Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ހިންނަވަރު ދާއިރާގެ ގޮނޑި ކާމިޔާބުކުރަން ޕީއެންސީގެ ކެންޑިޑޭޓް 30 މިލިއަން އަށް ވުރެ ގިނަ ރުފިޔާ ހަރަދުކުރި: ރައީސް ސޯލިހު

ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ހިންނަވަރު ދާއިރާގެ ގޮނޑި ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓު ކާމިޔާބުކުރީ 30 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން ކަމަށް ރައީސް ސޯލިހު ވިދާޅުވި. އެމަނިކުފާނު ވިދާޅުވީ، އެ ދާއިރާގެ ގޮނޑި އެމްޑީޕީއަށް ގެއްލުނީ ސަރުކާރުން ނުފޫޒު ފޯރުވުމުގެ ސަބަބުން ކަމަށާއި، ނަމަވެސް ކުރިއަށް އޮތް ތަނުގައި އެ ގޮނޑި އަނބުރާ ހޯއްދަވާނެ ކަމަށް. މީގެ އިތުރުން، އެމްޑީޕީން ރައްޔިތުންނާ ގުޅިގެން މަސައްކަތް ކޮށްފިނަމަ ކުރިއަށް އޮތް އިންތިޚާބުތަކުގެ ފުރިހަމަ އަޣުލަބިއްޔަތު ލިބޭނެ ކަމުގެ ޔަގީންކަން ވެސް ރައީސް ސޯލިހު ދެއްވި.

އަމްނާ އިމާދު
އަމްނާ އިމާދު | 11 އެޕްރީލު 2026 | ހޮނިހިރު 10:01
އެމްޑީޕީން ބޭއްވި ރަސްމިއްޔާތެއްގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަ ދައްކަވަނީ.

އެމްޑީޕީން ބޭއްވި ރަސްމިއްޔާތެއްގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަ ދައްކަވަނީ. | އެމްޑީޕީ ސެކްރިޓޭރިއެޓް

ހިންނަވަރު ދާއިރާގެ ގޮނޑި ކާމިޔާބުކުރަން ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު އަބްދުއްރަހްމާން 30 މިލިއަން އަށް ވުރެ ގިނަ ރުފިޔާ ހަރަދު ކުރި ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. 

ހުކުރު ދުވަހުގެ ރޭ ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީ އަށް ލިބުނު ކާމިޔާބީ ފާހަގަ ކުރުމަށް ޅ. ހިންނަވަރުގައި ބޭއްވި ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ ހިންނަވަރަކީ އަބަދުވެސް އެމްޑީޕީ ރަށެއް ކަމަށާއި، ކުރިއަށް އޮތްތަނުގައި ވެސް އެރަށުގައި އޮންނާނީ އެފިކުރު ކަމަށެވެ.

Advertisement - newsAdvertisement

2024 ވަނަ އަހަރު މަޖިލިސް އިންތިޚާބުގައި ހިންނަވަރު ދާއިރާގެ ގޮނޑި އެމްޑީޕީއަށް ގެއްލުނު ގޮތަށް އިޝާރާތް ކުރައްވައި ރައީސް ސޯލިހު ވިދާޅުވީ އެގޮނޑި ސަރުކާރުގެ ކެންޑިޑޭޓު ކާމިޔާބު ކުރުމަށް 30 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދު ކުރި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. 

އެހެންނަމަވެސް މި ބުނިހެން ތާރީހަށް ބަލާއިރު އަޅުގަނޑުމެންނަށް ރައްޔިތުން މަޖިލީހުގެ އިންތިޚާބެއް އެމްޑީޕީ ފިކުރާ، އެމްޑީޕީ އުފެދުނީއްސުރެ މިހާތަނަށް ގެއްލިފައި މިއޮތީ އެންމެ ފަހަރަކު. އެއީ ވޭތުވެދިޔަ 30 އަހަރުގެ ތެރޭގައި މިރަށުގެ ގޮނޑިއެއް އަޅުގަނޑުމެންގެ ވިސްނުމާއި އަޅުގަނޑުމެންގެ ހިޔާލާ އިދިކޮޅަށް ކާމިޔާބުވި ފުރަތަމަ ފަހަރު. ރިޔާސީ އިންތިޚާބު 2023 ވަނަ އަހަރު ނާކާމިޔާބުވުމާއި ގުޅިގެން އެއައި މާޔޫސް ކަމާއި، އަދި ސަރުކާރުން އެ ފޯރުވި ނުފޫޒާއި ބާރާއެކީގައި އަޅުގަނޑުމެންނަށް އެކަން ކުރިމަތިލާން ޖެހުނީ. އަޅުގަނޑަށް މައުލުމާތު ލިބިފައިވާ ގޮތުގައި އެފަހަރު ވެސް އެގޮނޑި ކާމިޔާބު ކުރުމަށްޓަކައި މިހާރުގެ ކެންޑިޑޭޓު 30 މިލިއަނަށް ވުރެ ގިނަ ރުފިޔާ މިދާއިރާއަށް ހަރަދު ކުރި ކަމަށްވޭ. 30 މިލިއަން ރުފިޔާ. މިރަށުގެ ގޮނޑީގައި އެވަރުގެ އަގެއް ހުރީމަ އެއީ އަޅުގަނޑު އެކަމާ ދޭތެރޭގައި ފަހުރުވެރިވެސްވާ ކަމެއް. ކުރިއަށް އޮތްތަނުގައި އަނބުރާ އަނެއްކާ ވެސް އެގޮނޑި އަޅުގަނޑުމެން ހޯދާނަން. 
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

މީގެ އިތުރުން ރައީސް ސޯލިހު ވިދާޅުވީ ލާމާރުކަޒީ ނިޒާމު އައިފަހުން ކައުންސިލްތަކުގެ މެޖޯރިޓީ ވެސް ކައުންސިލްގެ ރައީސް ކަމުގެ މަގާމު ވެސް އެމްޑީޕީއަށް ގެއްލިގެން ދިޔައީ އެންމެ ފަހަރަކު ކަމަށެވެ. އަދި އެހެންކޮންމެ ފަހަރަކު ބޮޑު މެޖޯރިޓީއެއް އެމްޑީޕީން ނަގާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ ކުރިއަށް އޮތްތަނުގައި ރައްޔިތުންނާ ގުޅިގެން އެމްޑީޕީން އެކުއެކީގައި މަސައްކަތް ކޮށްފިނަމަ ރިޔާސީ އިންތިޚާބު، ރައްޔިތުންގެ މަޖިލިސް އިންތިޚާބުގެ އިތުރުން ކައުންސިލް އިންތިޚާބުގެ ފުލް މެޖޯރިޓީ އެމްޑީޕީއަށް ލިބޭނެ ކަމަށެވެ. އަދި އެގޮތަށް މަސައްކަތް ކުރުމަށް ވެސް އެމަނިކުފާނު ގޮވާލެއްވި އެވެ.

ޕީއެންސީމުހައްމަދު އަބްދުއްރަހްމާންއިބްރާހިމް މުހައްމަދު ސޯލިހުއެމްޑީޕީ

އިތުރަށް ކިޔާލަން

11 އެޕްރީލު 2026

ދިވެހިންގެ ކުރިމަތީގައި ރައީސް މުއިއްޒަށް ތާއީދު އޮތީ އެންމެ 30 އިންސައްތަ އަށް: ނިޔާޒް

11 އެޕްރީލު 2026
ދިވެހިންގެ ކުރިމަތީގައި ރައީސް މުއިއްޒަށް ތާއީދު އޮތީ އެންމެ 30 އިންސައްތަ އަށް: ނިޔާޒް
11 އެޕްރީލު 2026

ވޭވަށު ކައުންސިލް މެންބަރުގެ ވޯޓު އަލުން ގުނުމުންވެސް ޕީއެންސީ ބަލިކޮށް އެމްޑީޕީ ކުރިހޯދައިފި

11 އެޕްރީލު 2026
ވޭވަށު ކައުންސިލް މެންބަރުގެ ވޯޓު އަލުން ގުނުމުންވެސް ޕީއެންސީ ބަލިކޮށް އެމްޑީޕީ ކުރިހޯދައިފި
10 އެޕްރީލު 2026

ޕީއެންސީ ކެންޑިޑޭޓަށް ލާފައިވާ ވަގު ވޯޓު ބާތިލްކުރުމުން، ނަތީޖާ އެއްވަރުވެ އަލުން ގުނުމުން މީދޫ ކައުންސިލް ރައީސްގެ ގޮނޑި ސަރުކާރަށް ގެއްލިއްޖެ

10 އެޕްރީލު 2026
ޕީއެންސީ ކެންޑިޑޭޓަށް ލާފައިވާ ވަގު ވޯޓު ބާތިލްކުރުމުން، ނަތީޖާ އެއްވަރުވެ އަލުން ގުނުމުން މީދޫ ކައުންސިލް ރައީސްގެ ގޮނޑި ސަރުކާރަށް ގެއްލިއްޖެ
10 އެޕްރީލު 2026

2024 ވަނަ އަހަރު ފަށަން ބުނި ތ.ގާދިއްފުށި ބިން ހިއްކުމުގެ އަމަލީ މަސައްކަތް 2 އަހަރު ފަހުން ފަށައިފި

10 އެޕްރީލު 2026
2024 ވަނަ އަހަރު ފަށަން ބުނި ތ.ގާދިއްފުށި ބިން ހިއްކުމުގެ އަމަލީ މަސައްކަތް 2 އަހަރު ފަހުން ފަށައިފި
09 އެޕްރީލު 2026

މިސަރުކާރުގެ ވަޒީރުން ޖަވާބުދާރީ ނުވެ މިހާރު ވެސް 62 ސުވާލު މަޖިލީހުގައި އެބައޮތް، މިކަމުގެ ޒިންމާ ނަންގަވަން ޖެހޭނީ ރައީސް މުއިއްޒު: މެންބަރު ނާޒިލް

09 އެޕްރީލު 2026
މިސަރުކާރުގެ ވަޒީރުން ޖަވާބުދާރީ ނުވެ މިހާރު ވެސް 62 ސުވާލު މަޖިލީހުގައި އެބައޮތް، މިކަމުގެ ޒިންމާ ނަންގަވަން ޖެހޭނީ ރައީސް މުއިއްޒު: މެންބަރު ނާޒިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު