Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނޫސްވެރިން ކޯޓަށް ހާޒިރުކުރުން

ޝަހުޒާން އަށް ވަކީލެއް އައްޔަންކުރަން ދިނީ އެންމެ ދެ ގަޑިއިރު

ކްރިމިނަލް ކޯޓުގެ އަމުރަކާ ހިލާފުވި ކަމަށް ބުނެ "އަދަދު" ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން ކޯޓަށް ހާޒިރުކޮށް، ވަކީލަކު އައްޔަންކުރަން އެންމެ ދެ ގަޑިއިރުގެ މުއްދަތެއް ދީފި. ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ހުށަހެޅި މައްސަލައަކާ ގުޅިގެން ކޯޓުގެ ހުރުމަތް ކެނޑިކަމުގެ ތުހުމަތުގައި ޝަހުޒާންގެ އިތުރުން އެ ނޫހުގެ އެހެން ނޫސްވެރިއަކު ވެސް މިއަދު ވަނީ ކޯޓަށް ހާޒިރުކޮށްފަ. އާންމު އުސޫލުން ވަކީލުން އައްޔަންކުރަން ދޭ މުއްދަތަށް ވުރެ ކުރު މުއްދަތެއް މި މައްސަލައިގައި ދީފައިވާތީ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ.

މަޚްތޫމް
މަޚްތޫމް | 12 މެއި 2026 | އަންގާރަ 12:53
އަދަދު ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން.

އަދަދު ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން. | ރާއްޖެ އެމްވީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ސުވާލުކުރުމާ ގުޅިގެން އަދަދު ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން ކްރިމިނަލް ކޯޓުގެ އަމުރާ ހިލާފުވެއްޖެ ކަމަށް ރައީސް މުއިއްޒު ކަނޑައެޅުއްވުމާ ގުޅިގެން ޝަހުޒާން ކޯޓަށް ހާޒިރުކޮށް ވަކީލަކު އައްޔަން ކުރަން އެންމެ ދެ ގަޑިއިރުގެ މުއްދަތެއް ދީފި އެވެ.

ކްރިމިނަލް ކޯޓުން ޝަހުޒާން އަށް ފޮނުވި ހާޒިރުވުމުގެ އަމުރުގައި ބުނެފައިވަނީ ޝަރީއަތުގައި ހިނގަމުންދާ މައްސަލައެއްގައި ވަކި ގޮތަކަށް އަމަލު ނުކުރުމަށް އަންގާ ކުރާ އަމުރު ނެރެފައިވަނިކޮށް އާދީއްތަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުހައްމަދު ޝަހުޒާން ކުރި ސުވާލުތަކާއި ދެއްކި ވާހަކަތަކަކީ އެ ކޯޓުން ނެރެފައިވާ އަމުރާ ހިލާފަށް ދެއްކި ވާހަކަތަކެއްކަމަށް ބެލެވޭ ކަމަށެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އާދިއްތަ ދުވަހު ސިޓީ އިން އެ ކޯޓުގެ ސަމާލުކަމަށް މި ކަން ގެނެސްދީފައިވާތީ ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމާބެހޭ ގަވާއިދުގެ ހަތް ވަނަ މާއްދާގެ ސ ގެ ދަށުން ކޯޓު ހުރުމަތް ކަނޑާފައިވާކަން ބެލުމަށްޓަކައި މި މައްސަލައިގެ ރައްދުވާ ފަރާތުގެ ހައިސިއްޔަތުން ހާޒިރުވާން ވަނީ އަންގާފަ އެވެ.

ޝަހުޒާން ހާޒިރުވާން އަންގާފައިވަނީ މިއަދުގެ މެންދުރު 1 ޖަހާއިރަށް ކްރިމިނަލް ކޯޓަށެވެ. ކޯޓަށް ހާޒިރު ކުރުމުން ޝަހުޒާން އެދުނީ ވަކީލަކު ހަމަޖައްސައިދިނުމަށް މުއްދަތު ދިނުމަށެވެ. ނަމަވެސް މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ ބެންޗުން ނިންމީ ޝަހުޒާނަށް ވަކީލެއް އައްޔަނުކުރަން ދެ ގަޑިއިރު ދިނުމަށެވެ.

މިއަދު ހެނދުނު  އެގާރަ ޖެހި އިރު އަދަދު ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރު ވެސް ކޯޓަށް ހާޒިރުކުރި އެވެ. ލިޔުނު ހަބަރަކާ ގުޅިގެން ކޯޓަށް ހާޒިރުކުރި ލީވާނަށް ވެސް ދިނީ ވަކީލެއް އައްޔަނުކުރަން ދެ ގަޑިއިރެވެ.

އާންމު ގޮތެއްގައި ބޮޑެތި މައްސަލަތަކުގައި ވެސް ވަކީލަކު އައްޔަން ކުރަން މަދުވެގެން ފަސް ދުވަސް ދެ އެވެ. ނަމަވެސް މި މައްސަލައިގައި ކްރިމިނަލް ކޯޓުން އަމަލުކުރަނީ ތަފާތުކޮށް ކަމަށް ގިނަ ބަޔަކު ބުނެ އެވެ.

ޑރ. މުޙައްމަދު މުޢިއްޒުމުހައްމަދު ޝަހުޒާންއަދަދު ނޫސްކްރިމިނަލް ކޯޓްލީވާން އަލީ ނާސިރުޕްރޮސެކިއުޓަރ ޖެނެރަލް

އިތުރަށް ކިޔާލަން

12 މެއި 2026

ލިޔުނު ޚަބަރަކާ ގުޅިގެން ކޯޓަށް ހާޒިރުކުރި ލީވާން އަށް ވަކީލަކު އައްޔަނު ކުރަން ދިނީ އެންމެ 2 ގަޑިއިރު

12 މެއި 2026
ލިޔުނު ޚަބަރަކާ ގުޅިގެން ކޯޓަށް ހާޒިރުކުރި ލީވާން އަށް ވަކީލަކު އައްޔަނު ކުރަން ދިނީ އެންމެ 2 ގަޑިއިރު
12 މެއި 2026

އަމާޒަކަށް ވާންވީ ރައީސް މުއިއްޒު ބަލިކޮށް ވެރިކަމުން ދުރުކުރުން: މީކާއީލް

12 މެއި 2026
އަމާޒަކަށް ވާންވީ ރައީސް މުއިއްޒު ބަލިކޮށް ވެރިކަމުން ދުރުކުރުން: މީކާއީލް
11 މެއި 2026

ގެގް އަމުރާއި ޝަހުޒާން ހިލާފުވެއްޖެކަމަށް ރައީސް ކަނޑައެޅުމާއެކު ޝަހުޒާން ކޯޓަށް ހާޒިރުވާން އަންގައިފި، ލިޔުނު ހަބަރަކާއި ގުޅިގެން ލީވާން ވެސް ހާޒިރު ކުރަނީ

11 މެއި 2026
ގެގް އަމުރާއި ޝަހުޒާން ހިލާފުވެއްޖެކަމަށް ރައީސް ކަނޑައެޅުމާއެކު ޝަހުޒާން ކޯޓަށް ހާޒިރުވާން އަންގައިފި، ލިޔުނު ހަބަރަކާއި ގުޅިގެން ލީވާން ވެސް ހާޒިރު ކުރަނީ
11 މެއި 2026

"އައިޝާ ޑޮކިއުމެންޓްރީ" އާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރާ ޚިލާފުވުމަކީ، ނޫސްވެރިންގެ މިނިވަންކަމުގެ ހައްގުގައި ކުރެވޭ އިހުތިޖާޖެއް: ރައީސް ނަޝީދު

11 މެއި 2026
"އައިޝާ ޑޮކިއުމެންޓްރީ" އާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރާ ޚިލާފުވުމަކީ، ނޫސްވެރިންގެ މިނިވަންކަމުގެ ހައްގުގައި ކުރެވޭ އިހުތިޖާޖެއް: ރައީސް ނަޝީދު
11 މެއި 2026

ގެގް އޯޑަރަކުން ޙައްޤެއް މުތުލަޤަށް ނިގުޅައިގަނެވޭނަމަ އެއީ ޤާނޫނުއަސާސީއާ ޚިލާފު އަމުރެއް: ކުރީގެ އުއްތަމަފަނޑިޔާރު

11 މެއި 2026
ގެގް އޯޑަރަކުން ޙައްޤެއް މުތުލަޤަށް ނިގުޅައިގަނެވޭނަމަ އެއީ ޤާނޫނުއަސާސީއާ ޚިލާފު އަމުރެއް: ކުރީގެ އުއްތަމަފަނޑިޔާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު