Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަލަ ސުރުޚީ

އޭސީސީގެ ފަރާތުން ފެންނަނީ ކޮރަޕްޝަން ހުއްޓުވުމަށްވުރެ އެކަމަށް ހިތްވަރުދޭތަން: ރޮޒައިނާ

އޮޑިޓް ރިޕޯޓުގައި ކޮރަޕްޝަންގައި ބައިވެރިވާ ކުންފުނިތައް ހާމަކޮށްފައި ނެތުމުން ކަންބޮޑުވޭ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 24 ސެޕްޓެމްބަރު 2017 | އާދީއްތަ 00:22
އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ރާއްޖެޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި

އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ރާއްޖެޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ޢަމަލްތައް ހުންނަގޮތުން ފެނިގެން ދަނީ ކޮރަޕްޝަން ހުއްޓުވުމަށްވުރެ އެކަމަށް ހިތްވަރުދޭތަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒައިނާ މިހެން ވިދާޅުވީ ރާއްޖެ ޓީވީން ހޮނިހިރު ދުވަހުގެރޭ ގެނެސްދިން ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

އޮޑިޓަރ ޖެނެރަލް މިދިޔަ ހަފްތާގައި ނެރުއްވި ފެނަކަ ކޯޕަރޭޝަންގެ އޮޑިޓް ރިޕޯޓްގައި ހުރި ބޮޑެތި ކޮރަޕްޝަންތަކުގެ ބައެއް މައްސަލަތައް ބަލަމުންދާކަމަށް އޭސީސީން ބުނި ބުނުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރޮޒައިނާ ވިދާޅުވީ ތިންއަހަރުގެ ކުރީގެ އޮޑިޓް ރިޕޯޓެއްގައިހުރި ކަންކަމަކީ ބަލަމުންދާ ކަންކަން ކަމަށް އޭސީސީން ބުނެފައިވާއިރު މިހާތަނަށް ކުރެވުނު ކަމެއް ނެތްކަމަށެވެ. އަދި ހާމަކުރި އެއްޗެއް، ހައްޔަރު ކުރެވުނު މީހަކުވެސް ނެތްކަމަށެވެ.

ރޮޒައިނާ ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގައި ތިއްބެވި ހުރިހާ ބޭފުޅުންވެސް ރައީސް ޔާމީންގެ ވެރިކަން ދިފާއު ކުރުމަށް މަސައްކަތް ކުރައްވަނީ އެވެރިކަން އޮންނަހާ ހިނދަކު އެމީހުންގެ ކޮރަޕްޝަން ނުބެލޭނެތީ ކަމަށާއި އެކަންކަން އޮއްބާލައިގެން ތިބުމަށް ކަމަށެވެ.

"އޭސީސީން މިވިދާޅުވަނީ ތިމަންނާމެން ބަލަމުންނޭ މިދަނީ. ބަލާ ނިމެނީ ކޮން ދުވަހަކުންތޯ. ރައްޔިތުންގެ ބައިތުލް މާލު އެއްކޮށް ހުސްވާ ފަހުންތޯ މިބޭފުޅުންނަށް ބެލެނީ. އޭސީސީއަކީ ސަރުކާރުގެ ކޮރަޕްޝަނތައް ބަލަން އޮންނަ ބައެއް. އެކަމަކު ފެނިގެން މިދަނީ ކޮރަޕްޝަން ހުއްޓުވުމަށްވުރެ ކޮރަޕްޝަނަށް ހިތްވަރުދެމުންދާތަން" ރޮޒައިނާ ވިދާޅުވިއެވެ.

ފެނަކައިގެ އޮޑިޓް ރިޕޯޓަށް އިޝާރާތް ކުރައްވާ ރޮޒައިނާ ވިދާޅުވީ އެ އޮޑިޓް ރިޕޯޓް ފުރިހަމަ ކަމަށް ޤަބޫލު ނުކުރައްވާ ކަމަށާއި އެ ރިޕޮޓަކީ ވަކި މަޤްސަދެއް ހާސިލް ކުރެއްވުމަށް ނެރުއްވި ރިޕޯޓެއް ކަމަށެވެ.

ރޮޒައިނާ ވިދާޅުވީ މީގެ ކުރީގެ އޮޑިޓް ރިޕޯޓް ތަކުގައި ތަފްސީލްތައް ހާމަކޮށްފައިވާ ވަރަށް ފެނަކައިގެ އޮޑިޓް ރިޕޯޓުގައި ތަފްސީލް ނެތްކަމަށާއި ކޮރަޕްޝަންތަކުގައި ބައިވެރިވެފައިވާ މީހުން ނުވަތަ އެފަދަ ކުންފުނިތަކުގެ ނަންތަކެއް މި އޮޑިޓް ރިޕޯޓުގައި ނެތް ކަމަށެވެ.

އެގޮތައް އެކަން ކޮށްފައިވަނީ ރޮޒައިނާ ވިދާޅުވި ގޮތުގައި ބަޔަކު މީހުންނަށް ބިރުދެއްކުމަށް ކަމަށާއި ބަޔަކު ބްލެކްމެއިލްކޮށްފައި ބޭތިއްބުން ކަމަށެވެ.

"އަޅުގަނޑުމެން ކަންބޮޑުވޭ އޮޑިޓް ރިޕޯޓްތައް ނެރުނުއިރު މީ ކޮން ކުންފުނިތަކެއްކަން އޮޑިޓް ރިޕޯޓުގައި ޖަހާފައި ނެތީމާ. މީގެ ކުރީގެ އޮޑިޓް ރިޕޯޓުން ފާހަގަ ކުރެވޭ ކޮން ކުންފުނިތަކަކަށްކަން މިކަހަލަ ގޮތަކަށް ފައިސާ ދޫކޮށްފައި ވަނީ، އެއީ ކޮންބައެއް ވެރިންގެ ގޮތުގައި ތިބި ކުންފުނިތައް ކަމާ މިހުރިހާ މައުލޫމާތެއް އޮޑިޓް ރިޕޯޓުން ސާފުކޮށް އެނގެން އޮވޭ" ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާ ވިދާޅުވީ ކުންފުނިތަކުން ބޮޑެތި ކޮރަޕްޝަންތައް ހިންގުމުން އެކުންފުނިތަކުގެ ވެރިންނަށް އެޅޭ ފިޔަވަޅެއް ނޯންނަ ކަމަށާއި އޭގެ ބަދަލުގައި އެމީހަކު އެހެންތަނަކަށް ބަދަލުކޮށް އޭނާއަށް ދެވެނީ އެއަށްވުރެ މަތީ މަޤާމެއް ކަމަށެވެ. އެހެންނަމަވެސް އެފަދަ ކުންފުނިތަކުގެ ކޮރަޕްޝަންތަކުގެ ލިބޭ ގެއްލުން ތަހައްމަލް ކުރަން ޖެހެނީ ނިކަމެތި ރައްޔިތުން ކަމަށާއި އަސާސީ ޚިދުމަތްތަކާއި ތަކެތީގެ އަގު ބޮޑުވެގެން ގޮސް ހުރިހާ ގެއްލުމެއް ލިބެނީ ރައްޔިތުންނަށް ކަމަށެވެ.

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

ސައުދީގެ ވަފްދުގެ ފަރާތުން އެޑިއުކޭޝަން މިނިސްޓަރާއި ބައްދަލުކުރެއްވައިފި

09 ފެބުރުއަރީ 2017
ސައުދީގެ ވަފްދުގެ ފަރާތުން އެޑިއުކޭޝަން މިނިސްޓަރާއި ބައްދަލުކުރެއްވައިފި
09 ފެބުރުއަރީ 2017

އޮޑިޓްކުރި އިރު މަދުވި ފައިސާ ފަހުން ފެނުމުން ކޮރަޕްޝަން ނެތް ކަމަށް ނިންމައިފި

09 ފެބުރުއަރީ 2017
އޮޑިޓްކުރި އިރު މަދުވި ފައިސާ ފަހުން ފެނުމުން ކޮރަޕްޝަން ނެތް ކަމަށް ނިންމައިފި
07 ފެބުރުއަރީ 2017

ރިޔާސީ ބަޔާނުގައި ކޮރަޕްޝަންގެ ވާހަކަތައް ނުދެއްކެވީ އަމިއްލަޔަށް އޮރިޔާން ވާނެތީ: އަމީރު

07 ފެބުރުއަރީ 2017
ރިޔާސީ ބަޔާނުގައި ކޮރަޕްޝަންގެ ވާހަކަތައް ނުދެއްކެވީ އަމިއްލަޔަށް އޮރިޔާން ވާނެތީ: އަމީރު
06 ފެބުރުއަރީ 2017

މޭޔަރު އަބްދުﷲ ސޯދިޤްގެ މައްޗަށް އުފުލި ކޮރަޕްޝަންގެ ދައުވާއަށް އޭނާ އިންކާރުކޮށްފި

06 ފެބުރުއަރީ 2017
މޭޔަރު އަބްދުﷲ ސޯދިޤްގެ މައްޗަށް އުފުލި ކޮރަޕްޝަންގެ ދައުވާއަށް އޭނާ އިންކާރުކޮށްފި
02 ފެބުރުއަރީ 2017

ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ

02 ފެބުރުއަރީ 2017
ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ
31 ޖެނުއަރީ 2017

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017
ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި
30 ޖެނުއަރީ 2017

މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު

30 ޖެނުއަރީ 2017
މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު
28 ޖެނުއަރީ 2017

ގްލޯފިޓްގެ ފަރާތުން ހާއްސަ ޒުމްބާ މަސްޓަރ ކުލާހެއް ބާއްވަނީ

28 ޖެނުއަރީ 2017
ގްލޯފިޓްގެ ފަރާތުން ހާއްސަ ޒުމްބާ މަސްޓަރ ކުލާހެއް ބާއްވަނީ
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
16 ޖެނުއަރީ 2017

އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް

16 ޖެނުއަރީ 2017
އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު