Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމައުލޫމާތު ފޮރުވުމުގެ ޝަކުވާ

ފަހުމު ނުވި ރައީސް މުއިއްޒުގެ އާރްޓީއައި ސިޔާސަތު

11 މެއި 2026 | ހޯމަ 14:52

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން ހުށަހަޅާ އާރްޓީއައިތަކަށް ޖަވާބުދިނުމުގައި މި ސަރުކާރުން އިހުމާލުވަމުންދާ ކަމަށް ބުނެ އާންމުންނާއި އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން ވަނީ އަމާޒުވެފަ. ސަރުކާރުގެ އިދާރާތަކުން މައުލޫމާތު ހާމަކުރުމަށް ދެކޮޅުހަދަމުންދާކަމުގެ ޝަކުވާ ބޮޑުވެފައިވާއިރު، ތަފާސްހިސާބުތަކުން ދައްކާގޮތުގައި 76 އިންސައްތަ ހުށަހެޅުމަށް މިހާތަނަށް ޖަވާބު ދީފައެއް ނުވޭ. މައުލޫމާތު ހާމަކުރުމުގައި ލަސްތަކެއް އުޅޭކަން ރައީސް ޑރ. މުއިއްޒު މިހާރު ގަބޫލުކުރެއްވި ނަމަވެސް، މިއީ ދައުލަތުގެ ކަންކަން ސިއްރުކުރުމަށް ކުރާ މަސައްކަތެއް ކަމަށް ގިނަ ބަޔަކު ތުހުމަތުކުރޭ. ރައީސް މުއިއްޒު ވިދާޅުވީ މި ސަރުކާރުގެ މައުލޫމާތުތައް ނުުލިބިގެން، މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން، ރައިޓް ޓު އިންފޮމޭޝަން (އާރްޓީއައި) ފޯމު ހުށަހަޅަން ޖެހޭ ހިސާބަށް ނުދާނެ ކަމަށް.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 11 މެއި 2026 | ހޯމަ 14:52
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު | ރާއްޖެ އެމްވީ

މިހާރުގެ ރައީސް، ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް އަރައިވަޑައިގަންނަވަން އެންމެ ގިނައިން ވިއްކީ ދޮގާ މަކަރާ ހީލަތް ކަމަށް ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. ވެރިކަމުގެ ދަހިވެތިކަމުގަ ހިންގި މުޑުދާރު "އިންޑިއާ އައުޓް" ކެމްޕެއިނާ ގެންގުޅުނު ހުސްގޮޑީގެ މަތިން އަދި ދިވެހިރައްޔިތުން ހަނދާނެއް ނުނެތެ އެވެ. ވެރިކަމަށް ވަޑައިގެން ފުރަތަމަ ދުވަހުން ފެށިގެން ރައީސް މުއިއްޒު ގެންދަވަނީ ދިވެހިރައްޔިތުންނަށް އޮޅުވާލަން އެއްކަމަކާ ގުޅޭގޮތުން އެކި އިރު އެކި ލަވަ ކިޔުއްވަމުން ކަމަށް ރައްޔިތުން ދަނީ ބުނަމުންނެވެ. 

ވެރިކަމަށް ވަޑައިގެން 5 ޑިސެމްބަރު 2023 ގަ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ ރައީސް މުއިއްޒު ވިދާޅުވީ މި ސަރުކާރުގެ މައުލޫމާތުތައް ނުުލިބިގެން، މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން، ރައިޓް ޓު އިންފޮމޭޝަން (އާރްޓީއައި) ފޯމު ހުށަހަޅަން ޖެހޭ ހިސާބަށް ނުދާނެ ކަމަށެވެ. ނިއްކުރިފުޅުމަށްޗަށް ރުލެއްވެސް އަރުވާނުލާ ރައީސް މުއިއްޒު ވިދާޅުވި މި ވާހަކަ ހިތާދެކޮޅަށް ވެސް ބައެއް ރައްޔިތުން އޭރު ގަބޫލުކުރި އެވެ. ނަމަވެސް ރައީސް އޮފީސް ވެސް ހިމެނޭހެން ސަރުކާރާ ގުޅޭ އެކި މައުލޫމާތު ހޯދަން ރައްޔިތުން ފޮނުވާ އާރްޓީއައި ތަކަށް ވާގޮތެއް ނޭނގެ އެވެ. އެނގޭހާވެސް ކަމަކީ ސަރުކާރުގެ އިދާރާތަކުން މައުލޫމާތު ނުލިބިގެން ދުވަހެއް ދުވަހަކަށް ރައްޔިތުންގެ ޝަކުވާތައް އިތުރުވާކަމެވެ.

ފެނިގެން ދިޔައީ މައުލޫމާތު ދިމުމަށް ދެކޮޅުހަދާ، ދައުލަތުގެ ބައެއް ފަރާތްތަކުން ޝަރުއީ ކޯޓުތަކަށް މައްސަލަ ހުށަހެޅި މައްސަލަ އެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ގާނޫނުގެ ދަށުން އަންނަ ހުށަހެޅުންތަކަށް ޖަވާބު ފޯރުކޮށްދިނުމަށް މި ވަގުތު ވަރަށް ބޮޑު ހަރަދެއް ހިނގާ ކަމަށާއި އެ ކަމަށް އަގެއް ނެގުން ރަނގަޅު ކަމަށެވެ. ރައީސް އޮފީހުން މައުލޫމާތު ދެއްވަން ދެކޮޅު ހައްދަވާ ގާނުނާ ހިލާފުވުމުން ވެސް ދައުލަތުގެ ބަންޑާރަނައިބު އަހުމަދު އުޝާމް އަށް ގޯސްވީ ގާނުނީ އިމުގެ ތެރެއިން މައުލޫމާތު ހޯދުމަށް ހުށަހަޅާފަރާތްތަކެވެ. އެ ހިސާބުން ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) އަށް ވެސް  ކަމުނުދިޔައީ ސަރުކާރުގެ ކަންކަމާ ގުޅޭ މައުލޫމަތު ހޯދުމަށް ހުށަހެޅުމެވެ. 

ކަން މިހެން އޮތް އިރު ރައީސް މުއިއްޒު ސާފުކޮށް ވިދާޅުވެފަވަނީ މައުލޫމާތެއް ނުލިބިގެން ދައުލަތުގެ އެއްވެސް މުއައްސަސާއަކަށް ދިވެހިރައްޔިތުން އާރްޓީއައި ހުށަހަޅަން ނުޖެހޭނޭކަމެވެ. ނަމަވެސް ރައީސް މުއިއްޒުގެ މިސަރުކާރަކީ ދިވެހި ތާރީހުގައި ވެސް ރައްޔިތުންނަށް އެންމެ ބޮޑަށް ސައްހަ މައުލޫމާތު ސިއްރުކޮށް އޮޅުވާލި ސަރުކާރު ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު އޮންނަ ގޮތުން، ދައުލަތުގެ އިދާރާތަކުން މައުލޫމާތު ދޭންޖެހެނީ ހަމައެކަނި މީހަކު އެދުމުންނެއް ނޫނެވެ. އެ ގާނޫނު ލާޒިމުކުރާ ގޮތުގައި، ވަކި މައުލޫމާތުތަކެއް އިސްވެ އަމިއްލައަށް އާންމުކުރަން ޖެހެ އެވެ. ނަމަވެސް، މިއަދާ ހަމައަށް އައިއިރު ރައީސް މުއިއްޒުގެ ސަރުކާރުގެ އެންމެ ވުޒާރާއަކުން ވެސް، އިސްވެ މައުލޫމާތު ހާމަކުރުމަށް ގާނޫނުގައި ކަނޑައަޅާފައިވާ އެންމެ ދަށް މިންގަނޑަށް ވެސް އަމަލުކޮށްފައެއް ނުވެ އެވެ. މިހާތަނަށް ސަރުކާރުގެ 76 އިންސައްތަ މައްސަލަތަކަށް ޖަވާބެއް ދީފައި ނުވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.

ރައީސް މުއިއްޒުގެ ސަރުކާރަށް 3 އަހަރު ވާން ކައިރިވެފަ ވާއިރު މައުލޫމާތު ހޯދަން ހުށަހަޅާ އާރްޓީއައި ތަކުން ރެކުމަށް ދަނީ ތަފާތު އުޒުރުތައް ދައްކަމުންނެވެ. ނަމަވެސް އާރްޓީއައި ތަކަށް ޖަވާބު ނުދޭތީ ހުށަހަޅާ ކަންބޮޑުވުންތައް އެތައް ދުވަހަކު ދިފާއު ކުރުމަށް ފަހު، އެންމެ ފަހުން އާރްޓީއައި ތަކަށް ޖަވާބު ނުދެވޭކަން ރައީސް ޑރ މުޙައްމަދު މުއިއްޒު ވެސް ވަނީ ޤަބޫލު ކުރައްވާފަ އެވެ. އޭރު ކިޔުންވި ލަވަ މުޅިން ބަދަލު ވެފަ ވާކަމަށް އެމަނިކުފާނު ވަނީ އިއުލާންކުރައްވާފަ އެވެ. 

ހޯމަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، މައުލޫމާތު ނުދެވޭ އާރްޓީއައިތައް ހުރިކަމަށެވެ. އަދި އެކަން ކުރިއަށް ގެންދިއުން އަވަސް ކުރުމަށް މަސައްކަތް ކުރައްވާކަމުގަ އެވެ. ނަމަވެސް ރައްޔިތުން ބުނަނީ ފޮރުވާނެ އެއްވެސް އެއްޗެއް ނޯންނާނެ ކަމަށް ވިދާޅުވެ ވެރިމަަށް އައި މީހުން، ދައުރު ދެބައިވެގެންދާއިރު ވެސް އަވަދިނެތި އުޅެނީ ކަންކަމުގަ މަތިއަޅާ ފޮރުވަން ކަމަށެވެ. އޭރު އާރްޓީއައި އާ ގުޅޭ ގޮތުން ރައީސް މުއިއްޒު ވިދާޅުވި ބަސްފުޅު ފަހުމު ނުވާކަމަށެވެ. 

ޑރ. މުހައްމަދު މުއިއްޒުމައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްޤުގެ ގާނޫނޫ

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

14 އޯގަސްޓު 2026

ކޮންމެ ދަރިއެއްގެ ހިތުގައިވެސް ދިވެހި ގައުމިއްޔަތުގެ ވިންދާއި ރޫޙު ހިފެހެއްޓުމަށް ރައީސް މުއިއްޒު ގޮވާލައްވައިފި

14 އޯގަސްޓު 2026
ކޮންމެ ދަރިއެއްގެ ހިތުގައިވެސް ދިވެހި ގައުމިއްޔަތުގެ ވިންދާއި ރޫޙު ހިފެހެއްޓުމަށް ރައީސް މުއިއްޒު ގޮވާލައްވައިފި
14 އޯގަސްޓު 2026

ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރަން އެދޭ ފަރާތްތަކާ ވަކިވަކިން ބައްދަލުކުރައްވާ "ރައްޔިތުންގެ އަޑު" ސިލްސިލާގެ ބައްދަލުވުންތައް ފަށައިފި

14 އޯގަސްޓު 2026
ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރަން އެދޭ ފަރާތްތަކާ ވަކިވަކިން ބައްދަލުކުރައްވާ "ރައްޔިތުންގެ އަޑު" ސިލްސިލާގެ ބައްދަލުވުންތައް ފަށައިފި
13 އޯގަސްޓު 2026

ރައީސް މުއިއްޒު ޔޫއޭއީގެ ރައީސަށް ފޯނުން ގުޅުއްވައިފި

13 އޯގަސްޓު 2026
ރައީސް މުއިއްޒު ޔޫއޭއީގެ ރައީސަށް ފޯނުން ގުޅުއްވައިފި
12 އޯގަސްޓު 2026

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ޒުވާނުންނަށް ރައީސް މުއިއްޒު ތަހުނިޔާ ފޮނުއްވައިފި

12 އޯގަސްޓު 2026
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ޒުވާނުންނަށް ރައީސް މުއިއްޒު ތަހުނިޔާ ފޮނުއްވައިފި
11 އޯގަސްޓު 2026

ރައީސް މުއިއްޒުގެ ސަރުކާރުން މަރުގެ ހުކުމް ތަންފީޒު ކުރާނެ ކަމަށް އަނެއްކާވެސް ސަރުކާރުން ބުނެފި

11 އޯގަސްޓު 2026
ރައީސް މުއިއްޒުގެ ސަރުކާރުން މަރުގެ ހުކުމް ތަންފީޒު ކުރާނެ ކަމަށް އަނެއްކާވެސް ސަރުކާރުން ބުނެފި
10 އޯގަސްޓު 2026

ސާކްގެ ސެކްރެޓަރީ ޖެނެރަލް، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ވަދާއީ ޒިޔާރަތެއް ކުރައްވައިފި

10 އޯގަސްޓު 2026
ސާކްގެ ސެކްރެޓަރީ ޖެނެރަލް، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ވަދާއީ ޒިޔާރަތެއް ކުރައްވައިފި
10 އޯގަސްޓު 2026

ކިހާދޫއަށްވީ ވައުދުތައް ފުއްދުމުގެ ލަސްކަން ރައީސް ގަބޫލުކުރައްވާފައިވާއިރު، ސިއްހީ މަރުކަޒުގެ މަސައްކަތަށް އަނެއްކާވެސް އައު ޑެޑްލައިނެއް!

10 އޯގަސްޓު 2026
ކިހާދޫއަށްވީ ވައުދުތައް ފުއްދުމުގެ ލަސްކަން ރައީސް ގަބޫލުކުރައްވާފައިވާއިރު، ސިއްހީ މަރުކަޒުގެ މަސައްކަތަށް އަނެއްކާވެސް އައު ޑެޑްލައިނެއް!
08 އޯގަސްޓު 2026

ޕާޕާގެ ސުވާލެއް: ޔާމީނުގެ ވެރިކަން ހިންގައިދިނީ މުއިއްޒުކަމަށްވާނަމަ، މިއަދު އެންމެ މަޝްރޫއުގަނޑެއް ވެސް ނިންމައިނުދެވިގެން އުޅެނީ ކީއްވެތޯ؟

08 އޯގަސްޓު 2026
ޕާޕާގެ ސުވާލެއް: ޔާމީނުގެ ވެރިކަން ހިންގައިދިނީ މުއިއްޒުކަމަށްވާނަމަ، މިއަދު އެންމެ މަޝްރޫއުގަނޑެއް ވެސް ނިންމައިނުދެވިގެން އުޅެނީ ކީއްވެތޯ؟
08 އޯގަސްޓު 2026

މިއަދު ޑޮލަރުގެ އަގު ހުރި ހިސާބު ޚުދު ރައީސް މުއިއްޒަށް ވެސް އެނގިވަޑައިނުގަންނަވާ: ކުރީގެ މެންބަރު ޝިފާއު

08 އޯގަސްޓު 2026
މިއަދު ޑޮލަރުގެ އަގު ހުރި ހިސާބު ޚުދު ރައީސް މުއިއްޒަށް ވެސް އެނގިވަޑައިނުގަންނަވާ: ކުރީގެ މެންބަރު ޝިފާއު
08 އޯގަސްޓު 2026

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

08 އޯގަސްޓު 2026
ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް