Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޕާކިސްތާން

ޕާކިސްތާނުގެ އަސްކަރީ ކޯޓުތަކުގައި އާންމުންގެ ޝަރީއަތްތައް ހިންގުން ހުއްޓާލުމަށް އެމްނެސްޓީން ގޮވާލައިފި

އެ ޖަމިއްޔާ އިން ބުނެފައި ވަނީ އާންމުންގެ މައްޗަށް އަސްކަރީ ކޯޓު ތަކުގައި ޝަރީއަތް ހިންގުމަކީ ބައިނަލްއަގުވާމީ ގާނޫނު ތަކާއި، އިންސާނީ ހައްގުތަކާ ހިލާފު ކަމެއް ކަމަށާއި، މީގެ ސަބަބުން އިންސާފުވެރި ޝަރީއަތެއް ލިބުމުގެ ހައްގު ގެއްލިގެންދާ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 12 މެއި 2026 | އަންގާރަ 11:13
އެމްނެސްޓީ އިންޓަނޭޭޝަލްގެ ދިދަ ތަކެއް.

އެމްނެސްޓީ އިންޓަނޭޭޝަލްގެ ދިދަ ތަކެއް. | ރޮއިޓާސް

ޕާކިސްތާނުގައި އާންމު ރައްޔިތުންގެ މައްސަލަތައް އަސްކަރީ ކޯޓު ތަކުގައި ބެލުން ހުއްޓާލުމަށް ބައިނަލްއަގުވާމީ އިންސާނީ ހައްގު ތަކަށް މަސައްކަތްކުރާ ޖަމިއްޔާ، އެމްނެސްޓީ އިންޓަނޭޝަނަލުން ގޮވާލައިފި އެވެ.

އެ ޖަމިއްޔާ އިން ބުނެފައި ވަނީ އާންމުންގެ މައްޗަށް އަސްކަރީ ކޯޓު ތަކުގައި ޝަރީއަތް ހިންގުމަކީ ބައިނަލްއަގުވާމީ ގާނޫނު ތަކާއި، އިންސާނީ ހައްގުތަކާ ހިލާފު ކަމެއް ކަމަށާއި، މީގެ ސަބަބުން އިންސާފުވެރި ޝަރީއަތެއް ލިބުމުގެ ހައްގު ގެއްލިގެންދާ ކަމަށެވެ. އެމްނެސްޓީ އިން މިކަމަށް ގޮވާލާފައި ވަނީ ޕާކިސްތާނުގެ ސުޕްރީމް ކޯޓުން، އާންމުންގެ މައްޗަށް އަސްކަރީ ކޯޓު ތަކުގައި ޝަރީއަތް ހިންގިދާނެ ކަމަށް ނިންމި ނިންމުމަށް އެއް އަހަރު ފުރުމާ ދިމާކޮށް ނެރުނު ބަޔާނެއްގަ އެވެ.

އެ ޖަމިއްޔާ އިން ފާހަގަކުރި ގޮތުގައި އަސްކަރީ ކޯޓު ތަކަކީ ސިއްރިއްޔާތުގައި ޝަރީއަތްތައް ހިންގާ ތަންތަނަށް ވުމުން، އެ ކޯޓު ތަކުން މިނިވަން އަދި މުސްތަގިއްލު ނިންމުން ތަކެއް ނިންމޭނެ ކަމުގެ ޔަގީން ކަމެއް ނޯވެ އެވެ. އަދި މިފަދަ ކޯޓު ތަކުން ކުރާ ހުކުމްތައް އިސްތިއުނާފު ކުރުމުގެ ފުރުސަތު އާންމުންނަށް ނުލިބޭކަން ވެސް އެމްނެސްޓީ އިން ވަނީ ފާހަގަ ކޮށްފަ އެވެ.

މި މައްސަލަ ބޮޑު ވެފައި ވަނީ 2023 ވަނަ އަހަރުގެ މެއި މަހު ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ހައްޔަރު ކުރުމާ ގުޅިގެން ހިނގި ހަމަނުޖެހުން ތަކުގައި ބައިވެރިވި އާންމުންގެ މައްސަލަތައް އަސްކަރީ ކޯޓު ތަކުން ބަލަން ފެށުމުންނެވެ. އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ މިހާތަނަށް އަސްކަރީ ކޯޓު ތަކުން ކޮށްފައިވާ އާންމުންގެ ހުކުމްތައް ބާތިލު ކުރުމަށާއި، ހުރިހާ މައްސަލަތަކެއް ވެސް އާންމު މަދަނީ ކޯޓު ތަކަށް ބަދަލު ކުރުމަށް ޕާކިސްތާނު ސަރުކާރަށް ގޮވާލާފަ އެވެ.  

މަސްދަރު: ރޮއިޓާސް

ޕާކިސްތާންއެމްނެސްޓީ އިންޓަނޭޝަނަލް

އިތުރަށް ކިޔާލަން

12 މެއި 2026

އީރާންގެ ހަގީގަތް ހާމަ ކުރުމަށް، އެމެރިކާާ އިން ޕާކިސްތާން އަށް އަންގައިފި

12 މެއި 2026
އީރާންގެ ހަގީގަތް ހާމަ ކުރުމަށް، އެމެރިކާާ އިން ޕާކިސްތާން އަށް އަންގައިފި
07 މެއި 2026

އެމެރިކާ އާއި އީރާންއާ ދެމެދު ސުލްޙައިގެ އަލި މަގެއް ފެންނާތީ، ޕާކިސްތާންގެ މަރުޙަބާ

07 މެއި 2026
އެމެރިކާ އާއި އީރާންއާ ދެމެދު ސުލްޙައިގެ އަލި މަގެއް ފެންނާތީ، ޕާކިސްތާންގެ މަރުޙަބާ
06 މެއި 2026

އެމެރިކާ އާއި އީރާން އިން ސުލްޙައިގެ އެއްބަސްވުމެއްގައި ސޮއި ކުރުން ވަރަށް ގާތް ކަމަށް ބުނެފި

06 މެއި 2026
އެމެރިކާ އާއި އީރާން އިން ސުލްޙައިގެ އެއްބަސްވުމެއްގައި ސޮއި ކުރުން ވަރަށް ގާތް ކަމަށް ބުނެފި
24 އެޕްރީލު 2026

ދެ ވަނަ ބުރުގެ މަޝްވަރާ ތަކަށް ހުކުރު ދުވަހުގެ ރޭ އަރާގްޗީ ޕާކިސްތާން އަށް ވަޑައިގެންނެވުމުގެ ފުރުސަތު ބޮޑު ކަމަށް ބުނެފި

24 އެޕްރީލު 2026
ދެ ވަނަ ބުރުގެ މަޝްވަރާ ތަކަށް ހުކުރު ދުވަހުގެ ރޭ އަރާގްޗީ ޕާކިސްތާން އަށް ވަޑައިގެންނެވުމުގެ ފުރުސަތު ބޮޑު ކަމަށް ބުނެފި
21 އެޕްރީލު 2026

ޕާކިސްތާންގައި މަޝްވަރާތައް ކުރިއަށް ދާނެ ކަމުގެ ޔަޤީންކަން އެމެރިކާ އިން ދީފި

21 އެޕްރީލު 2026
ޕާކިސްތާންގައި މަޝްވަރާތައް ކުރިއަށް ދާނެ ކަމުގެ ޔަޤީންކަން އެމެރިކާ އިން ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު