Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަނގަ ބަންދުކުރުމުގެ އަމުރު

ގެގް އަމުރާއި ޝަހުޒާން ހިލާފުވެއްޖެކަމަށް ރައީސް ކަނޑައެޅުމާއެކު ޝަހުޒާން ކޯޓަށް ހާޒިރުވާން އަންގައިފި، ލިޔުނު ހަބަރަކާއި ގުޅިގެން ލީވާން ވެސް ހާޒިރު ކުރަނީ

ކްރިމިނަލް ކޯޓުން ނެރެފައިވާ "ގެގް އޯޑަރާ" ޚިލާފުވި ކަމަށް ބުނެ "އަދަދު" ނޫހުގެ ދެ ނޫސްވެރިއަކު ކޯޓަށް ހާޒިރުވާން އަންގައިފި. މިގޮތުން ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުވާލުކުރި މުހައްމަދު ޝަހުޒާން އާއި ޚަބަރެއް ލިޔުނު ލީވާން އަލީ ނަސީރު ހާޒިރުކުރަނީ ކޯޓުގެ ހުރުމަތް ކެނޑިކަން ބެލުމަށް. މި މައްސަލައަކީ އެ ނޫހުން ތައްޔާރުކުރި "އައިޝާ" ޑޮކިއުމަންޓްރީއާ ގުޅޭ އެއްވެސް ވާހަކައެއް ނުދެއްކުމަށް ކޯޓުން ކޮށްފައިވާ އަމުރާ ގުޅުންހުރި ކަމެއް.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 11 މެއި 2026 | ހޯމަ 17:47
އަދަދު ނޫހުގެ ދެ ނޫސްވެރިން ކަމުގައިވާ މުހައްމަދު ޝަހުޒާން (ކ) އަދި ލީވާން އަލީ ނާސިރު (ވ).

އަދަދު ނޫހުގެ ދެ ނޫސްވެރިން ކަމުގައިވާ މުހައްމަދު ޝަހުޒާން (ކ) އަދި ލީވާން އަލީ ނާސިރު (ވ). | ރާއްޖެއެމްވީ ގްރެފިކްސް

އަދަދު ނޫހަށް ލިބިފައިވާ މައުލޫމަތަކަށް ބިނާކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ނޫސްވެރިންގެ ބައްދަލުވުމުގައި ސުވާލުކުރުމުން، އަދަދު ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން ކްރިމިނަލް ކޯޓޫގެ އަމުރާއި ހިލާފުވެއްޖެ ކަމަށް ރައީސް މުއިއްޒު ކަނޑައެޅުއްވުމާއެކު ޝަހުޒާން ކޯޓަށް ހާޒިރުވާން  ކްރިމިނަލް ކޯޓުން އަންގައިފި އެވެ. 

ކްރިމިނަލް ކޯޓުން ޝަހުޒާން އަށް ފޮނުވި ހާޒިރުވުމުގެ އަމުރުގައި ބުނެފައިވަނީ "ޝަރީއަތުގައި ހިނގަމުންދާ މައްސަލައެއްގައި ވަކި ގޮތަކަށް އަމަލު ނުކުރުމަށް އަންގާ ކުރާ އަމުރު" ނެރެފައިވަނިކޮށް އާދީއްތަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުހައްމަދު ޝަހުޒާން ކުރި ސުވާލުތަކާއި ދެއްކި ވާހަކަތަކަކީ، އެ ކޯޓުން ނެރެފައިވާ އަމުރާ ހިލާފަށް ދެއްކި ވާހަކަތަކެއްކަމަށް ބެލެވޭ ކަމަށް، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އާދިއްތަ ދުވަހު ސިޓީ އިން އެ ކޯޓުގެ ސަމާލުކަމަށް ގެނެސްދީފައިވާތީ، ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމާބެހޭ ގަވާއިދުގެ 7 ވަނަ މާއްދާގެ (ސ) ގެ ދަށުން، ކޯޓު ހުރުމަތް ކަނޑާފައިވާކަން ބެލުމަށްޓަކައި މި މައްސަލައިގެ ރައްދުވާ ފަރާތުގެ ހައިސިއްޔަތުން ހާޒިރުވާން ވަނީ އަންގާފަ އެވެ. 

Advertisement - newsAdvertisement

ޝަހުޒާން ހާޒިރުވާން އަންގާފައިވަނީ 12 މެއި ވާ އަންގާރަ ދުވަހުގެ މެންދުރު 1:00 އަށް ކްރިމިނަލް ކޯޓަށެވެ. 

މީގެ އިތުުރުން އަދަދު ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރު ވެސް ކޯޓަށް ހާޒިރުވާން އަންގާފައިވެ އެވެ. ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި ލީވާން ހާޒިރުކުރަނީ އޭނާ ލިޔުނު "އަނގަ ބަންދުކުރާ" އަމުރުގެ ހަބަރާއި ގުޅިގެން އެ ހަބަރަކީ، ކޯޓުގެ ނެރެފައިވާ ގެގް އޯޑަރާ ހިލާފު ހަބަރެއްތޯ ބެލުމަށެވެ. އޭނާ ކޯޓަށް ހާޒިރުވާން ޖެހެނީ އަންގާރަ ދުވަހުގެ މެންދުރު 11:00 އަށެވެ.

އަދަދު ނޫހުން ގެނެސްދިން "އައިޝާ" ޑޮކިއުމެންޓްރީގެ މައްސަލައިގައ ކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން ދަޢުވާ ކުރެވިފައިވާ ހާދިސާއާ (އައިޝާ ޑޮކިއުމެންޓްރީ) ގުޅުންހުރި ވީޑިއޯ ޑޮކިއުމަންޓަރީ މުޖުތަމަޢުގެ ތެރޭގައި ދައުރު ނުކުރުމަށާއި، މި ޑޮކިއުމަންޓަރީގައި ގެނަސްދީފައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުންވިޔަސް ނުދެއްކުމަށާއި، ޝަރީޢަތަށް ހުށަހެޅިފައިވާ ޑޮކިއުމަންޓަރީ އާ ގުޅޭ މައްސަލައިގެ ޙަސްމަކާއި ނުވަތަ ކުށުގެ ޝިކާރައަށްވީ މީހާ ގެ އެއްވެސް ވާހަކައެއް ނުދެއްކުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. 

ކްރިމިނަލް ކޯޓުގެ އަމުރުގައި ބުނެފައިވަނީ މިބާވަތުގެ މައްސަލަތަކަކީ ޤާނޫނު އަސާސީގެ 42 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ މުޖްތަމަޢުގެ އަޚްލާޤީ އުސޫލުތައް ހިފެހެއްޓުމުގެ ގޮތުން، އާންމުކޮށް ހުޅުވާނުލައި ސިއްރު ކޮށްގެން ކުރިއަށް ގެންދެވޭނެ ޝަރީޢަތްތަކެއް ކަމުގައިވާއިރު، މައްސަލާގައި ހުށަހަޅާފައިވާ ލިޔުންތަކާއި ޝަރީޢަތާއި ގުޅުންހުރި މަޢުލޫމާތުތައް ނުފެތުރުމަށް އަމުރުކޮށް މިފަދަ ކޮންމެ ކަމަކީ ކޯޓުގެ ޙުރުމަތް ކެނޑުންކަމުގައި ބެލިދޭނެ އަމަލެއްކަމުގައި އަންގާ ކަމަށެވެ. 

ޑރ. މުޙައްމަދު މުޢިއްޒުމުހައްމަދު ޝަހުޒާންކްރިމިނަލް ކޯޓްއަދަދު ނޫސްލީވާން އަލީ ނާސިރުއައިޝާ ޑޮކިއުމެންޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

"އައިޝާ ޑޮކިއުމެންޓްރީ" އާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރާ ޚިލާފުވުމަކީ، ނޫސްވެރިންގެ މިނިވަންކަމުގެ ހައްގުގައި ކުރެވޭ އިހުތިޖާޖެއް: ރައީސް ނަޝީދު

"އައިޝާ ޑޮކިއުމެންޓްރީ" އާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރާ ޚިލާފުވުމަކީ، ނޫސްވެރިންގެ މިނިވަންކަމުގެ ހައްގުގައި ކުރެވޭ އިހުތިޖާޖެއް: ރައީސް ނަޝީދު

11 މެއި 2026
ގެގް އޯޑަރަކުން ޙައްޤެއް މުތުލަޤަށް ނިގުޅައިގަނެވޭނަމަ އެއީ ޤާނޫނުއަސާސީއާ ޚިލާފު އަމުރެއް: ކުރީގެ އުއްތަމަފަނޑިޔާރު

ގެގް އޯޑަރަކުން ޙައްޤެއް މުތުލަޤަށް ނިގުޅައިގަނެވޭނަމަ އެއީ ޤާނޫނުއަސާސީއާ ޚިލާފު އަމުރެއް: ކުރީގެ އުއްތަމަފަނޑިޔާރު

11 މެއި 2026
ފަހުމު ނުވި ރައީސް މުއިއްޒުގެ އާރްޓީއައި ސިޔާސަތު

ފަހުމު ނުވި ރައީސް މުއިއްޒުގެ އާރްޓީއައި ސިޔާސަތު

11 މެއި 2026
ކޯޓުގައި ހިނގަމުންދާ މައްސަލައާ ގުޅިގެން "އަނގަ ބަންދުކުރުމަށް" އަމުރު ނެރުމަކީ ރާއްޖޭގެ ޤާނޫނުގައި އޮންނަކަމެއް ނޫން: ޕީޖީ އޮފީސް

ކޯޓުގައި ހިނގަމުންދާ މައްސަލައާ ގުޅިގެން "އަނގަ ބަންދުކުރުމަށް" އަމުރު ނެރުމަކީ ރާއްޖޭގެ ޤާނޫނުގައި އޮންނަކަމެއް ނޫން: ޕީޖީ އޮފީސް

11 މެއި 2026
ރައީސް މުއިއްޒުގެ ނޫސްވެރިންގެ ބައްދަލުވުމަށް ދިޔަ ނޫސްވެރިންގެ ފޯނު ޗެކްކުރަން އުޅެފި

ރައީސް މުއިއްޒުގެ ނޫސްވެރިންގެ ބައްދަލުވުމަށް ދިޔަ ނޫސްވެރިންގެ ފޯނު ޗެކްކުރަން އުޅެފި

11 މެއި 2026

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު