Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ޕާކިސްތާންގައި މަޝްވަރާތައް ކުރިއަށް ދާނެ ކަމުގެ ޔަޤީންކަން އެމެރިކާ އިން ދީފި

21 އެޕްރީލު 2026 | އަންގާރަ 09:02

މި މަޝްވަރާ ތަކުގައު ބައިވެރިވާ ޕާކިސްތާންގެ މަސްދަރަކުން މައުލޫމާތު ދިން ގޮތުގައި، ބުދަ ދުވަހު މަޝްވަރާތައް އަލުން ފެށުމަށް ބޭނުންވާ މާހައުލު މިހާރު ވަނީ ތަނަވަސްވެފައި. އަދި އެއްބަސްވުމުގައި ސޮއި ކުރާ ހިސާބަށް ކަންކަން ގޮސްފި ނަމަ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސީދާ އެ ތަނަށް ވަޑައިގެން، ނުވަތަ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބައިވެރިވެ ވަޑައިގެންނެވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް މަސްދަރު ތަކުން ވަނީ ބުނެފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 21 އެޕްރީލު 2026 | އަންގާރަ 09:02
ޕާކިސްތާންގެ ވެރި ރަށް އިސްލާމްއާބާދުގައި ކުރިއަށް ގެންދިޔަ މަޝްވަރާތަކަށް ތައްޔާރުވެފައި ވަނިކޮށް، ސަލާމަތީ އޮފިޝަލުން ހަރަކާތްތެރިވާ މަންޒަރު ފެންނަނީ.

ޕާކިސްތާންގެ ވެރި ރަށް އިސްލާމްއާބާދުގައި ކުރިއަށް ގެންދިޔަ މަޝްވަރާތަކަށް ތައްޔާރުވެފައި ވަނިކޮށް، ސަލާމަތީ އޮފިޝަލުން ހަރަކާތްތެރިވާ މަންޒަރު ފެންނަނީ. | ރޮއިޓާސް

އެމެރިކާ އާއި އީރާންއާ ދެމެދު ޤާއިމު ކުރުމަށް މަސައްކަތް ކުރާ ސުލްޙައިގެ އެއްބަސްވުމާ ގުޅޭ ގޮތުން ޕާކިސްތާންގައި ބޭއްވުމަށް ހަމަޖެހިފައިވާ މަޝްވަރާތައް ކުރިއަށް ދާނެ ކަމުގެ ފުރިހަމަ އިތުބާރު އެމެރިކާ އިން ފާޅު ކޮށްފި އެވެ. 

އީރާން ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވީ، މި މަޝްވަރާ ތަކުގައި ބައިވެރިވުމާ މެދު އީރާން އިން ވިސްނަމުން އަންނަ ކަމަށެވެ. ނަމަވެސް، ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެފައިވާ މުއްދަތު ހަމަވާން ކައިރިވެފައިވާއިރު، މި މަޝްވަރާ ތަކަށް އަދިވެސް ބޮޑެތި ހުރަސްތަކާއި ނޭނގުން ތަކެއް ކުރިމަތިވެފައިވާކަން ފާހަގަ ކޮށްފައިވެ އެވެ. 

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބޭނުންފުޅު ވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއި، ހިއްސާގެ ބާޒާރަށް އަތުވެދާނެ ލޮޅުން ތަކުން ސަލާމަތްވުމަށްޓަކައި އެއްބަސްވުމަކަށް އައުމަށެވެ. އެހެން ނަމަވެސް، ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ އެއްވެސް ފުރުސަތެއް އީރާން އަށް ލިބިގެން ނުވާނެ ކަމަށް ވެސް ޓްރަމްޕް ގެންދަވަނީ ފާޅުގައި ވިދާޅުވަމުންނެވެ. 

މި މައްސަލައިގައި އީރާން އިން އުންމީދު ކުރަނީ ހޮރްމޫޒް ކަނޑު އޮޅީގެ މައްޗަށް އެ ޤައުމަށް އޮތް ބާރުގެ ބޭނުން ހިފައިގެން، އަލުން ހަނގުރާމައެއް ފެށުން ހުއްޓުވައި، އެ ޤައުމާ ދެކޮޅަށް އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅު ތަކަށް ލިޔެއް ހޯދުމެވެ. އެހެން ނަމަވެސް، އެ ޤައުމުގެ ނިއުކްލިއާ ޕްރޮގްރާމް އަށް ހުރަސް އެޅޭ ފަދަ އެއްވެސް ކަމަކަށް އެއްބަސްނުވުމަކީ އީރާންގެ އަމާޒެކެވެ. 

ރޮއިޓާސް ނިއުސް އެޖެންސީއާ ވާހަކަ ދެއްކެވި އީރާންގެ އިސް އޮފިޝަލަކު ވިދާޅުވީ، ކުރިން މި މަޝްވަރާ ތަކުގައި ބައިވެރި ނުވާނެ ކަމަށް ބުނި ނަމަވެސް، މިހާރު އެ ނިންމުން ބަދަލުކޮށް މަޝްވަރާ ތަކުގައި ބައިވެރިވުމާ މެދު "ޕޮޒިޓިވްކޮށް" ވިސްނަމުންދާ ކަމަށެވެ. އެހެން ނަމަވެސް، މިކަމުގައި އަދި ވަކި ނިންމުމެއް ނިންމާފައި ނުވާ ކަމަށް ފާހަގަ ކޮށްފައިވެ އެވެ.

މި މަޝްވަރާ ތަކުގައު ބައިވެރިވާ ޕާކިސްތާންގެ މަސްދަރަކުން މައުލޫމާތު ދިން ގޮތުގައި، ބުދަ ދުވަހު މަޝްވަރާތައް އަލުން ފެށުމަށް ބޭނުންވާ މާހައުލު މިހާރު ވަނީ ތަނަވަސްވެފަ އެވެ. އަދި އެއްބަސްވުމުގައި ސޮއި ކުރާ ހިސާބަށް ކަންކަން ގޮސްފި ނަމަ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސީދާ އެ ތަނަށް ވަޑައިގެން، ނުވަތަ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބައިވެރިވެ ވަޑައިގެންނެވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް މަސްދަރު ތަކުން ވަނީ ބުނެފަ އެވެ. 

ނަން ހާމަ ނުކުރަން އެދި، އިތުރު މަސްދަރަކުން އަންގާރަ ދުވަހު ބުނެފައި ވަނީ ކަންކަން ކުރިއަށް ދަނީ ރަނގަޅު މިސްރާބެއްގައި ކަމަށާއި، ބުދަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މަޝްވަރާތައް ތާވަލްއާ އެއްގޮތަށް ކުރިއަށް ދާނެ ކަމުގެ ނިޝާންތައް ފެންނަމުންދާ ކަމަށެވެ. 

މަސްދަރު: ރޮއިޓާސް

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ޕާކިސްތާންއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

21 އެޕްރީލު 2026

ޔުރޭނިއަމް އުފެއްދުމަކީ އީރާން އަށް ދަތި އަދި ދިގު ކަމެއް: ޓްރަމްޕް

21 އެޕްރީލު 2026
ޔުރޭނިއަމް އުފެއްދުމަކީ އީރާން އަށް ދަތި އަދި ދިގު ކަމެއް: ޓްރަމްޕް
20 އެޕްރީލު 2026

އީރާންގެ ކާގޯ ބޯޓެއް އެމެރިކާ އިން ހިފެހެއްޓުމުން ޗައިނާ އިން ކަންބޮޑުވުން ފާޅުކޮށްފި

20 އެޕްރީލު 2026
އީރާންގެ ކާގޯ ބޯޓެއް އެމެރިކާ އިން ހިފެހެއްޓުމުން ޗައިނާ އިން ކަންބޮޑުވުން ފާޅުކޮށްފި
20 އެޕްރީލު 2026

އީރާނުގެ މުދާ އުފުލާ ބޯޓަކަށް އެމެރިކާގެ ސިފައިން ބަޑިޖަހާ، ބޯޓު ހިފަހައްޓައިފި

20 އެޕްރީލު 2026
އީރާނުގެ މުދާ އުފުލާ ބޯޓަކަށް އެމެރިކާގެ ސިފައިން ބަޑިޖަހާ، ބޯޓު ހިފަހައްޓައިފި
20 އެޕްރީލު 2026

ނަތަންޔާހޫގެ ކޮރަޕްޝަންގެ މައްސަލައިގެ ހެކިބަސް ދިނުން ކެންސަލް ކޮށްފި

20 އެޕްރީލު 2026
ނަތަންޔާހޫގެ ކޮރަޕްޝަންގެ މައްސަލައިގެ ހެކިބަސް ދިނުން ކެންސަލް ކޮށްފި
20 އެޕްރީލު 2026

ހަނގުރާމަ އިން ޓްރަމްޕް އަށް ހާސިލު ނުވި ކަންކަން، މަޝްވަރާ އިން ވެސް ހާސިލު ނުވާނެ ކަަމަށް ބުނެފި

20 އެޕްރީލު 2026
ހަނގުރާމަ އިން ޓްރަމްޕް އަށް ހާސިލު ނުވި ކަންކަން، މަޝްވަރާ އިން ވެސް ހާސިލު ނުވާނެ ކަަމަށް ބުނެފި
19 އެޕްރީލު 2026

ޓްރަމްޕްގެ އިންޒާރު އީރާން އަށް، ބްލެކްމެއިލް ކޮށްގެން ބިރެއް ނުދެއްކޭނެ!

19 އެޕްރީލު 2026
ޓްރަމްޕްގެ އިންޒާރު އީރާން އަށް، ބްލެކްމެއިލް ކޮށްގެން ބިރެއް ނުދެއްކޭނެ!
19 އެޕްރީލު 2026

އެމެރިކާގެ އައު ހުށަހެޅުން ދިރާސާ ކުރަމުން އަންނަ ކަމަށް އީރާން އިން ބުނެފި

19 އެޕްރީލު 2026
އެމެރިކާގެ އައު ހުށަހެޅުން ދިރާސާ ކުރަމުން އަންނަ ކަމަށް އީރާން އިން ބުނެފި
18 އެޕްރީލު 2026

އެމެރިކާއާއެކު އިތުރު ބުރެއްގެ މަޝްވަރާތަކަށް އަދި އީރާނުން އެއްބަސްވެފައެއް ނުވޭ

18 އެޕްރީލު 2026
އެމެރިކާއާއެކު އިތުރު ބުރެއްގެ މަޝްވަރާތަކަށް އަދި އީރާނުން އެއްބަސްވެފައެއް ނުވޭ
18 އެޕްރީލު 2026

އީރާނުގެ ކޮންމެ ބަނދަރަކަށް އެމެރިކާ އިން ދަނީ ފާރަވެރިވަމުން: ސެންޓްރަލް ކޮމާންޑުގެ އިސްވެރިޔާ

18 އެޕްރީލު 2026
އީރާނުގެ ކޮންމެ ބަނދަރަކަށް އެމެރިކާ އިން ދަނީ ފާރަވެރިވަމުން: ސެންޓްރަލް ކޮމާންޑުގެ އިސްވެރިޔާ
18 އެޕްރީލު 2026

ފައްކާކޮށްފައިވާ ޔުރޭނިއަމް އެހެން އެއްވެސް ގައުމަކަށް ބަދަލުކުރުމުގެ އެއްވެސް ފުރުސަތެއް ނެތް: އީރާން

18 އެޕްރީލު 2026
ފައްކާކޮށްފައިވާ ޔުރޭނިއަމް އެހެން އެއްވެސް ގައުމަކަށް ބަދަލުކުރުމުގެ އެއްވެސް ފުރުސަތެއް ނެތް: އީރާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް