Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރެފަރެންޑަމް ވޯޓު

ދެ އިންތިޚާބު އެއްކޮށްލުމުން ޚަރަދު ކުޑަވާކަމަށް ބުނަމުންދަނީ ވެރިން ރައްޔިތުންގެ ގާތަށް ދާ ދިއުން މަދުވާނެތީ: ތޯރިޤް

ތޯރިޤް ވިދާޅުވީ، ޤާނޫނުއަސާސީ ލިޔެ ޑްރާފްޓް ކުރި މަރުޙަލާގައިވެސް އަބަދުވެސް ވާހަކަ ދެކެވިފައިވަނީ ބާރުތައް ވަކި ކުރުމުގެ ވިސްނުމުގައި ކަމަށް. މީގެ ކުރިން ނެގުނު ނިޒާމީ ވޯޓުވެސް ނެގިފައިވަނީ އެކަށީގެންވާ ގޮތެއްގައި ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދެވިގެންކަން އޭނާ ފާހަގަ ކުރެއްވި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 15 މާރިޗު 2026 | އާދީއްތަ 04:37
މުޙައްމަދު ތޯރިޤް

މުޙައްމަދު ތޯރިޤް | ރާއްޖެ އެމްވީ

 

ދެ އިންތިޚާބު އެއްކޮށްލުމުން ޚަރަދު ކުޑަވާކަމަށް ބުނަމުންދަނީ ވެރިން ރައްޔިތުންގެ ގާތަށް ދާ ދިއުން މަދުވާނެތީކަމަށް ނިމިދިޔަ ސަރުކާރުގައި ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވާފައިވާ މުޙައްމަދު ތާރިޤް ވިދާޅުވެއްޖެއެވެ.

Advertisement - newsAdvertisement

އޭނާ އެހެން ވިދާޅުވީ ރާއްޖެޓީވީން ގެނެސްދޭ ނޫނެކޭ ކެމްޕޭން ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެމްބަރުކަންވެސް ކުރައްވާފައިވާ ތާރިޤް ވިދާޅުވީ، ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުން ޚަރަދު ކުޑަކުރެވޭނެކަމަށް ބުނަމުންދަނީ ރައްޔިތުންގެ ގާތަށް ޤައުމުގެ ވެރިޔާ ދާންޖެހޭ ދިއުން މަދުވާތީ ކަމަށެވެ. އަދި ވިދާޅުވީ، ރަށްރަށަށް ދާނަމަ އެރަށްރަށުގެ މަޝްރޫއުތައްވެސް ހިންގަންޖެހޭ ކަމަށާއި، ރައްޔިތުންނަށް ކަންކަންވެސް ކޮށްދޭން ޖެހޭކަމަށެވެ.

އެހެންކަމުން ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުން އިތުރަށް ކެމްޕޭނަށް ކުރަންޖެހޭ ޚަރަދު ކުޑަވެ، ރައްޔިތުންގެ ގާތަށް ނުގޮސް ފަރުޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

ޚަރަދު ކުޑަކުރެވޭނެ ގޮތްތަކެއް އެބަހުރި، އެއީ ރައްޔިތުންގެ ގާތަށް ނުގޮސް ވާނެ އޭރުން، ރައީސްއަށް އިރުއިރުކޮޅާ ރައްޔިތުންގެ ގާތަށް ދިއުމަށް އެ ކުރަންޖެހޭ ޚަރަދު ކުޑަވެގެންދާނެ، އެއީ ދެން ޚަރަދު ކުޑަކުރުމެއްކަމަށް ބަލަންވެއްޖެއްޔާ އެއީ ޚަރަދު ކުޑަކުރުމެއް، ދެން ހަމަ ރަށްރަށަށް ދާނަމަ މަޝްރޫއުތައްވެސް ހިންގަން އެބަޖެހޭ، ވީމާ އެކަންކަން ނުކޮށް ފަރުޖެހޭނެ.
މުޙައްމަދު ތާރިޤް 

ތޯރިޤް އިތުރަށް ވިދާޅުވީ، ޤާނޫނުއަސާސީ ލިޔެ ޑްރާފްޓް ކުރި މަރުޙަލާގައިވެސް އަބަދުވެސް ވާހަކަ ދެކެވިފައިވަނީ ބާރުތައް ވަކި ކުރުމުގެ ވިސްނުމުގައި ކަމަށެވެ. މީގެ ކުރިން ނެގުނު ނިޒާމީ ވޯޓުވެސް ނެގިފައިވަނީ އެކަށީގެންވާ ގޮތެއްގައި ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދެވިގެންކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އެހެންނަމަވެސް މިއަދު ފެންނަމުންދަނީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ގޮތް ރައްޔިތުންނަށް ބުނެދޭން މަސައްކަތް ކުރާ މަންޒަރުކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިހާރު މީތި ކޮރަޕްޓްވެފައި އޮތް މިންވަރަކީ، އިލެކްޝަންސް ކޮމިޝަނަކުން ކިޔައެއް ނުދޭނެ މުއިއްޒު ބޭނުންވާ ގޮތް ނޫން އެހެން ގޮތެއް، އެކަމަކު ހަގީގަތުގައި ކޮމިޝަނުގެ ޒިންމާއަކީ ރައްޔިތުންނަށް ދެ ގޮތްވެސް ކިޔާދިނުން.
މުޙައްމަދު ތާރިޤް 

ތޯރިޤް ވިދާޅުވީ، ރައްޔިތުން ބޭނުންވަނީ ރަށްރަށަށް ތަރައްޤީ ގެނައުމަށް ކަމަށާއި، އެ އިރެއްގައި އޮންނަ ސަރުކާރުން ރަށްރަށަށްވެސް ކަންކަން ކޮށްދިނުމަށް ކަމަށެވެ. އަދި ވިދާޅުވީ، ޚަރަދު ކުޑަވާނަމަ ރައްޔިތުންގެ ދިރިއުޅުމަށްވެސް އެ ފަސޭހަކަން އަންނަންޖެހޭ ކަމަށާއި، ނަމަވެސް ތަކެތީގެ އަގުވެސް ދުވަހެއް ދުވަހަކަށް ދަނީ ބޮޑުވަމުން ކަމަށެވެ.

ފެންނަ ނުފެންނަ ވޯޓުނޫނެކޭއިލެކްޝަންސް ކޮމިޝަން

އިތުރަށް ކިޔާލަން

14 މާރިޗު 2026

ރައީސް މުއިއްޒުގެ މެނިފެސްޓޯގެ 5 އިންސައްތަ ވެސް ފުއްދައިދެވިފައި ނެތް: ލޫކަސް

14 މާރިޗު 2026
ރައީސް މުއިއްޒުގެ މެނިފެސްޓޯގެ 5 އިންސައްތަ ވެސް ފުއްދައިދެވިފައި ނެތް: ލޫކަސް
14 މާރިޗު 2026

ޕީއެންސީ ގެ މަޖްލިސް މެމްބަރުން ތިބީ ގައިދު ވެފަ: މުސްތަފާ

14 މާރިޗު 2026
 ޕީއެންސީ ގެ މަޖްލިސް މެމްބަރުން ތިބީ ގައިދު ވެފަ: މުސްތަފާ
13 މާރިޗު 2026

ޕިކަޕް ޖަލްސާ: "ރެފަރެންޑަމް ވޯޓަށް ބޮޑުތަނުން ނޫނެކޭ ބުނެ ރައްޔިތުންގެ ބާރު ދަމަހައްޓަން ޖެހޭ."

13 މާރިޗު 2026
ޕިކަޕް ޖަލްސާ: "ރެފަރެންޑަމް ވޯޓަށް ބޮޑުތަނުން ނޫނެކޭ ބުނެ ރައްޔިތުންގެ ބާރު ދަމަހައްޓަން ޖެހޭ."
13 މާރިޗު 2026

މުއިއްޒުގެ މަގްސަދަކީ 30 އަހަރުގެ ވެރިކަން ތަކުރާރުކުރުން: ފަލާހު

13 މާރިޗު 2026
މުއިއްޒުގެ މަގްސަދަކީ 30 އަހަރުގެ ވެރިކަން ތަކުރާރުކުރުން: ފަލާހު
12 މާރިޗު 2026

ރެފަރެންޑަމަށް ތައްޔާރުވާން މަސައްކަތް ކުރަންޖެހޭ މިންވަރާ ގާތަށްވެސް ނުކުރެވޭކަމަށް އީސީގެ ރައީސް އެއްބަސްވެވަޑައިގެންފި، ވިދާޅުވީ ގިލްޓީ ފީލްވާކަމަށް!

12 މާރިޗު 2026
ރެފަރެންޑަމަށް ތައްޔާރުވާން މަސައްކަތް ކުރަންޖެހޭ މިންވަރާ ގާތަށްވެސް ނުކުރެވޭކަމަށް އީސީގެ ރައީސް އެއްބަސްވެވަޑައިގެންފި، ވިދާޅުވީ ގިލްޓީ ފީލްވާކަމަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު