Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަނގަ ބަންދުކުރުމުގެ އަމުރު

ލިޔުނު ޚަބަރަކާ ގުޅިގެން ކޯޓަށް ހާޒިރުކުރި ލީވާން އަށް ވަކީލަކު އައްޔަނު ކުރަން ދިނީ އެންމެ 2 ގަޑިއިރު

12 މެއި 2026 | އަންގާރަ 07:27

ކްރިމިނަލް ކޯޓުން ނެރެފައިވާ "ގެގް އޯޑަރާ" ޚިލާފުވި ކަމަށް ބުނެ "އަދަދު" ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރު ކޯޓަށް ހާޒިރުކޮށް، ވަކީލަކު ހަމަޖެއްސުމަށް އެންމެ ދެ ގަޑިއިރުގެ މުއްދަތެއް ދީފި. މި މައްސަލައަކީ "އައިޝާ" ޑޮކިއުމެންޓްރީއާ ގުޅޭ ވާހަކަތައް ނުދެއްކުމަށް ކޯޓުން ކޮށްފައިވާ އަމުރާ ގުޅުންހުރި ކަމެއް ކަމަށްވާއިރު، ހަމަ މި މައްސަލައިގައި އެ ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން ވެސް ކޯޓަށް ހާޒިރުވުމަށް ވަނީ އަންގާފަ. ކޯޓުގެ އަމުރުގައި ބުނެފައިވަނީ މުޖުތަމައުގެ އަޚްލާގީ މިންގަނޑު ހިފެހެއްޓުމަށްޓަކައި މި މައްސަލައިގެ މައުލޫމާތު ފެތުރުމަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 12 މެއި 2026 | އަންގާރަ 07:27
 އަދަދު ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރު: ލިޔުނު ޚަބަރަކާ ގުޅިގެން އޭނާ ވަނީ އަންގާރަ ދުވަހުގެ ކްރިމިނަލް ކޯޓަށް ހާޒިރު ކޮށްފައި

އަދަދު ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރު: ލިޔުނު ޚަބަރަކާ ގުޅިގެން އޭނާ ވަނީ އަންގާރަ ދުވަހުގެ ކްރިމިނަލް ކޯޓަށް ހާޒިރު ކޮށްފައި | ދައުރު

ލިޔުނު ޚަބަރަކާ ގުޅިގެން ކްރިމިނަލް ކޯޓަށް ހާޒިރުކުރި އަދަދު ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރު އަށް ވަކީލަކު ހަމަޖެއްސުމަށް އެންމެ 2 ގަޑިއިރު އެ ކޯޓުން ދީފި އެވެ.

ލީވާން ކޯޓަށް ހާޒިރުވުމަށް އަމުރުކޮށް ކޯޓުން ބުނެފައި ވަނީ އޭނާ ހާޒިރުކުރަނީ އޭނާ ލިޔުނު "އަނގަ ބަންދުކުރާ" އަމުރުގެ ޚަބަރާއި ގުޅިގެން އެ ހަބަރަކީ، ކޯޓުން ނެރެފައިވާ ގެގް އޯޑަރާ ހިލާފު ޚަބަރެއްތޯ ބެލުމަށް ކަމަށެވެ. 

Advertisement - newsAdvertisement

އަންގާރަ ދުވަހުގެ ހެނދުނު 11:00 އަށް ކޯޓަށް ލީވާން ހާޒިރުވެފައި ވަނީ ވަކީލާކާ ނުލަ އެވެ. ކޯޓުގައި ލީވާން އެދުނީ ވަކީލެއް ހަމަޖެއްސުމަށް އިތުރު ވަގުތު ދިނުމަށެވެ. ވަކީލަކު ހަމަޖެއްސުމަށް 10 ދުވަހުގެ މުއްދަތެއް ދިނުމަށް ލީވާން އެދުނު ނަމަވެސް މައްސަލަ ބައްލަވާ ގާޒީންގެ ބެންޗުން ނިންމެވީ ވަކީލެއް ހަމަޖެއްސުމަށް އެންމެ 2 ގަޑިއިރު ދިނުމަށެވެ.

އަދަދު ނޫހުން ގެނެސްދިން "އައިޝާ" ޑޮކިއުމެންޓްރީގެ މައްސަލައިގައި ކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން ދައުވާ ކުރެވިފައިވާ ހާދިސާއާ (އައިޝާ ޑޮކިއުމެންޓްރީ) ގުޅުން ހުރި ވީޑިއޯ ޑޮކިއުމަންޓަރީ މުޖުތަމައުގެ ތެރޭގައި ދައުރު ނުކުރުމަށާއި، މި ޑޮކިއުމަންޓަރީ ގައި ގެނަސްދީފައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުންވިޔަސް ނުދެއްކުމަށާއި، ޝަރީއަތަށް ހުށަހެޅިފައިވާ ޑޮކިއުމަންޓަރީ އާ ގުޅޭ މައްސަލައިގެ ހަސްމަކާއި ނުވަތަ ކުށުގެ ޝިކާރައަށްވީ މީހާ ގެ އެއްވެސް ވާހަކައެއް ނުދެއްކުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. 

ކްރިމިނަލް ކޯޓުގެ އަމުރުގައި ބުނެފައި ވަނީ މިބާވަތުގެ މައްސަލަތަކަކީ ގާނޫނު އަސާސީގެ 42 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ މުޖްތަމައުގެ އަޚްލާގީ އުސޫލުތައް ހިފެހެއްޓުމުގެ ގޮތުން، އާންމުކޮށް ހުޅުވާނުލައި ސިއްރު ކޮށްގެން ކުރިއަށް ގެންދެވޭނެ ޝަރީޢަތްތަކެއް ކަމުގައިވާއިރު، މައްސަލާގައި ހުށަހަޅާފައިވާ ލިޔުންތަކާއި ޝަރީއަތާއި ގުޅުންހުރި މައުލޫމާތުތައް ނުފެތުރުމަށް އަމުރުކޮށް މިފަދަ ކޮންމެ ކަމަކީ ކޯޓުގެ ހުރުމަތް ކެނޑުންކަމުގައި ބެލިދޭނެ އަމަލެއްކަމުގައި އަންގާ ކަމަށެވެ. 

ލީވާން ކްރިމިނަލް ކޯޓަށް ހާޒިރު ކޮށްފައިވާއިރު އަދަދު ނޫހަށް ލިބިފައިވާ މައުލޫމަތަކަށް ބިނާކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ނޫސްވެރިންގެ ބައްދަލުވުމުގައި ސުވާލުކުރުމުން، އަދަދު ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން ކްރިމިނަލް ކޯޓޫގެ އަމުރާއި ހިލާފުވެއްޖެ ކަމަށް ރައީސް މުއިއްޒު ކަނޑައެޅުއްވުމާއެކު ޝަހުޒާން ކޯޓަށް ހާޒިރުވުމަށް ވެސް ވަނީ އަންގާފަ އެވެ. 

ޝަހުޒާން ހާޒިރުވާން އަންގާފައިވަނީ އަންގާރަ ދުވަހުގެ މެންދުރު 1:00 އަށެވެ.

ލީވާން އަލީ ނާސިރުއަދަދު ނޫސްކްރިމިނަލް ކޯޓްއައިޝާ ޑޮކިއުމެންޓްރީޑރ. މުޙައްމަދު މުޢިއްޒުމުޙައްމަދު ޝަހުޒާން

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

3

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

4

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

5

މެންބަރު ޖަނާބު ހުންނެވީ ބޭގަރާރުވެފައި!

އިތުރަށް ކިޔާލަން

12 މެއި 2026

އަމާޒަކަށް ވާންވީ ރައީސް މުއިއްޒު ބަލިކޮށް ވެރިކަމުން ދުރުކުރުން: މީކާއީލް

12 މެއި 2026
އަމާޒަކަށް ވާންވީ ރައީސް މުއިއްޒު ބަލިކޮށް ވެރިކަމުން ދުރުކުރުން: މީކާއީލް
11 މެއި 2026

ގެގް އަމުރާއި ޝަހުޒާން ހިލާފުވެއްޖެކަމަށް ރައީސް ކަނޑައެޅުމާއެކު ޝަހުޒާން ކޯޓަށް ހާޒިރުވާން އަންގައިފި، ލިޔުނު ހަބަރަކާއި ގުޅިގެން ލީވާން ވެސް ހާޒިރު ކުރަނީ

11 މެއި 2026
ގެގް އަމުރާއި ޝަހުޒާން ހިލާފުވެއްޖެކަމަށް ރައީސް ކަނޑައެޅުމާއެކު ޝަހުޒާން ކޯޓަށް ހާޒިރުވާން އަންގައިފި، ލިޔުނު ހަބަރަކާއި ގުޅިގެން ލީވާން ވެސް ހާޒިރު ކުރަނީ
11 މެއި 2026

"އައިޝާ ޑޮކިއުމެންޓްރީ" އާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރާ ޚިލާފުވުމަކީ، ނޫސްވެރިންގެ މިނިވަންކަމުގެ ހައްގުގައި ކުރެވޭ އިހުތިޖާޖެއް: ރައީސް ނަޝީދު

11 މެއި 2026
"އައިޝާ ޑޮކިއުމެންޓްރީ" އާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރާ ޚިލާފުވުމަކީ، ނޫސްވެރިންގެ މިނިވަންކަމުގެ ހައްގުގައި ކުރެވޭ އިހުތިޖާޖެއް: ރައީސް ނަޝީދު
11 މެއި 2026

ގެގް އޯޑަރަކުން ޙައްޤެއް މުތުލަޤަށް ނިގުޅައިގަނެވޭނަމަ އެއީ ޤާނޫނުއަސާސީއާ ޚިލާފު އަމުރެއް: ކުރީގެ އުއްތަމަފަނޑިޔާރު

11 މެއި 2026
ގެގް އޯޑަރަކުން ޙައްޤެއް މުތުލަޤަށް ނިގުޅައިގަނެވޭނަމަ އެއީ ޤާނޫނުއަސާސީއާ ޚިލާފު އަމުރެއް: ކުރީގެ އުއްތަމަފަނޑިޔާރު
11 މެއި 2026

ފަހުމު ނުވި ރައީސް މުއިއްޒުގެ އާރްޓީއައި ސިޔާސަތު

11 މެއި 2026
ފަހުމު ނުވި ރައީސް މުއިއްޒުގެ އާރްޓީއައި ސިޔާސަތު
11 މެއި 2026

ކޯޓުގައި ހިނގަމުންދާ މައްސަލައާ ގުޅިގެން "އަނގަ ބަންދުކުރުމަށް" އަމުރު ނެރުމަކީ ރާއްޖޭގެ ޤާނޫނުގައި އޮންނަކަމެއް ނޫން: ޕީޖީ އޮފީސް

11 މެއި 2026
ކޯޓުގައި ހިނގަމުންދާ މައްސަލައާ ގުޅިގެން "އަނގަ ބަންދުކުރުމަށް" އަމުރު ނެރުމަކީ ރާއްޖޭގެ ޤާނޫނުގައި އޮންނަކަމެއް ނޫން: ޕީޖީ އޮފީސް
11 މެއި 2026

ރައީސް މުއިއްޒުގެ ނޫސްވެރިންގެ ބައްދަލުވުމަށް ދިޔަ ނޫސްވެރިންގެ ފޯނު ޗެކްކުރަން އުޅެފި

11 މެއި 2026
ރައީސް މުއިއްޒުގެ ނޫސްވެރިންގެ ބައްދަލުވުމަށް ދިޔަ ނޫސްވެރިންގެ ފޯނު ޗެކްކުރަން އުޅެފި
11 މެއި 2026

ރައްޔިތުންގެ ޝަކުވާތަކަށް "އެޓެންޑް" ވާނެ ކަމަށް ވިދާޅުވުމަށް ފަހު، އެކަން ނުކުރައްވާ އަނެއްކާވެސް ރައްޔިތުންނާ ބައްދަލުކުރައްވާނެ ކަން ރައީސް އިއުލާނު ކުރައްވައިފި

11 މެއި 2026
ރައްޔިތުންގެ ޝަކުވާތަކަށް "އެޓެންޑް" ވާނެ ކަމަށް ވިދާޅުވުމަށް ފަހު، އެކަން ނުކުރައްވާ އަނެއްކާވެސް ރައްޔިތުންނާ ބައްދަލުކުރައްވާނެ ކަން ރައީސް އިއުލާނު ކުރައްވައިފި
11 މެއި 2026

އައިޝާ ޑޮކިއުމެންޓްރީގެ ވާހަކަ ދެއްކުން މަނާކޮށް "މުޅި ރާއްޖެ" އަށް ނެރުނު އަމުރަށް އެއްވެސް ރައްޔިތަކު އެއްޗެއް ބުނެގެން ނުވާނެ: ރައީސް މުއިއްޒު

11 މެއި 2026
އައިޝާ ޑޮކިއުމެންޓްރީގެ ވާހަކަ ދެއްކުން މަނާކޮށް "މުޅި ރާއްޖެ" އަށް ނެރުނު އަމުރަށް އެއްވެސް ރައްޔިތަކު އެއްޗެއް ބުނެގެން ނުވާނެ: ރައީސް މުއިއްޒު
11 މެއި 2026

މި ސަރުކާރުގެ ދާޚިލީ ވަޒީރު ވިދާޅުވީ ކޯޓު އަމުރާ ޚިލާފުވި ކަމަށް ނިންމަން ޖެހޭނީ ކޯޓުން ކަމަށް

11 މެއި 2026
މި ސަރުކާރުގެ ދާޚިލީ ވަޒީރު ވިދާޅުވީ ކޯޓު އަމުރާ ޚިލާފުވި ކަމަށް ނިންމަން ޖެހޭނީ ކޯޓުން ކަމަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް