Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނޫސްވެރިން ޖަލަށްލުން ކުށްވެރިކުރުން

އަދަދުގެ ނޫސްވެރިން ޖަލަށްލުމަކީ ސަރުކާރާ ދެކޮޅަށް އުފުލޭ އަޑުތައް ކަނޑުވާލުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އިތުރުވި ލަދުވެތި ބާބެއް: ސޯލިހު

12 މެއި 2026 | އަންގާރަ 17:39

ޝަރުޢީ ނިޒާމުގެ ތެރެއަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާކަން މިކަމުން ހާމަވާކަމަށް ރައީސް ސޯލިހު ވިދާޅުވެފައިވޭ. ނޫސްވެރިކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅުމަށް ކުރާ މަސައްކަތްތައް ކާމިޔާބު ނުވާނެ ކަމަށާއި، ޤާނޫނުއަސާސީން ލިބިދޭ ޙައްޤުތައް ދިފާޢުކުރުމުގައި ދެމިތިބޭނެ ކަމަށްވެސް ވިދާޅުވެފައިވޭ. އެހެންކަމުން، މިއީ ރައްޔިތުންގެ އަސާސީ މިނިވަންކަމަށް އަމާޒުކޮށް ދެވޭ ހަމަލާއެއްގެ ގޮތުގައި ވަނީ ސިފަކޮށްފައިވޭ.

މަޚްތޫމް
މަޚްތޫމް | 12 މެއި 2026 | އަންގާރަ 17:39
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް | ރާއްޖެ އެމްވީ

އަދަދު ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ ލީވާން އަލީ އާއި މުޙައްމަދު ޝަހުޒާން ޖަލަށްލުމަކީ، ނޫސްވެރިކަމަށް ބިރުދައްކައި، ސަރުކާރާ ދެކޮޅަށް އުފުލޭ އަޑުތައް ކަނޑުވާލުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އިތުރުވި ލަދުވެތި ބާބެއް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. 

ރައީސް ސޯލިހު މިފަދައިން ވިދާޅުވީ އަދަދު ނޫހުގައި ލިޔުނު ހަބަރަކާއި ގުޅިގެން އެ ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރު 10 ދުވަހަށް ޖަލަށްލުމަށް ހުކުމް ކޮށް، ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ސުވާލުކުރި މައްސަލައިގައި އެ ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން 15 ދުވަހަށް ޖަލަށްލުމާއެކު 25،000 ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމާއި ގުޅިގެންނެވެ. 

Advertisement - newsAdvertisement

ޝަހުޒާނާއި ލީވާން ކޯޓަށް ހާޒިރުކުރީ އެ ނޫހުން ގެނެސްދިން ޑޮކިއުމެންޓްރީގެ ވާހަކަ ސީދާކޮށް ވެސް ނުސީދާކޮށް ވެސް ދެއްކުން މަނާކޮށް ކްރިމިނަލް ކޯޓުން ރާއްޖޭގެ ހުރިހާ ރައްޔިތުންގެ މައްޗަށް "ގެގް އޯޑަރ" ނުވަތަ އަނގަ ބަންދުކުރުމުގެ އަމުރު ނެރެފައި އޮއްވާ އެ ވާހަކަ ދައްކާ ލިޔުނު ކަމަށް ބުނެ އެވެ. 

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ސޯލިހު ވިދާޅުވީ އަދަދު ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ ލީވާން އަލީ އާއި މުޙައްމަދު ޝަހުޒާން ޖަލަށްލުމަކީ، ނޫސްވެރިކަމަށް ބިރުދައްކައި، ސަރުކާރާ ދެކޮޅަށް އުފުލޭ އަޑުތައް ކަނޑުވާލުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އިތުރުވި ލަދުވެތި ބާބެއް ކަމަށެވެ. މީގެ އިތުރުން، މިއީ ޝަރުޢީ ނިޒާމުގެ ތެރެއަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާ ކަމުގެ ސާފު ހެއްކެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

ނޫސްވެރިކަމުގެ މިނިވަންކަމާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް އަމާޒުކޮށް ދެމުންދާ މިފަދަ ހަމަލާތައް ކާމިޔާބެއް ނުވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. އަދި ޤާނޫނުއަސާސީން ކޮންމެ ރައްޔިތަކަށްމެ ކަށަވަރުކޮށްދީފައިވާ، ބުރަ މަސައްކަތުން ހޯދާފައިވާ ޙައްޤުތަކާއި މިނިވަންކަން ދިފާޢުކުރުމުގައި ދުވަހަކު ވެސް ފަހަތަކަށް ނުޖެހޭނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. 

އަދަދު ނޫސްލީވާން އަލީމުޙައްމަދު ޝަހުޒާންޕްރެސް ފްރީޑަމްދުލާއި ގަލަމުގެ މިނިވަންކަން

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

ބިޔަ ރާޅުތަކުގެ ތެރެއިން ކުޑަ ކުއްޖަކު ސަލާމަތް ކުރި 16 އަހަރުގެ ޒުވާނަކަށް ވައިޓް ހައުސްގައި އިނާމު ދެއްވަން ޓްރަމްޕް ނިންމަވައިފި

އިތުރަށް ކިޔާލަން

12 މެއި 2026

ނޫސްވެރިންނަށް ކުރި ޖަލު ހުކުމަކީ ބިރުވެރި އިންޒާރެއް: ޝާހިދު

12 މެއި 2026
ނޫސްވެރިންނަށް ކުރި ޖަލު ހުކުމަކީ ބިރުވެރި އިންޒާރެއް: ޝާހިދު
12 މެއި 2026

އިންތިޚާބުގެ ނަތީޖާއަކަށް ނުބަލާނަން، ދެމިހުންނާނީ އެމްޑީޕީގައި: މީކާއިލް

12 މެއި 2026
އިންތިޚާބުގެ ނަތީޖާއަކަށް ނުބަލާނަން، ދެމިހުންނާނީ އެމްޑީޕީގައި: މީކާއިލް
12 މެއި 2026

ހަބަރެއް ލިޔެގެންނާއި ސުވާލު ކޮށްގެން، ލީވާން 10 ދުވަހަށް، ޝަހުޒާން 15 ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފި

12 މެއި 2026
ހަބަރެއް ލިޔެގެންނާއި ސުވާލު ކޮށްގެން، ލީވާން 10 ދުވަހަށް، ޝަހުޒާން 15 ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފި
12 މެއި 2026

ޝަހުޒާން އަށް ވަކީލެއް އައްޔަންކުރަން ދިނީ އެންމެ ދެ ގަޑިއިރު

12 މެއި 2026
ޝަހުޒާން އަށް ވަކީލެއް އައްޔަންކުރަން ދިނީ އެންމެ ދެ ގަޑިއިރު
12 މެއި 2026

ލިޔުނު ޚަބަރަކާ ގުޅިގެން ކޯޓަށް ހާޒިރުކުރި ލީވާން އަށް ވަކީލަކު އައްޔަނު ކުރަން ދިނީ އެންމެ 2 ގަޑިއިރު

12 މެއި 2026
ލިޔުނު ޚަބަރަކާ ގުޅިގެން ކޯޓަށް ހާޒިރުކުރި ލީވާން އަށް ވަކީލަކު އައްޔަނު ކުރަން ދިނީ އެންމެ 2 ގަޑިއިރު
12 މެއި 2026

އަމާޒަކަށް ވާންވީ ރައީސް މުއިއްޒު ބަލިކޮށް ވެރިކަމުން ދުރުކުރުން: މީކާއީލް

12 މެއި 2026
އަމާޒަކަށް ވާންވީ ރައީސް މުއިއްޒު ބަލިކޮށް ވެރިކަމުން ދުރުކުރުން: މީކާއީލް
11 މެއި 2026

ގެގް އަމުރާއި ޝަހުޒާން ހިލާފުވެއްޖެކަމަށް ރައީސް ކަނޑައެޅުމާއެކު ޝަހުޒާން ކޯޓަށް ހާޒިރުވާން އަންގައިފި، ލިޔުނު ހަބަރަކާއި ގުޅިގެން ލީވާން ވެސް ހާޒިރު ކުރަނީ

11 މެއި 2026
ގެގް އަމުރާއި ޝަހުޒާން ހިލާފުވެއްޖެކަމަށް ރައީސް ކަނޑައެޅުމާއެކު ޝަހުޒާން ކޯޓަށް ހާޒިރުވާން އަންގައިފި، ލިޔުނު ހަބަރަކާއި ގުޅިގެން ލީވާން ވެސް ހާޒިރު ކުރަނީ
11 މެއި 2026

"އައިޝާ ޑޮކިއުމެންޓްރީ" އާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރާ ޚިލާފުވުމަކީ، ނޫސްވެރިންގެ މިނިވަންކަމުގެ ހައްގުގައި ކުރެވޭ އިހުތިޖާޖެއް: ރައީސް ނަޝީދު

11 މެއި 2026
"އައިޝާ ޑޮކިއުމެންޓްރީ" އާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރާ ޚިލާފުވުމަކީ، ނޫސްވެރިންގެ މިނިވަންކަމުގެ ހައްގުގައި ކުރެވޭ އިހުތިޖާޖެއް: ރައީސް ނަޝީދު
11 މެއި 2026

ރައީސް މުއިއްޒުގެ ނޫސްވެރިންގެ ބައްދަލުވުމަށް ދިޔަ ނޫސްވެރިންގެ ފޯނު ޗެކްކުރަން އުޅެފި

11 މެއި 2026
ރައީސް މުއިއްޒުގެ ނޫސްވެރިންގެ ބައްދަލުވުމަށް ދިޔަ ނޫސްވެރިންގެ ފޯނު ޗެކްކުރަން އުޅެފި
11 މެއި 2026

އައިޝާ ޑޮކިއުމެންޓްރީގެ ވާހަކަ ދެއްކުން މަނާކޮށް "މުޅި ރާއްޖެ" އަށް ނެރުނު އަމުރަށް އެއްވެސް ރައްޔިތަކު އެއްޗެއް ބުނެގެން ނުވާނެ: ރައީސް މުއިއްޒު

11 މެއި 2026
އައިޝާ ޑޮކިއުމެންޓްރީގެ ވާހަކަ ދެއްކުން މަނާކޮށް "މުޅި ރާއްޖެ" އަށް ނެރުނު އަމުރަށް އެއްވެސް ރައްޔިތަކު އެއްޗެއް ބުނެގެން ނުވާނެ: ރައީސް މުއިއްޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް