯ އިން ހުއްދަދީފި
06 އެޕްރީލު 2024

"ދިރިހުއްޓަސް ދިރުމެއް ނެތް، ފުރާނަ ހުއްޓަސް ރޫޙެއް ނެތް"

06 އެޕްރީލު 2024
"ދިރިހުއްޓަސް ދިރުމެއް ނެތް، ފުރާނަ ހުއްޓަސް ރޫޙެއް ނެތް"
20 މާރިޗު 2024

ޣައްޒާގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުންތިބީ ބަނޑުހައިހޫނުކަމުގައި: ވޯލްޑް ބޭންކް

20 މާރިޗު 2024
ޣައްޒާގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުންތިބީ ބަނޑުހައިހޫނުކަމުގައި: ވޯލްޑް ބޭންކް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު