Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މެއި 6 ޙަމަލާ

މެއި 6 ޙަމަލާއާ ގުޅިގެން ދައުވާ އުފުލާފައިވާ ތަހުމީނާއި ހައިޝަމްގެ ޑީއެންއޭ މި މައްސަލައިގައި ގޮއްވާލާފައިވާ ބޮމުގެ ބައިތަކުން ފެނިފައިވޭ: ހެކިވެރިޔާ

މެއި 6 ގެ ހަމަލާއާ ގުޅިގެން ދައުވާލިބޭ ތަހުމީނު އަލީ އާއި އަލީ ހައިޝަމްގެ ޑީއެންއޭ ބޮމުގެ ބައިތަކުން ފެނިފައިވާކަމަށް، ހަންގޭރީގައި ހުރެ ހެކިބަސްދިން ތަޖުރިބާކާރު ކޯޓުގައި ބުނެފި. މި މައްސަލައިގެ ޝަރީއަތް ކުރިއަށްދާއިރު، ހަމަލާއަށް ފަންޑުކުރި މީހުންގެ ތަހުގީގު އަވަސްކޮށް ވީއެންމެ އަވަހަކަށް ހުށަހެޅުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މިހާރު ވަނީ ފުލުހުންނަށް އަންގާފައި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 11 މެއި 2026 | ހޯމަ 04:04
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ތަހްގީގުގައި ފުލުހުން ހަރަކާތްތެރިވަނީ

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ތަހްގީގުގައި ފުލުހުން ހަރަކާތްތެރިވަނީ | ޕޮލިސް

2021 ވަނަ އަހަރުގެ މެއި 6 ގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޙަމަލާއާ ގުޅޭ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

ނަޝީދަށް އަމާޒުކޮށް ދިން ޙަމަލާއާ ގުޅިގެން ދައުވާ އުފުލާފައިވާ ފަރާތްތަކުގެ ޝަރީއަތްތައް ކްރިމިނަލް ކޯޓުގައި ކުރިއަށްދާއިރު، އެ މައްސަލައާ ގުޅިގެން އެންމެ ފަހުން އަޑު އެހުމެއް ބާއްވާފައި ވަނީ އާދިއްތަ ދުވަހުއެވެ. އެ މައްސަލަ މިހާރު އޮތީ ދައުލަތުގެ ހެކިން ހެކިބަސް ނެގުމުގެ މަރުޙަލާގަ އެވެ.

Advertisement - newsAdvertisement

މި އަޑުއެހުމުގައި މައްސަލައިގެ ޑީއެންއޭ ރިޕޯޓު ތައްޔާރުކުރި ފަރާތުގެ ހެކިބަސް ނެގުން ވަނީ ކުރިއަށް ގެންގޮސްފައެވެ. އޭނާގެ ހެކިބަހަށް ބަލާއިރު، މައްސަލައިގައި ދައުވާ އުފުލާފައިވާ ތަހުމީނު އަލީ އަދި އަލީ ހައިޝަމްގެ ޑީއެންއޭ މި މައްސަލައިގައި ގޮއްވާލާފައިވާ ބޮމުގެ ބައިތަކުން ފެނިފައިވާކަމަށް ވަނީ ހެކިބަސް ދީފައެވެ.

އޭނާ ހެކިބަސް ދީފައިވަނީ ހަންގޭރީގައި ހުރެގެންނެވެ.

މި މައްސަލައާ ގުޅޭ ޙާދިސާއަށް ގިނަ އަހަރުތަކެއްވަމުންދާއިރު، މި ހަމަލާއަށް ފަންޑު ކުރި މީހުންގެ ބައިގެ ތަހުގީގު އަވަސްކޮށް، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވީ އެންމެ އަވަހަކަށް ހުށަހެޅުމަށް ޕީޖީއިން ފުލުހުންނަށް ވަނީ ދާދި ފަހުން އަންގާފައެވެ. ޕީޖީ އޮފީހުން ބުނީ ޓެރަރިޒަމްގެ މި އަމަލަށް ފައިނޭންސް ކުރި މީހުންގެ ބައިގެ ތަހުގީގު އަވަސްކޮށް ވީ އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި ޕީޖީ އޮފީހަށް އެކަން ހުށަހެޅުމަށް އެދި 8 އޭޕްރީލް ގައި ފުލުހުންނަށް ލަފާ ދީފައިވާ ކަމަށެވެ. 

 

 

ކްރިމިނަލް ކޯޓްޕްރޮސެކިއުޓަރ ޖެނެރަލްނަޝީދަށް ދިން ޓެރަރިސްތް ހަމަލާ

ކޮމެންޓް

އިތުރަށް ކިޔާލަން

ޑޮކިއުމަންޓްރީ މައްސަލައިގައި ނެރުނު ކޯޓު އަމުރުގައި ޙަވާލާދީފައިވާ ސުޕްރީމް ކޯޓުގެ ދެ ގަޒިއްޔާގައި ކަން ހިނގީ ކިހިނެއް؟

ޑޮކިއުމަންޓްރީ މައްސަލައިގައި ނެރުނު ކޯޓު އަމުރުގައި ޙަވާލާދީފައިވާ ސުޕްރީމް ކޯޓުގެ ދެ ގަޒިއްޔާގައި ކަން ހިނގީ ކިހިނެއް؟

11 މެއި 2026
"އައިޝާ" ޑޮކިއުމެންޓްރީގެ ވާހަކަ ނުދެއްކުމަށް އިލެކްޝަންސް ކޮމިޝަނުން އެމްޑީޕީއާއި ޕީއެންއެފް އަށް އަންގައިފި

"އައިޝާ" ޑޮކިއުމެންޓްރީގެ ވާހަކަ ނުދެއްކުމަށް އިލެކްޝަންސް ކޮމިޝަނުން އެމްޑީޕީއާއި ޕީއެންއެފް އަށް އަންގައިފި

10 މެއި 2026
"އައިޝާ" ޑޮކިއުމެންޓްރީ މައްސަލައިގައި ފިޔާޒާއި ޙަސަންގެ މައްޗަށް ދައުވާ އުފުލައިފި

"އައިޝާ" ޑޮކިއުމެންޓްރީ މައްސަލައިގައި ފިޔާޒާއި ޙަސަންގެ މައްޗަށް ދައުވާ އުފުލައިފި

10 މެއި 2026
"އައިޝާ ޑޮކިއުމެންޓްރީ" ގެ ވާހަކަ ސީދާކޮށް ވެސް ނުސީދާކޮށް ވެސް ދެއްކުން މަނާކޮށް "މުޅި ރާއްޖެ" އަށް އަމުރެއް ނެރެފި

"އައިޝާ ޑޮކިއުމެންޓްރީ" ގެ ވާހަކަ ސީދާކޮށް ވެސް ނުސީދާކޮށް ވެސް ދެއްކުން މަނާކޮށް "މުޅި ރާއްޖެ" އަށް އަމުރެއް ނެރެފި

10 މެއި 2026
އެމްއެމްޕީއާރުސީ ގެ ފައިސާ ލޯންޑަރ ކުރި މައްސަލާގައި ކުރީގެ މެންބަރު ރިޔާޒު ރަޝީދުގެ ދަރިންގެ ކުންފުންޏަށް ދައުވާކުރުމަށް ޕީޖީއަށް ފޮނުވައިފި

އެމްއެމްޕީއާރުސީ ގެ ފައިސާ ލޯންޑަރ ކުރި މައްސަލާގައި ކުރީގެ މެންބަރު ރިޔާޒު ރަޝީދުގެ ދަރިންގެ ކުންފުންޏަށް ދައުވާކުރުމަށް ޕީޖީއަށް ފޮނުވައިފި

10 މެއި 2026

އަހަރުތަކުން މިއަދު

21 ޖޫން
ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް
20242 އަހަރު ކުރިން
ރާއްޖެ

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"
20233 އަހަރު ކުރިން
ރިޕޯޓު

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު
20215 އަހަރު ކުރިން
ރާއްޖެ

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ
20197 އަހަރު ކުރިން
ރާއްޖެ

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު