Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިތުބާރު ކެމްޕެއިން

އަމާޒަކަށް ވާންވީ ރައީސް މުއިއްޒު ބަލިކޮށް ވެރިކަމުން ދުރުކުރުން: މީކާއީލް

އެމްޑީޕީގެ އެތެރޭގެ އިންތިޚާބަށްފަހު ހުރިހާ މެންބަރުން އެކަތިގަނޑަކަށްވެ، ރައީސް މުޢިއްޒުގެ ސަރުކާރު ބަލިކޮށް ވެރިކަމުން ދުރުކުރުމަށް މަސައްކަތްކުރުމަށް މީކާއިލް އަހުމަދު ނަސީމް ގޮވާލައްވައިފި. މީގެ އިތުރުން، "އަދަދު" ނޫހުގެ ނޫސްވެރިންނަށް ސަރުކާރުން ބިރުދައްކައި ދަޢުވާކުރަން ފަށާފައިވާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވައި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިކުރަމުންދާ ދަނޑިވަޅެއްގައި ޑިމޮކްރަސީގެ ދިފާޢުގައި އެމްޑީޕީން ތެދުވަންޖެހޭކަމަށް އޭނާ ވިދާޅުވި.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް, ރާއްޖެ އެމްވީ | 12 މެއި 2026 | އަންގާރަ 01:39
ހޯމަ ދުވަހުގެ ރޭ ބޭއްވި "އިތުބާރު" ހަރުގެ ޖަލްސާ ގައި މީކާއިލް ވާހަކަދައްކަވަނީ

ހޯމަ ދުވަހުގެ ރޭ ބޭއްވި "އިތުބާރު" ހަރުގެ ޖަލްސާ ގައި މީކާއިލް ވާހަކަދައްކަވަނީ | ރާއްޖެ އެމްވީ

އެމްޑީޕީގެ ހުރިހާ މެންބަރުންގެ ވެސް އަމާޒަކަށް ވާންވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ބަލިކޮށް، އެމަނިކުފާނު ވެރިކަމުން ދުރުކުރުން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

ހޯމަ ދުވަހުގެ ރޭ ބޭއްވި "އިތުބާރު" ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން މީކާއިލް ވިދާޅުވީ، އެމްޑީޕީގެ މެންބަރުންގެ މައިގަނޑު މަގްސަދަކަށް ވާންވީ ރައީސް މުއިއްޒުގެ ސަރުކާރު ބަލިކަށިކޮށް، އެމަނިކުފާނު ވެރިކަމުން ދުރުކުރުން ކަމަށެވެ. އަދި ކުރިއަށް އޮތް އެތެރޭގެ އިންތިޚާބަކީ ވާދަވެރި އިންތިޚާބެއް ނަމަވެސް، އިންތިޚާބަށްފަހު ހުރިހާ މެންބަރުން ވެސް ވާދަވެރި ޓީމާއެކު އެއްބައެއްގެ ގޮތުގައި މަސައްކަތް ކުރަންޖެހޭނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

Advertisement - newsAdvertisement
އަޅުގަނޑުމެންގެ އަމާޒަކަށް ވާންވީ، ރައީސް މުޢިއްޒު ބަލިކުރުން. އަޅުގަނޑުމެންގެ އަމާޒަކަށް ވާންވީ، ރައީސް މުޢިއްޒުގެ ސަރުކާރު ބަލިކަށިކުރުން. އޭނާ ވެރިކަމުން ދުރުކުރުން. އެހެންވީމާ، މި އިންތިޚާބުގައި ވެސް އަޅުގަނޑު ހަމަ ތަކުރާރުކޮށް ދަންނަވާލަން. ތިބޭފުޅުން މީގެ އެއް މަސްދުވަސް ފަހުން އަނެއްކާވެސް މަސައްކަތްކުރައްވަންޖެހޭނީ އަޅުގަނޑުމެންގެ ވާދަވެރި ޓީމާއެކު. އަޅުގަނޑުމެންނަކީ އެއް ބައެއް.
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް

އޭނާ އިތުރަށް އިލްތިމާސްކުރެއްވީ މިއީ އެތެރޭގެ އިންތިޚާބެއްކަން ދަނެގެން، އިހުތިރާމާއި ލޯތްބާއެކު އިންތިޚާބުގެ ކަންކަން ކުރިއަށް ގެންދިއުމަށެވެ.

މީގެ އިތުރުން މީކާއިލް ވަނީ އަދަދު ނޫހުން ގެނެސްދިން ޑޮކިއުމެންޓްރީއާ ގުޅިގެން ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާމެދު ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

މީކާއިލް ވިދާޅުވީ އަދަދު ނޫހުގެ ހަތަރު ނޫސްވެރިޔަކަށް ސަރުކާރުން ދަނީ ދައުވާކުރަން ފަށަމުން ކަމަށެވެ. އަދަދު ނޫހުގެ ބައެއް ނޫސްވެރިންނަށް ރާއްޖެ އިން ފުރުން މަނާކޮށްފައިވާއިރު އެ ނޫހުގެ އޮފީސް ރޭޑުކޮށް އެކިއެކި އާލާތްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް މިހާރު ވަނީ ބިރުދެއްކުމުގެ ސިލްސިލާ އެއް ސަރުކާރުން ފަށާފައި ކަމަށް މީކާއިލް ވިދާޅުވި އެވެ.

އަދަދު ނޫހުގެ ހަތަރު ނޫސްވެރިޔަކަށް ސަރުކާރުން ދަނީ ދަޢުވާކުރަން ފަށަމުން. އަދަދު ނޫހުގެ ބައެއް ނޫސްވެރިންނަށް ރާއްޖެއިން ފުރުން މަނާކޮށްފައިވާއިރު، އެ ނޫހުގެ އޮފީސް ރޭޑުކޮށް، އެކިއެކި އާލާތްތައް ފުލުހުންނަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް މިހާރު މި ވަނީ ބިރުދެއްކުމުގެ ސިލްސިލާ އެއް ސަރުކާރުން ފަށާފަ. ކްރިމިނަލް ކޯޓުން ހުރިހާ ދިވެހި ރައްޔިތުންގެ މައްޗަށް، ވަކި މީހެއް ނޫން، ހުރިހާ ދިވެހި ރައްޔިތުންގެ މައްޗަށް، ވަކި ވާހަކައެއް، ވަކި ގޮތަކަށް ނުދައްކަން އަމުރު ނެރެފައިވާ މި ދަނޑިވަޅުގައި އަޅުގަނޑު ހަމަ ހިތަށްއަރަނީ ވިސްނާލަން ރަނގަޅޭ އަޅުގަނޑުމެން މި ހިސާބަށް، މި ދަނޑިވަޅާ ހަމައަށް، މި ވަގުތާ ހަމައަށް އަޅުގަނޑުމެން އައީ ކިހިނެއްތޯ؟
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް

މީކާއިލް ވިދާޅުވީ ކްރިމިނަލް ކޯޓުން ވަކި ވާހަކައެއް ވަކި ގޮތަކަށް ނުދެއްކުމަށް އަމުރު ނެރެފައިވާ މި ދަނޑިވަޅުގައި، ރާއްޖޭގެ ޑިމޮކްރަސީ އާއި އިންސާނީ ހައްގުތަކުގެ ހާލަތާމެދު ވިސްނާލަން ޖެހޭ ކަމަށެވެ. އެމްޑީޕީ އުފެދުނީ އިންސާނީ ހައްގުތަކާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކޮށްދޭން ކަމަށް އޭނާ ހަނދާންކޮށްދެއްވި  އެވެ.

ވާހަކަ ނިންމަވާލަމުން މީކާއިލް ވިދާޅުވީ، އެމްޑީޕީ އަށް 20 އަހަރު ވެގެންދާއިރުވެސް، ގާނޫނުއަސާސީން ލިބިދޭ އެންމެ އަސާސީ ހައްގުތައް ސަރުކާރުން ނިގުޅައިގަންނާތީ އަނެއްކާވެސް އެ ވާހަކަތައް ދައްކަން ޖެހުމަކީ ހިތާމަހުރި ކަމެއް ކަމަށެވެ.

މީކާއިލް އަހުމަދު ނަސީމްޑރ. މުޙައްމަދު މުޢިއްޒުއެމްޑީޕީގަލޮޅު ދެކުނު ދާއިރާއަދަދު ނޫސްކްރިމިނަލް ކޯޓް

ކޮމެންޓް

އިތުރަށް ކިޔާލަން

ގެގް އަމުރާއި ޝަހުޒާން ހިލާފުވެއްޖެކަމަށް ރައީސް ކަނޑައެޅުމާއެކު ޝަހުޒާން ކޯޓަށް ހާޒިރުވާން އަންގައިފި، ލިޔުނު ހަބަރަކާއި ގުޅިގެން ލީވާން ވެސް ހާޒިރު ކުރަނީ

ގެގް އަމުރާއި ޝަހުޒާން ހިލާފުވެއްޖެކަމަށް ރައީސް ކަނޑައެޅުމާއެކު ޝަހުޒާން ކޯޓަށް ހާޒިރުވާން އަންގައިފި، ލިޔުނު ހަބަރަކާއި ގުޅިގެން ލީވާން ވެސް ހާޒިރު ކުރަނީ

11 މެއި 2026
އދ މަޖިލީހުގެ ރައީސުންގެ ބައްދަލުވުމަށް ޝާހިދު ޗައިނާއަށް

އދ މަޖިލީހުގެ ރައީސުންގެ ބައްދަލުވުމަށް ޝާހިދު ޗައިނާއަށް

11 މެއި 2026
"އައިޝާ ޑޮކިއުމެންޓްރީ" އާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރާ ޚިލާފުވުމަކީ، ނޫސްވެރިންގެ މިނިވަންކަމުގެ ހައްގުގައި ކުރެވޭ އިހުތިޖާޖެއް: ރައީސް ނަޝީދު

"އައިޝާ ޑޮކިއުމެންޓްރީ" އާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރާ ޚިލާފުވުމަކީ، ނޫސްވެރިންގެ މިނިވަންކަމުގެ ހައްގުގައި ކުރެވޭ އިހުތިޖާޖެއް: ރައީސް ނަޝީދު

11 މެއި 2026
ގެގް އޯޑަރަކުން ޙައްޤެއް މުތުލަޤަށް ނިގުޅައިގަނެވޭނަމަ އެއީ ޤާނޫނުއަސާސީއާ ޚިލާފު އަމުރެއް: ކުރީގެ އުއްތަމަފަނޑިޔާރު

ގެގް އޯޑަރަކުން ޙައްޤެއް މުތުލަޤަށް ނިގުޅައިގަނެވޭނަމަ އެއީ ޤާނޫނުއަސާސީއާ ޚިލާފު އަމުރެއް: ކުރީގެ އުއްތަމަފަނޑިޔާރު

11 މެއި 2026
ފަހުމު ނުވި ރައީސް މުއިއްޒުގެ އާރްޓީއައި ސިޔާސަތު

ފަހުމު ނުވި ރައީސް މުއިއްޒުގެ އާރްޓީއައި ސިޔާސަތު

11 މެއި 2026

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު