Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއާދަމް އާޒިމް

ހަމަލާ ދިނުމާއި ގުޅިގެން މޭޔަރު އާޒިމްއަށް ބޭނުންވާ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ކުރީގެ ރައީސް ސޯލިހު ގޮވާލައްވައިފި

އެމްޑީޕީން ބޭއްވި ހިނގާލުމުގެ ތެރެއިން މާލޭގެ މޭޔަރު އާޒިމަށް ދިން ހަމަލާ ކުރީގެ ރައީސް ސޯލިހު ހަރުކަށި އިބާރާތުން ވަނީ ކުށްވެރި ކުރައްވާފައި. މި ހަމަލާގެ މައްސަލަ އަވަހަށް ތަހުގީގުކޮށް، މޭޔަރަށް ބޭނުންވާ ފުރިހަމަ ރައްކާތެރިކަން ފޯރުކޮށްދިނުމަށް އެމަނިކުފާނު ވަނީ ފުލުހުންނަށާއި ކަމާބެހޭ އިދާރާތަކަށް ގޮވާލައްވާފައި. އަދި ސުލްހަވެރި ސިޔާސީ ހަރަކާތްތަކަށް އަމާން މާހައުލެއް ގާއިމުކޮށްދިނުމަކީ ދައުލަތުގެ މަސްއޫލިޔަތެއްކަން އެމަނިކުފާނު ފާހަގަކުރެއްވި. ނަމަވެސް މި މައްސަލައާ ގުޅިގެން ފުލުހުންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައި.

އަމްނާ އިމާދު
އަމްނާ އިމާދު | 25 އެޕްރީލު 2026 | ހޮނިހިރު 08:16
އެމްޑީޕީގެ ދޮރުން ދޮރަށް ހަރަކާތުގެ ތެރެއިން - ކުރީގެ ރައީސް ސޯލިހު އަދި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް.

އެމްޑީޕީގެ ދޮރުން ދޮރަށް ހަރަކާތުގެ ތެރެއިން - ކުރީގެ ރައީސް ސޯލިހު އަދި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް. | ރާއްޖެ އެމްވީ

އެމްޑީޕީން ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން މާލެސިޓީގެ މޭޔަރު އާދަމް އާޒިމްއަށް ހަމަލާ ދީފައިވާތީ، މޭޔަރަށް ބޭނުންވާ ފުރިހަމަ ރައްކާތެރިކަން ފޯރުކޮށްދިނުމަށް  ކަމާގުޅޭ އިދާރާތަކަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގޮވާލައްވައިފި އެވެ.

ހުކުރު ދުވަހުގެ ރޭގެ މުޒާހަރާގެ ބައިވެރިން ބޮޑުރަސްގެފާނު މަގުން ގަލޮޅު ސަހަރާ ކައިރިން ދަނިކޮށް ކުއްލިއަކަށް ދެ މީހަކު ވަނީ މުޒާހަރާގެ ތެރެއާށް ވަދެފަ އެވެ. އަދި މޭޔަރު އާޒިމް އަށް ހަމަލާ ދިނުމަށް އެ ދެމީހުން މަސައްކަތް ކޮށްފައިވެ އެވެ. 

Advertisement - newsAdvertisement

އެގޮތުން އެތަނުން އެކަކު ވަނީ މޭޔަރު އާޒިމް ކޮށްޕާލައި، މަގުމައްޗަށް ވައްޓާލުމަށް މަސައްކަތް ކޮށްފަ އެވެ. ނަމަވެސް އިތުރު ހަމަލާއެއް ދިނުމުގެ ކުރިން މުޒާހަރާގެ ބައިވެރިން ވަނީ އެ ދެމީހުން ހިފަހައްޓާފަ އެވެ. 

މި މައްސަލައާ ގުޅިގެން ހޮނިހިރު ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ސޯލިހު ވިދާޅުވީ، ހުކުރު ދުވަހުގެ ރޭ މާލޭގައި އެމްޑީޕީން ބޭއްވި ސުލްހަވެރި ހިނގާލުމުގެ ތެރެއިން މާލޭ ސިޓީގެ މޭޔަރު އާޒިމް އަށް ދިން ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. 

މި ހަމަލާ އަވަސް ގޮތެއްގައި ތަހުގީގު ކުރުމަށާއި، މާލޭގެ މޭޔަރަށް ބޭނުންވާ ފުރިހަމަ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ފުލުހުންނަށާއި ކަމާބެހޭ ފަރާތްތަކަށް އެމަނިކުފާނު ވަނީ ގޮވާލައްވާފަ އެވެ. 

މީގެ އިތުރުން ރައީސް ސޯލިހު ވިދާޅުވީ، އެއްވެ އުޅުމާއި، ޚިޔާލު ފާޅުކުރުމާއި ސިޔާސީ ހަރަކާތްތައް ހިންގުމަކީ ގާނޫނުަސާސީން އެންމެނަށް ކަށަވަރުކޮށްދީފައިވާ ހައްގުތަކެއް ކަމަށެވެ. އަދި ސުލްހަވެރި ސިޔާސީ ހަރަކާތްތައް ހިންގުމަށް އަމާން މާހައުލެއް ގާއިމުކޮށްދިނުމަކީ ކަމާބެހޭ އިދާރާ ތަކުގެ މަސްއޫލިޔަތެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

ރައީސް ސޯލިހުގެ އިތުރުން އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) އަދި އެމްޑީޕީގެ އިސްބޭފުޅުން ވަނީ މޭޔަރު އާޒިމަށް ދިން ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކޮށް، މި މައްސަލަ ތަހުގީގު ކުރުމަށް ގޮވާލާފަ އެވެ. 

ނަމަވެސް މި މައްސަލައާ ގުޅިގެން ފުލުހުންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ. ހަމަލާ ދިން މީހާ ދެނެގަނެވިފައިވޭތޯ ނުވަތަ މި މައްސަލަ ތަހުގީގު ކުރަމުންދާކަން ވެސް ހާމަކޮށްފައިނުވެ އެވެ. 

އެމްޑީޕީއާދަމް އާޒިމްއިބްރާހިމް މުހައްމަދު ސޯލިހު

އިތުރަށް ކިޔާލަން

25 އެޕްރީލު 2026

ރޯދަމަހަށް ފަހު، ކަރަންޓު ބިލުތަށް އެތަށް ގުނައެއް ބޮޑުވެފައިވާތީ އެމްޑީޕީ އިން ސްޓެލްކޯ ކުރިމަތީ އިހުތިޖާޖު ކޮށްފި

25 އެޕްރީލު 2026
ރޯދަމަހަށް ފަހު، ކަރަންޓު ބިލުތަށް އެތަށް ގުނައެއް ބޮޑުވެފައިވާތީ އެމްޑީޕީ އިން ސްޓެލްކޯ ކުރިމަތީ އިހުތިޖާޖު ކޮށްފި
24 އެޕްރީލު 2026

އެމްޑީޕީގެ މުޒާހަރާގެ ތެރެއިން މޭޔަރު އާޒިމް އަށް ހަމަލާ ދީފި

24 އެޕްރީލު 2026
އެމްޑީޕީގެ މުޒާހަރާގެ ތެރެއިން މޭޔަރު އާޒިމް އަށް ހަމަލާ ދީފި
23 އެޕްރީލު 2026

މާރުކޭޓް ހުސް ނުކުރެވުނީ މަގު ހެދުމުގެ ޕްލޭން ކުއްލިއަކަށް ބަދަލުކޮށް 2 ހަފްތާ ތެރޭ ތަން ހުސްކުރަން އެންގުމުން، ރައީސް ހައްދަވަނީ އިތުރުފުޅެއް: އާޒިމް

23 އެޕްރީލު 2026
މާރުކޭޓް ހުސް ނުކުރެވުނީ މަގު ހެދުމުގެ ޕްލޭން ކުއްލިއަކަށް ބަދަލުކޮށް 2 ހަފްތާ ތެރޭ ތަން ހުސްކުރަން އެންގުމުން، ރައީސް ހައްދަވަނީ އިތުރުފުޅެއް: އާޒިމް
22 އެޕްރީލު 2026

އެމްޑީޕީގެ ޗެއަރޕާސަން ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

22 އެޕްރީލު 2026
އެމްޑީޕީގެ ޗެއަރޕާސަން ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
22 އެޕްރީލު 2026

ރައީސް މުއިއްޒު ހަނދުމަފުޅުނެތަސް ޕީޕީއެމްގެ އަދަބެއް، އަޚުލާގެއް ނެތް މުޒާހަރާތައް ރައްޔިތުން ހަނދާނެއް ނުނެތޭ

22 އެޕްރީލު 2026
ރައީސް މުއިއްޒު ހަނދުމަފުޅުނެތަސް ޕީޕީއެމްގެ އަދަބެއް، އަޚުލާގެއް ނެތް މުޒާހަރާތައް ރައްޔިތުން ހަނދާނެއް ނުނެތޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު