Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޑްރަގް ކެފޭ ބަންދު

ޑްރަގް ކެފޭއެއް ބަންދުކުރަން ފުރަތަމަ ފަހަރަށް ކޯޓުން އަމުރުކޮށްފި

9 މެއި 2026 | ހޮނިހިރު 06:19

މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން، މާލޭގެ "ޑްރަގް ކެފޭ" އެއް 90 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ފުރަތަމަ ފަހަރަށް އަމުރުކޮށްފި. ފުލުހުންގެ އެދުމުގެ މަތިން ހ. ގުންޒަރު ބަންދުކުރަން ނެރުނު މި އަމުރަކީ، މަސްތުވާތަކެތީގެ ހިދުމަތްދޭ ތަންތަން ބަންދުކުރުމުގެ ބާރު ކޯޓުތަކަށް ލިބޭގޮތަށް ގާނޫނަށް ގެނައި ބަދަލާ ގުޅިގެން ނެރުނު ފުރަތަމަ އަމުރu. މިފަދަ ތަންތަން ހިންގާ ފަރާތްތަކަށް ބޮޑެތި ޖޫރިމަނާތަކާއި ޖަލު ހުކުމް އަންނައިރު، ކޯޓު އަމުރާ ހިލާފަށް އެ ތަންތަނަށް ވަދެނުކުމެ އުޅޭ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވަނީ ބުނެފަ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 9 މެއި 2026 | ހޮނިހިރު 06:19
ޑްރަގް އައްޑާ ތައް ހުންނަ ގޮތް ދައްކުވައިދިނުމަށް ފުލުހުން ހަދާފައިވާ ސްޓޯލް އެއް

ޑްރަގް އައްޑާ ތައް ހުންނަ ގޮތް ދައްކުވައިދިނުމަށް ފުލުހުން ހަދާފައިވާ ސްޓޯލް އެއް | ޕޮލިސް މީޑިޔާ

މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން، މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ފޯރުކޮށްދޭ ތަނެއް ނުވަތަ "ޑްރަގް ކެފޭ" އެއް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ފުރަތަމަ ފަހަރަށް އަމުރެއް ނެރެފި އެވެ.

މިއީ މަސްތުވާތަކެތީގެ ހިދުމަތްދޭ ތަންތަން ބަންދުކުރުމުގެ ބާރު ކޯޓުތަކަށް ލިބޭ ގޮތަށް ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ނެރުނު ފުރަތަމަ އަމުރެވެ.

Advertisement - newsAdvertisement

ކްރިމިނަލް ކޯޓުން މި އަމުރު ނެރެފައިވަނީ ކ. މާލެ، ހ. ގުންޒަރު ބަންދު ކުރުމަށެވެ. ކޯޓު އަމުރުގައިވާ ގޮތުން 2026 މެއި 5 އިން ފެށިގެން 90 ދުވަހުގެ މުއްދަތަށް އެ ތަން ބަންދުކުރަން ޖެހެ އެވެ. މި އަމުރަކީ ފުލުހުން އެދިގެން ނެރެފައިވާ އަމުރެކެވެ.

މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ފޯރުކޮށްދޭ ތަންތަން 24 ގަޑިއިރަށް ބަންދުކުރުމުގެ ނޯޓިސް ނެރުމުގެ ބާރު ފުލުހުންނަށް ދީ، އެގޮތަށް ބަންދުކުރެވޭ ތަންތަން ގިނަވެގެން ތިން މަސް ދުވަހަށްވުރެ އިތުރު ނުވާ ގޮތަށް ބަންދުކުރުމުގެ އަމުރު ނެރުމުގެ ބާރު ކޯޓުތަކަށް ލިބޭ ގޮތަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނު އިސްލާހުކޮށް އަމަލުކުރަން ފަށާފައިވަނީ 7 މާރިޗު 2026 ގަ އެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގައިވާ ގޮތުން މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ފޯރުކޮށްދިނުމަކީ 5 އަހަރުގެ ޖަލު ހުކުމަކާއި ގިނަވެގެން 100,000 ރުފިޔާގެ ޖޫރިމަނާ ކަނޑައެޅިފައިވާ ކުށެކެވެ. މީގެ އިތުރުން މަސްތުވާތަކެތީގެ ހިދުމަތް ފޯރުކޮށްދޭ ތަނެއްކަން އެނގޭ ހާލު އެކަން ހުއްދަކުރުން ނުވަތަ އެކަން ހިނގިޔަ ދިނުމަކީ އެ ތަނުގެ ވެރިފަރާތް، ކުއްޔަށް ހިފައިގެން އުޅޭ ފަރާތް، ނުވަތަ އެ ތަނާ ހަވާލުވެ ހުރި ފަރާތުން ކުރާ ކުށެއް ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ.

ކޯޓު އަމުރުގެ ދަށުން ބަންދުކުރާ ތަންތަނަށް، އެ އަމުރުގެ މުއްދަތުގައި ހުއްދަނެތި ވަދެނުކުމެ ހެދުމަކީ ކުށެކެވެ. ފުލުހުން ބުނެފައިވަނީ މިފަދަ ތަންތަނަށް ހުއްދައާ ނުލައި ވަންނަ ފަރާތްތަކާއި، އެ ތަންތަނަށް އެކި ގޮތްގޮތުން ގެއްލުންދޭ ފަރާތްތަކާމެދު ގާނޫނީ ގޮތުން އެޅޭނެ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.

ކްރިމިނަލް ކޯޓްހ. ގުންޒަރުމަސްތުވާތަކެއްޗާ ބެހޭ ގާނޫނުޑްރަގް ކެފޭމާލެ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

06 މެއި 2026

ހަނޑުލުގެ ސްޓޮކް ދަށްވެ އެސްޓީއޯ ކާޑު ގުދަނުން ލިމިޓްކޮށް ހަނޑޫ ވިއްކަނީ!

06 މެއި 2026
ހަނޑުލުގެ ސްޓޮކް ދަށްވެ އެސްޓީއޯ ކާޑު ގުދަނުން ލިމިޓްކޮށް ހަނޑޫ ވިއްކަނީ!
06 މެއި 2026

ދަމަނަވެށީގެ ވެކްސިން ރައްކާ ކުރާ ކޮޓަރީގެ އޭސީ އައުޓްޑޯ ޔުނިޓްތައް ވަގަށް ނަގައިފި

06 މެއި 2026
ދަމަނަވެށީގެ ވެކްސިން ރައްކާ ކުރާ ކޮޓަރީގެ އޭސީ އައުޓްޑޯ ޔުނިޓްތައް ވަގަށް ނަގައިފި
06 މެއި 2026

އައިޝާ ޑޮކިއުމެންޓްރީގެ ތަހުގީގަށް ހުރިހާ ވާހަކައެއް ކިޔައިދީ އެއްބާރުލުންދޭން އީޝާ ހުރީ ތައްޔާރަށް: ޝަމީމް

06 މެއި 2026
އައިޝާ ޑޮކިއުމެންޓްރީގެ ތަހުގީގަށް ހުރިހާ ވާހަކައެއް ކިޔައިދީ އެއްބާރުލުންދޭން އީޝާ ހުރީ ތައްޔާރަށް: ޝަމީމް
05 މެއި 2026

ބޮޑުތަކުރުފާނު މަގުން ފުލުހުންގެ ކާރާއި ސައިކަލެއް ޖެހި އެކްސިޑެންޓެއްވެއްޖެ

05 މެއި 2026
ބޮޑުތަކުރުފާނު މަގުން ފުލުހުންގެ ކާރާއި ސައިކަލެއް ޖެހި އެކްސިޑެންޓެއްވެއްޖެ
05 މެއި 2026

އިދިކޮޅު ޕާޓީތަކަށް ފިޔަވަޅު ނާޅާނަމަ އީސީ ވެރިން އިސްތިއުފާ ދެއްވަންޖެހޭ ކަމަށް ވިދާޅުވެ ޕީއެންސީ ޕީޖީ ލީޑަރުގެ އިންޒާރެއް!

05 މެއި 2026
އިދިކޮޅު ޕާޓީތަކަށް ފިޔަވަޅު ނާޅާނަމަ އީސީ ވެރިން އިސްތިއުފާ ދެއްވަންޖެހޭ ކަމަށް ވިދާޅުވެ ޕީއެންސީ ޕީޖީ ލީޑަރުގެ އިންޒާރެއް!
04 މެއި 2026

އަދަދު ނޫހުގެ ލެޕްޓޮޕްތަކާއި ހާޑްތަކުގެ ފާސްވަރޑް ފުލުހުންނަށް ދޭން ކޯޓުން އަމުރުކޮށްފި، އަދަދުން ނިންމީ ނުދޭން

04 މެއި 2026
އަދަދު ނޫހުގެ ލެޕްޓޮޕްތަކާއި ހާޑްތަކުގެ ފާސްވަރޑް ފުލުހުންނަށް ދޭން ކޯޓުން އަމުރުކޮށްފި، އަދަދުން ނިންމީ ނުދޭން
04 މެއި 2026

މިދިޔަ އަހަރު ކުރީ ކޮޅު ފަށާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި މާލޭގެ މަގުތައް ހެދުމުގެ މަޝްރޫއުގެ މަސައްކަތް ފެށޭނެ ދުވަހެއް ކޮންސްޓްރަކްޝަން މިނިސްޓަރަކަށް ވިދާޅެއް ނުވެވުނު.

އަބްދުއްރަޙުމާނުގެ މަރު: ދައުވާއަށް ޖަވާބުދާރީވުމުގެ ކުރިން ޑީއެންއޭ ރިޕޯޓު ހޯދަން ދިފާއުން އެދޭ

04 މެއި 2026
އަބްދުއްރަޙުމާނުގެ މަރު: ދައުވާއަށް ޖަވާބުދާރީވުމުގެ ކުރިން ޑީއެންއޭ ރިޕޯޓު ހޯދަން ދިފާއުން އެދޭ
02 މެއި 2026

ސައްހަ ނޫން ސްލިޕް ބޭނުންކޮށްގެން ވިޔަފާރިކުރި މައްސަލައެއްގައި ހޯދަން އިއުލާން ކުރި މީހަކު، ވައްކަމުގެ ދެ މައްސަލައެއްގައި ޖަލަށް ލައިފި

02 މެއި 2026
ސައްހަ ނޫން ސްލިޕް ބޭނުންކޮށްގެން ވިޔަފާރިކުރި މައްސަލައެއްގައި ހޯދަން އިއުލާން ކުރި މީހަކު، ވައްކަމުގެ ދެ މައްސަލައެއްގައި ޖަލަށް ލައިފި
01 މެއި 2026

ކުރިމަތި ފަރާތުގައި މަސްތުވާތަކެތި ފޮރުވައިގެން އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

01 މެއި 2026
ކުރިމަތި ފަރާތުގައި މަސްތުވާތަކެތި ފޮރުވައިގެން އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް