Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަބްދުﷲ ޝާހިދު

އދ މަޖިލީހުގެ ރައީސުންގެ ބައްދަލުވުމަށް ޝާހިދު ޗައިނާއަށް

11 މެއި 2026 | ހޯމަ 17:45

އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސް ޢަބްދުﷲ ޝާހިދު ޗައިނާއަށް ކުރައްވާ މި ދަތުރުފުޅަކީ ދުނިޔޭގެ މުހިންމު މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ މަތީ ފަންތީގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް. އދ. ގެ އާންމު މަޖިލީހުގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅުންގެ ތަޖުރިބާގެ ބޭނުން ހިފުމަށް އުފައްދާފައިވާ މި ކައުންސިލްގެ ބައްދަލުވުމުގައި، ބައިނަލްއަގުވާމީ ގޮންޖެހުންތަކަށް ހައްލު ހޯދުމާއި އދ. އިސްލާހުކުރުމާ ގުޅޭގޮތުން ޝާހިދު ލަފާދެއްވާނެ. މީގެ ކުރިންވެސް އެކި ގައުމުތަކުގައި ބޭއްވި މިފަދަ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެން، ސުލްހައާއި ތަރައްގީއަށް މުހިންމު ހިޔާލުތަކެއް އެމަނިކުފާނު ވަނީ ހުށަހަޅުއްވާފައި.

މަޚްތޫމް
މަޚްތޫމް | 11 މެއި 2026 | ހޯމަ 17:45
އެމްޑީޕީގެ ރައީސް އަދި ކުރީގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު.

އެމްޑީޕީގެ ރައީސް އަދި ކުރީގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު. | އަބްދުﷲ ޝާހިދު

އެމްޑީޕީގެ ރައީސް އަދި ކުރީގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު، އދ. ގެ އާންމު މަޖިލީހުގެ ރައީސުންގެ ކައުންސިލް، ކައުންސިލް އޮފް ދަ ޕްރެޒިޑެންޓްސް އޮފް ދަ ޖެނެރަލް އެސެމްބްލީގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް ޗައިނާގެ ޝަންހާއީއަށް ފުރާވަޑައިގެންފި އެވެ.

އާދިއްތަ ދުވަހު ޝަންހާއީގައި ފެށުމަށް ހަމަޖެހިފައިވާ މި ބައްދަލުވުމަކީ ދުނިޔޭގެ މުހިންމު މައްސަލަތަކާއި، އދގެ މުހިއްމު އަމާޒުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ މަތީ ފަންތީގެ ބައްދަލުވުމެކެވެ. ޝާހިދަކީ އދގެ އާއްމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސެވެ.

Advertisement - newsAdvertisement

"އުންމީދުގެ ރިޔާސަތު" ގެ ނަމުގައި އެމަނިކުފާނު ކުރިއަށްގެންދެވި ދައުރުގައި، ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށާއި، މޫސުމީ ބަދަލުތަކާ ދެކޮޅަށް މަސައްކަތް ކުރުމުގެ އިތުރުން އދ. އިސްލާހުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި އެވެ. ވަކިން ހާއްސަކޮށް އަންހެނުންނާއި ޒުވާނުން ބާރުވެރިކުރުވުމަށާއި، ސިޔާސީ އަދި ޑިޕްލޮމެޓިކް ދާއިރާގައި އަންހެނުންނާއި ޒުވާނުންގެ ދައުރު ފުޅާކުރުމަށް އެމަނިކުފާނު ދެއްވި އަހައްމިއްޔަތުކަން ބައިނަލްއަގުވާމީ މުޖުތަމައުން ބަލައިގަނެފައިވެ އެވެ.

ކައުންސިލް އޮފް ދަ ޕްރެޒިޑެންޓްސް އޮފް ދަ ޖެނެރަލް އެސެމްބްލީއަކީ އދ. ގެ އާންމު މަޖިލީހުގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅުންގެ ތަޖުރިބާގެ ބޭނުން ހިފުމަށް 1997 ވަނަ އަހަރު އުފެއްދި ކައުންސިލެކެވެ. މި ކައުންސިލުން މަސައްކަތް ކުރަނީ އދ. ގެ މަސައްކަތްތަކަށް، ވަކިން ޚާއްސަކޮށް އދގެ އާއްމު މަޖިލީހުގެ އެއިރެއްގައި ހުންނަވާ ރައީސަކަށް ލަފާދިނުމަށާއި، ދުނިޔޭގައި އުފެދޭ ބޮޑެތި ގޮންޖެހުންތަކަށް ހައްލު ހޯދުމުގައި އާންމު މަޖިލީހުގެ ދައުރު ހަރުދަނާ ކުރުމަށެވެ.

ޝާހިދަކީ މި ކައުންސިލްގެ މަސައްކަތްތަކުގައި ވަރަށް ހަރަކާތްތެރި މެންބަރެކެވެ. އެގޮތުން މިދިޔަ އަހަރު ސައުދީ އަރަބިއްޔާގެ ރިޔާޒާއި، ގަތަރުގެ ދޯހާ އަދި ސްލޮވާކިއާގެ ބްރަޓިސްލާވާގައި ބޭއްވި މި ކައުންސިލްގެ ބައްދަލުވުންތަކުގައި ވެސް އެމަނިކުފާނު ބައިވެރިވެވަޑައިގެން، ބައިނަލްއަގުވާމީ ސުލްހައާއި ތަރައްގީއަށް މުހިންމު ހިޔާލުތަކެއް ހުށަހަޅުއްވާފައިވެ އެވެ.

އަބްދުﷲ ޝާހިދުއެމްޑީޕީޝަންގްހާއިކައުންސިލް އޮފް ދަ ޕްރެޒިޑެންޓްސް އޮފް ދަ ޖެނެރަލް އެސެމްބްލީ

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

11 މެއި 2026

"އައިޝާ" ޑޮކިއުމެންޓްރީގެ ވާހަކަ ނުދެއްކުމަށް ކޮންޓްރޯލް ކޮމިޝަނުން މީޑިއާތަކަށް އަންގައިފި

11 މެއި 2026
"އައިޝާ" ޑޮކިއުމެންޓްރީގެ ވާހަކަ ނުދެއްކުމަށް ކޮންޓްރޯލް ކޮމިޝަނުން މީޑިއާތަކަށް އަންގައިފި
10 މެއި 2026

"އައިޝާ" ޑޮކިއުމެންޓްރީގެ ވާހަކަ ނުދެއްކުމަށް އިލެކްޝަންސް ކޮމިޝަނުން އެމްޑީޕީއާއި ޕީއެންއެފް އަށް އަންގައިފި

10 މެއި 2026
"އައިޝާ" ޑޮކިއުމެންޓްރީގެ ވާހަކަ ނުދެއްކުމަށް އިލެކްޝަންސް ކޮމިޝަނުން އެމްޑީޕީއާއި ޕީއެންއެފް އަށް އަންގައިފި
10 މެއި 2026

އެމްޑީޕީ ވުޖޫދަށް ގެނައުމަށް ގުރުބާންވީ އެންމެ މީހެއް ކަމަށް ބުނުމަކީ އެ މަސައްކަތުގައި ހަރަކާތްތެރިވި އެހެން މީހުންނަށް ވެވޭ ބޭއިންސާފެއް: މީކާއިލް

10 މެއި 2026
އެމްޑީޕީ ވުޖޫދަށް ގެނައުމަށް ގުރުބާންވީ އެންމެ މީހެއް ކަމަށް ބުނުމަކީ އެ މަސައްކަތުގައި ހަރަކާތްތެރިވި އެހެން މީހުންނަށް ވެވޭ ބޭއިންސާފެއް: މީކާއިލް
10 މެއި 2026

''އިތުބާރު ކެމްޕޭން މެނިފެސްޓޯ'' އަންނަ ބުރާސްފަތި ދުވަހު ރޭ ލޯންޗު ކުރަނީ

10 މެއި 2026
''އިތުބާރު ކެމްޕޭން މެނިފެސްޓޯ'' އަންނަ ބުރާސްފަތި ދުވަހު ރޭ ލޯންޗު ކުރަނީ
07 މެއި 2026

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ގައި މާލޭގައި 2 ފޮށި އައްޑޫ ސިޓީގައި 5 ފޮށި

07 މެއި 2026
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ގައި މާލޭގައި 2 ފޮށި އައްޑޫ ސިޓީގައި 5 ފޮށި
07 މެއި 2026

ރ. މަޑުއްވަރީގެ ޔޫތް ސެންޓަރުގެ މަސައްކަތް ނިމުނު ނަމަވެސް ސަރުކާރަށް މިވީ 2 އަހަރާއި ބައިގެ ތެރޭގައި އެތަނަށް ވަސީލަތްތައް ހޯދައި ނުދެވުނު

07 މެއި 2026
ރ. މަޑުއްވަރީގެ ޔޫތް ސެންޓަރުގެ މަސައްކަތް ނިމުނު ނަމަވެސް ސަރުކާރަށް މިވީ 2 އަހަރާއި ބައިގެ ތެރޭގައި އެތަނަށް ވަސީލަތްތައް ހޯދައި ނުދެވުނު
07 މެއި 2026

"ސަރުކާރުން ފުލުހުންގެ މުއައްސަސާ ބޭނުންކުރަނީ އެމްޑީޕީގެ ސިޔާސީ ޙަރަކާތްތަކުގައި އުޅޭ ޒުވާނުންނާއި ލީޑަރުން ފަހަތަށް ޖައްސަން

07 މެއި 2026
"ސަރުކާރުން ފުލުހުންގެ މުއައްސަސާ ބޭނުންކުރަނީ އެމްޑީޕީގެ ސިޔާސީ ޙަރަކާތްތަކުގައި އުޅޭ ޒުވާނުންނާއި ލީޑަރުން ފަހަތަށް ޖައްސަން
06 މެއި 2026

އާ ޖީލަކަށް އެމް.ޑީ.ޕީގެ ރިޔާސަތު ފޯރުވަން ޖެހޭ: ނިޔާޒު

06 މެއި 2026
އާ ޖީލަކަށް އެމް.ޑީ.ޕީގެ ރިޔާސަތު ފޯރުވަން ޖެހޭ: ނިޔާޒު
06 މެއި 2026

އެމްޑީޕީގެ މުޒާހަރާއެއްގައި ފުލުހެއްގެ ގައިގައި ޖެހި ކަމުގެ ތުހުމަތުގައި، މައިމޫން ފުލުހަށް ހާޒިރުވާން އަންގައިފި

06 މެއި 2026
އެމްޑީޕީގެ މުޒާހަރާއެއްގައި ފުލުހެއްގެ ގައިގައި ޖެހި ކަމުގެ ތުހުމަތުގައި، މައިމޫން ފުލުހަށް ހާޒިރުވާން އަންގައިފި
06 މެއި 2026

ގައުމުގެ އިގްތިސާދު ވަނީ ހުއްޓިފައި، ގަވަރުނަރު އިސްތިއުފާ ދެއްވަން ޖެހޭ: ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު

06 މެއި 2026
ގައުމުގެ އިގްތިސާދު ވަނީ ހުއްޓިފައި، ގަވަރުނަރު އިސްތިއުފާ ދެއްވަން ޖެހޭ: ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް