Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އީރާންގެ ހަގީގަތް ހާމަ ކުރުމަށް، އެމެރިކާާ އިން ޕާކިސްތާން އަށް އަންގައިފި

މި މައްސަލައިގައި އެމެރިކާގެ ރައީސް ޓްރަމްޕްގެ ޓީމުން ވަނީ ޕާކިސްތާންގެ މެދުވެރިންނަށް ހަރުކަށި މެސެޖެއް ދީފައި. އެގޮތުން އީރާން އިން ދޭ މެސެޖުތައް އެމެރިކާ އަށް ފޯރުކޮށްދޭއިރު، އެއްވެސް އުނި އިތުރެއް ނެތި، ސީދާ ހަގީގަތް ހާމަ ކުރުމަށް ޓްރަމްޕްގެ އަރިސް ބޭފުޅުން ވަނީ ގޮވާލައްވާފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 12 މެއި 2026 | އަންގާރަ 06:21
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ޕާކިސްތާންގެ ބޮޑު ވަޒީރު.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ޕާކިސްތާންގެ ބޮޑު ވަޒީރު. | ރޮއިޓާސް

އީރާންގެ މަސްރަހާއި، އެ ޤައުމުގެ ނިންމުންތަކާ ގުޅޭ ގޮތުން ޕާކިސްތާން އިން އެމެރިކާ އަށް މައުލޫމާތު ހިއްސާ ކުރާއިރު، ހަގީގީ ޙާލަތަށް ވުރެ ބޮޑަށް ކަންކަން ރަނގަޅުކޮށް ދެއްކުމަށް ޕާކިސްތާން އިން މަސައްކަތް ކުރާ ކަމަށް އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލުން ވިދާޅުވެއްޖެ އެވެ. 

މިކަމާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަރިސް ބޭފުޅުން ގެންދަވަނީ، އީރާން އާއެކު މުއާމަލާތު ކުރުމުގައި މެދުވެރިއެއްގެ ދައުރު އަދާ ކުރާ ޕާކިސްތާންގެ ފަރާތްތަކުން އިތުރަށް ތެދުވެރި ވުމަށް ބާރު އަޅަމުންނެވެ. 

އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުތައް ބުނާާ ގޮތުގައި، އީރާންގެ ސިޔާސަތުތަކާއި، އެ ޤައުމުން ގެންގުޅޭ ވިސްނުންތަކާ ގުޅޭ ގޮތުން ޕާކިސްތާން އިން މައުލޫމާތު ދެނީ ވަރަށް ބޮޑަށް އުންމީދީ ސިފައެއްގަ އެވެ. ނަމަވެސް، ބިންމަތީގައި ހަގީގަތް މިއަށްވުރެ ތަފާތު ކަމަށާއި، ޕާކިސްތާން އިން ހިއްސާ ކުރާ މައުލޫމާތާއި، އީރާންގެ އަސްލު އަމަލުތަކާ ދިމާ ނުވާކަން އެމެރިކާގެ ޖާސޫސީ އިދާރާ ތަކަށް ވަނީ ފާހަގަ ކުރެވިފަ އެވެ.

މި މައްސަލައިގައި އެމެރިކާގެ ރައީސް ޓްރަމްޕްގެ ޓީމުން ވަނީ ޕާކިސްތާންގެ މެދުވެރިންނަށް ހަރުކަށި މެސެޖެއް ދީފަ އެވެ. އެގޮތުން އީރާން އިން ދޭ މެސެޖުތައް އެމެރިކާ އަށް ފޮރުކޮށްދޭއިރު، އެއްވެސް އުނި އިތުރެއް ނެތި، ސީދާ ހަގީގަތް ހާމަ ކުރުމަށް ޓްރަމްޕްގެ އަރިސް ބޭފުޅުން ވަނީ ގޮވާލައްވައިފަ އެވެ. މިއީ ކުރިއަށް އޮތް ތަނުގައި އެމެރިކާ އިން އީރާން އާއެކު ގެންގުޅޭ ސިޔާސަތުތައް ކަނޑައެޅުމުގައި މުހިންމު ދައުރެއް އަދާ ކުރާނެ ކަމެއް ކަމަށް އެ ބޭފުޅުން ޤަބޫލު ކުރައްވަ އެވެ. 

ޕާކިސްތާން އަކީ ޒަމާނުއްސުރެ އެމެރިކާ އާއި އީރާންއާ ދެމެދު އޮންނަ ނުތަނަވަސްކަން ކުޑަ ކުރުމަށް މެދުވެރިއެއްގެ ދައުރު އަދާ ކުރާ ޤައުމެކެވެ. ނަމަވެސް، ޕާކިސްތާން އިން މައުލޫމާތު އޮޅުވާލާ ކަަމަށް ކުރެވޭ ތުހުމަތުގެ ސަބަބުން، ދެ ޤައުމުގެ ދެ މެދުގައި އޮންނަ އިތުބާރަށް ބުރޫ އަރާފާނެ ކަމުގެ ބިރު ވަނީ ބޮޑުވެފަ އެވެ. 

މީގެ އިތުރުން އެމެރިކާގެ އޮފިޝަލުން ފާހަގަ ކުރައްވާ ގޮތުގައި ޕާކިސްތާން އިން މިގޮތަށް އަމަލު ކުރަނީ ސަރަހައްދީ ހަމަޖެހުން ޤާއިމު ކުރުމުގެ ނަމުގަ އެވެ. އެހެން ނަމަވެސް، ހަގީގަތް ފޮރުވައިގެން ދޭ މައުލޫމާތުގެ ސަބަބުން ނުރަނގަޅު ނިންމުން ތަކެއް ނިންމިދާނެ ކަމުގެ އިންޒާރު، އެމެރިކާ އިން ވަނީ ދީފަ އެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ޕާކިސްތާން

އިތުރަށް ކިޔާލަން

12 މެއި 2026

ހަމަލާ ދީފި ނަމަ، ވަރުގަދަ ފިލާވަޅެއް ދަސްކޮށްދޭނަން: އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް

12 މެއި 2026
ހަމަލާ ދީފި ނަމަ، ވަރުގަދަ ފިލާވަޅެއް ދަސްކޮށްދޭނަން: އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް
12 މެއި 2026

އީރާންއާ ދެކޮޅަށް އަލުން ހަނގުރާމަ ފެށުމުގެ މަޝްވަރާ ކުރުމަށް، ޓްރަމްޕް އެޑްވައިޒަރުންނާ ބައްދަލު ކުރައްވައިފި

12 މެއި 2026
އީރާންއާ ދެކޮޅަށް އަލުން ހަނގުރާމަ ފެށުމުގެ މަޝްވަރާ ކުރުމަށް، ޓްރަމްޕް އެޑްވައިޒަރުންނާ ބައްދަލު ކުރައްވައިފި
11 މެއި 2026

އީރާން މައްސަލައިގައި ޓްރަމްޕް ބޭނުން ވަނީ ޗައިނާގެ ރައީސް އަށް ޕްރެޝަރު ކުރިމަތި ކުރުވަން

11 މެއި 2026
އީރާން މައްސަލައިގައި ޓްރަމްޕް ބޭނުން ވަނީ ޗައިނާގެ ރައީސް އަށް ޕްރެޝަރު ކުރިމަތި ކުރުވަން
11 މެއި 2026

އީރާން އިން ހުށަހެޅީ ވަރަށް އިންސާފުވެރި ހުށަހެޅުމެއް: ބަޣާއީ

11 މެއި 2026
އީރާން އިން ހުށަހެޅީ ވަރަށް އިންސާފުވެރި ހުށަހެޅުމެއް: ބަޣާއީ
11 މެއި 2026

އެމެރިކާގެ އަސްކަރީ އެހީތެރިކަމަށް ބަރޯސާވުން ކުޑަ ކުރާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

11 މެއި 2026
އެމެރިކާގެ އަސްކަރީ އެހީތެރިކަމަށް ބަރޯސާވުން ކުޑަ ކުރާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު