Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްއެމްޕީއާރްސީ ހިޔާނާތް

އެމްއެމްޕީއާރުސީ ގެ ފައިސާ ލޯންޑަރ ކުރި މައްސަލާގައި ކުރީގެ މެންބަރު ރިޔާޒު ރަޝީދުގެ ދަރިންގެ ކުންފުންޏަށް ދައުވާކުރުމަށް ޕީޖީއަށް ފޮނުވައިފި

10 މެއި 2026 | އާދީއްތަ 11:30

އެމް.އެމް.ޕީ.އާރު.ސީގެ ޚިޔާނާތުގެ ފައިސާ ލޯންޑަރ ކުރިކަމުގެ ތުހުމަތުގައި ޕޮޕިއުލަރ މޯލްޑިވްސްގެ މައްޗަށް ދަޢުވާކުރަން އޭސީސީން ޕީޖީ އޮފީހަށް ފޮނުވައިފި. ތަޙުޤީޤަށް ހާމަވެފައިވާ ގޮތުގައި އެސް.އޯ.އެފް މެދުވެރިކޮށް އެ ކުންފުންޏަށް 150,000 ޑޮލަރު ޖަމާކޮށްފައިވާއިރު، އެ ފައިސާއަކީ ޑޮލަރު ގަނެވިއްކުމުގެ މުޢާމަލާތެއްކަމަށް ދެއްކުމަށް ވަނީ މަސައްކަތް ކޮށްފަ. މީގެއިތުރުން، ތ. އޮޅުގިރި ތަރައްޤީކުރުމަށް އެ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ޝަރުޠުތައް ފުރިހަމަނުވާތީ އެ ރަށް އަނބުރާ ދައުލަތަށް ނެގުމަށްވެސް ވަނީ ނިންމާފައި.

މަޚްތޫމް
މަޚްތޫމް | 10 މެއި 2026 | އާދީއްތަ 11:30
އެމްއެމްޕީއާރުސީ ފައިސާގެ ހިޔާނާތުގެ މައްސަލައިގައި ޕޮޕިއުލަރ މޯލްޑިވްސްގެ މައްޗަށް ދައުވާ ކުރުމަށް ވަނީ ފޮނުވާފައި.

އެމްއެމްޕީއާރުސީ ފައިސާގެ ހިޔާނާތުގެ މައްސަލައިގައި ޕޮޕިއުލަރ މޯލްޑިވްސްގެ މައްޗަށް ދައުވާ ކުރުމަށް ވަނީ ފޮނުވާފައި. | އަލްޖަޒީރާ

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑް (އެމް.އެމް.ޕީ.އާރު.ސީ) މެދުވެރިކޮށް ހިންގި ޚިޔާނާތުގެ ފައިސާ ލިބުނުކަމަށް ތުހުމަތުކުރެވޭ، ކުރީގެ މަޖިލިސް މެންބަރު ރިޔާޒު ރަޝިދުގެ ދަރިންގެ ކުންފުނި، ޕޮޕިއުލަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށުގެ ދަޢުވާ ކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

މި މައްސަލަ ޕީޖީ އޮފީހަށް ހުށަހަޅާފައިވަނީ 10 ފެބްރުވަރީ 2026 ގައެވެ.

Advertisement - newsAdvertisement

މި މައްސަލައިގެ ތަޙުޤީޤަށް ހާމަވެފައިވާ ގޮތުގައި، 2014 ވަނަ އަހަރުގެ ފެބްރުވަރީ މަހުން ފެށިގެން 2015 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ޓޫރިޒަމްގެ ބޭނުމަށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުން ޕޮޕިއުލަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވެ އެވެ. އެގޮތުން 13 ޖުލައި 2015 ގައި އެސް.އޯ.އެފްގެ ޗެކެއް މެދުވެރިކޮށް 150,000.00 އެމެރިކާ ޑޮލަރު ޕޮޕިއުލަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ބޭންކް އެކައުންޓަކަށް ޖަމާކޮށްފައިވާކަން ތަޙުޤީޤަށް ވަނީ ހޯދިފަ އެވެ.

މި ފައިސާއަކީ ޑޮލަރު ގަނެވިއްކުމުގެ މުޢާމަލާތަކުން ލިބުނު ފައިސާކަމަށް ދެއްކުމަށް އެ ކުންފުނިން މަސައްކަތް ކޮށްފައިވެ އެވެ. އަދި މި ފައިސާގެ އަސްލު އޮޅުވާލައި، ފައިސާއާ ގުޅޭ ހައްޤުތައް ސިއްރުކުރުމަށާއި، ފައިސާ ލިބުނު ގޮތް އޮޅުވާލުމަށް ޕޮޕިއުލަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއިން މަސައްކަތްކޮށްފައިވާކަން ވެސް ތަޙުޤީޤަށް ވަނީ ހޯދިފަ އެވެ. އަދި މީގެއިތުރުން ތ. އޮޅުގިރިގެ އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައްކާފައިވާ ފައިސާއަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާކަމަށް ތަޙުޤީޤަށް ވަނީ ހޯދިފަ އެވެ.

ތ. އޮޅުގިރި ކުއްޔަށް ދިނުމާގުޅޭގޮތުން ހަދާފައިވާ އެއްބަސްވުމުގައި، އެ އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 36 މަސްދުވަހުގެ ތެރޭގައި ތ. އޮޅުގިރީގައި ރިޒޯޓެއް ހަދާ ތަރައްޤީ ކުރަންވާނެކަމަށާއި، އެ މުއްދަތުގެ ތެރޭގައި އެކަންތައްތައް ފުރިހަމަކޮށްފައި ނުވާނަމަ، ލިކުއިޑޭޓެޑް ޑެމޭޖަސް ނެގުމުގެ އިޚްތިޔާރާއި އެއްބަސްވުން ބާޠިލްކުރުމުގެ އިޚްތިޔާރު ޓޫރިޒަމް މިނިސްޓްރީއަށް ދީފައިވާކަމަށް ބަޔާންކޮށްފައިވެ އެވެ. ނަމަވެސް އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަ ނުވާކަން ތަޙުޤީޤަށް ފާހަގަވެފައިވެ އެވެ.

މި މައްސަލާގައި ދަޢުވާކޮށްދިނުމަށްއެދި ހުށަހަޅާފައިވަނީ، ޤާނޫނު ނަންބަރު 10/2014 (މަނީ ލޯންޑަރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނު)ގެ 53 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށުގެ ދަޢުވާ އެވެ. އަދި ޕޮޕިއުލަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއިން ހޯދާފައިވާ 150,000.00 އެ ދަޢުވާގެ ތެރެއިން ހޯދުމަށްވެސް އެދިފައިވެއެވެ. ތ. އޮޅުގިރި ކުއްޔަށް ދިނުމާގުޅޭގޮތުން ހަދާފައިވާ އެއްބަސްވުމުގައި، އެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ތ. އޮޅުގިރީގައި ރިޒޯޓެއް ހަދާ ތަރައްޤީ ކުރަންވާނެކަމަށާއި އެކަންތައްތައް ފުރިހަމަކޮށްފައި ނުވާނަމަ، ލިކުއިޑޭޓެޑް ޑެމޭޖަސް ނެގުމުގެ އިޚްތިޔާރާއި އެއްބަސްވުން ބާޠިލްކުރުމުގެ އިޚްތިޔާރު ޓޫރިޒަމް މިނިސްޓްރީއަށް ދީފައިވާކަމަށް ބަޔާންކޮށްފައިވާއިރު، އެ އެއްބަސްވުމުގެ ދަށުން ޕޮޕިއުލަރ މޯލްޑިވްސް ޕްރައިވެޓް ލިމިޑެޓަށް މަތިކޮށްފައިވާ ކަންކަން ފުރިހަމަކޮށްފައިނުވާތީ، ތ. އޮޅުގިރި ދައުލަތަށް އަނބުރާ ނެގުމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއަށް ފޮނުވުމަށްވެސް ވަނީ ނިންމާފަ އެވެ.

މި މައްސަލައިގެ އިތުރުންވެސް އެމްއެމްޕީއާރުސީ އާއި ގުޅޭ ގިނަ ސީރިއަސް މައްސަލަތަކެއްގައި ދަޢުވާކުރުމާމެދު ގޮތެއް ނިންމަން ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހާއެކު އޭސީސީ އިން މަޝްވަރާ ކުރަމުންގެންދާކަމަށް އެ ކޮމިޝަނުން ބުނެ އެވެ. 

ބިޒްނަސް ފޯޓަލް އިން ދައްކާ ގޮތުން ޕޮޕިއުލަރ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރަކީ ރީޝަމް ރިޔާޒެވެ. އަދި ބޯޑު އޮފް ޑިރެކްޓަރުންގެ ގޮތުގައި ތިބީ ވެސް ރީޝަމްގެ އިތުރުން ރައުޝަމް ރިޔާޒެވެ. 

އެމްއެމްޕީއާރްސީމޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑްމަނީ ލޯންޑަރިންގތ.އޮޅުގިރިމިމްސް ޕްރައިވެޓް ލިމިޓެޑްޕްރޮސެކިއުޓަރ ޖެނެރަލް

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

3

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

4

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

5

މެންބަރު ޖަނާބު ހުންނެވީ ބޭގަރާރުވެފައި!

އިތުރަށް ކިޔާލަން

09 މެއި 2026

ބޭންކް އެކައުންޓް ކުއްޔަށް ދިނުން: މިއީ ޖިނާއީ ބޮޑެތި ކުށްތަކަށް މަގުފަހިވެ، ހަރުކަށި އަދަބުތައް ކުރިމަތިވެދާނެ ކަމެއް

09 މެއި 2026
ބޭންކް އެކައުންޓް ކުއްޔަށް ދިނުން: މިއީ ޖިނާއީ ބޮޑެތި ކުށްތަކަށް މަގުފަހިވެ، ހަރުކަށި އަދަބުތައް ކުރިމަތިވެދާނެ ކަމެއް
24 އެޕްރީލު 2026

އޮޕަރޭޝަން އަލިމަގު: 4 މީހަކަށް ދައުވާކުރަން އެދުމުން ބޮޑު ކުށެއްގެ ހެކި ނެތްކަމަށް ބުނެ ޕީޖީގެ އެންގުމަށް އެމީހުން ދޫކޮށްލައިފި

24 އެޕްރީލު 2026
އޮޕަރޭޝަން އަލިމަގު: 4 މީހަކަށް ދައުވާކުރަން އެދުމުން ބޮޑު ކުށެއްގެ ހެކި ނެތްކަމަށް ބުނެ ޕީޖީގެ އެންގުމަށް އެމީހުން ދޫކޮށްލައިފި
22 އެޕްރީލު 2026

ނައުޝާދުގެ މަރު: ކުށް ސާބިތުނުވުމުން ދައުލަތުން ހައިކޯޓަށް!

22 އެޕްރީލު 2026
ނައުޝާދުގެ މަރު: ކުށް ސާބިތުނުވުމުން ދައުލަތުން ހައިކޯޓަށް!
19 އެޕްރީލު 2026

މެއި 6ގެ ހަމަލާ: ރައީސް ނަޝީދަށް ހަމަލާ ދިނުމަށް ފަންޑު ކުރި މީހުންގެ ބައި އަވަސް ކުރުމަށް ޕީޖީން ފުލުހުންނަށް އަންގައިފި

19 އެޕްރީލު 2026
މެއި 6ގެ ހަމަލާ: ރައީސް ނަޝީދަށް ހަމަލާ ދިނުމަށް ފަންޑު ކުރި މީހުންގެ ބައި އަވަސް ކުރުމަށް ޕީޖީން ފުލުހުންނަށް އަންގައިފި
07 އެޕްރީލު 2026

ޚަރަދުކުޑަކުރުމުގެ ފިޔަވަޅުތަކެއް އެޅުމަށް ޕީޖީ އޮފީހުންވެސް ނިންމައިފި، ސަބަބަކަށް ބުނީ މެދުއިރުމަތީގެ ހަނގުރާމަ ކަމަށް!

07 އެޕްރީލު 2026
ޚަރަދުކުޑަކުރުމުގެ ފިޔަވަޅުތަކެއް އެޅުމަށް ޕީޖީ އޮފީހުންވެސް ނިންމައިފި، ސަބަބަކަށް ބުނީ މެދުއިރުމަތީގެ ހަނގުރާމަ ކަމަށް!
18 މާރިޗު 2026

ބައްސާމްގެ މައްސަލަ: ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ކަމަށް ނިންމި ބައި ދައުލަތުން ހައިކޯޓުގައި އިސްތިއުނާފް ކޮށްފި

18 މާރިޗު 2026
ބައްސާމްގެ މައްސަލަ: ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ކަމަށް ނިންމި ބައި ދައުލަތުން ހައިކޯޓުގައި އިސްތިއުނާފް ކޮށްފި
28 ފެބުރުއަރީ 2026

"ލޫޓުވައިފި" ބޮޑު މުޒާހަރާ އާއި ގުޅިގެން އެމްޕީ މައުރޫފް އަދި އިތުރު ދެ މީހެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވައިފި

28 ފެބުރުއަރީ 2026
"ލޫޓުވައިފި" ބޮޑު މުޒާހަރާ އާއި ގުޅިގެން އެމްޕީ މައުރޫފް އަދި އިތުރު ދެ މީހެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވައިފި
18 ފެބުރުއަރީ 2026

"ސްކޫޕު" ގެ ނަމުގައި ހަރަކާތްތެރިވާ ގްރޫޕަކީ ގޭންގެއް ކަމަށް ކަނޑަޅާ މައްސަލަ އާދިއްތަ ދުވަހަށް ތާވަލް ކޮށްފި

18 ފެބުރުއަރީ 2026
"ސްކޫޕު" ގެ ނަމުގައި ހަރަކާތްތެރިވާ ގްރޫޕަކީ ގޭންގެއް ކަމަށް ކަނޑަޅާ މައްސަލަ އާދިއްތަ ދުވަހަށް ތާވަލް ކޮށްފި
08 ފެބުރުއަރީ 2026

ޑރ. ވަހީދު ދައުލަތުގެ ސިއްރުތައް ވިއްކާލައްވައި، ރަށްތައް އަމިއްލަ ކުރެއްވުމަށް ރޭއްވެވި މަކަރުވެރި ރޭވުންތައް!

08 ފެބުރުއަރީ 2026
ޑރ. ވަހީދު ދައުލަތުގެ ސިއްރުތައް ވިއްކާލައްވައި، ރަށްތައް އަމިއްލަ ކުރެއްވުމަށް ރޭއްވެވި މަކަރުވެރި ރޭވުންތައް!
27 ޖެނުއަރީ 2026

އެހެން ކުންފުންޏަކަށް ބަދަލުވުމަށް މޯލްޑިވް ގޭސް ގެ ޑީއެމްޑީ ރުކުމާ އިސްތިއުފާ ދެއްވައިފި

27 ޖެނުއަރީ 2026
އެހެން ކުންފުންޏަކަށް ބަދަލުވުމަށް މޯލްޑިވް ގޭސް ގެ ޑީއެމްޑީ ރުކުމާ އިސްތިއުފާ ދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް